ކޮވިޑް-19 އަށް ރާއްޖެއިން މިއަދު 19 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 10 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުން ކަމަށާއި ދެން ތިބީ އަތޮޮޅު ތެރޭގެ ބައެއް ރަށްރަށާއި ހަދަމުންދާ ރިސޯޓްތަކުގެ އިތުރުން ސިނާއީ ސަރަހައްދުތަކުން ޕޮޒިޓިވްވި މީހުން ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 13،493 އިިން މައްޗަށް އަރާފައި ވާއިރު، އޭގެ ތެރެއިން 12،800 އަށް ވުރެ ގިނަ މީހުން ރަނގަޅު ވެފައިވާތީ މިވަގުތު ފަރުވާ ދެނީ 543 މީހަކަށެވެ.
ހޮސްޕިޓަލްގައި ފަރުވާ ދެނީ އޭގެ ތެރެއިން 44 މީހަކަށެވެ.
ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް ވަނީ 48 މީހަކު މަރުވެފަ އެވެ.