ކުރީގެ ރައީސް މައުމޫން: ނޮވެމްބަރު ތިނެއްގައި ނަސްރު ލިބުނު ސަބަބަކީ ރައްޔިތުން ދެއްކި އެއްބައިވަންތަކަން ކަމަށް ވިދާޅުވި-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
03 ނޮވެމްބަރ 2020 - 16:33
މީގެ 32 އަހަރު ކުރިން ސްރީ ލަންކާގެ ހަނގުރާމަވެރި ޖަމާއަތެއްގެ ބަޔަކު ދިން އުދުވާނީ ހަމަލައިން ސަލާމަތްވެ، ދިވެހިންނަށް ނަސްރު ލިބުނީ އެ ދުވަހު ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި ދިން އެއްބާރުލުމުގެ ސަބަބުން ކަމަށް އޭރު ރައީސްކަމުގައި ހުންނެވި މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ސިފައިންގެ އަށް މީހަކާއި އާއްމުންގެ 11 މީހަކު ޝަހީދުކޮށްލި އުދުވާނީ ހަމަލައަށް 32 އަހަރު ފުރުމާ ދިމާކޮށް، މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މައުމޫން ވަނީ އެ ދުވަހުގެ އިހުސާސްތައް ސޯޝަލް މީޑިއާއަށް ދޫކޮށްލައްވައިފަ އެވެ. އެ ހަމަލާއިން ސަލާމަތްވީތީ ﷲއަށް ހަމްދުކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ ޝަހީދުވި އެންމެންގެ ހިތްވަރާއި ގައުމީވަންތަކަން ދިވެހިން މިއަދު ހަނދާން ކުރަނީ ޝުކުރުވެރިކަމާއެކުގައި ކަމަށެވެ.
Praise be to Allah Almighty for His blessings that helped us achieve victory over armed foreign terrorists on 3 Nov 1988. We remember with gratitude the courage and patriotism shown by our troops 8 of whom lost their lives along with 11 other citizens on that fateful day.
— Maumoon Abdul Gayoom (@maumoonagayoom) November 3, 2020
ދިވެހިންގެ މަދު ބަޔަކާ ގުޅިގެން ބޭރުގެ ހަނގުރާމަވެރި ޖަމާއަތެއްގެ ބަޔަކު ނޮވެމްބަރު، 3، 1988، ގައި މާލެ އަރައި ހިންގި އުދުވާނީ ހަމަލަ ނާކާމިޔާބުކޮށްލުމުގައި އިންޑިއާގެ އެހިތެރިކަން ބޮޑެވެ.
"އެ ފަދަ ވަގުތެއްގައި އިންޑިއާގެ ސިފައިންނާއި އެ ގައުމުގެ ސަރުކާރުން ދިން އެހީތެރިކަމަށް ވެސް ޝުކުރު އަދާކުރަން،" ވެރިކަމުގެ ނުވަވަނަ އަހަރުގައި ދެއްވިި ހަމަލައާ ގުޅޭގޮތުން މައުމޫން، 82، ވިދާޅުވި އެވެ.
ތަމަޅަ ޓައިގަރުންގެ ހަތިޔާރު އެޅި ޖަމާއަތުން އެ ދުވަހު ފަތިހު މާލެ އެރީ، ރައީސް މައުމޫން ހައްޔަރުކޮށް، ވެރިކަން ބަދަލު ކުރާށެވެ. މަގުމަތިން ފެނުނު ބައެއް އާއްމުންގެ ގަޔަށް ބަޑިޖަހަމުން، ޓެރަރިސްޓުންގެ އެއް އަމާޒަކަށްވެފައި ހުރީ މައުމޫން ދިރިއުޅުއްވާ ގެކޮޅަށް ގޮސް، އެ މަނިކުފާނު ހައްޔަރުކުރުމެވެ. އެކަމަކު އޭގެ ކުރިިން ސިފައިންގެ ހިމާޔަތުގައި މައުމޫން ވަނީ އެހެން ތަނަކަށް ވަޑައިގަންނަވާފަ އެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ވާހަކަ ދައްކަވަމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ އެ ދުވަހު ބަޔަކުވި ގުރުބާނީން ދިވެހިން ލިބިގަތް އެއް ފިލާވަޅަކީ ގައުމު ދެކެ އެއްވެސް ޝަރުތެއް ނެތި ލޯބިވުމުގެ މުހިއްމުކަން ކަން ކަމަށް ވިދާޅުވެފަ އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، އިސްލާމް ދީނާއި ދިވެހި ގައުމުގެ ދިފާއުގައި ފުރާނައިން ގުރުބާންވީ ސިފައިންނާއި އާއްމު ރައްޔިތުންގެ ގުރުބާނީން ދޭހަވަނީ، ދިވެހި ދަރިންގެ ހިތްތަކުގައި، ގައުމާ މެދު އޮންނަ ލޯބީގެ ބާރުގަދަ ކަމާއި މަތިވެރިކަމެވެ. އެ ލޯތްބާއި ގަދަރުގެ އަސަރު ޒަމާންތަކަށް ދެމިގެންގޮސް، ޖީލުން ޖީލަށް ވާސިލްވާ ކަން ވެސް ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޓޭ
04 November 2020
ނަސްރުގެ ސަބަބަކީ އޭރު ރައްޔިތުން ދެއްކި އެއްބައިވަންތަކަން، އެކަމަކު އެ ހާދިސާ ހިނގަން މެދުވެރިވީ އޭރު ވެރިކަމުގަހުރި މީހަގެ ފަރުވާކުޑަކަން. އެކަމުގެ މައުލޫމާތު ސަރުކާރަށް ލިބިފައިވާކަމަށް އޭރުގެ ރައީސް ޓީވީ ގައި ވިދާޅުވި އަޑުއެހިން. އަދި އެކަމަށް ތައްޔާރުވުމުގެ ގޮތުން ސިފައިންގެ ދޮރުމަތީގަ ވެލިބަސްތާ ޖަހައިގެން ހަތިޔާރާއެކު ސިފައިން ތައްޔާރަށް ތިބި. ދުވަސްކޮޅަކުން އެ ވެލިބަސްތާތައް ނެގި، . ވިދާޅުވީ، ރައްޔިތުން ބިރުން އުޅޭތީ އެކަން ހުއްޓާލީއޭ.
މޫޗީ/ސ.މީދޫ
03 November 2020
ނޮވެމްބަރ 3 ވަނަ ދުވަހު މާލޭގައި ހިގި ހާދިސާގެ ކަންކަން މައުމޫނުގެ ސަރުކާރުން ގެންދިޔައީ ވަރަށް ފުރިހަމަކޮށް އަދި ކޮމެންވެލްތްގެ ފަރާތުން ކުދި ޖަޒީރާ ގައުމުތަކުގެ ސަލާމަތަށް އދ ގައި މަސައްކަތް ފަށައިގަތީ ރާއްޖޭގެ ފަރާތުން މައުމޫން އަދި ސްރީދަތު ރާމްޕާލް ކޮމެންވެލްތުން.
ދީނާއިޤައުމު
03 November 2020
ސަޕޯޓު. މި ބޭބެގެ މިއްނެތް މަސައްކަތަށްވެސް ޝުކުރު ހައްޤު. ދިވެހިންންގެ އެއްބައިވަންތަކަން. ﷲ ސ. ގެ ހެޔޮ ރަހުމަތް. އަލްހަމްދުުލިﷲ
ގަނޑިޔާ!!!
03 November 2020
ނަސްރަކީ الله سبحانه وتعالى ދެއްވާ އެއްޗެއް.