ޚަބަރު / މަސްވެރިން

މަސްވެރިންގެ ޑިމާންޑުތައް މިނިސްޓަރާ ހިއްސާކޮށްފި

ފެލިވަރުގައި މަސްވެރިން ކުރަމުންދިޔަ މުޒާހަރާގެ ތެރެއިން-- ފޮޓޯ: ޓުވިޓާ

22 ޑިސެމްބަރ 2020 - 20:11

48 comments

ޅ. ފެލިވަރުގައި މުޒާހަރާ ކުރަމުން ދިޔަ މަސްވެރިން، އެ މީހުންގެ ކަންބޮޑުވުންތައް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އާއި މިފްކޯގެ ވެރިންނާ ހިއްސާކޮށްފި އެވެ.

ފެލިވަރުގައި މަސްވެރިންގެ މުޒާހަރާ ފެށުނީ މިއަދު ހެނދުނު 9:00 ހާއިރު އެވެ. ވިއްސަކަށް މަސްދޯނި އެ ރަށަށް ގޮސް ފަޅު ތެރޭ އޮވެ މުޒާހަރާކޮށް، މަސްވެރިކަމުގެ ދާއިރާގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އަޑު އުފުލަމުން ދިޔަ އެވެ.

އެވަގުތު ދޯނިތަކުގައި ތިބި މީހުން ފެލިވަރަށް ފޭބިޔަ ނުދިނުމަށް ފުލުހުންގެ ޓީމްތައް އެ ރަށު ބަނދަރުމަތީގައި ހަރަކާތްތެރިވަމުންދިޔަ އެވެ. ނަމަވެސް ފަހުން މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންގެ ސަފުތައް ފަޅާލައި، ރަށު ތެރެއަށް ވަދެ، ފެލިވަރު އޮފީސް ކުރިމަތީގައި ވެސް މުޒާހަރާކޮށްފަ އެވެ.

މަސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ މަހުގެ އަގު ދަށްވުމާއި މަސް ނުކިރޭ މައްސަލަ އެވެ. އެހެންކަމުން މަހުގެ އަގު 20ރ. އަށް ވުރެ ދަށް ނުވާނެ ގޮތަކަށް ބެހެއްޓުމަށާއި، ފެލިވަރުން ލުއި ފަސޭހަކޮށް އައިސް ލިބޭނެ ގޮތް ހަމަޖެއްސުމަށާއި، ދުވަހުން ދުވަހަށް މަސް ކިރޭނެ އިންތިޒާމް ހަމަޖެއްސުމަށް މުޒާހަރާގެ ބައިވެރިން ދިޔައީ ޑިމާންޑް ކުރަމުންނެވެ.

އެ މުޒާހަރާގެ ބައިވެރިއަކު "މިހާރު"އާ ވާހަކަ ދައްކަމުން ބުނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބެނީސް، މުޒާހަރާ ހުއްޓާ ނުލައި ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ދާދި ދެންމެއަކު ޒަހާ އާއި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީއާ ފޯނުން ވާހަކަ ދެއްކުނު ކަމަށާއި އެހެން ނަމަވެސް ހިތްހަމަޖެހޭ ވަރުގެ ޖަވާބެއް އަދިވެސް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

"މިވަގުތު ނަމާދު ގަޑިއަށް މުޒާހަރާ ހުއްޓާލާފަ މިއޮތީ، އިރުކޮޅަކުން އަނެއްކާވެސް ފަށާނަން. ދެ ދުވަސް ތިން ދުވަސް ވިޔަސް މުޒާހަރާ ކުރިޔަށް ގެންދާނަން. އަޅުގަނޑުމެން ބޭނުންވޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވެސް ބައްދަލު ކުރަން. ޑިމާންޑުތަކަށް ހައްލެއް ނުލިބެނީސް މުޒާހަރާ ނުހުއްޓާނަން،" އޭނާ ބުންޏެވެ.

ފުލުހުން ބުނީ މިހާރު ކުރިޔަށްދާ އިހުތިޖާޖުގައި ހަމަނުޖެހުން ހިނގާފައި ނުވާ ކަމަށާއި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ވެސް ނުވާ ކަމަށެވެ. އަދި މަސްވެރިންނާ ގުޅިގެން ސުލްހަވެރިކަމާއެކު މައްސަލަތައް ހައްލު ކުރުމަށް އެހީތެރިވަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

48 ކޮމެންޓް, 50 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 2%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ީހށނ

23 December 2020

ކަމެއް ގޯހުންދަންޏާ އިހްތިޖާޖުކުރަންވީ!

The name is already taken The name is available. Register?

ކައުންސިލަރު

23 December 2020

20ރުފިޔާއަށް ކިލޯ ގަނެގެން ފެލިވަރަކަށް ގެއްލުމެއްނުވާނެ. 180ގްރާމްގެ މަސްދަޅެއް މިލިބެނީ 14ރުފިޔާއަށް. ކިލޯއަކުން ކިތައްދަޅުމަސްހެދޭ؟؟ aހުން ރިހާކުރުހެދޭ، ފިޝްމީލްހެދޭ، ކަށީގެބައިތަކުން ގަސްކާނާ އުފެއްދޭ. 20ރުފިޔާއަށްވެސް މި އެދެނީ ކިރާ މަސްކޮޅަށް ފައިސާ ނުލިބި ދަރަނިވެރިވެ ބަނޑަށްޖެހުނީމާ. ކިރާމަހަށް ވަގުތުން ފައިސާ ދޭނަމަ މިޝަކުވާ ތަކާ މުޒާހަރާ ކުރާކަށް ނުޖެހުނީސް. މީއެންމެބޮޑު މައްސަލައަކީ. 20ރުފިޔާ ނުދެންޏާ ސޯލިހު ދޭންބުނި ހަމައަގު ދީބަލަ.

The name is already taken The name is available. Register?

ގޯނިބޭ

23 December 2020

ޢމޑޕ އަކީ ވައުދުވެ ވައުދު ފުއްދާ ޕާޓީއެއް މަ ހީ ހީ ހަލާކު

The name is already taken The name is available. Register?

ޑރ. ރާމީ ޙަސަން ވައިނުޖެހޭގެއާގެ

23 December 2020

މަސްވެރިން ގެ މައްސަލަ ތައް ސުލްޙަވެރި، ރިވެތި ގޮތުގައި ޙައްލު ކޮށްދެއްވޭ ފަދަ ބޭފުޅުން ޙުދު މައުމޫނު ގެ ޕާޓީ ގައިވެސް އެބަތިއްބެވިއެވެ. ނަމަވެސް، މި މަޤާމަށް މައުމޫނު ޙިޔާރު ކުރައްވާފައި ވަނީ މައުމޫނު ގެ ބައްޕަ، އަބްދުލް ޤައްޔޫމްސީދީ އަށް މުނިކާފަ ކިޔާ ޒަހާ އެވެ. މައުމޫނު ގެ ހޮވުންތައް ގޯހެކޭ ނުދައްނަވަމެވެ ! ނަމަވެސް، މަސްވެރި ކަމާއި ދަނޑުވެރިކަން އާރާސްތު ވުމުގެ ބަދަލުގައި، ބަރުބާދު ވަމުންތާ މަންޒަރު ފެންނަތާ ވަރަށް ގިނަދުވަސް ވެއްޖެކަންކަށަވަރެވެ.

The name is already taken The name is available. Register?

ރަށްއިތުމީހާ

23 December 2020

މަސްވެރިކަމުގެ ޝިނާއަތް ތަރައްޤީ ކުރުމަށް ސައުދީ ފަންޑުން ހަމަޖެހުނު ލޯނަކީ ރައީސް އިބްރާހިމް މުހައްމަދު ޞޯލިހްގެ ސަރުކާރުގެ މަސައްކަތުން ހަމަޖެއްސި ލޯނެއް. މަސްވެރިކަމުގެ ޝިނާއަތް ތަރައްޤީ ކުރުމުގެ ވިސްނުމެއް ޕްލޭނެއް އޮތީ މިސަރުކާރުގައި , ކުރީގެ ޖަރީމާ ހިންގި ޔާމިން ސަރުކާރުން މަސްވެރިން ކަން ފުނޑާލާ " މިފްކޯ " ބޮޑުކޮށް ދަރުވާލީ!ބަޔަކު މޮލު ހޯދަން އުލޭނެ ކަމެއް ނެތް!

The name is already taken The name is available. Register?

@ރަށް

23 December 2020

ތިޔަބުނާ މޮޅު ވިސްނުން ނުވެއް ފެނޭ ޒަހ ނިދިން ނުހޭލާ މިހަަރަނަށް އައިއިރު އޭނައަށް ކުރެވުނޫ ކޮންކަމެއްތޯ އެގްރި ވިޔަފާރި ކޮންތާކުތޯ ކުރަނީ

The name is already taken The name is available. Register?

މޫރިޝް

23 December 2020

20 ރުފިޔާއެއް ރޯ ކިލޯއެއް މަގުން މަސް ގަނެގެން، ބެންކޮކަށް އެކްސްޕޯޓު ކުރާއިރު ހިނގާ ޚަރަދުތައް ލައިގެން ވިޔަފާރި ދެކޮޅެއް ނުޖެހޭނެއެވެ. ދެކޮޅު ޖެހޭނީ ރާއްޖޭގެމަހުން ދަޅުމަސް ނުވަތަ މަތީ އަގު ލިބޭ އުފެއްދުންތައް ރާއްޖޭގައި އުފައްދާ ރަނގަޅު އަގުލިބޭ ބާޒާރުތަކަށް ފޮނުވައިގެނެވެ. ނުއަގުގައި މަސްގަތުމަކީ ގެއްލުންހުރި ކަމެކެވެ. ކުންފުނިތަކާއި ސަރުކާރު ބަނގުރޫޓު ކުރުވާނެކަމެކެވެ. އެއީ އިންސާފުވެރިގޮތެއްނޫނެވެ.  ދެމެހެއްޓެނިވި ގޮތެއްވެސް ނޫނެވެ.

The name is already taken The name is available. Register?

މޫރިޝް

23 December 2020

ބެންކޮކުގެ ފެކްޓަރީ ތަކަށް ގަންނަ ކަޅުބިލަ މަހުގެ އަގު މަތީގައި ހުރުމަށްފަހު، މިދިޔަމަހު ދަށްވާނެ  ފެށިއެވެ. މިމަހުވެސް ދިޔައީ ދަށަށެވެ. މިހާރުގެ އަގަކީ ޓަނެއް 1270 އާއި 1320 ޑޮލަރެވެ. އެއީ، ކިލޯ އަކަށް 19.58 އާއި 20.34 ރުފިޔާގެ އެވެ. ހަޅުތާލު ކުރާ މަސްވެރިން މިއްކަން ބޭނުންވާ 20 ރުފިޔާއެއް ރޯ ކިލޯއެއް މަގުން މަސް ގަނެގެން، ބެންކޮކަށް އެކްސްޕޯޓު ކުރާއިރު ހިނގާ ފިނިކުމާއި، ފުރައިޓާއި ހިންގުމުގެ ޚަރަދުތައް ލައިގެން ވިޔަފާރި ދެކޮޅެއް ނުޖެހޭނެއެވެ.

The name is already taken The name is available. Register?

އަމާޒެއް ނެތް

23 December 2020

މިނިސްޓަރަކީ ހަރަކާތެއް ނެތް މީހެއް ކޮބައިތޯ އެގްރި ވިޔަފާރި ކޮންރަށެއްގަތޯ ފެށީ ކޮން ފަޅުރަށެއްގަތޯ ރިއްގަސް އިންދީ ކޮބައިތޯ ޖަޕާނު މީހުންނާ ގުޅިގެން މަސްގަތުން

The name is already taken The name is available. Register?

އިބްޝާ .

23 December 2020

ކަނޑުގަ ރާޅުބޮޑުވެ ކިލަބުވެގެންވެސް މިމީހުން މުޒާހަރާކުރާނެ..

The name is already taken The name is available. Register?

ޕްރޮފެސާރ އަދުރޭ

23 December 2020

މިދުވަސްވަރު ފެލިވަރަށް ގަންނަ މަސްކިލޯއަކަށް 20ރުފިޔާ ދިނުމަށްވުރެ ކޮންމެ މަސްވެރިޔަކަށް (މަހަށްނުފޮނުވާ) މަހަކު 15000ރުފިޔާ ދިނަސް ތިއަގުގަ މަސްގަތުމަށްވުރެ ސަރުކާރަށް ފައިދާވާނެ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454