02 ޑިސެމްބަރ 2020 - 11:47
ލަންކާ ކައިރީގައި އުފެދިފައިވާ ތޫފާނާއި ރާއްޖޭގެ ދެކުނު އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެ ސަރަހައްދަށް އާދަޔާ ހިލާފަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިއަދު ބުނެެފި އެވެ.
މެޓް އޮފީހުގެ އެސިސްޓަންޓް މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒް "މިހާރު" އަށް ވިދާޅުވީ ސްރީ ލަންކާގެ އިރު ދެކުނުން ގާތްގަނޑަކަށް 250 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ "ބުރެވި" ތޫފާނާއި ރާއްޖޭގެ ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަަބުން މުޅި ރާއްޖެ ސަރަހައްދަށް ވައި ގަދަވެ، ކަނޑު ގަދަވާނެ ކަމަށެވެ. އެހެންވެ، ކަނޑުދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވާން އޭނާ އެދިވަޑައިގަތެވެ.
"އަޅުގަނޑުމެން މި އަންނަނީ މި ސަރަހައްދުގެ މޫސުން ވަރަށް ގާތުން މޮނިޓަރުކުރަމުން. މޫސުން އިތުރަށް ގޯސްވާ ވަރަކަށް އެލާޓް ނެރޭނަން،" ހާފިޒް ވިދާޅުވި އެވެ.
ބުރެވި ތޫފާން ސްރީ ލަންކާގެ ޓްރިންކޮމަލީ ސިޓީ އަށް މިއަދު ހަވީރު އަރާނެ ކަމަށް އޭނާ ލަފާކުރެއްވި އެވެ. އަދި ރާއްޖޭގެ ދެކުނުގައި އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ވެސް އަންނަނީ ބާރު ގަދަވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ނަމަވެސް އެ ތޫފާނާއި ކޮޅިގަނޑު ވެސް ދަނީ ރާއްޖެއާ ދުރަށް ދަތުރުކުރަމުން،" ހާފިޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ވެސް ރާއްޖެ ސަރަހައްދުގައި ވިއްސާރަ ވިލާ އުފެދިފައިވާ ކަމަށެވެ. ނަމަވެސް ބޯކޮށް ވާރޭ ވެހުން އެކަށީގެން ނުވާ ކަމަށް ވިދާޅުވި އެވެ.
"އާންމުކޮށް ވައި ޖެހޭނެ ކަމަށް ބެލެވެނީ 15-25 މޭލުގެ ބާރުމިނެއްގައި،" އޭނާ ވިދާޅުވި އެވެ.
މެޓުން ބުނީ މިއަދު ހަވީރު 6:00 އާ ހަމައަށް ބަލާއިރު، އެންމެ ދެކުނުގެ ބައެއް ރަށްރަށް ކެރީގެ އަސަރުކުރާނެ ކަމަށެވެ. އެހެންވެ އެ ސަރަހައްދުތަކަށް ގުގުރައި، ވިއްސާރަކުރުން އެކަށީގެންވާ ކަމަށް ބުންޏެވެ. ވިލާގަނޑުގައި 35 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ރާޅުގެ އުސްމިން ތިން ފޫޓާއި ފަސް ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރީ
03 December 2020
މި ތޫފާނު އެއްޗެހީގެ ބޮޑުކަން އިހުސާސުވޭ ތި ފޮޓޯއިން. ތޫފާނާ ގުޅިފައިވާ އެއްބައި ވިލާތަށް ރާއްޖެމަތީ އޮތް އިރު އަނެއްބައި ވިލާތަށް އެއޮތީ އިންޑޮނީޝިއާ މަތީގަ.
ހޮނޑެލި
02 December 2020
މީ ހުޅަނގު މޫސުމުގެ ފަހު ނަކަތް. ދެމޫސުން ބެދޭ ހިސާބު. ދެން ޖަހާނީ ހަޅަ. މިވަރުން ފުދޭނެ ދިވެހިން ނަށް. ބުރެތްކޭ ބުރެތްވޭ ނުކިޔަސް
ބަސް
02 December 2020
ފޯކާސްޓަކީ ލަފާކުރުމެއް. ޔަގީންވާ ކަމެއްނޫން. އެހެންވީމާ މޮޅު ކޮމެންޓްތައް ނުކޮށް މެޓުން ބުނާގޮތަށް ރައްކާތެރިވެ ތިބުން ބުއްދިވެރި.
ފަތުރުވެރިޔާ
02 December 2020
"ތޫފާނާއި ކޮޅިގަނޑުގެ ސަބަބުން، ކުރިއަށް އޮތް ފަސް ދުވަހު ވައި ގަދަވާނެކަމަށް ލަފާ ކޮއްފި" މެޓް އޮފީހުން ލަފާކުރާނީ
ލަތީފާތަ
02 December 2020
އަނެއްކާވެސް މިސަރުކާރުގެ ވެރިނަ ވައްކަންކުރާނެ ފުރުސަތެއް ތިޔަލިބުނީ މިތޫފާނުގެ ސަބަބުން
ޓަފަަ
02 December 2020
ލަންކާއަށް އަރާނެކަމައް ލަފާކުރެވޭ ތޫފާނެއް ރާއްޖެއާއި ދުރައް ދަތުރު ކުރާމެގޮތެއް ހަމަ ނުވިސްނުނު. ތޫފާނުގެ ލޮކޭޝަން އަށް ބބަލާއިރު ލަންކާއަށް ތޫފާން އަރަންޏާ ތޫފާން ދަތުރު ކުރާނީ ރާއްޖޭގެ އުތުރާއި ދިމާލަށް ވާގޮތަށް އިންޑިޔާ އާއި ދިމާލަށް. ކޮންމެދިމާލަކަށް ތޫފާން ދަތުރުކުރިޔަސް ރާއްޖެއަށް ތޫފާނުގެ އަސަރުނުކުރުން އެންމެންގެ ވެސް އުންމީދަކީ.
ރިންބ
02 December 2020
އެހެން ފޯކާސްޓް ތަކުން މާލެ ސަރަހައްދަށް އެހާ ވައި ގަދަ ކަމަކަށް ނުދައްކާ. އޯވަރ ފޯކާސްޓް ކުރުމަކީ އިތުބާރު ގެއްލޭ ކަމެއް.
ނަން
02 December 2020
ނުވާނެ. އެމީހުން ކިތަންމެ މޮޅަސް ތި ތޫފާނުގެ ސަބަބުން ރާއްޖެއަށް ވައިގަދަ ނުވާނެ.
ސަޅހިބެ
03 December 2020
ޕުރޫފް ފެނިއްޖެ. ޝުކުރިއްޔާ.
މާރަނގަމާކުންބެ
02 December 2020
ކުރިން އިވެނީ ބުރެވި މަގެއްގެ ވާހަކަ. މިހާރު ބުރެވި ތޫފާނެއްގެ ވާހަކަ.
ކުދުބޭބެ
02 December 2020
މެޓުއޮފީހުން އެބުނާވަރަށް ވިއްސާރަނުކުރާނެ.