ޓެލޮކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ.
01 މާޗް 2021 - 10:37
ވަޒީރުކަމުން ވަކިކުރަން އުޅެނީ މިނިިސްޓްރީން ހަދަން ޖެހޭ ގަވައިދުތަކެއް ނުހަދައިގެން ކަމަށް ބުނާއިރު މާކުރިން ނިމިފައި އޮންނަން ޖެހޭ އެ ގަވައިދުތައް އޭނާގެ މިނިސްޓަރުކަމުގައި ހަދާފައިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓެލެކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.
މަލީހުގެ އިތުބާރުނެތް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލައިގައި މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގަންނަވަމުން މަލީހު ވިދާޅުވީ އެ ގަވައިދުތައް ހަދަން ޖެހިފައި އޮއްވައި ތިން ބޭފުޅަކު ވަޒީރުކަން ކުރައްވާފައި ވަޑައިގެންފި ކަމަށެވެ. އެ ބޭފުޅުން މިނިސްޓަރުކަން ކުރެއްވި އިރު ވެސް މަޖިލީހުގެ ބައެއް މެމްބަރުން އޭރު ވެސް މެމްބަރުކަމުގައި ތިއްބެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ މުއްދަތުގައި ގަވައިދު ނުހަދައިފި ނަމަ އަމަލުކުރަން ޖެހޭ ގޮތެއް ގާނޫނަކު ވެސް ބަޔާނެއް ނުއެއް ކުރޭ. މިިނިސްޓަރު [އެކަމުގެ ޒިންމާ] ނަންގަވަން ޖެހޭ ކަަމަށްވާ ނަމަ މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ނަންގަވަން ޖެހޭ އިތުބާރުނެތްކަމުގެ މައްސަލައެއް އަޅުގަނޑާ ހިސާބަށް ސޮއްސާލައިގެން މިއައީ ކީއްވެގެންތޯ؟،" މަލީހު ސުވާލު ކުރެއްވި އެވެ.
މަޖިލީހުގެ އިތުބާރު ނެތް މައްްސަލައިގައި އޭނާއަށް ކޮށްފައިވާ އަނެއް ތުހުމަތަކީ ރާއްޖޭގައި އިންޓަނެޓްގެ ފެންވަރު ރަނގަޅުކޮށް އަގުހެޔޮކުރަން ހަދަން ޖެހޭ ގަވައިދުތައް ހެދުމަށް އޭނާގެ މިނިސްޓްރީގެ ބައެއް ބޭފުޅުން ކުރެއްވި މަސައްކަތަށް މަލީހު ހުރަސްް އަޅުއްވައި އެ ބޭފުޅުންނަށް ބިރު ދެއްކެވުމެވެ. އެ ތުހުމަތަށް ޖަވާބު ދެއްވަމުން މަލީހު ވިދާޅުވީ މިނިސްޓްރީގެ ބައެއް ސިޔާސީ މުވައްޒަފުންނަށް ފިޔަވަޅު އެޅުއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ "ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން" ސިޔާސަތުގެ ދަށުން ކަމަށެވެ.
އޭނާ ވިދާޅުވީ ފިޔަވަޅު އަޅާފައި ވާނީ ސިޔާސީ ތިން މުވައްޒަފަކަށް ކަމަށާއި އޭގެ ތެރޭގައި ސްޓޭޓް މިނިސްޓަރަކާއި ޑެޕިއުޓީ މިނިސްޓަރެއް އަދި އެގްޒެކެޓިވް ޑައިރެކްޓަރެއް ހިމެނިވަޑައިގަންނަވާ ކަމަށެވެ. މިނިސްޓްރީގެ މުވައްޒަފުންގެ ވަޒީފާގެ ޒިންމާތަކަކީ ރައީސް އޮފީހާ ހިއްސާކޮށްފައިވާ މައުލޫމާތެއް ކަމަށާއި އެއީ ހޯދަން ބޭނުންވެއްޖެ ނަމަ މަޖިލީހަށް ލިބޭނެ މައުލޫމާތުތަކެއް ކަމަށެވެ.
މައިގަނޑު ދެ ތުހުމަތަށް ޖަވާބު ދެއްވުމަށްް ފަހު މަލީހު ތަކުރާރު ކުރެއްވީ އޭނާގެ އިިތުބާރު ނެތްކަމުގެ މައްސަލައަކީ ބޭއިންސާފުން، އަދި މަކަރާ ހީލަތުން ހުށަހަަޅާފައިވާ މައްސަލައެއް ކަމަށް ކުރައްވާ ތުހުމަތެވެ. އެއީ އޭނާ ދެއްކެވި ވާހަަކައަކާ ގުޅިގެން އަޅާ ހުދުމުހުތާރު ފިޔަވަޅެއް ކަަމަށް ވެސް ތުހުމަތުކުރެއްވި އެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި މަލީހާ ގުޅޭ ގޮތުން އެމްޑީޕީގެ މެމްބަރުންގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވަނީ އިންޓަނެޓުގެ އަގާއި ސްޕީޑަށް ހެޔޮ ބަދަލެއް ނާންނާތީ އެވެ. ނަމަވެސް މަލީހު ވިދާޅުވާ ގޮތުގައި އިންޓަނެޓުގެ އަގު ހެޔޮކުރަން އެ މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތައް ނިންމައި ރައީސް އޮފީހަށް ވަނީ ފޮނުވައިފަ އެވެ. އެހެންވެ،
މަލީހު މިއަދުވެސް ވިދާޅުވީ އިންޓަނެޓުގެ އަގުހެޔޮ ކުރެވޭނީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ސީދާ ރައީސް އޮފީހުން ގޮތެއް ނިންމުމުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުއަލޯ
02 March 2021
އަލަށް ހެދި މިނިސްޓްރީއަކަށް ކޮން ތިން މިނިސްޓަރުން ނުކުރި މަސައްކަތެއް 1 އަހަރުތެރޭ ކުރެވޭނީ.
އަލިފުތު
01 March 2021
އިލްމެއްނެ ހިލްމެއްނެށް މީހަކުބުނި ގޮތަކައްފިތާލީމާނިމުނީ ފުވައްމުލަކު ރައްޔަތުންގައި ކޮޅުފައިންތިޖެހުނީ ވޯޓުހޯދުން ވަރަށްބޮޑަށް ފަސޭހަ ވާނެދޯ އާފަސޭވާނެ މަޖުލީސް 3 ގޮޑިވެސްހޯދީދޯ ހިގާކުޅި ބަލަންތިބެމާ ދޯ!!!!!
މިލިޓަރީ
01 March 2021
އިންޓަނެޓުގެ އަގު ކުޑަ ނުކުރެވެނީ ރައިސް ނަޝީދު ދިރާގުގެ މެޖޯރަޓީ ހިއްސާ ވިކާލީމަ.
ރޮކީ
01 March 2021
މަލީހު ކުރަންޖެހޭ ކަންކަން ނިންމާފަ އޮތްކަމަށް މަލީހު ބުނާނަމަ އެއާހިސާބުން މަލީހު މަޤާމުގައި ހުރު މުގެ ބޭނު މެއްނެތް އިތުރު ކަމެއް ކުރަން ނެތިއްޔާ މު
ފިޔަވަޅު
01 March 2021
މިސަރުކާރުން ހިންގާ ބޮޑެތިޕްރޮޖެކްޓްތައް ހުންނާނީ ނުފެންނަ ތާކިހާ އަޅާފަ . ޢެތަންތަން ބަލަން ބޭނުން މީހަކު ޖެހޭނީ ރީނދޫ ކުލައިން ފެންވަރަން.
1235
01 March 2021
"އެ މުއްދަތުގައި ގަވައިދު ނުހަދައިފި ނަމަ އަމަލުކުރަން ޖެހޭ ގޮތެއް ގާނޫނަކު ވެސް ބަޔާނެއް ނުއެއް ކުރޭ. މިިނިސްޓަރު [އެކަމުގެ ޒިންމާ] ނަންގަވަން ޖެހޭ ކަަމަށްވާ ނަމަ މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ނަންގަވަން ޖެހޭ އިތުބާރުނެތްކަމުގެ މައްސަލައެއް އަޅުގަނޑާ ހިސާބަށް ސޮއްސާލައިގެން މިއައީ ކީއްވެގެންތޯ؟،" ކޮންމެތާކު މި ބެންޓެންވެސް ހޭކިފަ
ކެއާރލެސް
01 March 2021
މަލީހު ފާޑުފާޑުގެ ވާހަކަ ދައްކާނެ ކަމެއްނެތް. އިންޓަރނެޓް އަޣުހެޔޮކޮށް ސްޕީޑް ފާސްޓް ކުރުމަކީ ރިޔާސީ ވައުދެއް. އެވައުދު ތަކުގެ މަށްޗަށް ބިނާކޮށް އެވައުދުތަށް ތަންފީޒުކޮށް ފުރިހަމަ ކުރުމަށްޓަކައި ރައްޔިތުން ވެރިއަކު އިންތިހާބުކުރީ. ކޮމިއުނިކޭޝަން މިނިސްޓްރ ކަމާއި ހަވާލުވެ މުސާރަޔާއި އިނާޔަތް ތައްޔިތުންގެ ފައިސާއިން ނަންގަވަމުން ދާއިރު މަލީހު ބޮޅުގައިވެސް އެޒިންމާ އެޅިފައިވާކަން.
ވިސްނާލަން
01 March 2021
ގާނޫނެއްގައި ވަކިގޮތަކަށް އެކަންކުރަން ވަކި އޮތޯރިޓީ އަކާ އެމަސައްކަތް ހަވާލު ކުރެވިފައި އޮތުމުން މިނިސްޓަރުގެ ޒިއްމާ އަކަށް އެކަން ނުވާނެ. މިނިސްޓަރަށް އޮތީ ޕޮލިސީ ކަޑައެޅުން އެކަނި. ރިޔާސީ ވައުދު ނިންމަން ރައިސް އޮފީހުން "ސެޕް" ގައި ކަޑައަޅާފައިވަނީ 2022 ގެ ފަހުކޮޅު.
ހޭބަލި
01 March 2021
މަލީހު ކުރަންޖެހޭ ކަންކަން އޮތީ ކޮށް ނިންމާފައޭ އެ ބުނަނީ. ފަހު ނިންމުން ނިންމޭނީ ސީދާ ރައީސުލްޖުމްހޫރިއްޔާއަށް. އެހެންވީމަ، ވަކިކުރަންވީ ރައީސުލްޖުމްހޫރިއްޔާ، މަލީހު އެއް ނޫން.
ޢަލީބެ
01 March 2021
ހުރިހާ ޓެލެކޮމް ކުންފުނިތަކުން ކަ ޓުނަގައިގެން ނެ ޓު އަގުހެޔޮ ނުކޮށް ތިބޭނަމަ އެންޑީޕީ ސުވާލު ކުރާނެ
ހަރާމުޖާދާ
01 March 2021
މަލީހު ވަކިކުރެވިއްޖެދޯ. ދެން ބަލާނަމޭ އިންޓަނެޓް އަގު ހެޔޮ ވޭތޯ.
ނަމުގައި
01 March 2021
މަލީހު އެދިޔައީ އެޕްލޭން ހަދާ ރައީސް އޮފީހާއި ހަވާލުކޮށްފައި. އަހަރުމެން މިތިބީ ބަލަން ދެން ކަން ހިގާ ގޮތް. ހާމިދު ޝަފީޢް ވަޑައިގެން ކަންކަން ރަގަޅު ކުރައްވާނެކަމަށް އުއްމީދު ކުރަން.
ހޭވިހަޑި
01 March 2021
ކޮންމެ ކަމެއް އައިސް މިޖެހެނީ ވަކިތާކު. ދެންވެއްޖެނު އެތަނެއްގާ އެއެއް ތާށިވެގެންއުޅެނީ ކީތްވެތޯ ބަލަން މީކާއީލް އެކަމާއުޅެން.
އެހެން
01 March 2021
ހުރިހާ ވެސް މައްސަލަ އަކީ މަޖުލިސްގެ މެންބަރުންގެ ތައުލީމީ ފެންވަރު ކަޑައެޅިފައި ނެތުން. ތައުލީމަކީ ހުރިހާ ރަގަޅުކަމަކަށް އޮތް ތަޅުދަޑި.
އެލެކުސް
01 March 2021
ކިޔަވައިގެން ތަންދޮރު ދަންނަ މީހާއަށް މިގައުމުގައި ޖެހޭނީ ވެލިކާން. ތާކުންތާކުނުޖެހޭ މީހުން މަޖލިސްއަށާއި ސަރުކާރު ހިންގަންލީމާ ގައުމުދާނީ ދަށަށް...ރައްޔިތުމީހާއަށް ތިފެންނަނީ އެކަންތައްތައް!