ކޯޓަށް ހާޒިރުކުރުމަށް ފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަނބުރާ ޖަލަށް ގެންދަން ލޯންޗަށް އަރުވަނީ. -- މިހާރު ފައިލް ފޮޓޯ
08 އެޕްރީލް 2021 - 23:58
އެ މަނިކުފާނަކީ ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ޖައްސަވާނެ ބޭފުޅެއް ނޫން ކަަމަށާއި ޖަލަށްލައި "ފޮރުވައިގެން" އުޅެނީ ޕީޕީއެން/ޕީއެންސީގެ ފިކުރު ދެކެ ބިރުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން، އެ މަނިކުފާނުގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން މެދުވެރިކުރައްވައި ދެއްވި މެސެޖެއްގައި ވިދާޅުވީ، އެ އަދަބު ދީފައި ވަނީ އެ ބޭފުޅުންގެ ހިތްވަރު ބަލިކޮށްލެވޭނެ ކަމަށް ހީކޮށް ކަމަށެވެ.
"އަޅުގަނޑުމެން އަމާން ދީފާނެ ކަމުގެ ފިނޑި ހިޔާލުގަ އެވެ. އެހެން ނަމަވެސް އަޅުގަނޑަކީ މިފަދަ ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާނެ މީހެއް ނޫނެވެ. އަޅުގަނޑުގެ އަމިއްލަ ހިތްހަމަޖެހުމާއި އުފަލަށް ވުރެ އަޅުގަނޑު އިސްކުރާނީ ދިވެހި ރައްޔިތުންގެ މަސްލަހަތެވެ. އަޅުގަނޑަށް މުހިންމީ ދިވެހި ރައްޔިތުންގެ މިނިވަންކަމެވެ. ދިވެހިންގެ އިސްތިގުލާލެވެ،" ޒެއިން ވިދާޅުވެދެއްވި، އޭނާގެ ބައްޕާފުޅުގެ މެސެޖުގައި ވެ އެވެ.
ޔާމީން ވިދާޅުވިގޮތުގައި، ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރު މީހުން ވަދެ ގޮތް ކިޔައިގެން ނުވާނެ އެވެ. ދިވެހިން އެ ކަމަށް ފާރަވެރިވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ، 2013 ގައި ރާއްޖޭގެ ވެރިކަމާ އެ މަނިކުފާނު ހަވާލުވެ، ދިވެހި އިގްތިސޯދު ކޮޅަށް ޖަހައިދީ، ގައުމީ މަސްލަހަތާ ގުޅުން ހުރި ގިނަ ކަންކަން ހައްލު ކޮށްދެއްވި ކަމަށެވެ. އަދި ފުރިހަމަ މިނިވަންކަމާއި ސިޔާދަތެއް އޮތް، ދިވެހިން ފަޚުރުވެރިވާ ފަދަ ގައުމަކަށް ރާއްޖެ ހަދައި ދެއްވި ކަމަށެވެ.
ޔާމީންގެ ދަރިކަލުން ޒޭން: ބައްޕާފުޅުގެ މެސެޖެއް މިރޭ އާންމު ކޮށްދެއްވި.
"މި ކަންކަމުގެ ނަތީޖާއަކަށްވީ، ވާދަވެރި ސިޔާސީ ފަރާތްތަށް، އެ ބޭފުޅުންނަށް ވާގިވެރިވާ ބޭރުގެ ފަރާތްތަކާ ގުޅިގެން އަޅުގަނޑު ޖަލަށްލުމެވެ. ބަވަނަ ވެފައިވާ ދުނިޔެއެެއްގައި ކުޑަޖަޒީރާ ގައުމަކަށް ހަމަ އިސްކޮޅަށް ތެދުވެދެލެވޭނީ ވަރަށް ސާބިތުކަމާއެކު ނުކުމެގެން ކަން އަޅުގަނޑު އެންމެ ފުރަތަމަ ދުވަހު ވެސް ގަބޫލުކުރީމެވެ. އެ ދަތުރަކީ ފަސޭހަ ދަތުރަކަށް ނުވާނެކަން ހިތާއި ނަފުސުން ގަބޫލު ކޮށްގެންނެވެ،" ރާއްޖޭގެ ދާޚިލީ ކަންކަމަށް ބޭރު މީހުން ވަނުމާ އަބަދުވެސް ދެކޮޅު ހައްދަވާ ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި، އިދިިކޮޅު ޕީޕީއެމް/ޕީއެންސީގެ ފިކުރަކީ ގައުމީ ފިކުރެވެ. އެ ފިކުރުގެ ރައްޔިތުންގެ ލޭ ހިނގާހާ ހިނދަކު، ރާއްޖެ އަށް ވާނެ ގޮތެއް ވާކަށް ދޫނުކުރާނެ ކަމުގެ ޔަގީންކަން އޮންނަ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ޔާމީން މިއަދު ވެސް ވިދާޅުވީ، އެ މަނިކުފާނު ކުށެއް ނުކުރައްވާ ކަމަށާއި ޖަލުގައި ބަންދުކޮށްފައި ވަނީ ނުހައްގުން ކަމަށެވެ. ބޭއިންސާފުން ހައްޔަރުކޮށްގެން އުޅެނީ ޔާމީން ވިދާޅުވިގޮތުގައި، "ތިޔަ ލޮބުވެތި ރައްޔިތުންގެ ކުރިމަތީގައި އަޅުގަނޑު ވަކާލާތު ކުރާނެކަން އެ ބޭފުޅުންނަށް އެނގޭތީ" އެވެ.
"ހަގީގީ އަނިޔާއަކީ މިއީ އެވެ. މާތް ﷲގެ ވާގިފުޅާއެކު ޖަލުން މިނިވަންވެ، ތިޔަ ލޮބުވެތި އަޚުނާއި އުޚުތުންނާ ބައްދަލުކުރާނީ މައުސޫމް މީހެއްގެ ގޮތުގަ އެވެ. އަޅުގަނޑުގެ އިޚުލާސްތެރި އެދުމަކީ ގައުމީ އަދި ވަތަނީ ރުކުންތަކުގައި ސާބިތުކަންމަތީގައި ތިއްބަވައި، އަޅުގަނޑުމެންގެ ބަދަހި ލަޝްކަރު ކުރިއަށް ދިއުމެވެ،" ޗެނަލް 13 ގައި އިއްވި މެސެޖުގައި ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ، ދިވެހިން އެދޭ "ރަންޒަމާން" ހޯދުމުގައި މިހާރު ޖެހިފައި ވަނީ "ކުޑަކުޑަ މަޑުޖެހުމެއް" ކަމަށާއި އެ އުފާވެރިކަން އަލުން ގެނެސްދޭނީ ޕީޕީއެމް/ޕީއެންސީގެ ފިކުރު ކަމަށެވެ.
"ހުރިހާ ބޭފުޅުން ވެސް ހިތްވަރު ކުރައްވައި ގަދައަޅައި މަސައްކަތް ކުރައްވާށެވެ. އަޅުގަނޑުމެން އެނބުރި އަންނާނީ ބަދަހިކޮށެވެ،" ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނުގެ މެސެޖު ނިންމަވައިލެއްވީ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކާމިޔާބު ކުރުމަށް އިދިކޮޅުން ކުރާ މަސައްކަތަށް ޝުކުރު އަދާކުރައްވައި، ކާމިޔާބީ އަށް އެދިވަޑައިގެން ދުއާ ކުރައްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސާނާބޭއިންާފު
10 April 2021
މަނިކުފާނަށް އިންސާފާ ބޭއިންސާފާ އިންސާނިއްޔަތުކަމުގެ ކުޑަމިންވަރެއް ފަހުމްވީނަމަވެސް މުސްކުޅި ބޭބެ ޖަލަށް ލައިގެން އެބެއަށް އެހާލު ނުޖެއްސީސް
ރިޔާސާ
09 April 2021
ކުޑަކަކޫ ނުޖައްސަވާތޯ ޖަލުން ސަލާމަތްވާން ޑޮކްޓަރެއްގެ ލިޔުން ނުލިބިގެން ތިޔައުޅުއްވަނީ؟؟ ކުޑަކަކޫ ނުޖައްސަވާންތޯ ރައީސްްއާއި ޕާރޓީ މެމްބަރުން ލައްވައި ދެއިރުދެދަޅައަށް ބަދަލު ތިޔަކުރައްވަނީ؟؟ މަނިކުފާނު ނޫންތޯ ވިދާޅުވީ ކޯޓްން ހުކުމް ކުރީމައި ރައީސްއަށް ކޮންކަމެއްތޯ ކުރެއްވޭނީ؟؟ މިހާރު އެދުވަސް ހަނދުމަފުޅު ނެތީތޯ؟
ކޮތަރުގެ އަސަރު
09 April 2021
ރައީސް ޔާމީނު ބޭއިންސާފޭ ވިދާޅުވާން ލަދުފުޅު ނުގަންނަކަަމަކީ އަންތަރީސްވާ ވަރުގެ ކަމެކެވެ. މުޅި ޝަރުޢީނިޒާމު ރިޝްވަތުން ފޯކޮށް، ސްޕްރީމް ކޯޓްގެ ފުރާޅު ނައްޓާ، ގެއިން ސިޔާސީ މީހުންނަށް ހުކުމް ލިޔަން އިންއިރު މަނިކުފާނު އަމިއްލަފުޅަށް ތިޔަކަން ހިތަށް ނޭރީތާއެވެ. މަނިކުފާނު ދައުލަތުގެ ފައިސާގައި އައްލައި ރައްޔިތުން ތަޅައި ރޯނާ ނުކުރިނަމަ ހުރީހީ ވެރިކަމުގައެވެ. މިހާރު އިންސާފުގެ ވާހަކަ މަނިކުފާނު ދެއްކެވުމުގެ މާނައެއްނެތެވެ.
އިބްރ
09 April 2021
އެންމެން މާދަމާ ފޯރީގާ ނުކުމެ އިންޑިޔާގެ އަޅުވެތިކަމާއި ދެކޮޅަށް ވޯޓްދެއްވާ. މިއީ ޤައުމީވޯޓެއް. މުޅިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިޔާ ސިފައިން ތިބެންޖެހޭ މައްސަލައެއް ނުވިސްނޭ. އަދި ރާއްޖޭގެ ސިފައިންނަށް ޙައްލު ނުކުރެވޭވަރު ބޮޑު މައްސަލައެއްވެސް ރާއްޖޭގައި ނެތް.
ބަޑިއެދުރުކަލޭގެފާނު
09 April 2021
ރާްއްޖޭގެ ދީނީ ވަހުދަތު ކުރިއެރުވުމަށާއި ގައުމިއްޔަތު ގެ ރުކުންތައް ހިފެހެއްޓުމަށާއި އިގްތިސާދީ ގޮތުން މިނިވަންވެ އަވައްޓެރިންގެ އަނދަގޮނޑިން ވީއްލި ހަމައިސްކޮޅަށް ހިންދެމިލުމަށް ޔާމީނުގެ ސަރުކާރުން ހަރުދަނާ މަސައްކަތްތަކެއްކުރިކަމުގައި ޥިޔަސް ،ރައްޔިތުންގެ މެދުގައި ތަފާތުކުރުމާއި ރައްޔިތުންގެ މުދަލަށާއި ފައިސާ ބެލެހެއްޓުމުގަޔާއި ރައްޔިތުންގެ ހައްގުތައް ޢަދާކުރުމުގައި ހަމަހަމަ މިންގަނޑެއް ގެންގުޅެފަިނުވާކަން ފާހަގަކުރެވޭ!
ހާމިދު ޝާހިދު
09 April 2021
އެމްޑީޕީ މީހުން ބިރުން ހަމަ ފިތްކެނޑިއްޖެ، ރައީސް ޔާމީން ޑީއާރުޕީ ދޫކުރައްވާ ވަކިޕާޓީއެއް އޭޕީ ގެނަމުގައި އުފެއްދި ހިސާބުންވެސް. ވަގުތުން، 800 މިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރީއެއްގެ ތުހުމަތުކޮށް، މަޖްލިސް ކޮމެޓީއަށް ހާޒިރުކުރުވުން، ދެއްވި ޖަވާބުތަކުން ގޮތް ހުސްވި. އެންމެފަހުން އެމަނިކުފާނަށް އެތުމަތުތައް ކުރަމުން ދަނިކޮށް ގައުމުގެ ވެރިކަން 5 އަހަރު ކުރައްވާ މީގެން ދުވަހަކު ނުފެންނަ ތަރައްގީއާ މުއްސަންދިކަން ރައްޔިތުނަށް ދިނުމުން އަދި މާބިރުގަނޭ.
މަރި
09 April 2021
ތީތިމާބޭއިންސާފުން ރައްޔަތުން ދިން އަނިޔާގެ ހައްގު އަދަބު.
ޖައިސާމް
09 April 2021
ކުރި ވައްކަމުގެ އަދަބުގެ ކުޑަ މިންވަރެއް.
ޖާބިރު
09 April 2021
ގައުމަށް ގެނާ ތަރައްގީ އަކީ ރައްޔިތުންގެ ފައިސާއިން ގެނެސްދިން ތަރައްގީ އޭގެ ބޭރުން އަމިއްލަ މަންފާއަށް ރައްޔިތުންގެ ފައިސާއިން ގެނާ ތަރައްގީއާއި ނުބައްދަލު އަދަދެއް އަމިއްލަ ޖީބަށްލީ. ރޯމާ ދުވާލު ކަމުން ގެންދިޔައީ، ކާން ހިތްވަރުވެސް ދިނީ. ތިޔަށްވުރެ ސާފު މެސެޖެއް ދެއްވި ވެރިކަމުގެ ހުރި އިރު. ބެގް ބޮރޯ އެންޑް ސްޓީލް އޭ ކިޔާފަ، ޔާމިންއަށް ވަރަށް ސަލާމް. އޭނާ ގެޔަށް ދޫކޮށްލައިފިއްޔާ މާލޭ މަގުމަތީގަ އުޅެން އުނދަގޫވާވަރު ކުރާނެ.
ޞޮލި
09 April 2021
ޔާމިނު ކުރީ ވައްކަމަކަށް ވެއްޖިޔާ ބެންކުގަ އެކައުންޓެއް އޮންނަ ކޮންމެ މީހަކީ ވަގެއް ތަފާތެއް ނެއް ލަރި އެއް އެމީހަކަށް ނޭގި ޖަމާ ވެއްޖިޔާ ވާނީ ވަގަކަށް އަނެއްކާ އެޖަމާވި ލާރި ހުރީ ވެރިފަރާތާ ހަވާލް ކޮށްފަ ބޮޑުވަރު ޥަގުންނަށް ހީވާނީ އެހެން މީހުންވެސް ވައްކަން ކުރާނެކަމށް މިސަރުކާރަށް ވުރެ ވަގުން ގިނަ ސަރުކާރެއް ދުވަހަކު ނުދެކެން ހުސްވަގުން
އިބްރ
09 April 2021
ޖީބަށްލީ ބައިން ކުޑަމިންވަރެއްވެސް ސަރުކާރަށް 3އ ވީއިރުވެސް ދެއްކިފައިނުވާކަމީ ތިޔައީ ހުސް ހޮޅިވާހަކަތަށްކަމެވެ. މީހަކާއި ބެހޭގޮތުން ދޮގުވާހަކަ ފަތުރައި އެކަމަށް މަރުވުމުގެ ކުރިން އެމީހެއްގެ ކިބައިން މަޢާފް ލިބިނުގަނެފިނަމަ ޤިޔާމަތްދުވަހުގައި އޭގެ ޢުޤޫބާތް ލިބޭނެ ކަން ކަށަވަރެވެ.
ެުއުނގެނުމަށް
09 April 2021
ތިޔައީ ޔާމީނާއި ދެކޮޅަށް ވާހަކަދެއްކި އިނގިރޭސި އަދި ދިވެހި ބަސްވެސް ފަހުމު ނުވާ ކިތަންމެ ބަޔަކު ކީ އެއްޗެކެވެ. ޔާމީނު ބުނީ ‘ބެގް ބޮރޯ ސްޓީލް’ އެކޭ ނޫނެވެ. ބތއެވެ. ޔާމީނު ބުނީ ބަޔަކު އިގްތިސާދީ އަދި މާލީ ގޮތުން ނިކަމެތިވެ އިންސާނީ ހާޖަތުތައް ނުފުއްދޭ ހާލަތަށް ދިޔައީމާ ސަވައިވް ވާން ދެން އޮންނާނީ ބެގް ބޮރޯ ނުވަތަ ސްޓީލް ކުރުމެވެ. މިއީ ޔާމީނު ބުނި ބަހެއް ނޫނެވެ. އިނގިރޭސި މުހާވިރާ ބަހެކެވެ. ނޭނގެންޏާ އުނގެނޭށެވެ!
ހަނުހުންނަ މީހާ1
09 April 2021
ވަގަށްލާރި ނެގުމަކީ ބޭ އިންސާފެއް ނޫން ކުޑަކަކޫ ޖަހާނީ ނަހަމަ ފައިސާގެ ކުރިމަތީގައި ދޯ
ކަސިމްބެ
09 April 2021
ދެން ކަކޫ ނުޖަހާ ތިތާ އޮވެވޭތޯ ބަލާ ހުކުމް ނިމެންދެން. ރައްޔިތުންގެ ހަޒާނާއިން ވަައްކަން ކޮށްގެ ތިބޭ ބޮޑަތި މުޖުރިމުން އިންސާފޭ, ފަޅޮލޭ ނުކިޔާ. ތިމީހާގެ ގޮތް ރައްޔިތުންނަށް އެންގޭ. ކަމެއްކުރަންޏާ, ދިވެހި ލޮބުވެތި ރައްޔިތުންގެ ކިބައިން މައާފަށް އެދި ތައުބާވޭ. މާ ވަރުގަދަ ބަސް ބަސް ބުނާނެ ކަމެއްނެތް.