ޚަބަރު / ޑިފެންސް މިނިސްޓްރީ

ދައުރު ކުރަނީ އިންޑިއާ އެއްބަސްވުމުގެ ދޮގު ލިޔުންތަކެއް: ޑިފެންސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ: ރައްޔިތުންގެ ސަލާމަތާއި ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް އުނިކަމެއް އަތުވެދާނޭ އެއްވެސް ކަމަކަށް ދިވެހި އަސްކަރިއްޔާ އިން ޖާގަ ނުދޭނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދޭ.

15 މާޗް 2021 - 13:42

82 comments

އުތުރު ތިލަފަޅުގައި ރާއްޖޭގެ ކޯސްޓް ގާޑަށާއި އެމްއެންޑީއެފްގެ ވައިގެ ބަޔަށް ހާއްސަ ފެސިލިޓީޒްއާ ބެހޭ ގޮތުން ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ކޮޕީއެއް ކަމަށް ބުނެ މިހާރު ދައުރު ކުރަމުން ދަނީ ދޮގު ލިޔުންތަކެއް ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ލީކުކުރެއްވި މި ލިޔުންތަކާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނު ބުނީ ރާއްޖޭގެ ގައުމީ ސަލާމަތާއި ދިވެހި ދައުލަތުގެ މަސްލަހަތާއި ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ފެތުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ. ޚާއްސަކޮށް އަވަށްޓެރި ގައުމުތަކާ ދެމެދު އޮންނަ ގުޅުން ހީނަރުވެ، ދިވެހިންގެ މަސްލަހަތުތައް ގެއްލި، ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ދޮގު ޚަބަރުތައް ނުފަތުރަން ވެސް ޑިފެންސުން އިލްތިމާސްކުރި އެވެ.

ބަޔާނުގައި ބުނި ގޮތުގައި އުތުރު ތިލަފަޅު، މިހާރުގެ މަޝްހޫރު ނަމުން ނަމަ ޔޫޓީއެފްއާ ބެހޭ ގޮތުން މީޑިއާގައި ފަތުރައިގެން އުޅެނީ "ހަގީގަތާ ހިލާފު ދޮގު ލިއުންތަކެކެ"ވެ.

ޑިފެންސް މިނިސްޓްރީން ބުނީ ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް އުނިކަން އަންނާނެ އެއްވެސް ކަމަކަށް ދިވެހި ސިފައން ޖާގަ ނުދޭނެ ކަމަށެވެ.

"ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތާއި ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް އުނިކަމެއް އަތުވެދާނޭ އެއްވެސް ކަމަކަށް ދިވެހި އަސްކަރިއްޔާ އިން ޖާގަ ނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށް އަރުވަމެވެ،" ބަޔާނުގައި ވެ އެވެ.

ޔޫޓީއެފް ހިންގަން އިންޑިއާ ސިފައިންނަށް ފުރުސަތު އޮވޭ

ޔޫޓީއެފްގައި ކޯސްޓް ގާޑުގެ އުޅަނދުފަހަރު ބަނދަރުކުރާށާއި މަރާމާތުކުރަން ޑޮކްޔާޑަކާއި ސިފައިން ތިބޭނެ ތަންތަން ހެދުން ފަދަ އެތައް ފެސިލިޓީއާ އެކު ތަރައްގީކޮށްދެނީ އިންޑިއާ ސަރުކާރުންނެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އިންޑިއާއާ އެކު އެއްބަސްވެފައިވާ ގޮތަށް އެކަން ކުރިއަށް ދާ ނަމަ އެ ބަނދަރު އޮންނާނީ އިންޑިއާ ސިފައިންގެ ކޮންޓްރޯލްގެ ދަށުގަ އެވެ.

އިދިކޮޅުން ދައްކާ ވާހަކަ އެމްއެންޑީއެފާއި ސަރުކާރުން ދެކޮޅުހަދަ އެވެ.

ޕީޕީއެމް/ޕީއެންސީން ކުރިން ބުނެފައިވާ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޔޫޓީއެފް ތަރައްގީކުރަން އިންޑިއާއާ އެކު އެއްބަސްވުމަކަށް ނުދެވުނީ ވެސް ރާއްޖޭގެ ސިޔާސަދަށް ގެއްލުން ހުރި ކަންކަން ހުރުމުންނެވެ. އަދި ޔޫޓީއެފް އޮތް ސަރަހައްދަކީ، ބައިނަލްއަގުވާމީ ގޮތުން ވެސް މުހިންމު ޕޮއިންޓަކަށް ވެފައި، އިންޑިއާ ނޫނަސް އެހެން ބައެއް ގައުމުތަކުން ވެސް އެތަން ތަރައްގީކުރަން އެދެމުން ދާތީ، އެންމެ މަސްލަހަތު ހުރީ ސަރުކާރުން އެކަން އަމިއްލައަށް ކުރުން ކަމަށް، ޔަމީން ގަބޫލުފުޅުކުރެއްވި ކަމަށް ވެސް، އިދިކޮޅުން ބުނެ އެވެ.

އެކަމަކު މި ސަރުކާރުން ވަނީ ސީދާ އިންޑިއާ ސަރުކާރުގެ އެހީގައި ޔޫޓީއެފް ތަރައްގީކުރަަން އެއްބަސްވެ، ސޮއި ވެސް ކޮށްފަ އެވެ. މިއަދު ލީކްކޮށްގެން އުޅެނީ، އެ އެގްރިމެންޓްގެ ޑްރާފްޓެކެވެ. އެކަން، ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަންގެ ސިޓީން އެނގެ އެވެ. އެ ސިޓީގައި އެދިފައި އޮތީ "މި ޑްރާފްޓާ މެދު ދިވެހި ސަރުކާރުން އެއްވެސް ހިޔާލެއް އޮތް ނަމަ އެކަން ހުށައެޅުމަށެ"ވެ.

ޑްރާފްޓްގައި ހިމެނޭ އެއް ކަމަކީ ޔޫޓީއެފް "ހިންގާށާއި އިދާރީ ކަންކަމަށް އެކަށީގެންވާ ވަރަށް އިންޑިއާ ސިފަައިިންނަށް ހުއްދަ ލިބެން ޖެހޭ" ވާހަކަ އެވެ. އެގޮތުން ބަނދަރު ތަރައްގީކުރުމުގެ ކުރިން ޑިޒައިންކުރުމާއި ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ދާއިރު ވެސް، އަދި ފެސިލިޓީ މަރާމާތުކުރުމާއި ބެލެހެއްޓުމުގައި ވެސް، އެކަމަށް އެކަށީގެންވާ ވަރަށް އިންޑިއާގެ އަސްކަރީ ފަރާތްތަކަށް ފުރުސަތު އޮންނަން ޖެހޭ ކަމަށް، ޑްރާފްޓްގައިވެ އެވެ.

ޔޫޓީއެފް ތަރައްގީކުރަނީ، ދިވެހި ސަރުކަރުގެ ލަފައާ އެކު އިންޑިއާ ސަރުކާރުން ކަނޑައަޅާ ކޮންޓްރެކްޓެއް ކަމަށް ވެސް، އޭގައިވެ އެވެ.

ކޮމިޓީގައި ދެ ގައުމުން އެއްވަރަކަށް!

އެއްބަސްވުމުގައި ސޮއިކުރި ދުވަހު، އެމްއެންޑީއެފުން ބުނީ ޔޫޓީއެފް ތަރައްގީކުރުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދާނީ އެކަމަށް ކަނޑައަޅާ "ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމިޓީ"ން ކަމަށެވެ. ޑްރާފްޓްގައި ވެސް އެ ވާހަކަ އެބަ އޮތެވެ. އެކަމަކު ޖޭޕީއެމްސީގައި ރާއްޖެއަށް އަގުލަބިއްޔަތެއް ނުލިބެ އެވެ. ކޮމިޓީގައި ކޮންމެ ގައުމަކުން ތިބެނީ ތިން މެމްބަރުންނެވެ. އެގޮތުން ރާއްޖެއިން، ޗީފް އޮފް ޑިފެންސް ފޯސް އާއި ސަރުކާރުން ކަނޑައަޅާ އިތުރު ދެ މީހެކެވެ. އިންޑިއާ ތަމްސީލުކުރައްވާނީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރާއި އިންޑިއާ ސަރުކާރުން ކަނޑައަޅާ އިތުރު ދެ މީހެކެވެ.

ކޮންމެ ހަ މަސް ދުވަހަކުން މަދުވެގެން ކޮމިޓީގެ އެއް ބައްދަލުވުން، އިންޑިއާ ނުވަތަ ރާއްޖޭގައި ބާއްވަން ޖެހެ އެވެ. މި ކޮމިޓީ އުވޭނީ ޔޫޓީއެފްގެ ތަރައްގީކޮށް ނިމެތާ ހަ މަސް ފަހުންނެވެ.

ޑްރާފްޓް އެގްރިމެންޓް ބުނާ ގޮތުން ޔޫޓީއެފަކީ ދިވެހި ރާއްޖޭގެ މިލްކެކެވެ. ނަމަވެސް ތަން މެނޭޖްކުރުމާއި ބެލެހެއްޓުމުގެ ޒިންމާ އުފުލާނީ ރާއްޖެ އާއި އިންޑިއާ ގުޅިގެންނެވެ. އެކަމަށްޓަކައި ކޮންމެ ގައުމަކުން މަދުވެގެން ދެ އޮފިސަރުން ހިމެނޭ ގޮތަށް ޖޮއިންޓް ރެސިޑެންޓް ޓީމް (ޖޭއާރުޓީ) އެއް އުފައްދަ އެވެ.

ޔޫޓީއެފްގެ ހިންގުމުގައި ދުވަހުން ދުވަހަށް ނަގަން ޖެހޭ ޒިންމާތައް ނަގާނީ ޖޭއާރުޓީންނެވެ.

ޔޫޓީއެފްގައި ހިމެނޭ ހުރިހާ ފެސިލިޓީއެއް، އޭގެ ތެރޭގައި ކޯސްޓް ގާޑު ބަނދަރާއި ވައިގެ ބަނދަރު ވެސް، ދެ ގައުމުގެ ސިފައިންނަށް ބޭނުންކުރެވޭނެ ކަމަށް، ޑްރާފްޓް އެގްރިމެންޓްގައި ބުނެ އެވެ. ބަނދަރު ހެދުމާއި ހިންގުމުގައި އިންޑިއާއިން ވެސް ހޭދަކުރާތީ، ޑްރާފްޓް އެގްރިމެންޓް އޮތް ގޮތުން، ބަނދަރުން އިންޑިއާއިން ހޯދާ އެއްވެސް ހިދުމަތަކަށް ޗާޖެއް ނުކުރެވޭނެ އެވެ.

އެހެން ގައުމެއްގެ އަސްކަރީ އުޅަނދަކަށް ފުރުސަތެއް ނެތް!

ޔޫޓީއެފް ފުރަތަމަ ތަރައްގީކުރުމުގެ ހިޔާލު، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ގެންގުޅުނީ ބޭރުގެ އަސްކަރީ އުޅަނދު ފަހަރަށް ވެސް ހިދުމަތް ހޯދޭ ގޮތަށެވެ. އެކަމަކު ލީކްވި ޑްރާފްޓްގައި ބުނެފައިވާ ގޮތުން، އެތަނުގެ ބޭނުން ތިން ވަނަ ޕާޓީއަކަށް (އިންޑިއާ އާއި ދިވެހި ސިފައިން ނޫން) ހޯދޭނީ، އަމިއްލަ ފަރާތްތަކަށެވެ.

މިއީ ކުރީގެ ރައީސް ޔާމީން ވެސް އެންމެ ކަންބޮޑުވެވަޑައިގެންނެވި އެއް މައްސަލަ ކަމަށް، އިދިކޮޅުގެ ބައެއް ބޭފުޅުން ވިދާޅުވެ އެވެ. ރަހުމަތްތެރި އެހެން ގައުމެއްގެ ސިފައިންގެ އުޅަނދުފަހަރަށް ވެސް ހިދުމަތް ނުހޯދޭ ގޮތަށް ހަމައެކަނި އެއް ގައުމެއްގެ ބާރު ހިނގާހެން، ޔޫޓީއެފް ތަރައްގީކުރުމަކީ މައްސަލައެއް ކަމަށް، އިދިކޮޅުގެ ބަައެއް ބޭފުޅުން ދެކެވަޑައިިގަންނަވަ އެވެ.

މި ޑްރާފްޓަކީ ދޮގެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނި ބަޔާނުގައި އިތުރު ތަފުސީލެއް ނުހިމެނެ އެވެ. އެހެންކަމުން ސޮއިކޮށްފައިވާ އެއްބަސްވުމުގައި މީގެ ތެރެއިން އުނިކޮށްފައި ވަނީ ކޮން ބައެއް ކަމެއް ނުވަތަ ސަރުކާރުން އިތުރުކުރީ ކޮން ޕޮއިންޓްތަކެއްކަމެއް ނޭނގެ އެވެ.

82 ކޮމެންޓް, 72 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 0%
icon angry icon angry 97%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގައުމީދޫ001

16 March 2021

މި އާރޓިކަލްގައި މިވާ މަޢްލޫމާތަކީ ތެދުކަމަށް ވާނަމަމަވެސް އުތުރުތިލަފަޅުގެ (ރާއްޖޭގެ ކަންކަން) ދިވެހިން އަމިއްލައަށް ނިންމުމުގެ ބާރެއް ނެތެއް ނޫންތޯ؟ ތިތަން ތިވަނީ އިންޑިއާގެ ބޭހަކަށް ނޫންތޯ؟ އިންޑިއާ ފިޔަވައި އެހެން އެއްވެސް ގައުމެއްގެ މިލިޓަރީ އުޅަނދުފަހަރަށް ބޭނުން ނުކުރެވޭނަމަ މުސްތަގްބަލުގައި މިރާއްޖޭގައި ގިނަ ގައުމުތަކަކާއި އެކު ތިފަދަ އެއްބސްވުންތަކެއް ހަދަން މަޖްބޫރުވާނެކަން ޔަގީން

The name is already taken The name is available. Register?

ވަހުތާން

16 March 2021

ބަޔަކު ދޮގުހަދާ ދޯ! ސުވާލަކީ ކޯސްޓްގާޑު އުޅަނދު ފަހަރު އެފަޅަށް ވަންނަން ސަމާލު ޚާއްޞަ ހުއްދައެއް އެމީހުންގެ ކިބައިން ނަގަން ނުޖެހޭތޯ؟ އަދި ދިވެހި ސިފައިންނަށް އެ ރަށްށް ނޭރެނީ ކީއްވެތޯ؟؟؟؟؟؟

The name is already taken The name is available. Register?

ހޯރަބޭ

16 March 2021

ސައްހަ ލިޔުން ދަށްކަބަލަ. އޭރުން ދޯ ރަށްއިތުން ހިތުގަ ސައްކު ނޫފެދޭނި

The name is already taken The name is available. Register?

ވަފާތެރި އައްޑަނަ

16 March 2021

އެމްޑީޕީއަކީ ލާދީނީ އަދި ގައުމައް ގައްދާރުވާނެބައެކޭ ބުނުމުން، އެމްޑީޕީ ސަޕޯޓަރުން ބުނަމުން އައީ ޕާޓީން ގޯހެއްހަދަންޏާ އެމީހުން އެކަމެއް ހައްލުކުރާނަމޭ އިދިކޮޅުން އުޅޭ ކަށްނުޖެހޭނެޔޭ....ކުދިންނޭ އަވަހަށް މިިކަންތައް ހައްލުކުރޭ ނޫނީ ކަލޭމެންގެ ދަރިންގެވެސް މުސްތަގުބަލެއް މިގައުމަކު ނޯންނާނެ. .........

The name is already taken The name is available. Register?

ނަޖުދާ

16 March 2021

ދޮގު ލިއުމޭ! ކުރިންވެސް ކީހެން ކުރީ ސަރުކާރުގެ އެއްބަސްވުމެކޭ ކިޔާބަލަ. މިހާރު ކީކޭ ތިކިޔަނީ! ކެ ކެ ކެ ކެ ބަޔަކ ކު ފަޟީހަތް ވާނީ ދެން މިހާވަރަ ކަށް.

The name is already taken The name is available. Register?

އީސަގެ ހަމީދު

16 March 2021

ޢިންޑިޔާއަށް ޖިޒީ ދޭންޖެހޭ ޑޯލާ ދައުލަތަކަށް ދިވެހިރާއްޖެ ވާން މަށެއް ބޭނުމެއްނޫން. ތިޔައެތި ހާމަކުރޭ

The name is already taken The name is available. Register?

އިސްލާހު

16 March 2021

ދެން ރަނގަޅު އެތި ހާމަ ނުކުރެވިގެން ތިޔަ އުޅެނިއްޔޯ ؟؟؟؟

The name is already taken The name is available. Register?

ޙަސަނާ

15 March 2021

ޢެގްރީމެންޓްއެކޭ ކިޔައި އެއްޗެއް ސަރުކާރުން ހާމަ ކޮއްފާނެ މި ޕްރެޝަރުގައި އެކަމަކު އެވާނީ ފޭކް އެއްޗަކަށް! 100% ގެރެންޓީ! އެހެން ނޫންނަމަ ބަޔަކު އޭގެ ކޮޕީއެއް ދިނުމަށް އެދުނީމަ ދެކޮޅު ނަހަދައި ދީފިސް އެކަމަކު އޭރުވެސް ސިއްރުކުރީ!!! ކިތަންމެ މޮޅު ސްޓަންޓް ޖެއްސިޔަސް ދެނެއް ނުސިހޭނެ! ރައްޔިތުން ހޭއަރައިފި!

The name is already taken The name is available. Register?

ފުތާ

16 March 2021

ރައްޔިތުން ހޭ އަރައިފި؟ ހޭ އެރީމަ ދެން ވަނީ ކިހިނެއް؟ އަނގަ ނަގައިގެން ތިބޭނީ؟ ކޮންމެ ދުވަހަކު 2، 3 ފަހަރު ރައްޔިތުން ހޭ އަރާ. ދުވަސް ކޮޅަކުން ހަނދާން ނެތިދާނެ. ރައްޔިތުން ތިބީ އެއަށްވުރެ ބޮޑަށް ދުނިޔޭގެ ދަހިވެތިކަމުގަ އަރަޤުވެފަ. މޑޕ ގެ ވެރިކަން ކުރީގަ ވެއްޓުނީ ނުފޫޒުގަދަ އިދިކޮޅު ބައެއް ލީޑްކުރަން ތިބެގެން. މިފަހަރު މޑޕ ވެރިކަމަށް އައިސް އެންމެ ފުރަތަމަ ކުރިކަމަކީ އެމީހުންނަށް އަނގަ ހުޅުވަން ނުކެރޭވަރުގެ ބޮޑެތި މަގާމުތަކާއި މުސާރަ ހަމަޖައްސައި

The name is already taken The name is available. Register?

މާރީ ބިސްކޯދު

15 March 2021

ދޮގު މައުލޫމާތޯ އެކަމް އެމް އެން ޑީއެފްގަ ވަރުގަދަ ތަހުގީގެއް އެބަ ހިނގާ މިކަމާ ގުޅިގެން. ޕަކާސް

The name is already taken The name is available. Register?

ދޮގެއްތަ؟

15 March 2021

ބަޔަކު ހެދި އަސްލެއް ނެތް ފޭކު ލިއުމެއްގެ މައްސަލައިގާ އެމްއެންޑީއެފްގެ އެތެރޭގެ ތަހުގީގެއް ކުރާކަށް ނުޖެހޭނެ. ފޭކު ވާހަކައެއްނު ތިދައްކަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454