ހަ ކުންފުންޏަކަށް ކޯޓޭޝަން ހޯދަން ހުށަހެޅީ 4،128 އޮކްސިލިންޑަރު ގަތުމަށް. އޭގެތެރެއިން 3،000 ސިލިންޑަރު ގަތުމަށް ހަވާލުކުރީ އަގު ބޮޑުކޮށް ހުށަހެޅި ކުންފުންޏާ.
އޮކްސިޖަން ސިލިންޑަރު ގެނައުމުގައި ޚިޔާނާތް ހިންގި ކަމަށް ތުހުމަތުކުރާ ގޭހުގެ ޑީއެމްޑީ އިކްރާމް.
03 މާޗް 2021 - 11:37
މޯލްޑިވް ގޭސް ހިންގުމާ ހަވާލުވެ ހުންނެވި، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމް އަލީއަށް ތުހުމަތުކުރާ އޮކްސިޖަން ސިލިންޑަރު ގެނައުމުގެ ޚިޔާނާތް 16 މިލިއަނަށް އަރާކަން އެސްއޯއީ ކޮމިޓީގައި ހާމަކުރި މައުލޫމާތުތަކުން އެނގިއްޖެ އެވެ.
ކުރީގެ ސަރުކާރުގައި ވެސް ޚިޔާނާތުގެ ގިނަ މައްސަލަތަކެއް ފަޅާއެރި މޯލްޑިވް ގޭހަށް މި ފަހަރު ތުހުމުކުރަނީ ކޮވިޑް-19 އާ ގުޅިގެން 4،128 އޮކްސިޖަން ސިލިންޑަރު ގެނައުމުގައި ޚިޔާނާތް ހިންގާފައިވާ ކަމެވެ. މި މައްސަލަ އެސްއޯއީ ކޮމިޓީއަށް ހުށަހެޅީ ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ސަސްޕެންޑްކޮށްފައިވާ އިކްރާމަށް ތުހުމަތުކޮށެވެ.
މި މައްސަލައިގައި އެންމެ ބޮޑު ތުހުމަތަކީ، އޮކްސިޖަން ސިލިންޑަރު ގަތުމަށް ހަވާލުކުރި ކުންފުނީގެ ހިއްސާދާރަކު ޚަރަދުކޮށްގެން ގޭހުގެ ޑީއެމްޑީ އިކްރާމް ސިންގަޕޫރަށް ދަތުރެއް ކުރައްވާފައި ވުމެވެ. ލިޔެކިޔުމުން އެ ހަރަދުތައް ފެންނަން އެބައޮތެވެ.
މޯލްޑިވް ގޭހުން 47 ލީޓަރުގެ އޮކްސިޖަން ސިލިންޑަރުތައް ހޯދަން ކޯޓޭޝަން ފޮނުވީ ބޭރުގެ ހަ ކުންފުންޏަކަށެވެ. އޭގެތެރެއިން ކުރިމަތިލީ އެއް ކުންފުންޏަށް 1،000 ސިލިންޑަރު ގަންނަން ހަވާލުކޮށް ބާކީ 3،000 ސިލިންޑަރު ގެނައުމަށް އެއްބަސްވީ ސިންގަޕޫރުގެ ޕްރޯބިޒް ކިޔާ ކުންފުންޏަކާ އެކުގަ އެވެ. މި ކުންފުނިން ފޮނުވި ރީފާބިޝްޑް ސިލިންޑަރުތައް ބޭނުމެއް ނުކުރެވެ އެވެ.
ހުޅުމާލެ ކޮވިޑް ފެސިލިޓީގައި އޮކްސިޖަން ސިލިންޑަރުތަކެއް: މޯލްޑިވް ގޭހުން ގެނައި ސިލިންޑަރުތައް ބޭނުމެއް ނުކުރެވޭ.
- ހަ ކުންފުންޏަކަށް ކޯޓޭޝަން ހޯދަން ހުށަހެޅީ 4،128 އޮކްސިލިންޑަރު ގަތުމަށް.
- އޭގެތެރެއިން 3،000 ސިލިންޑަރު ގަތުމަށް ހަވާލުކުރީ އަގު ބޮޑުކޮށް ހުށަހެޅި ކުންފުންޏާ.
- އެ ކުންފުނީގެ ހިއްސާދާރަކާ އެކީގައި ޑީއެމްޑީ އިކްރާމް ސިންގަޕޫރަށް ދަތުރެއް ކުރެއްވި.
- އެ ދަތުރުގައި ދެކޮޅު ޓިކެޓަށް ފައިސާ ދެއްކީ އޮކްސިޖަން ސިލިންޑަރު ގަންނަން ހަވާލުކުރި ކުންފުނީގެ ހިއްސާދާރު.
- އޮކްސިޖަން ސިލިންޑަރުގެ ވިޔަފާރީގައި އުޅޭ ކުންފުންޏަކަށް ނުވާތީ ޕްރޮކިއުމެންޓް މެނޭޖަރު ދެކޮޅު ހެދުމުން އޭނާ ބަދަލުކުރި.
ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް، މައްސަލައިގެ ތަފްސީލް ކޮމިޓީއާ ހިއްސާކުރައްވަމުން ވިދާޅުވީ ޕްރޯބިޒްގެ އަގު އެހެން ކުންފުނިތަކަށް ވުރެން ބޮޑު ކަމަށެވެ. އެ މީހުންނާ އެ ސިލިންޑަރުތައް ހަވާލުކުރަން ޖެހޭ ސަބަބެއް ކަމަށް އިކްރާމް އިރުޝާދު ދެއްވާފައި ވަނީ އަގު ބޮޑުވިޔަސް ވަރަށް އަވަހަށް ބޭނުން ވާތީ ކަން ކޮމިޓީއަށް ލިބުނު ލިއުންތަކުން އެނގޭ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
މޯލްޑިވް ގޭހުން އޮކްސިޖަން ސިލިންޑަރު ގެނައުމުގައި ހަދާފައިވާ ގޯސްތައް ބަލަން، ބެލެނިވެރި ކުންފުނި އެސްޓީއޯ އިން ވަނީ އިންޓާނަލް އޮޑިޓެއް ހަދައިފަ އެވެ.
އާ ސިލިންޑަރުތައް ފޮނުވަން އެދުމުން ސިންގަޕޫރުގެ ކުންފުނިން ފޮނުވާފައި ހުރީ ބާ ސިލިންޑަރުތަކެވެ. އެތަކެތި ފޮނުވީ ސާވިސްކޮށްފައި، ބޭރުގައި ކުލަލައި ރީތިކޮށްފަ އެވެ. އެހެންވެ އެ ބަލައިގަތުމަށް އެ ކުންފުނިން މޯލްޑިވް ގޭހަށް އޮތީ ލިއުމުން އެދިފަ އެވެ.
"މިކޮޅުން [ގޭހުން] ދިން ޖަވާބެއް ނެތް ލިޔެކިޔުމަކުން ފެންނާކަށް. އެކަމަކު ސިލިންޑަރުތަކުގައި މައްސަލައެއް ދިމާނުވާނެ ކަމުގެ ގެރެންޓީ ދީފައި އޮތް އީމެއިލެއް ގޭހަށް ފޮނުވާފައި އިނދޭ،" އިލްޔާސް ވިދާޅުވި އެވެ.
ފުރަތަމަ 1،000 ސިލިންޑަރު ގަނެފައި ވަނީ ސިލިންޑަރަކަށް 253 ޑޮލަރަށެވެ. މިއީ އާ ސިލިންޑަރުތައް ކަމަށް ބެލެވޭ ކަމަށާއި އެކަން ކޮމިޓީން އިތުރަށް ޔަގީންކުރާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
އެކަަމަކު 3،129 ސިލިންޑަރަކީ ބާ އެއްޗިއްސެވެ. މާލެއާ ހަމައަށް ގެނެސްފައި ވަނީ އެއްޗެއް 224 ޑޮލަރަށެވެ.
އެސްއޯއީ ކޮމިޓީގައި އާއްމުވި މައުލޫމާތުން އެނގެނީ އޮކްސިޖަން ސިލިންޑަރުތައް ގަތުމަށް އެ ކުންފުންޏާ ހަވާލުކުރުމުގެ ކުރިން އިތުރު މީހަކާ އެކުގައި އިކްރާމް ވަނީ ސިންގަޕޫރަށް ދަތުރެއް ކުރައްވައިފަ އެވެ. ޑީއެމްޑީގެ ދަތުރަށް ދިވެއްސަކު ފައިސާ ދައްކާފައިވާ އިރު އެ މީހާ އަކީ ސިންގަޕޫރުގެ ޕްރޯބިޒް ކުންފުނީގެ ހިއްސާ އޮންނަ ޑައިރެކްޓަރެކެވެ.
"އޭނާ ޓިކެޓަށް ޕޭ ކުރި ކަމަަށް ލިޔެކިޔުންތައް ހުރީ، ދެކޮޅަށް ވެސް ފައިސާ ދައްކާފައި އެބަހުރި،" އިލްޔާސް ވިދާޅުވި އެވެ.
މި ދަތުރުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޑީއެމްޑީއާ އެކުގައި ވަޑައިގެންނެވި ނަމަވެސް އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން ކަމަށް ވިދާޅުވެ ކޮމިޓީގައި މުގައްރިރު އެ މެންބަރުގެ ނަމެއް ހާމައެއް ނުކުރައްވަ އެވެ.
އެނގިފައިވާ ގޮތުގައި އެއީ ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުﷲ ސަނީފެވެ. ނަމަވެސް ޚިޔާނާތާ އޭނާއާ ގުޅުންހުރި ކަމުގެ އެއްވެސް ހެއްކެއް އަދި ކޮމިޓީއަށް ލިބިފައެއް ނުވެ އެވެ.
މި ޚިޔާނާތާ ގުޅިގެން މެމްބަރުންނަށް ވާހަކަ ދައްކަވަން ލިބުނު ފުރުސަތުގައި އެއް ބޭފުޅަކު ވިދާޅުވީ އޮކްސިޖަން ސިލިންޑަރު ގެންނަން ސިންގަޕޫރުގެ ޕްރޯބިޒަށް ހަވާލުކުރީ މޯލްޑިވް ގޭހުގެ ޕްރޮކިއުމެންޓް މެނޭޖަރު ވެސް ބަދަލުކޮށްގެން ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ. އޭނާ ބަދަލުކުރި ސަބަބެއް ކަމަށް ވަނީ އިލެކްޓްރޯނިކް ސާމާނު ވިއްކާ ޕްރޯބިޒަކީ އޮކްސިޖަން ސިލިންޑަރުގެ ވިޔަފާރި ކުރާ ކުންފުންޏެއް ނޫން ކަމަށް ބުނެ ކޯޓޭޝަން ހޯދަން ދެކޮޅު ހެދުމެވެ.
މި މައްސަލައިގައި ހުށަހެޅި ލިއުންތައް އިތުރަށް ދިރާސާކޮށް އިތުރު ބައްދަލުވުމެއް ބާއްވާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުދުމުހުތާރު
09 June 2021
ޕާޓީ މީހަކު ކިތައްމެ ބޮޑު ކުށެއް ކުރިޔަސް މީހުންގެލޮލުގައި އަނދުން އަޅުވަން ފޮތްކިޔާ ބޭފުޅާ ކުރާނީ އެންމެ ލުއި ދައުވާ
ޢައްމަޓީ
04 March 2021
އެމް.ޑީ އެއް ލާކަށް ނުވޭތަ ތިކުންފުންޏަށް؟ މިހާރު ވެސް ކުންފުނި ވަގުތީ ގޮތުން ޙަވާލު ކޮށްގެން އުޅެނީ އިކުރާމު ބޭނުން ގޮތަކަށް ކަން ކަން ކުރަން ދާދި ފަހުން ވެއްދި ސީ.އެފް.އޯ އާ!މީނާ ކުންފުނި ހިންގަނީ އިކުރާމު އަންގާ ގޮތަށް ކަމަށް ޚަބަރު ލިބޭ! އިކުރާމު ދަނީ ސަސްޕެންޝަން ގަ ހުރެގެން ވެސް ކުންފުނީގެ މުވައްޒަފުންނާ ފޯނުން ގުޅާ ނުފޫޒު ފޯރުވާ ބިރު ދައްކަމުން ކަމަށް ވާހަކަ ދެކެވޭ!
ޒަރީރު
04 March 2021
މިހާރު މޯލްޑިވް ގޭސް ޕްރޮކިއުމަންޓް ގަ ހުރި ބޭފުޅާ ގެ މަގާމު އިކުރާމް ހަމަޖައްސަ ދިނީ އޭނަ ބުނާހާ ގޮތަކަށް ޕްރޮކިއުމަންޓު ކަންކަން ގެންދާނެ ކަމުގެ ޔަގީން ކަން އެރަށު އިކުރާމުގެ ގާތް ސިޔާސީ ފަރާތްތަކަކުން ދީގެން ކަމަށް ޚަބަރު ލިބޭ! ކުންފުނީގަ ތިބި ދުވަސް މީހުން މަގާމުން ވަކި ކުރަން ކުރީގެ ބޯޑު ޗެއަރމަން އާ ގުޅިގެން އިކުރާމު ކެބިން ގަ ނެގޯޝިއޭޓް ކުރި ކަމަށް ބުނާ ޗެޓްލޮގެއްވެސް ލީކު ވެގެން އެބަ އުޅޭ!
ޒާހިރު ހަސަން
04 March 2021
ގއ.ދާންދޫ ދާއިރާ އަދި ލ. ފޮނަދޫ ދާއިރާ ވެސް މިކަމުގަ އިކުރާމު އާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން ދިޔަ ކަމަށް ވާހަކަ ދެކެވޭ! ކޮފީތަކުގަ މަޝްވަރާ ތައް ކުރަމުން އައި ކަމަށް ޚަބަރު ލިބޭ!
ޖުނެއިދު
04 March 2021
މޯލްޑިވް ގޭސް އަށް ނަޒާހަތްގެރި ވައްކަން ނުކުރާ އެމް.ޑީ އެއް މިހާރުން މިހާރަށް ލުން ވަރަށް މުހިންމު ކަމެއް ކަމުގަ ދެކެން! މޯލްޑިވް ގޭސް ބޯޑުގަ ތިއްބަވަނީ އެސް.ޓީ.އޯ އަމުރު ގެ ދަށުން މަސައްކަތް ކުރައްވާ މެނޭޖަރުން! މަޖިލިސް މެމްބަރުން ކެބިން އަށް ވައްދައިގެގެން ކަން ކަން ނެގޯޝިއޭޓް ކޮށް ޑީލް ހަދާ މީހުންގެ ކޮން ނަޒާޙަތްތެރި ކަމެއްތޯ އޮންނާނީ! އެމް.ޑީ ކުންފުންޏާ ހަވާލުވެފަ ފުރަތަމަ ވެސް ބަލަނީ އޭނާ ހިތް ހެދޭ ޕްރޮކިއުމެންޓް މެނޭޖަރެއް ލާން!
އައްމަޓީ
04 March 2021
ޢިކުރާމު އަންގަނީ މެމްބަރުން ބުނާ ކޮންމެ ކަމެއް މޯލްޑިވް ގޭސް ތެރެއިން ކުރަން ތައްޔާރަށް ހުރި ކަމަށް! ބަދަލެއްގެ ގޮތުން އިކުރާމު އަށް މެމްބަރުން ކޮށްދެއްވަން ޖެހޭނެ ކަމަކީ އޭ.ސީ.ސީ އަށް ހުށައަޅާފަ އޮތް އިކުރާމުގެ އޮކްސިޖަން ސިލިންޑަރު ގެ މައްސަލަ އާއި މަޖިލިސް އިން މި މައްސަލަ އަށް އެއްވެސް ފިޔަވަޅެއް ނޭޅޭނެ ގޮތް ހަދައި ދިނުން! ބޮންޑާ ބުނީ ރަގަޅަށް!އަނެއްކާ އޭ.ސީ.ސީ އިން އިކުރާމުގެ ކޮރަޕްޝަން ކޭސް ޕާކު ކުރުވީ ބާ؟؟؟ މިކަން އެބަޖެހޭ ބަލަން!!
ރާއްޖެ
04 March 2021
ގޭހުގެ އެމްޑީ ޝަޒައިލް ހުރީ ގޭގަ. ވެންޓިލޭޓަރު ނިޝާމާ މެން ތިބީ މުސާރަ ކައިގެން ގޭގަ. އަލީ ވަހީދު ތުރުކީގަ. އަދީބުއާއި ޒިޔަތު ގިޓާ ކުޅެނީ. ހާމިދު ޕޮލިހުގަ. އަދި ލުތުފީ އަށް ޑިފެންސުން ވަޒީފާ ދޭނެ. މިއީ ޒީރޯ ޓޯލަރެންސް އަކީ.
ރ
04 March 2021
ހިތުހުރި ގޮތަކަށް ވައްކަން ކުރަނީ. ނުހައްގުން ހޯދި ފައިސާ ހޯދުމުގެ ބަދަލުގައި އަދީބުވެސް ބަދަލުކުރީ ލަގްޒްރީ އެޕާރޓްމެންޓަކަށް. އަލީވަހީދު ފުރުވާލީ. ހާމިދަށް މަގާމުދެނީ. މިފަދަ ސަރުކާރަކަށް ކުރާނެ އިތުބާރެއް ނެތް.
ޔެލެކްސް
04 March 2021
ހުސް ވައްކަން ހުރިހާވެސް މައްސަލައަކީ ގާޒީން. އެލެކްސް ޖޭ އެސް ސީ އަށް މައްސަލަ ހުށަހަޅަންޖެހޭ
ގޯތިއާދަނު
03 March 2021
މިހާރު ތަފާތު އެބަފެނޭ ! ތަފާތަކީ އަމިއްލަ ސަރުކާރު އަމިއްލަ ޕާޓީ މެމްބަރުން ގެ މައްސަލަ ބަލާ މަގާމުން ވަކި އެބަކުރޭ....ރައްޔިތުންގެ ވެރިކަމެއްގެ ސިފަ އެބަޖެހޭ
ނަރީތާ
03 March 2021
ކާކު ވަކިކުރީ ކަލޯ، އެމްޑީޕީ މީހަކު ވައްކެތްނުކުރޭ އެއްވެސް ފިޔަވަޅެއްވެސް ނޭޅޭ،
ރާއްޖެ
04 March 2021
16 މިލިޔަން ރުފިޔާ ދަވާލީމަ ވަޒީފާ އިން ވަކި ކޮއްފަ އަނބިން ކައިރީގަ ގިޓާ ކުޅެން ބެހެއްޓީމަ ދަވާލި ފައިސާ ލިބޭތަ؟ ހުރިހާ މޮޅެއް ވަގުންނަށް.