ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބޮޑުވަޒީރު މޯދީގެ ގައިގައި ބައްދާލައްވަނީ: ދެ ގައުމުގެ ގުޅުމަށް 55 އަހަރު ވަނީ ވެފައި -- ފޮޓޯ/އޭއެފްޕީ
01 ނޮވެމްބަރ 2020 - 21:09
ރާއްޖެ އާއި އިންޑިއާއަކީ ޒަމާނުއްސުރެ ގުޅުން ބަދަހި ދެ ގައުމެވެ. ދެ ގައުމުގެ ދެމެދު އޮތްގުޅުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްކެވީ ދެ ގައުމުގެ ގުޅުމަށް މިއަދު 55 އަހަރު ފުރުމުގެ މުނާސަބަތުގައި އޭނާ އާންމު ކުރެއްވި ފޮޓޯތަކުންނެވެ.
ޝާހިދު އޭނާގެ ފޭސްބުކްގައި އާންމު ކުރެއްވީ ރާއްޖޭގެ އިސްވެރިންނާ އެކު އިންޑިއާގެ ބޮޑުވަޒީރުން ބޭއްވެވި ބައްދަލުވުންތަކުގެ ފޮޓޯތަކެވެ. އެގޮތުން ރާއްޖޭގެ ކުރީގެ ބޮޑުވަޒީރު އަހުމަދު ޒަކީ އާއި އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީއާ އެކު ހުންނެވި ފޮޓޯ އާއި ކުރީގެ ބޮޑުވަޒީރު ރަޖީވް ގާންދީއާ އެކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައްދަލު ކުރައްވާ ފޮޓޯ ވެސް ހިމެނެ އެވެ.
މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގްއާ އެކު ބޭއްވެވި ބައްދަލުވުމާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލު ކުރައްވާ ފޮޓޯއެއް ވެސް ޝާހިދުގެ ޕޯސްޓްގައި ހިމަނާފައިވެ އެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި މޯދީ ބައްދަލު ކުރެއްވި ފޮޓޯ ޝާހިދު ހިމަނުއްވައިފައެއް ނުވެ އެވެ.
ޝާހިދުގެ ޕޯސްޓް
ޝާހިދު ލިޔުއްވާފައިވަނީ ރާއްޖެއަށް މިނިވަންކަން ލިބުމުން ރާއްޖެއަކީ މިިނިވަން ދައުލަތެއްގެ ގޮތުގައި އެންމެ ފުރަތަމަ ބަލައިގަތް ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނޭ ކަމަށެވެ. އޭގެފަހުން މިއަދާ ހަމައަށް ވެސް ދެ ގައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހިވަމުންދާ ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ކޮންމެވެސް ވަރަކަށް ހީނަރުވި އެވެ. އެކަމަކު މި ސަރުކާރުގައި ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ވަނީ ބަދަހިކޮށްފަ އެވެ. ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިނުގެން ހުންނެވުމަށް ފަހު އޭނާ ރަސްމީ ދަތުރުފުޅެއްގައި އަލަށް ރާއްޖެ ވަޑައިގަތީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިފުޓީ ސިކުސް
02 November 2020
ސާހިދު ކޮންކަމެއް ހާސިލްކުރަންތޯ ތިޔަ އުޅުއްވަނީ؟ އިންޑިޔާ ދިވެހިރާއްޖެ ޒަމާނުއްސުރެން ގުޅުން އޮތަސް ޒަކީގެ ބޮޑުވަޒީރުކަމުގަ، ނާސިރު އަދި މައުމޫންގެ ވެރިކަމުގައިވެސް އިންޑިޔާ ބޭނުންހާގޮތެއް މިމަގައުމަށް ހަދަން ދޫކޮށްނުލާ އޭރު ރާއްޖޭގެ ހާރުޖީސިޔާސަތަކީ ވަކިފަރާތަކަށް ގޮސް ހުސްނުވާ އެކުވިރިކަމުގެ ސިޔާސަތެއް! މިއަދު އެހެންތޯ؟ 2023ގައި ސާހިދު ވެރިކަމަށް އަންނަން ބޭނުންވިޔަސް ތިޔައީބޮޑުވަރު މިގައުމުގެ ވެރިކަމަށް ސަލާމް
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
02 November 2020
ނަޔޭ ޒަމީންތީ ނަ އާސްމާން ތާ ނަ ޗާންދު ތާރޭ ކަހީ ނިޝާންތާ މަގަރް ޔެ ސަޗްހޭ ކެ އިން ދިނޯންބީ ތެރާ މެރާ ޕިއާރު ޔޫންހި ޖަވާންތާ " ހަކުރު ދެއްޔާ ބޮޑު ބޭބެ ނޫންތޯ ތިއީ މަކްރޫފް ނުވި ދޯސްތީ ގުޅުން ތިޔައީ "
އަބްދުއްالله
02 November 2020
ރާއްޖެ މިނިވަން ވުމާއި ގުޅިގެން އެކަން ބަލައިގަތުމަށް ފަހު، މާލެ އަށް ފުރަތަމަ (ނޮން ރެސިޑެންޓް) އެންބެސެޑަރަކު ފޮނުވީ އިސްރާއީލު. އެއީ 1965 ވަނަ އަހަރު. އެންމެ ފުރަތަމަ އެންބެސީ އެއް މާލޭގަ ހުޅުވީ ޢެ ދުވަސްވަރު އދ ގައި ޗައިނާ ތަމްސީލު ކުރި، ޓައިޕެއި ސަރުކާރު. އިންޑިޔާގެ އެންބެސީއެއް ހުޅުވީ 1980 ގެ އަހަރުތަކުގަ. އިންޑިޔާ އަކީ ރާއްޖެ އާ އޭރު މާ ބޮޑު ގުޅުމެއް އޮތް ބައެއް ނޫން. ރާއްޖޭގެ ބޯޓުފަހަރު ކޮއްޗެ އާއި ސޫދުކުޅިއަށް ހާލުން ދަތުރު ކުރި.
ރީތި މޫސަ
02 November 2020
އިންޑިޔާއާ އަބަދުވެސް ގުޅުންއޮވޭ ނަމަވެސް މިފަހަރު މިއުޅެނީ ގުޅުމޭކިޔައިގެން މިޤައުމަށްވެރިވެގަންނަން އދ މުއާހިދާ އޮންނަގޮތުން މިޒަމާނަކު ބޮޑުބަޑި ހިފައިގެން އެރޭކަށްނޯވެ އެހެންވެ މިހާރު ހަމައެނި އޮތްގޮތަކީ ސަރުކާރު އަތްދަށުލައިގެން މަޑިހިއްޕުން މިހާރުމިދަނީ މިކަންތަށްފެންނަމުން އެކިކަންކޮޅުތަކުގަ މިލިޓަރީ ސިފައިން
ޝޮކްތެރަޕީ
02 November 2020
އެއްވެސް ޤައުމެއްގަ އެ ޤައުމެއްގެ ވެރިކަން ކުރާނެގޮތް ބުނެދޭ ހިސާބަކީ އަޅުވެތި ޤައުމަކުން ފެންނާނެ ގޮތްގަޑު. މި ރާއްޖެއިން ފެންނަނީ އެމަންޒަރު މިހާރު.
ހަސަބުބީ
01 November 2020
އިންޑިޔާގެ ރައްޔިތުންނަކީ ދިވެހިންގެ ހާއްސަ ރަހްމަތްތެރިން. އެހެނަސް އިންޑިޔާގެ ހައްދުފަހަނައަޅާފައިވާ ވެރިންނަކީ ދިވެހި ބައެއް ވެރިންހެން މި ދެގައުމުގެ ހަލާކު! މިސާލަކަށް ނަޝީދު، ޝާހިދު، ޔާމީން، މައުމޫނު.
ގަމަރުއްތަ
02 November 2020
ކޮބާ ބޮޑުސޭޓާ ކާށިދޫސޭޓު.
ލުކުސާނު ބާއީ
01 November 2020
އެންމެފުރަތަމަ ފޮޓޯއިން ފެންނަނީ ނިކަން މަޖާވައްތަރެއްގެ ބައެއް.