ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަންގްލަދޭޝްއަށް ވަޑައިތުމުން އެ ގައުމުގެ ރައީސް އެމްޑީ އަބްދުލް ހާމިދާއި އެ މަނިކުފާނުގެ އަނބިކަނބަލުން ރާޝިދާ ހާމިދު މަރުހަބާ ދަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
17 މާޗް 2021 - 11:40
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ގަތަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ބަންގްލާދޭޝް އަށް ވަޑައިގެންފި އެވެ.
ބަންގްލަދޭޝް އިން ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ވިދާޅުވީ އެ ގައުމުގެ ރައީސް އެމްޑީ އަބްދުލް ހާމިދާއި އެ މަނިކުފާނުގެ އަނބިކަނބަލުން ރާޝިދާ ހާމިދެވެ. ރައީސަށް ބަންގްލާދޭޝް އިން ވަނީ 21 ބަޑީގެ ސަލާމެއް އެރުވި އެވެ. އަދި އެ މަނިކުފާނުގެ ޝަރަފުގައި އޮނަ ގާޑެއް ވެސް އޮތެވެ.
ރައީސްގެ މި ދަތުރުފުޅުގައި ސަރުކާރުގެ އިސް ބައެއް އޮފިޝަލުން ބައިވެރިވެރިވެ އެވެ.
President @ibusolih and First Lady arrive in #Bangladesh on State Visit
— The President's Office (@presidencymv) March 17, 2021
Upon arrival to Hazrat Shahjalal International Airport (HSIA) in Dhaka, the government of #Bangladesh held a colorful ceremony to honor and officially welcome the President and First Lady of #Maldives pic.twitter.com/ZhBGJA1rzq
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބަންގްލަދޭޝްގައި
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ އާއި އެ ގައުމުގެ އިސް ބައެއް އޮފިޝަލުންނާ ރައީސް ބައްދަލުކުރައްވައި، ދެ ގައުމު ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރަން މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ދެ ގައުމުގެ ޒަމާންވީ ގުޅުން ހަރުދަނާކުރުމަށް މަޝްވަރާކުރައްވާނެ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ބަންގަލަދޭޝްގެ ބާނީ ޝައިހް މުޖީބުއްރަހްމާން އުފަންވެވަޑައިގަތްތާ 100 އަހަރު ފުރުން ފާހަގަކުރަން ބާއްވާ ހާއްސަ އިހުތިފާލުތަކުގައި ވެސް ރައީސް ބައިވެރިވަޑައިގަންނަވާނެ އެވެ.
ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު ޑިޕްލޮމަޓިކް ގުޅުން ގާއިމްކުރީ ސެޕްޓެމްބަރު 22، 1978 ގަ އެވެ.
ރައީސްގެ ދެ ކަނބަލުން، ބަންގްލަދޭޝްގެ ޝަހީދުންގެ ހަނދާނީ ބިނާ ބައްލަވައިލައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
އެ ގައުމުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ވެސް މި ދަތުރުފުޅުގައި ރައީސް ބައްދަލުކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންނެވެ. ބަންގްލަދޭޝަކީ މީހުން ބިނާ ކުރުމުގެ ރޮނގުން ރާއްޖެއަށް ގިނަ އެހީތަކެއް ފޯރުކޮށްދޭ ގައުމެކެވެ.
ބަންގްލަދޭޝް އިން ވަނީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ދަތި ހާލަތުގައި އެކި ގޮތްތަކުން ރާއްޖެއަށް އެހީތެރިކަން ދީފަ އެވެ. އެ ގައުމުން ވަނީ ކާނާ އާއި ބޭހާއި ސިއްހީ ހިދުމަތްތެރިން ވެސް ރާއްޖެއަށް ފޮނުވައިފަ އެވެ.
ރައީސްގެ ދެކަނބަލުން ބަންގްލަދޭޝަށް ވަޑައިގަތުމުގެ ކުރިން ގަތަރަށް ވަޑައިގެން އެ ގައުމުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އައްސާނީއާ ބައްދަލުކުރެއްވި އެވެ. މިއީ ކުރީ ސަރުކާރުން ގަތަރާ ސިޔާސީ ގުޅުން ކަނޑާލާފައި އޮތުމަށް ފަހުން އަލުން ގުޅުން ގާއިމުކޮށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.
ރައީސްގެ ދެކަނބަލުން ރާއްޖެއަށް އެނބުރި ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބަދު
18 March 2021
ބަންގްލަދޭޝްގެ ވެރިން މިކޮޅަށް ކޮންމެވެސް ނުގެންނާތި. އެމީހުން އައިއްސިއްޔާ އެމީހުންނާ ސަލާންކުރަން ދާ މިގައުމުގައި އުޅޭ އެގައުމުގެ މީހުންގެ ކިޔޫ މާލެއިން ފެށިގެން އައްޑުއާ ހަަމައަށް އޮންނާނެ.
އަހަރެމެން
18 March 2021
އަހަރެމެން ބަންދުކޮށްފަ މި މީހުން ދުވެ ނަގަނީ ދޯ ހަމަ
ޖަނާބު އަންޖާމު
17 March 2021
ބަނގުލަދޭޝަށް ދިޔަސް ހެޔޮ. އެކަމަކު ސަލާންނުހާ އާދެވޭތޯ ބަލާތި.
ނާޒުނީ
17 March 2021
ކިތަންމެ ރުޅިއަޔަސް ސޯލިހުއަކީ ރަނގަޅު ބޭފުޅެއް..ޔާމީނުއާ އަޅާކިޔާވަރަށްވުރެން ރަނގަޅު!!ރައީސް ސޯލިހުއަކީ ހިތްވަރުގަދަ ބޭފުޅެއް!ތިޔަކުރަށްވާ ހިތްވަރަށް ސާބަސް!
ނާޒުލީން
18 March 2021
ނާޒުނީ ވާ ސާބަސް.. މިރުސް ދުން ޖެހިފައޮތަ
މަރިއްތަ
17 March 2021
ރައްޔިތުންގެ ފައިސާތައް މިލިއަނުން މިލިއަނުން ތަޅަ ބުރުއްސަނީ. ޤަތަރާ، ބަންގާޅަށް ތިޔަ ދިޔައީ 27 މީހުންގެ ވަފްދަކާއެކު. މަދުވާނެ. ހުކުރު ހަމަވާ ވަރު ކޮށްލާ. ރީނދޫ ކުދިންނަށް ދުނިޔެ ދައްކަން ތަޅާ ބުރުއްސާ އިރު ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ނެތް!!!!
ސަހަރޯ މިބައި މީހުންގެންދޭ
17 March 2021
ބަންގާޅުން އިތުރު މީހުންކޮޅެއް ގެންނަނީތޯ އަދިވެސް މިގައުމުގައި އެބައި މީހުން މަދީތޯ މުޅިގައުމުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރި ނުސީދާ ގޮތެއްގައި ކޮށް ކޮންޓުރޯލް އެބައި މީހުން ނަގައިފި ކަމެއް ކުރަންޏާ މިގައުމުގައި މިތިބަ 80 ހާސް އެގައުމުގެ ރައްޔިތުން ރަގަޅު ގޮތުގައި އެގައުމަށް ގެންގޮސްދީ މިގައުމު އެމީހުންގެ އަތްދަށުން ސަލާމަތްކޮށްދީ ހެއުނުވާނެ ގައުމެއްވާނެތް