ޚަބަރު / ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020

އިންތިޚާބަށް ފަސް ލައްކައެއްހާ ވޯޓު ކަރުދާސް؛ ޗާޕުކުރީ ނޮވެލްޓީން

ލޯކަލް ކައުންސިލް އިންތިހާބަށް 275،860 ވޯޓު ކަރުދާސް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް 222،324 ވޯޓު ކަރުދާސް ޗާޕުކުރި

އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިޚާބުގައި، ބާރަށު ދާއިރާގެ ވޯޓު ކަރުދާހެއް އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ދައްކާލަނީ.--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބަށް ނޮވެލްޓީއާ ހަވާލުކޮށްގެން ފަސް ލައްކައެއްހާ ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ ބުނެފި އެވެ.

އެ ކޮމިޝަނުން ކުރި އިއުލާނުގައި ބުނީ ލޯކަލް ކައުންސިލް އިންތިހާބަށް 275،860 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް 222،324 ވޯޓު ކަރުދާސް ޗާޕުކޮށްފައި ވެ އެވެ. އެއީ ޖުމްލަ 498،184 ވޯޓު ކަރުދާހެވެ. އާއްމު އިންތިޚާބާ ބެހޭ ގާނޫނުގައި ބުނާގޮތުގައި، ކޮންމެ އިންތިހާބެއް ބޭއްވުމުގެ ގިނަ ވެގެން ފަސް ދުވަސް ކުރިން އެ އިންތިހާބަކަށް ޗާޕްކުރެވުނު ވޯޓު ކަރުދާހުގެ އަދަދާއި ޗާޕުކުރި ތަނުގެ މައުލޫމާތު އާއްމުކޮށް އިއުލާންކުރަންޖެހެ އެވެ.

މިހާރު ވަނީ ވޯޓު ފޮށި ބަހައްޓާ ބޭރު ގައުމުތަކާއި ރިސޯޓްތަކާއި ރަށްރަށަށް ވެސް ވޯޓު ކަރުދާސް ފޮނުވައި ނިންމައިފަ އެވެ.

އިންތިހާބުގައި ވާދަކުރާ މީހުންގެ ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި ފުރުސަތުގައި 308 ކެންޑިޑޭޓަކު ނަން އަނބުރާ ގެންދިޔަ އެވެ. އެހެންވެ ލޯކަލް ކައުންސިލާއި އަންހެނުންގެ ކޮމިޓީއަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން 120 ކެންޑިޑޭޓަކު ވަނީ އިންތިހާބަކާ ނުލައި ހޮވިފަ އެވެ.

އީސީން ބުނީ އިންތިހާބުގައި މިހާރު ވާދަކުރަނީ 3،934 ކެންޑިޑޭޓުން ކަމަށެވެ. އެއީ ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2،264 މީހަކާއި އަންހެނުންގެ ކޮމިޓީތަކަށް ވާދަކުރާ 1،670 ކެންޑިޑޭޓުންނެވެ.

11 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރޮއެރޮއެ ކަރުނަކޮޔޭ

09 April 2021

އަނެން ބޮޑޫ ޖަރީމާ ހިންގަން މިވެރިން ތައްޔާރުވެއްޖެއެވެ، ކީރިތި ކުރައްވަމުން ގައުމު ލޫޓްވާނެ މޮޅެތި ތަރްކީބް ހަދައިގެން ދެބޯގެރި ދުއްވާނެއެވެ. ފްލެޓް، ނަރުދަމާ، ބޯހިޔާވަހިކަން،، އަދިވެސ އދިވެސ،، ދެން އެންމެން އަތްޖަހާ

The name is already taken The name is available. Register?

ރަށް މުހައްމަދު

08 April 2021

ވޯޓް ފޮށިތައް ހުންނާން ޖެހޭނީ ހަމަ އެކަނި އެދާއިރާއެއްގައި ކަމަށް ކަޑައަޅާ. އަހަރުމެންގެ ރަށުގެ ކަންކަން މާލޭގައި ތިބޭ ބަޔަކު ވޯޓް ދީގެން ނިންމާގޮތަށް ގޮތުމަކީ ރަނގަޅު ގޮތެއްނޫން. އެމީހުން ރަށުގެ ރެޖިސްޓްރީގައި އޮތް ކަމަށް ވިޔަސް އެމީހުންނަކީ މާލޭގައި ދިރިއުލޭ މާލެ މީހުން ފަދަ ބައެއް. މިކަން ކަމަކު ނުދޭ އިގޭތޯ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

08 April 2021

ދައުލަތް ހިންގުމުގެ އެންމެ އިސްވެރިޔާ ނޫން އިންތިޙާބު ތަކުގައި ވޯޓް ކަރުދާހާއި ފޮށި ހިފައިގެން ވޯޓްލާންޖެހޭ މީހާގެ ފަހަތުން ދުވުން ހުއްޓާލަންޖެހޭ. # އިންތިޙާބު ތަކުގެ ޙަރަދު ދައުލަތާއި ނުބައްދަލު ވަރަށް ބޮޑުވިޔަ ނުދިނުމަށްޓަކާ ސިޓީ ތަކުގެ މޭޔަރާއި ކައުންސިލަރުން، އަތޮޅު ކައުންސިލާއި ރަށު ކައުންސިލަރުން އިންތިޙާބު ކުރާން ވޯޓްލާންޖެހޭ ފޮށި ހަމަ އެކަނި ބަހައްޓާނީ އެފަދަ ވޯޓް ލާންޖެހޭ ދާއިރާ ތަކުގައި ކަމަށް ކަޑައެޅުން ވަރަށް މުހިންމު.

The name is already taken The name is available. Register?

ލޯމިރު

08 April 2021

ހުރިހާ ރަށް ރަށެއްގެ ފޮއްޓަށް އެންމެނަށް ވޯޓް ލެވޭގޮތަށް ހަދާކަށް ނުޖެހޭ. މާލޭ މީހާ އަށް މާލޭ ފޮއްޓަށް ދިއްދޫ މީހާއަށް ދިއްދޫ އަދި އައްޑޫ މީހާ އަށް އައްޑޫ ފޮއްޓަށް ވޯޓް ލާންޖެހޭ ގޮތަށް ތިކަން ކުރޭ. ބޭކާރު ޙަރަދު ކުރާކަށް ނުޖެހޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

08 April 2021

ލާމަރުކަޒީޤާނޫނަށާއި އިންތިޙާބީޤާނޫނަށް އިސްލާޙްގެނެސް މިފަދަ ޤާނޫނުތަކުގެތެރޭގައިހުރި "އިސްރާފަށް މަގު ހުޅުވިފައިވާ ކަންކަން" ހައްލު ކުރާންޖެހޭ. # މިގޮތުން ރިޔާސީ އިންތިޙާބް ނޫން އިންތިޙާބު ތަކުގައި "ބޭރު ޤައުމުތަކާއި ވޯޓް ލާންޖެހޭ ދާއިރާތަށް ފިޔަވާ" އެހެން ޤައުމުތަކާއި ސިޓީ، އަތޮޅު އަދި ރަށްރަށުގައި (ރިސޯޓް ތަކާއި އިޤްތިސޯދީ ރަށްރަށް ފިޔަވާ) ވޯޓް ފޮށި ބެހެއްޓުން ހުއްޓާލަންޖެހޭ. މިއީ އަންނަ ދެން އަންނަ އިންތިޙާބު ތަކުގެ ކުރިން ކުރާންޖެހޭ ކަމެއް.

The name is already taken The name is available. Register?

އަހައްމަދޫ

08 April 2021

ވަޓް އަ ވޭސްޓް

The name is already taken The name is available. Register?

ކަލޯގަޔާ

08 April 2021

ކޮބާ މިފަހަރު ކިތައް މިލިއަން ؟

The name is already taken The name is available. Register?

ނަޣުމާ

08 April 2021

ވޯޓުލާ ދުވަހު އޮފީޝަލުންނަށް ސައިފޮދާ ފަރީއްކޮޅު ވަރަށް ދަށްކޮށް ހުންނަނީ މިފަހަކުން

The name is already taken The name is available. Register?

ފަރުވާކުޑަ

08 April 2021

އީސީ ގަ މިފަހަރު ވަރަށް ކަޑަ އިންތިޒާމުތައް. ޓްރެއިނިންގ އެއްޗެހީގަވެސް ހުރީ މައުލޫމާތު އަޕްޑޭޓުނުކޮށް. ވަރަށް ފަރުވާކުޑަ.

The name is already taken The name is available. Register?

ލަލަ

08 April 2021

އޮޅުވާލުމަކަށް ތައްޔާރު ވަނީ ދޯ

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
24%
ނުފެނޭ
76%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454