ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ. އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އިދިކޮޅުން ވަނީ މަޖިލީހަށް ވައްދާފައި.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ކަހަލަ، ހިޔާލު ތަފާތުވާ ކަންކަން މަޖިލިހަށް ވައްދައިގެން އެމްޑީޕީގެ މެމްބަރުން ހުސް ބުޅީގައި ގަންނާނެ ކަމަށް، އިދިކޮޅުން ދެކިގެން ނުވާނެ ކަމަށް، އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
އިމްރާންގެ އިތުރުބާރު ނެތްކަމުގެ މައްސަލަ 11 މެމްބަރެއްގެ ސޮޔާ އެކު މަޖިލިހަށް ވެއްދިކަން ރިޔާސަތުން މަޖިލިހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއުލާންކުރައްވާ ދެއްކެވި ވާހަކަފުޅު މުޅިން ނުނިމެނީސް ތެދުވެވަޑައިގެން އާޒިމް ވިދާޅުވީ ސަރުކާރަށް އިތުބާރު އޮތް ކަމަށެވެ. ނަމަވެސް އިމްރާނަށް އިތުބާރު އޮތް ކަމަކަށް، ސީދާ ވިދާޅެއްނުވެ އެވެ.
"އަޅުގަނޑުމެންނަށް، މި މަޖިލީހުގެ އެމްޑީޕީ މެމްބަރުންނަށް މިއަދުގެ މިއޮތް ސަރުކާރާ ދޭތެރޭގައި ފުރިހަމަ އިތުބާރު އެބަ އޮތް. އަދި ވަކިން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެކުރައްވަމުން ގެންދަވާ މަސައްކަތް އަޅުގަނޑުމެން އެންމެން ވެސް ބަލައިގަނެ އެކަމަށް އަޅުގަނޑުމެންގެ އިތުބާރު އެބަ އޮތް،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން ކަންތައް ކުރަމުން އަންނަނީ ޕާޓީގެ އެޖެންޑާގައި އޮންނަ ގޮތަށް ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި އާޒިމް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު
ސަރުކާރާ ދޭތެރޭގައި އެމްޑީޕީއަށް އިތުބާރު ނެތް ކަމަށް ދައްކަން އިދިކޮޅުން އުޅުނަސް އެކަން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އާޒިމްގެ ވާހަކައަށް ފަހު ނަޝީދުގެ ވާހަކަފުޅު ފުރިހަމަކުރައްވަމުން ވިދާޅުވީ 10 މެމްބަރުން ސޮއިކުރައްވައި އިމްރާންގެ މައްސަލަ ހުށަހެޅުއްވުމުން އެކަން އެޖެންޑާކުރައްވައިގެން ކުރިއަށް ގެންދަވާނެ ކަަމަށެވެ. އަދި ހޯމް މިނިސްޓަރަށް މަޖިލީހުން މިއަދު ނޯޓިސް ފޮނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަދުވެގެން 10 މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހެޅިދާނެ އެވެ. އެކަމަކު މަޖިލީހުން އެ މައްސަލަ ފާސްކުރަން އަގުލަބިއްޔަތު ބޭނުންވާނެ އެވެ. މިހާރުގެ މަޖިލިހުގެ މެމްބަރުންގެ ނިސްބަތުން އެއީ 44 ވޯޓެވެ.
އިމްރާން މަގާމުން ދުރުކުރަން އިދިކޮޅުން ހުށަހެޅީ މައިގަނޑު ދެ ކަމަކާ ގުޅުވަ އެވެ. އެއީ، މަރާލި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ހެކި ހުރި ކަމަށް ވިދާޅުވެ އިމްރާން އިތުރުފުޅު ހައްދަވާފައިވާ ކަމުގެ ތުހުމަތާއި ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައަކީ އާދައިގެ ކަމެއް ކަމަށް، މިނިސްޓަރު ދެއްކެވި ވާހަކަތަކުން ދޭހަވުމެވެ.
ޖިންސީ ގޯނާގެ މައްސަލައިގައި ދެއްކެވި ވާހަކައިގައި މިނިސްޓަރުގެ ނިޔަތަކީ އެއީ ނޫން ކަމަށާއި ނޫސްވެރިން އެ މައްސަލަ ކަވަރުކުރި ގޮތުން އޮޅުންއެރީ ކަމަށް ވިދާޅުވެ އިމްރާން ފަހުން މާފަށް ވެސް އެދިވަޑައިގަތެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ރަށުމީހާ
29 October 2020
މިހާހިސާބުން ވެސްއޮތީ އެގިފާބޮޑުއެންގަޑުގާގަންނަކަން ދެންހުސްބުޅީގާ ގަންނަކަމެއް ނޭގެ.
އައްލާ
27 October 2020
އާޒިމް އެބުނީ ތެދެއް އެމްޑީޕީ މެމްބަރުން ހުސްބުޅީގައި ނުގަންނާނެ، އެމީހުންގަންނާނީ ޑޮލަރު ބޮނޑި ބޮނޑީގައި. ބަލަ އިމްރާނު ދުލުން އެބުނީ އެބުނާ ކޭސްގައި އެހިނގި ކަންތަކަކީ އާންމު ތަނެއްގައި ހުރެފައިވެސް މީހަކު ކޮށްލާނެ ފަދަކަމެކޭ. ބަލަ ބައިތުލްމާލުން މުސާރަ ނަގައިގެން މާތްﷲ ގަންދީ ހުވާކޮށްގެން ހުރިމީހަކު މިކަހަލަ ޖާހިލު ވާހަކަދައްކާފައި އިސްތިއުފާ ދިނީމައި މާރަނގަޅުވާނެ.
ކަނބިލި
27 October 2020
ރަނުގެ ފުރުސަތެއް. ކީތްވެ ގެއްލުވާލަންވީ. ބޯ ބަހައްޓާ. ޢި މްރާނަކީ ހަ މަ ފަރުުދެއް. ޢަދާލަތު ޕާޓީ އަކީ ބުރަދަނެއްނެތް ވަޅުޖެހިފައި އޮތް ޕާޓީއެއް. ޕާޓީގެ އިސްކޮށްތިިބި މީހުންނަކީ ފައިސާއަށް ގޮސް ހުސްވެފައި ތިބި ބައެއްކަން ހާ މަވެއްޖެ. ދެން މިވެރިން ނިކު މެ ދީނޭ ގައު މޭ ގޮވިޔަސް އަޅާލާނެ ބަޔަކުނެތް
އުދުހޭ
27 October 2020
މާނައަކީ ނުހަނު ބޮޑު އެންގަނޑެއް އަޅާށޭ ދެއްތޯ؟؟؟
އައްޑޫ ބަކުރު
27 October 2020
ބިރަކާ ނުލާ އެބުނީ ހުސްބުޅީގަ ނުގަންނާނަމޯ ދެން މިލިއެނެއްހާ ރުފިޔާ ޖަހާފަ ބުޅި ދިނީމަ ގަންނާނަމޯ ދޯ ލަދުން ބޯހަލާކު
ފިތުރޯނު
27 October 2020
އާނ! އާނ! އެހެންޏާ! ކީއްކުރަން ހުސްބުޅީގަ އެޅެންވީ؟ ރަނގަޅު އެންގަނޑެއްލާފައި ބުޅި ދޫކޮށްލީމާ އެމްޑީޕީ ގެ ބޮޑެތި އެއްޗެހިތައް ގަންނަކަން އެނގެޔޭ! އެނގެޔޭ! އެންމެށްވެސް އެނގޭ!
މާކެޔޮޅު
27 October 2020
ހުސް ކަންވާރުގަ ކަފައަޅައިގެން ބޮއް ބޭނޭކަން ދަންނަމުތަ
އާދަންބެ
27 October 2020
ކުރިންވެސް އެނގޭ މިކަހަ ކަމެއްގައި އިދިކޮޮަށް ނުތެދުވާނެކަން
އުދުހޭ
27 October 2020
ހުސްބުޅީގަ ނުގަންނާނެއޭ ބުނީމަ އެގޭ މާނައަކީ ބޮޑު އެންގަނޑެއް އަޅާށޭތަ؟ ކުރީގެ ނައިބުރައީސް އެޅިކަހަލަ ބޮޑު އެންގަނޑެއްތަ؟
ޢަފްލާ
27 October 2020
ޢާޒިމް ބުންނަސް ތެދެއްވާނީ ތެދަކަށް އެމްޑީޕީ މެމްބަރުން ހުސްބުޅި ކިއްކިރަން އެހެން އެއްޗެއްގަވެސް ނުގަންނާނެ . ކޮރަޕްޝަންގަ ވ އަވަހަށް ޖެހޭނެ