ކަނޑުން ޕްލާސްޓިކް މަދުކުރަން އެމްއެންޔޫ އާއި އީޔޫ ގުޅިގެން ފެށި "ޕްރޮމިސް" ޕްރޮގްރާމް އިފްތިތާހުކުރީ އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން. މި ޕްރޮގްރާމުގައި ސްރީ ލަންކާ އަދި އިންޑިއާ އިން ވެސް ބައިވެރިވޭ.
އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވާހަކަދައްކަވަނީ. -- ފޮޓޯ: އެމްއެންޔޫ
27 ޖެނުއަރީ 2021 - 00:47
ގޮނޑުދޮށުން ޕްލާސްޓިކް މަދުކުރަން ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގުޅިގެން ހާއްސަ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތެއްގައި "ޕްރޮމިސް" ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެވެ. އީޔޫގެ "ސްވިޗް-އޭޝިއާ ޕްރޮގްރާމް" އިން ފަންޑުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ، ލަކްޝަދީޕް ކަނޑުގައި ހިމެނޭ ޓޫރިޒަމް ކްލަސްޓާތަކަށް ކަނޑުގައިވާ ކުނީގެ ސަބަބުންވާ ގެއްލުން ކުޑަ ކުރުމާއި ކަނޑަށް އަޅާ ޕްލާސްޓިކް މަދު ކުރުމެވެ. އޭގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީ ލަންކާ އާއި އިންޑިއާގެ ގޮނޑުދޮށް ސަރަހައްދުތައް ވެސް ހިމެނެ އެވެ.
މިނިސްޓަރު ވިދާޅުވީ ޒަމާނުއްސުރެ ދިވެހިން ކުނިއުކާ އުޅުނީ އަތިރިމައްޗަށް ކަމަށެވެ. ނަމަވެސް ކުރިން ދިވެހިން ބޭނުންކޮށް އުޅުނީ އަމިއްލައަށް ނެތިގެންދާ ތަކެތި ކަމަށާއި ޕްލާސްޓިކް ފަދަ ތަކެތި އޭރު ބޭނުން ނުކުރާ ކަމަށެވެ. އެހެންވެ، މި ފަދަ ޕްރޮގްރާމަކީ ރާއްޖެއަށް ވަރަށް މުހިއްމު ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
The PROMISE Project (Prevention of Marine Litter in the Lakshadweep Sea) was officially launched by the Minister of Environment, Dr. Hussain Rasheed Hassan at a ceremony held at The Maldives National University today. pic.twitter.com/fWtU8OUMYZ
— The Maldives National University (@MNUedu) January 26, 2021
"ޕްރޮމިސް" ޕްރޮގްރާމް އިފްތިތާހުކުރެއްވުމާ ގުޅިގެން އެމްއެންޔޫ އިން ކުރި ޓްވީޓެއް
މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޓޫރިޒަމުން ކަމަށާއި ޓޫރިސްޓުން ރާއްޖެއަށް އަންނަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ރާއްޖޭގެ އެކި ބާވަތުގެ ދިރުންތައް ބަލާލަން ކަމަށެވެ.
މި މަޝްރޫއުގެ ޕްރޮޖެކްޓް މެނޭޖަރު، ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ ގައުމުތަކުގައި ކުނީގެ މައްސަލަތައް ގިނައީ އެކަށީގެންވާ ވަރަށް އާންމުން ހޭލުންތެރިކުރެވިފައި ނެތުމުން ކަމަށާ އަދި އެފަދަ ކުނި ރައްކާތެރިކަމާ އެކު ނައްތާލެވޭނެ ގޮތެއް ވެސް ނެތުމުން ކަމަށެވެ.
ރާއްޖޭގެ އެންވަޔަރަމެންޓް މިނިސްޓްރީގެ އިތުރުން ލަންކާގެ "ނެޝަނަލް ކްލީނާ ޕްރޮޑަކްޝަން ސެންޓަރު" އާއި އިންޑިއާގެ "ދި އެނާޖީ އެންޑް ރިސޯސް އިންސްޓިޓިއުޓް" (ޓެރީ) އާއި ޕާލޭ އަދި ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ "އަޑެލްފީ" ވެސް މި ޕްރޮގްރާމްގައި ބައިވެރިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
27 January 2021
ތިމާވެއްޓާއި ރައްޓެހި ބަޔަކަށް ފުރަތަމަ ވާންޖެހެނީ ދައުލަތުގެ ކުންފުނިތައްނޫންތޯ. # އެސްޓީއޯގެ ފިހާރަތަކާއި ފާމަސީ ތަކުން ޕްލާސްޓިކް ކޮތަޅު ދޫކުރުން ހުއްޓާލާނެ ދުވަހެއް އިއުލާންކޮށް މިހާރުން މިހާރަށްވެސް ކަސްޓަމަރުންނަށް ފޮތި އަދި ކަރުދާސް ކޮތަޅު ގަންނާން ލިބޭނެގޮތް ހަދާންވެއްޖެ ނޫންތޯ. # އަދި ސަރުކާރުގެ އެއްވެސް ހަފްކާއެއްގައި ޕްލާސްޓިކް ފުޅީގައި ހުންނަ ފެން ސާވް ނުކުރަން އޮފީސްތަކަށާއި އެންމެހާ އިދާރާތަކަށއ އަންގާންވީ ނޫންތޯ.
ތިލަފަޅު މޫސަ
27 January 2021
މުޅި ރާއްޖެ ގޮނޑުވެއްޖެ . ކުރާނެ ކަމެއް ކުރަން ދެން ބާކީ އޮތީ ދެއަހަރު ބައި
ނަން
27 January 2021
"ކަނޑުން ޕްލާސްޓިކް މަދުކުރަން އެމްއެންޔޫ އާއި އީޔޫ ގުޅިގެން ޕްރޮގްރާމެއް ފަށައިފި" މި ސުރުހީއަށް ވުރެއެއް ރަގަޅުވާނެ، އީޔޫގެ ފަންޑް ދަށުން ދައުލަތުން ފަންޑެއް ލޫޓްވާނެ އިތުރު ގޮތެއް ޕްލާސްޓިކް މަދުކުރުމުގެ ނަމުގައި ފަށާފި
ވޭޓަރުސޮރު
27 January 2021
ކޮބައިހޭ ގިލިލަންކަންފުށިން ހިންގިޖަރީމާ؟ ކޮބައިހޭ ކަނޑުއަޑީގަ ކެބިނެޓު ބާއްވާމީހަ؟ އޭނާ އައިލެންޑު ޕުރެޒިޑެންޓު ހެދިގެން ތިމާވެށިރައްކާތެރި ކުރުމަށްގޮވާލާ ބައިނަލްއަގުއާމީ ޖަމާއަތްތަކުން މެޑެލި ހޯދަނީއެވެ.