ޚަބަރު / ކަރެކްޝަނަލް ސާވިސް

ކޮވިޑް-19: ހައި ރިސްކް 17 ގައިދީއަކު ގޭބަންދަށް ބަދަލުކޮށްފި

މާލެ ޖަލު: ހައިރިސްކް 40 ގައިދީން ދެނެގަނެވިފައިވާ ކަމަށް ކަރެކްޝަންސްއިން ބުނި.

ޖަލުތަކުގައި ކޮވިޑްގެ ހާލަތު ގޯސްވެފައި ވާތީ، ރިސްކް އެސެސްމަންޓަށް ފަހު 17 ގައިދީއަކު ވަގުތީ ގޮތުން ގެއަށް ބަދަލުކޮށްފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރިީން އަހުމަދު މިއަދު ވިދާޅުވީ، މެޑިކަލް ޓީމުން އެސެސްމެންޓް ހެދުމަށް ފަހު، ހައި ރިސްކް 40 ގައިދީއަކު ޝޯޓްލިސްޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ގެއަށް ބަދަލުކޮށްފައި ވަނީ އޭގެ ތެރެއިން ބައެއް ގައިދީންނެވެ.

ޔުސްރީން ވިދާޅުވީ 23 ގައިދީއަކު ގެއަށް ބަދަލު ނުކުރެވި އޮތީ އާއިލާގެ ފަރާތުން އެ މީހުންނާ ހަވާލުނުވުމާއި ހަވާލުވާނެ ފަރާތްތަކާ ނުގުޅުން ފަދަ ސަބަބުތަކާ ގުޅިގެން ކަމަށެވެ.

"ގޭގައި ބަހައްޓާނެ ތަނެއް ނެތުމާއި ބެލެނިވެރިކަމުގެ ދަށުގައިވާ ފަރާތުން ހަވާލުނުވުން ފަދަ ކަންތައްތަކާ ހެދި އަދި ބަދަލު ނުކުރެވި މިވަނީ،" އޭނާ ވިދާޅުވި އެވެ.

މި ވަގުތު ގެއަށް ބަދަލު ނުކުރެވި ތިބި ހައިރިސްކް ގައިދީން އެ މީހުން ހަވާލުވާނެ އާއިލާ ނުވަތަ ތަނެއް ހަަމަޖެހެންދެން ބައިތިއްބާނީ ޖަލުތަކުގަ އެވެ.

ޖަލުތަކުގައި ކޮވިޑު-19 ފެތުރެމުންދާތީ ކަރެކްޝަންސް އިން ވަނީ ހައި ރިސްކް ގައިދީން ގެއަށް ބަދަލު ކުރާނެކަން މީގެ ކުރިން ވެސް ބުނެފަ އެވެ.

ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެފައި ވަނީ، އެއީ ޖަލުތަކުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށެވެ.

3 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާދަނު2

30 May 2021

އޭގެތެރޭގަ ޔާމީނުވެސް ހިމެނޭ ދޯ!

The name is already taken The name is available. Register?

ނިރު

30 May 2021

ތިމީހުންގެ ފަރާތުން އާއްމުންނަށް އިތުރު ތަކްލީފެއް ނުޖެހުނިއްޔާ ރަގަޅު... ގޭގަތިބޭތޯ މޮނީޓަރ ކުރޭވެ ގޮތެއްނެތްބާ

The name is already taken The name is available. Register?

ޑިސްއޮނަރަބަލް ޑީޑީ

30 May 2021

އަދީބު އަނބުރާ ޖަލަށްގެންދާންއުޅޭށޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454