ނައިބު ރައީސް ފައިސަލް ނަސީމާއި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ނަރުހުންނާ ބައްދަލުކުރަނީ. --ފޮޓޯ/ރައީސް އޮފީސް
21 ޑިސެމްބަރ 2020 - 14:12
ވިހެއުމުގެ ބަދަލުގައި ސިޒޭރިއަން ހެދުން ރާއްޖޭގައި ގިނަކަން ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ފާހަގަކުރައްވައި، ނާސިން ކޯހުގައި މިޑްވައިފެރީ ނުވަތަ ފޫޅުމައިކަން ދަސްކުރުން ކުރިއެކޭ އެއްގޮތަށް ލާޒިމްކުރުމާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކާ އިއްޔެ މަޝްވަރާ ކުރައްވައިފި އެވެ.
ނަރުހުން ތަމްރީންކުރިއިރު ރާއްޖޭގައި ކުރިން މިޑްވައިފެރީ ބައިތައް ކިޔަވައިދިނެވެ.
ރައީސް އޮފީހުން ބުނީ މި މަޝްވަރާ ކުރިއަށް ގެންދިޔައީ، ނަރުހުން ތަމްރީނުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާ ގުޅޭ ގޮތުން ނައިބު ރައީސް ރައީސް ފައިސަލް ނަސީމް، ކަމާބެހޭ ފަރާތްތަކާ އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި ކަމަށެވެ. ރާއްޖޭގައި ނަރުހުން ތަމްރީންކުރަން ދިމާވާ ދަތިތަކާއި އެ ގޮންޖެހުންތައް ހައްލުކުރުމާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި ވާހަކަ ދައްކާފައިވެ އެވެ.
ރާއްޖޭގައި ނާސިން ކޯސް ނިންމުމަށް ފަހު ވަޒީފާ އަށް ނުކުންނަ ނަރުހުންގެ އަދަދު މަދެވެ. މައިގަނޑު ސަބަބަކީ ބިދޭސީންނާއި ދިވެހިންނާ މެދު އެލަވަންސްތަކުގެ ބޮޑު ފަރަގެއް ހުރުން ކަމަށް ބައްދަލުވުމުގައި ބައިވެރިވި ނަރުހުން ވަނީ ފާހަގަކޮށްފަ އެވެ.
ނަރުހުންގެ ވާހަކަތައް ނައިބު ރައީސް އަޑުއްސަވައި، ސިއްހީ ދާއިރާ ހަރުދަނާކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ކޮވިޑް-19ގެ ހާލަތުން އެކަނި ވެސް ސިއްހީ ދާއިރާއިން މީހުން ބިނާކުރުމުގެ މުހިއްމުކަން އިތުރަށް ފާހަގަވެގެން ހިނގައްޖެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
24 December 2020
ސިޒޭރިއަން ގިނަވާތީ """ނާސިން""" ކޯހުގައި ފޫޅުމައިކަން ކިޔަވައިދޭން މަޝްވަރާކޮށްފި """ނާސިން""" "ނަރުހުން" ދިވެހި ރަދީފްގައި """ނާސިން""" ބަލާލުން ވަރަށް މުހިއްމު.
ކަކުނިބޯ
24 December 2020
ތިޔަކަން ހައްލުވާނެ ފަޅާ ސާމާނު ފޮރުވީމާ އެނޫންގޮތެއްނެތް. ރާއްޖެއަކީ މައްސަލައެއްބަލާ ތަހުޤީގް ކުރާހާ ކެޕޭސިޓީއެއްހުރިތަނެއްނޫން. ވައްކަމުގެ މައްސަލައެއް ނުބެލޭއިރު ކިހިނެއް މިކަހަލަ އެތިކަލް އާއި މެޑިކަލް ނެގްލިޖެންސް ނޫނީ ވަޒީފާގެ ނެގްލިޖެންސް ބަލާނީ。 ޕޯސްޓްމޯޓަމް ގަޑެއްވެސް ހަދާލެވެނީ އަވަށްޓެރިޤައުމަކުން ހަދާދިނިއްޔާ. ރާއްޖޭގަކިޔަވާ ޑޮކްޓަރުން ކިހިނެއްބާއޭ ހިތަށްއަރާ ކިޔަވާނީ ޕޯސްޓްމޯޓަމް ގަޑަކާނުލާ މިއީ ދޫނިރާއްޖެ ފަރުބަދަފުށިކައިރީ އޮންނަ
ސއނާ
23 December 2020
އަސްލު މައްސަލައަކީ ގިނަ ޑރ އިން ބޭނުމެއްނުވޭ ބަލިމީހާއަށް ވިހެއުމަށް ވަގުތުދޭކަށް. ހަގީގަތަކީ ވިހަންޖެހޭ ދުވަހަށް ނުވިހައިފިނަމަ 2 ހަފްތާވަރު ބެލޭނެ. ޑރ ގެ ޓައިމްވޭސްޓްވާތީ އަދި ސިޒޭރިއަން ހެދުމުން ޑރ އަށްލިބޭ ފައިސާ ގިނަވުމާ، ނޯމަލްކޮށްވިއްސުމުން ވަގުތުގެއްލި ލިބޭ ފައިސާ މަދުވުމަކީ މިކަމުގާވާ އެންމެބޮޑު ހަގީގަތް.
ކަކުނިބޯ
24 December 2020
ގިނަ ޑޮކްޓަރުން ނޭދޭ މިތާ ޑޮކްޓަރުން އުފެދޭކަށްވެސް. މެޑިސިން ފައުންޑޭޝަން ކޯހުންފަށަގެން ކިޔެވޭގޮތަށް އޮތް އޮތުން ބާތިލްކުރީވެސް އެހެންވެ. މެޑިކަލްބޯޑކީ ޑޮކްޓަރުނ ހައިޖެކް ކޮށްފައޮންނަތަނެއް ބިދޭސީ ޑޮކްޓަރުން ކޮންމެފަދަ ސެޓްފިކެޓެއްގެނަަސް އޯކޭ
އެމްސް
22 December 2020
ސިއްޙީދާއިރާ ހަރުދަނާވާނީ އާސަންދައިން ކުރާއިސްރާފު މީހުންބިނާކުރަން ހޭދަކުރަންފެށިގެން! އާސަންދައަކީ މިއަދު މަދުބަޔަކު މުއްސަނދިކުރަން ހިންގާ ޖަރީމާއެއް! ކުންފުނިތަކުގެ ސީއެސްއާރު ބަޖެޓުން އަހަރަކު އެތައްސަތޭކަ މިލިޔަން ހޭދަކޮށްލާއިރު، މަރްޙޫމް ޑޮކްޓަރ އިބްރާހީމް މަނިކް ފަދަ މަދުފަރާތަކުންނޫނީ ދެމެހެއްޓެނިވިގޮތެއްގަ ޤައުމަށް ފައިދާވާނެކަމެއް ކުރާބަޔަކު ނެތް! ބީއެމްއެލްގެ ކިޔަވާލޯނުވެސް ދެނީ ކޮމާރސަލް އިންޓަރެސްޓް ރޭޓްގަ އަދި އެވެސް މޯރގޭޖް. . . .
އިއްޒަތު
22 December 2020
ވަރަށް ރަގަޅު ނިންމުމެއް. %100 ތާއީދުކުޜާ ކަމެއް.
އާދަމުގެދަރި
22 December 2020
އެމްޑީޕީ ސަރުކާރަކުންތޯ ތިޔަ ވާހަކަ ދައްކަނީ. 2004-2007 އާ ދެމެދު ހަރުގޭގައި ދައްކާފައި ހުރި ވާހަކަތައް ހަނދާން ހުރި ކުދިން އެބަތިބިތޯ؟
ގުއިޓައްޕަން
21 December 2020
މިނިސްޓަރަށް ހަމަޔަގީންބާ ބަނޑުފަޅައިގެން ކުދިންނަގަނީ ފޫޅުމަޔަކު ނެތިގެންކަން ނުވަތަ އަންހެނުންގެ ޑަކުޓަރުންނަށް ވިއްސަން ނޭގޭތީކަން. ހާދަބޮޑުކަމޭ މިލައިގަތީ
ނޫސް ބަލާމީހާ
21 December 2020
ތިކަމަކީ މިތަނަށް ގެންނަ ޑޮކްޓަރުން މާބަނ ޑު މީހުންނަށް ބިރުދައްކައިގެން އެމީހުންގެ ފިރިންނަށް މަޖުބޫރު ކުރުވައިގެން "ތިމަންނާމެން ޒިންމާއެއް ނުވާނަށް" ކަމަށްބުނެ ތިމާމެންގެ ރެކޯ ޑު ފައިލުފުރަން ކުރަމުން ގެންދާކަމެއް.
ރާއްޖެ
21 December 2020
މާނައަކީ މިހާރު ތިބި އޮބްސްޓީޓްރިޝަނުންނަށް ވިއްސަން ނޭގެނީއޭތޯ؟ ސިޒޭރިއަން ހަދަނީ ވަކި ސަބަބުތަކެއް ހުރީމަ. އެއީ އެތައް ދުވަހެއްގެ ސްޓަޑީތަކަށް ފަހު ފޮތް ތަކުގައި ލިޔެވިފަ ހުރި ކަންކަން. ހަމަ ހުރެފަ ޑޮކްޓަރަކު ހަދާ ޕްރޮސީޖާ އެއް ނޫން.
ޑރ. އަދުރޭ
22 December 2020
ޑރ ންގެ ފަޅާ ޕޮރޮފައިލް މަތިކުރުން ބޭނުމަކީ
ސިމްޕަލް
21 December 2020
މިނިސްޓަރު އަހްމަދު ނަސީމް މިކަން ފާހަގަ ކުރެއްވުމުގެ ކުރިން އެއްވެސް ބަޔަކު މިވާހަކަ ނުދައްކާ ތިބީ ކީއްވެގެންބާ؟ ގިނަ ގައުމުތަކުގައި، ހޮސްޕިޓަލެއްގައި ނުވަތަ ވަކި ޑޮކްޓަރަކު އާންމު މިންގަޑަށްވުރެ ގިނައިން ސިޒޭރިއަން ހަދާކަން ފާހަގަކުރެވޭނަމަ އޭގެ ސަބަބު ހޯދަން މަސައްކަތްކުރޭ.