މަަރަދޫން މިހާތަނަށް ކޮވިޑްގެ އެއްވެސް ކޭސްއެއް ނުފެނޭ
14 ފެބުރުއަރީ 2021 - 14:33
އައްޑޫން ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ އަދަދު 60 އަށް އަރައިފި އެވެ.
މިއަދު ހިތަދޫން ޕޮޒިޓިވް ދެ މީހުންނަކީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ކްލަސްޓާ އިން ޕޮޒިޓިވް ބަޔަކާ ކޮންޓެކްޓްވެގެން ހޯމް ކަރަންޓީނުގައި ތިބި ބައެކެވެ.
އެ ދެ ކޭސްއާ އެކު އޭވިއޭޝަން ކޮމާންޑް ކްލަސްޓާ އިން ޕޮޒިޓިވް މީހުންގެ އަދަދު 35 އަށް އަރާފައިވާ އިރު، ހިތަދޫން ޕޮޒިޓިވް މީހުންގެ އަދަދަކީ މިހާރު 22 އެވެ. މި ކްލަސްޓާ އިން ދެން ޕޮޒިޓިވްް މީހުންގެ ތެރޭގައި ހިމެނެނީ ފޭދޫން 9 މީހަކާއި މަރަދޫފޭދޫން 4 މީހެކެވެ. އޭވިއޭޝަން ކޮމާންޑް ކްލަސްޓާ އިން ޕޮޒިޓިވްވި އެންމެންނަކީ ވެސް ދިވެހިންނެވެ.
އައްޑޫގެ ދެވަނަ ކްލަސްޓާ އަކީ ހުޅުމީދޫން ބިދޭސީންތަކެއް ޕޮޒިޓިވްވި އެމްޓީސީސީ ކްލަސްޓާ އެވެ. އެ ކްލަސްޓާގެ ކޭސްތަކުގެ އަދަދަކީ 25 އެވެ.
އައްޑޫން ކޮވިޑަށް ޕޮޒިޓިވް މީހުންގެ ތެރެއިން 4 މީހަކު އެޑްމިޓްކޮށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. އެއީ ތިން ދިވެހިންނާއި ބިދޭސީއެކެވެ.
އައްޑޫގައި މިހާރު ކޮމިއުނިޓީ ސްޕްރެޑެއް ވެސް އޮތް ކަމަށް ބެލެވޭތީ މިއަދު ވަނީ ރޭންޑަމް ސާމްޕަލް ވެސް ނަގަން ފަށައިފަ އެވެ. އެ މަސައްކަތް ހަވީރު 6:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ.
މި ވަގުތު އައްޑޫ އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
14 February 2021
ވަރަށް ދެރަ ވަރަށް ހިތާމަހުރި. ﷲ މިބަލިން އަޅަމެން ރައްކާތެރި ކުރައްވާށި.
އޮނަރަބްލް އަފީފު ދީދީ
14 February 2021
ކ.އަތޮޅުމާލެއިން ދިޔަ އެވިއޭޝަން ކޮމާންޑް ޓީމަކާއި އެމްޓީސީސީ މުވައްޒަފުންގެ ފަރާތުން އައްޑޫގައި ކޮވިޑްފެތުރި މުލަކާއި ހުވަދުއަށްވެސް ބަލިފެތުރިފައިވާއިރު އަދިވެސް އައްޑޫރައްޔިތުންނަށް ކޮވިޝީލްޑްވެކްސިން ޖެހޭނެ ފަސޭހައިންތިޒާމްތަކެއް ހަމަނުޖެހޭ. # އޭއީއެޗްގެފަރާތުން ހަމައެކަނި ވެކްސިންދެމުން ގެންދަނީ 80 އަހަރުންމަތީގެމީހުނަށް. އިއްޔެ އެތަނަށްދިޔަ ދާއިމީބައްޔަށްބޭސްކުރާ ހައިރިސްކް ޕޭޝަންޓުންނަށްވެސް ވެކްސިންދިނުމަށް ހޮސްޕިޓަލުން ވަނީ ދެކޮޅުހަދާފަ.
ފޫޖެހިކޭކު
14 February 2021
ދޮގުހަދައިގެން ،އާއިލާމީހުން ބަލިވެތިއްބާ ،ސާމްޕަލް ނުދީ ކޮވިޑް ނުފެތުރި އޮށް ރަށަކަށް އައިސް 5 ދުވަހުގެ ވޯކްޝޮޕް ހިންގީމަ އިނގެނީ އަމިއްލައެދުމުން ފޯވެފައިކަން ހާމަވެއެވެ.ޓްރެއިނިންދޭން އައި އޭވިއޭޝަން ކޮމާންޑްގެ 2 މުއައްޒފުން ވަޒީފާއިން ވަކިކުރުން ޖެހޭނެއެވެ.އަދި އެމީހުންގެ މެނޭޖްމަންޓްއިން އޮންނަ އުސޫލާޙިލާފަށް އައްޑޫއަށް ފޮނުވީތީ އަޅަންޖެހޭ ފިޔަވަޅު އަޅަންޖެހޭނެއެވެ.މަޖްލީހަށް ހާޒިރުކުރަންވެސް ޖެހޭނެއެވެ.