ޚަބަރު / ރައީސް އަބްދުﷲ ޔާމީން

އުސޫލާ އެއްގޮތަށް ޕީސީއާރު ޓެސްޓް ހުށަހެޅުމުން ޔާމީންއާ ބައްދަލުކޮށްދޭނަން: ކަރެކްޝަންސް

ހައި ކޯޓުގައި މިއަދު އޮތް ޝަރީއަތަށް ފަހު، ޔާމީން އަނބުރާ ދޫނިދު އަށް ގެންދަނީ.---ފޮޓޯ: އަހުމަދު އައުޝަން/މިހާރު

ކޮވިޑް-19ގެ ހާލަތާ ގުޅިގެން އަމަލުކުރަން ހެލްތު ޕްރޮޓެކްޝަންސް އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ އުސޫލާ އެއްގޮތަށް ޕީސީއާރު ޓެސްޓު ހުށަހެޅުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންނަށް އެމަނިކުފާނާ ބައްދަލުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވާ ޔާމީންއާ އެމަނިކުފާނުގެ ވަކީލުންނަށް އިއްޔެ ބައްދަލެއް ނުކުރެއްވުނެވެ. އެއީ، ކުރިން ވެސް އެމަނިކުފާނުގެ ދިފާއީ ބައްދަލުވުންތަކަށް ހުރަސްއަޅަމުން އަންނަ އުސޫލުން ހިނގި ކަމެއް ކަމަށް ވަކީލުން ވިދާޅުވެ އެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވީ ޔާމީނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން ދައުލަތުން ތަކުރާރުކޮށް ހުރަސްއަޅަމުންދާ ކަމަށެވެ. އެކަމަކު ވަކީލުންގެ ބައްދަލުވުން ހުއްޓުވަން އިއްޔެ ކުރިމަތިކުރުވީ އާ ޝަރުތެއް ކަމަށް ވިދާޅުވިއަސް އޭގެ ތަފްސީލެއް ނުދެއްވަ އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވަކީލުންގެ ބައްދަލުވުމަށް އެތަނުން ހުރަސްނާޅާ ކަމަށެވެ. ބައްދަލުވުމުގެ ހުއްދަ ނުލިބުނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް ޕީސީއާރު ޓެސްޓް ނުހަދައި ހުށަހެޅުމުން އޭނާ ވިދާޅުވި އެވެ.

"ވަކީލު ބައްދަލުވުންތައް ހަަމަޖައްސައިދޭން އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދެން. ވަކީލުން އިއްޔެ ހުށަހެޅީ އެޗްޕީއޭ އިން އަމަލުކުރަން އަންގާފައި އޮތް އުސޫލާ އެއްގޮތަކަށް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.

"ޕީސީއާރު ޓެސްޓް ހުށަހެޅުމުން އެ ހުއްދަ ލިބޭނެ."

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ބައެއް ލޯޔަރުން: އެމަނިކުފާނުގެ ބައްދަލުވުމަށް ގަސްތުގައި ހުރަސްއަޅަނީ ކަމުގެ ތުހުމަތު ކުރައްވާ.

އޭނާ ފާހަގަކުރެއްވި ގޮތުގައި މާލޭގައި ތިއްބަވާ ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ވެސް މާފުށީ ޖަލަށް ވަދެވެނީ 72 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓެއް ހުށަހަޅައި ކައުންސިލްގެ ހުއްދައާ އެކުގަ އެވެ.

ކޮވިޑް-19އާ ގުޅިގެން ކަރަންޓީންވާން ޖެހޭ 14 ދުވަހުގެ މުއްދަތު 10 ދުވަހަށް ކުރުކޮށް، އެޗްޕީއޭ އިން ނެރުނު އިއުލާނުގައި ބުނެފައި ވަނީ ކޮންމެހެން ދޭން ޖެހޭ ހިދުމަތެއް ދިނުމަށާއި މަޝްރޫއުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަށް މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރާ މީހުން ވެސް 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއެއް ހުށަހަޅަން ޖެހޭނެ އެވެ.

އެޗްޕީއޭގެ މި އުސޫލު ހިނގަނީ ވަކި ބަޔަކަށް ކަމަށާއި ސަރުކާރުގެ ދަތުރުތަކުގައި ވަޑައިގަންނަވާ ބޭފުޅުން އެ އުސޫލަށް ތަބާނުވާ ކަމުގެ ކަންބޮޑުވުން ޕީޕީއެމާއި ޕީއެންސީން ފާޅުކުރެ އެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ރޭ ވިދާޅުވެފައި ވަނީ ޕީސީއާރު ޓެސްޓް ހުށަހެޅުމުގެ އުސޫލު އާންމު ރައްޔިިތުންނަށް އޮތް ނަމަވެސް ރައީސް ޔާމީންއާ ބައްދަލުކުރުމުގައި ލުއި ދޭން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން ކިހިނެއްތޯ ކޮންމެ ފަހަރަކު ޓެސްޓު ހަދަނީ؟ އެމަނިކުފާނު ހުންނެވީ ދައުލަތުގެ ބެލުމުގެ ދަށުގައި. އެހެންވީމަ ވަކީލުންނާ ބައްދަލުކުރުމުގެ ހުރިހާ ކަމެއް ހަމަޖެއްސުމަކީ ދައުލަތުގެ ޒިންމާއެއް،" ޑރ. ޖަމީލް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން ތުހުމަތުކުރާ ގޮތުގައި، ޔާމީނާ ބައްދަލުކުރަން ވަކީލުންނަށް އިއްޔެ ފުރުސަތު ނުދިނީ އެމަނިކުފާނާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ ދައުވާގެ ދިފާއަށް ހުރަސްއެޅުމަށެވެ. މަނީ ލޯންޑްރިންގެ ދައުވާއަކާއި ރިޝްވަތު ހިފުމުގެ ދައުވާއެއް، އެމަނިކުފާާނާ ދެކޮޅަށް ވަނީ އުފުލައިފަ އެވެ.

33 ކޮމެންޓް, 53 ރިއެކްޝަންސް

icon happy icon happy 49%
icon sad icon sad 8%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަމޫނާ ކަތީބު

12 December 2020

ބޮޑު މުޖުރިމަކު ދޫކޮށްލަން އެމް ޑީ ޕީ ގެ މެމްބަރުން ގޮވުމުން މަގޭގާތަށް ހަމަ އަންނަނީ ހިނި!

The name is already taken The name is available. Register?

1828

15 December 2020

ނަޝީދުގެ މައްޗަށް ޓެރެރިޒަމްގެ ކުށް ސާބިތު ނުވާކަމަށް ވާނެ؟ އާރާއި ބާރު އޮތިއްޔަ މިހާރު ކޯޓުތަކުގެ ހުކުމް ބަދަލުކުރުމަކީ ފެން ފޮދެއް ބޯލާފައި ވައެއްލުންހާ ފަސޭހަކަމެއް. ޔާމީންވެސް އެކަން މިބުނި ގޮތަށް ކުރާނެ ވެރިކަން ބަދަލުވެ، ޔާމީނަށް ތާޢީދުކުރާމީހަކު ވެރިކަމަށް އަތުވެއްޖެ ނަމަ.

The name is already taken The name is available. Register?

ހޮޓްކިންގ

10 December 2020

ތީ ޖެއްސުމަށް ކުރިކަމެެއް. އިބްރާހީމް ސޯލިހާ ސަރުކާރު ގެ ބޮޑުން ރަށްރަށަށް އަރާ މީހުންނާ ބައްދަލުކުރަނީ ކޮވިޑްޓެސްޓުހަދާފަތަ؟ ކިތަންމެ ޖެއްސުމެއްކުރިޔަސް މިވެރިކަން ނިމި އިދިކޮޅުން ވެރިކަމާ ހަލާކުވާނެ.

The name is already taken The name is available. Register?

ވަތަން އިސްކުރަންޖެހޭ

10 December 2020

މިހާރުންމިހާރައް ރައިސް ޔާމިން ދޫކޮއްލާ ސިޔާސީ ދައުވާ ކުރުން ހުއްޓާލާ

The name is already taken The name is available. Register?

އިއްޒަތު

12 December 2020

ކަލޯ ރޯމާ ދުވާލު ވައްކަންކުރީމާވެސް ދޫކޮށްލަންވީތޯ؟

The name is already taken The name is available. Register?

ުވައިސޫރި

10 December 2020

ގަދަބާރުން ކަންތައް ކުރަން އުޅުނަކަސް ނުވާނެ އެދުވަސް މާޒީވެގެން ހިނގައްޖެ ދެންވެސް ނިކަން ވިސްނާލަބަލަ

The name is already taken The name is available. Register?

ބަކޫރުބޭ

10 December 2020

"އަޅުގަނޑުމެން ކިހިނެއްތޯ ކޮންމެ ފަހަރަކު ޓެސްޓު ހަދަނީ؟ އެމަނިކުފާނު ހުންނެވީ ދައުލަތުގެ ބެލުމުގެ ދަށުގައި. އެހެންވީމަ ވަކީލުންނާ ބައްދަލުކުރުމުގެ ހުރިހާ ކަމެއް ހަމަޖެއްސުމަކީ ދައުލަތުގެ ޒިންމާއެއް،" ޖަމީލުމެން ތިތިބީ ދައުލަތުގެ ބެލުމުގެ ދަށަކު ނޫންތާ، ޔާމީނުއާ ބައްދަލުކުރަން އައުމުގެ ކުރިން ކުރަންޖެހޭ ކަންކަން ކުރަން އެއަންގަނީ ދައުލަތުގެ ޒިންމާއަކަށްވާތީއޭ، ބުނާގޮތް ހަދައިގެން އައިސް ބައްދަލު ކުރަންވީނު، ތިއްތި ދެއްކެން ތިއުޅެނީ.

The name is already taken The name is available. Register?

ވަތަން އިސްކުރަންޖެހޭ

10 December 2020

ރައިސް ޔަމިންގެ ދައުރުގަ ބަޔަކު މީހުން ޖަލައްލިޔަސް އެމީހުން އުޅުއްވަނީ އަމީލްލަގޭގަ. ރައިސް ޔާމިނަ އެފުރުަސަތުވެސް ނުދިން މި ސަރުކާރުން

The name is already taken The name is available. Register?

އަސްލުވެސ

10 December 2020

ބަލަ މިދިމަމަހު މަހު 24 ގަ ކަރަމްޓީންވި މީހުން އެތިބީ އަދިވެސް ކަރަންޓީންގަ. ސާމްޕަލް ނެގި ފަހުން 3 ވަނަ ދުވަސް. 4 ކުރިން ކަރަންޓީން ވާ މީހުންނަށް 14 ދުވަހޭ ކިޔާފަ 17 ދުވަސް ވެގެން ދިޔައިރުވެސް ތިބީ ބަންދުގަ. ރަެްޔިތުންނަށް ހަމަ ޖެއްސުން ކުރުން ނޫން ކަމެއް އެބަ ކުރޭތަ

The name is already taken The name is available. Register?

ރަސްއައިން

10 December 2020

ޖަމީލޫ.. ޔާމީނާ ބައްދަލުކުރަން ދާމީހުންނަކީ މަލާއިކަތުންތަ؟ ކޮވިޑް ނުޖެހޭ މީހުންތަ؟ ހައިރާނެއްނުވާނެ ޔާމީނަކީވެސް ދިވެހި ރައްޔިތެކޭ ކުށްވެރިއެކޭ ޖަލުގައިތިނބި އެހެންމީހުންނާ އެއްގޮތްވާނީ ކީކޭބުނާނީ.. މިމީހުން މިއުޅެނީ ވެރިކަންކުރަން. ވިސްނުން ހުންނަގޮތް މިހިރީ އާއްމުރައްޔިތުންނަކީ އެއްވެސް ބަައެއްނޫން. މީ ހުރިހާވެސް ބަޔަކީ ލަދެއްނުގަނޭ ވިއްޔަ ރައްޔިތުންކައިރިއަށްދާކަށް ވޯޓޭކިޔާފަ.

The name is already taken The name is available. Register?

ހާމިދު ޝާހިދު

10 December 2020

މިއީ ނުލަފާ އެމްޑީޕީ ފިކުރުގެ މީހެއްގެ ކޮމެންޓެއް. ހަށިގަނޑުގައި ހިނގަނީ ބަދަލުހިފުމުގެ ރީނދޫލޭ. ފާޅުގައި އެކި ކަންކަމުގައި އެކިމީހުންނާ މެދު އެޗްޕީއޭ އިންވެސް އެދަނީ އެކި ގޮތައް އަމަލު ކުރަމުން. ކޮންމެހެން ރައީސް ޔާމީންއާ ބަދަލުކުރަން ދާ ވަކީލުންނަކީ، އެމަނިކުފާނުގައިގައި ބައްދަން ދާ ބައެއްނޫން. ގައިދުރު ކަންމަތީގައި ދައްކާނެ ވާހަކައެއް ދައްކަން ހުއްދަ ދެވެންވާނެ. އެހެނީ ރައީސް ނަޝީދަަށްވެސް ވާނޭ ގައިމު ރާއްޖޭން ބޭރަށްދާންވެސް ފުރުޞަތުދީފައި.

The name is already taken The name is available. Register?

ހިންދުކޮޅު

10 December 2020

ޢެމްޑީޕީސަރުކާރު ފުޑާލެވޭދުވަސް ދެންއޮތީ މާކަދުރެއްގައެއްނުން ސޯލިހުބެ ވަރަންއަވަހައް ސައިޒްވާނެ

The name is already taken The name is available. Register?

ޒަރީރޫ

10 December 2020

ނަމަނަމަ ދެން ބަޣާވާތެއް ނުކުރައްޗޭ، ރައްޔިތުންނަށް މޮޅެއްނުލިބި ފޫނުބެއްދޭވަރުގެ ބޮޑުއަޑިގަނޑަކަށް ޤައުމުވެއްޓި، ބައެއްގެ މުށުތެރެއަށް މުޅި ޤައުމު ދިއުން ނޫންކަމެއް ނުވާނެ، އެކަމަކުވެސް ވެރިކަމާ ހެދި ދަންޖެހޭ ބަޔަކު އެޔަކަށް ނުބަލާ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ..........

The name is already taken The name is available. Register?

1234

10 December 2020

ތި ޖަލުގަ ޔާމީންގެ ބަދަލުގައި މިއަދި ކެނެރީގޭ ނަސީދު އޮތްނަމަ މިއުޅޭ މޑޕ މީހުން މުޅިގައު ފުނޑާ އަޅިއަށް ހަދާނެ. ނުވުތާކަށް އެމްނެސްޓީއާ ކުއީން އެލިޒަބަތާ ވިކްޓޯރިޔާވެސް ގެނެސް ކުޅިވަރު ކުޅެލާނެ. ޕީސީއާރެއް ކަރަންޓީނެއް ނޯންނާނެ..

The name is already taken The name is available. Register?

ހަ ސީނު

10 December 2020

ޕީޕީ ކުދިންނަށް އަދިވެސް ނޭގެއޭ ޔާމީނު ޖަލުން ނެރެން ކުރަންވީކަމެއް، ގައިމު ބަޔަކު ގާތުން ދަސްކޮށްގެން ކުރާނެނަމަވެސް ކުރާހާ ދުވަސް ވެއްޖެނު..........

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454