ލ. ގަމު މާހިންނަ އިންޖީނުގެ: ގަމުގެ ހުރިހާ އަވަށަކަށް ދެން ކަރަންޓު ދޭނީ މި އިންޖީނުގެއިން.-- ފޮޓޯ: ފެނަކަ ކޯޕަރޭޝަން
11 ނޮވެމްބަރ 2020 - 16:46
ރާއްޖޭގެ އެންމެ ބޮޑު ރަށް، ލ. ގަމުގެ ތިން އަވަށުގައި ހުރި އިންޖީނުގެތައް ބަންދުކޮށް އެއް ނެޓްވޯކަކުން ކަރަންޓު ދޭން ފެނަކަ ކޯޕަރޭޝަނުން ތައްޔާރުވެއްޖެ އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު "މިހާރު" އަށް އިއްޔެ ވިދާޅުވީ މުކުރިމަގާއި މަތިމަރަދޫ އަދި ތުނޑިއަވަށުގައި ހުރި އިންޖީނުގެތައް ބަންދުކޮށް، މީހުން އަލަށް އާބާދުވި މާހިންނަ ސަރަހައްދުގައި ހުންނަ ސެންޓްރަލް އިންޖީނުގެއިން ކަރަންޓު ދޭން ނިންމާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ނިންމައި މިހާރު އަންނަނީ ޓެސްޓުކުރަމުންނެވެ. މި މަހުގެ ތެރޭގައި އެ އިންޖީނުގެއިން ކަރަންޓު ދެވޭނެ ކަމަށް ވިދާޅުވި އެވެ.
ގަމުގައި 5،000 މީހުން ދިރިއުޅޭއިރު އެ ރަށުގައި 750 އެއްހާ ގެ ހުރެ އެވެ.
ސައީދު ވިދާޅުވީ އެއް ނެޓްވޯކަކުން ކަރަންޓު ދޭން ފެށުމުގެ ނަތީޖާއަކީ ޖައްވަށް ދޫކުރާ ވިހަ ދުމުގެ އުނދަގުލުން، އެ ތިން ސަރަހައްދުގައި އުޅޭ މީހުން ސަލާމަތްވުމެވެ. އެ އިންޖީނުގެތައް ހުންނަނީ މީހުން ދިރިއުޅޭ ސަރަހައްދާ ވަރަށް ކައިރީގައި ކަމަށް ވުމުން އެކަމުގެ އުނދަގޫ ގިނަ ބަޔަކަށް ފޯރާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ލ. ގަމު މާހިންނަ އިންޖީނުގެ.-- ފޮޓޯ: ފެނަކަ ކޯޕަރޭޝަން
"[އިންޖީނުގެއާ] ކައިރީގައި އުޅޭ ގެތަކުގެ މީހުންނަށް ރަނގަޅަށް ނިދާލެވުން، އަޑުފަށްގަނޑު މަޑުވެގެން ދިޔުން. އެ ދެ އިންޖީނުގެ ވެސް ހުންނަނީ ރަށުގައި މީހުން އުޅޭ ސަރަހައްދުގައި. ކުރީގައި ކަރަންޓުން މަހުރޫމްވެފައި ތިބި ވިޔަފާރިވެރިންނަށް އަދި ބޮޑެތި ބިންތައް ނަގާފައި ތިބޭ އެތައް ބަޔަކަށް ކަރަންޓު ލިބިގެންދިއުން. ހިންގުމުގައި ދިމާވަމުން އައި ބައިވަރު ގޮންޖެހުންތަކުން އަރައިގަނެވޭނެ، އެފިޝިއެންސީ ރަނގަޅުވާނެ[އާ އިންޖީނުގެއިން ހިދުމަތް ދޭން ފެށުމުން]،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއް ނެޓްވޯކަކުން ގުޅާލުމުގެ މަސައްކަތް ނިމޭއިރު 4.5 މެގަވޮޓްގެ ކަރަންޓު ލިބޭނެ ކަމަށެވެ. އެ ހިދުމަތް ދިނުމަށް 11،000 މީޓަރުގެ ކޭބަލް ވަޅުލައި ނިމޭނެ ކަމަށެވެ.
"ކުރިއަށް ވުރެ ރަނގަޅުވާނީ އިނގޭތޯ. މައްސަލަ ޖެހުން ކުޑަވެ ހިންގުމުގެ މުޅި ނިޒާމަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ގިނަ ގޮތްގޮތުން. ހިންގުމުގެ ހަރަދު ވެސް ކުޑަވެގެން ދާނެ ވަރަށް ބޮޑު ކުޑަވެގެންދާނެ. ތެލަށް ކުރާ ހަރަދު ވެސް ވަރަށް ކުޑަވެގެންދާނެ،" ސައީދު ވިދާޅުވި އެވެ.
އެ މަސައްކަތް ފެނަކައިން ކުރަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ގަމު އެއްކޮށް ގުޅާލާއިރު ދެ ވަނަ ފިޔަވަހީގައި ހިމެނެނީ އެ އަތޮޅު ފޮނަދޫއާ ގުޅާލުމެވެ. އެ ރަށާ ގުޅާލުމުގެ މަސައްކަތް އަންނަ އަހަރު ނިމުމުގެ ކުރިން ފަށާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެދުރުކަލޭފާނު
12 November 2020
ރިބަންކަނޑާ ސަރުކޭރު!
ހުސެންކޮއި
12 November 2020
ޝުކުރިއްޔާ ރައީސް ޔާމީން! މަނިކުފާނު ޔޫ.އެން.ޑީ.ޕީ ތެރެއިން ސެކިއަރ ކުރި ފަންޑުގެ ތެރެއިން ލ.ގަން ފޮނަދޫ ސެންޓްރަލް ޕަވަރ ހައުސްގެ ކުޑަ މިންވަރެއް އަދި މި ސަރުކާރަށް މި ނިންމާލެވުނީ!!!
މުޑަހަންޖާ
11 November 2020
ރާއްޖޭގެ ހުރިހާ ރަށަކަށްވެސް މާލޭ އިންޖީނުގެއިން ކަރަންޓުދޭ ނިޒާމެއް ރާއްޖޭގެ ސަގާފަތާ ބޮޑަށް ގުޅެނީ. ލޯޑު ބޮޑުވެގެންދާއިރު މާލެއަށްދީފަ ރަށްރަށުން ކަނޑާލީމަ އޭރުން ހަރަދުވެސް ކުޑަވާނެ.
މޫސަ123
11 November 2020
މިއީރައީސް ޔާމީންސަރުކާރުން ފަށަފައިވާ މަސްރޫއުއެއް މިކަމަށް ބޭނުނަވާ ފޯމަރުތަކާއި ކޭބަލް އިންޖީނު މިހުރިހާތަކެއްޗެއް ވަނީހޯދާފަ ހުރިހާ މަސައްކަތެއް ކުރީ ފެނަކަ މުވައްޒަފުން ދެއަހަރުން މިތަކެތި އަތުރާލުން އެއީ ވީވަރު 2019 2020 2021 މީން އެއްވެސް އަހަރެއްގެ ބަޖެޓްގައިވެސް މިކަމަށް އެއްވެސް ޚަރަދެއް ހިމަނާފަ ނުވާނެ މީފެނަކަ ލ.ގަމު މުވައްޒަފުންގެ ހީވާގި މަސައްކަތް.
ވެސްޓަކުން
11 November 2020
ރަ އީސްޔާމީން ސަރުކާރުން ފެށިކަމެ އް ނޫނޭ ބަޔަކު ކިޔަ އިފިތަ؟ ނޫނީ ކުރީގެ ސަރުކާރުން ފެށިކަމެ އްވީމާ ހު އްޓާފަ ބަހަ އްޓަންވީތަ؟ ކޮން އިރަކުންތަ ތިނޫންގޮތަކަށް ވިސްނޭނީ؟
ދަގަނޑު ދަހަނާ
11 November 2020
މިސަރުކާރަށް އޮތީ ރައީސް ޔާމީނުގެ ޕްރޮޖެކްޓުތައް ރެބަން ކެނޑުން. ސުކުރިއްޔާ ރައީސް ޔާމީނު.
އޮނަރަބްލް އަފީފު ދީދީ
11 November 2020
ވަރަށް މުހިންމު އަދި ދުރުމުސްތަޤުބަލަކަށް ބަލާއިރު ކޮންމެހެން ކުރާންޖެހޭ ކުންފުންޏަށްވެސް ބޮޑުތަނުން ޙަރަދު ކުޑަވެފައި ފައިދާވާނެ ކަމެއް. # ފެނަކައިން ކަރަންޓް ދެމުންގެންދާ އެންމެ ބޮޑު އަބާދީއޮތް އައްޑޫސިޓީގެ ވަކިން އޮތް ހުޅުމީދޫ އަވަށަށްވެސް މެރިންކޭބަލް މެދުވެރިކޮށް ސެންޓްރަލް ޕަވަރ ހައުސްއިން ކަރަންޓް ދެވޭގޮތް ހަދާންޖެހޭ. # މިފަދަ ބަދަލުތައް ގެނެސް ޙަރަދު ކުޑަކޮށްގެން މެނުވީ ކަރަންޓްގެ އަގު ތިރިކުރުމަށް އުދަގޫވާނެ.
ޖާބިރު. . / ކާށިދޫ
12 November 2020
ތިޔަ ބުނާ ކަންކަމަކީ ރައީސް ޔާމީންގެ ވެރިކަމުގައި ޕްލޭންކޮށް ފައިސާ ހޯދާފައިވާ ކަންކަން. އިންތިޙާބުގައި އައްޑޫސިޓީ ރައްޔިތުން ރައީސް ޔާމީނަށް ވޯޓް ދިންނަމަ އިންތިޙާބު ކާމިޔާބުކޮށް ޙުޅުމީދޫ ހިތަދޫ ބްރިޖް ވެސް އޮންނާނީ މިހާރު ނިމުމަކަށް ގޮސްފަ. އަދި އައްޑޫ ގަމަށް މިހާރު އޭ 380 ގެ ބޯޓް ތައް ޖައްސާނެ. ދެން ތިވާހަކަ ނުދައްކާ ވޯޓް ދެވުނު މޮޔަ ހިތަށް އަރައި ޖަޒީރާ ވެފަ ތިބޭ.
ތެދެއް.
12 November 2020
ޙުޅުމީދޫ އަވަށުގެ އިތުރުން ޝަންގްރިލާޒް ، ހެރެތެރެ، ޕާލްމް ބީޗް ރިސޯޓަށް ވެސް މެރިންކޭބަލް އަޅައިގެން ކަރަންޓް ދީފިނަމަ ޑޮލަރުން ބިލަށް ފައިސާ ލިބޭނެ.
1828
11 November 2020
މިކަން ކުރަންވީ ޤައުމީ ފެންވަރުގައި. އޭރުން އެތައްތަނެއް ސަރުކާރަށް ލުއިވެގެންދާނެ. ކޮންމެ ރަށަކު ހަސްފަތާލެއް، ކޮންމެ ރަށަކު ރަށުކައުންސިލެއް، ސްކޫލެއް، ޕޮލިސް ސްޓޭޝަނެއް، ކޯޓެއް. މިއީ ސަރުކާރަށް ކުޅަދާނަކަމަށް ނުވާނެ. އެކަމަކު ސަރުކާރުން ނޫޅޭ އެކަންކަން ހައްލުކުރާކަށް. ހައްލަކީ އެއްފަސްކުރުން. ހައްލަކީ މާލެ ސަރަހައްދުގެ އިތުރުން، އިތުރު 02 ސަރަހައްދެއް ތަރައްޤީކުރުން.
މޫސަ123
11 November 2020
އެކަން އެގިތިބެ ޖަޒީރާ ރާއްޖެއަށް މިވަނީ ދިވެހީން އާއެކޭ ބުނެފަ ދެން ޖަޒީރާގަ މަރުފަލިޖަހަން ތިބޭ.
މަންޑޭލާ
11 November 2020
ޝުކުރިއްޔާ ރައިސް ޔާމިން