ޚަބަރު / ތިމާވެށި

މިއީ ތިމާވެށި ސަލާމަތްކުރަން ފުރުސަތު ލިބޭ އެންމެ ފަހު ޖީލުކަމަށް ވެދާނެ: ރައީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މީޑިއާއާ ވާހަަކަ ދައްކަވަނީ. އެމަނިކުފާނު މިއަދު ވިދާޅުވީ މިއީ ރާއްޖޭގެ ތިމާވެށި ސަލާމަތްްކުރަން ފުރުސަތު ލިބޭ ފަހު ޖީލުކަމަށް ވެދާނެކަމަށް.

މިހާރުގެ ޖީލަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުންތަކުން ރާއްޖެ ސަލާމަތްކުރުމުގެ ފުރުސަތު ލިބޭ އެންމެ ފަހު ޖީލުކަމަށް ވެދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބާގައި މިއަދު ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުމުން ރާއްޖެ ސަލާމަތްކުރަން ލިބޭ ފަހު ޖީލަށް މި ޖީލު ވެދާނެ ކަމަށް ބެލެވެނީ އެ ބަދަލުތަކުގެ ގެއްލުން ރާއްޖެއަށް ފޯރަމުންދާ ހަލުވި ކަމާ ހެދި ކަމަށެވެ. ރާއްޖޭގެ މާހައުލީ ނިޒާމު ސަލާމަތްކުރަން މިހާރު މި ތިބި ހާލަތުން ވެސް އާ ވިސްނުންތަކަކާ އެކު އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ ފަރުތަކާއި ގޮނޑޮދޮށްތައް އަދި ކުޅިތަކާއި ޗަސްބިންތަކާއި ފާތައް ހަލާކުވީ ރައީސް ވިދާޅުވި ގޮތުގައި މީހުންގެ އަތްތަކުން ދިން ގެއްލުތަކުގެ ސަބަބުންނެވެ. ތަބީއީ ގޮތުން އެތަންތަން ކުރިން އޮތް ހާލަތަށް އިއާދަކުރެވޭތޯ ގަދައަޅައި މަަސައްކަތްކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދިރިއުޅުމައިގެން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅެއް އަޅަން ވާނީ ގުދުރަތީ ނިޒާމަށް އެއްވެސް ގެއްލުމެއް ނުލިބޭނެކަން ކަށަވަރުކޮށްފަ އެވެ.

"...ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ރާއްޖެއަށް ފޯރަމުންދާ ނިސްްބަތާއި ފޯރަމުންދާ ހަލުވިމިނަށް ބަލާއިރު އަޅުގަނޑުމެންނަކީ މިދެންނެވި ގެއްލުންތަކުން ރާއްޖެ ސަލާމަތްކުރުމުގެ ފުރުސަތު ލިބޭ އެންމެ ފަހު ޖީލުކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ،" ހިތާބުގައިވެ އެވެ.

ރާއްޖޭގެ ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރައީސް ވިދާޅުވި ގޮތުގައި ކުނީގެ މައްސަަލަ އެވެ. އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ބާވަތުގެ ޕްލާސްޓިކް ބޭނުންކުރާ ވަރު އިތުރުވެފައި ވުމަކީ އެފަދަ މައްސަލަ އެކެވެ. އަނެއް މައްސަލައަަކީ ހަކަތަ އުފައްދަން ޑީސަލް އަންދަން ޖެހުން ކަމަށް ވެސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ މާހައުލަށް ގެއްލުން ލިބޭ އެފަދަ މައްސަލަތައް ހައްލުކުރަން ސަރުކާރުން ގިނަަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ރައްކާތެރިގޮތުގައި ކުނި އެއްކޮށް ނައްތައިލުމުގެ ނިޒާމުތައް ރަށު ފެންވަރުގަޔާއި ސަރަހައްދީ ފެންވަރުގައި ގާއިމްކުރުމަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި އެފަދަ މަސައްކަތެކެވެ. އެއް ފަަހަރު ބޭނުންކުރާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް އެތެރެކުރުން މަނާކުރުމާއި ސޯލާ ހަކަތަ ބޭނުންކުރާ ނިޒާމުތައް ގާއިމް ކުުރުމަކީ ވެސް ތިމާވެށި ހިމާތަތްކުރަން ރާއްޖޭން ކުރާ މަސައްކަތްތަކެވެ.

21 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 29%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިއަދު

05 June 2021

ރާއްޖޭގެ ރަޢިއްޔަތުންނަށް ހެޔޮވެރިކަމެއްކޮށްދޭން ލިބޭނެ އެއްމެ ފަހުގެ ރައީސަކީ މިއީކަމަށްވެސްވެދާނެ

The name is already taken The name is available. Register?

ދީމާހު

05 June 2021

ދިވެހިން ހޭދަކުރާ އެންމެ ބިރުވެރި އެންމެ ނާންމާން އެންމެ ނާގާބިލު އެންމެ ކޮރަޕްޓް ވެރިކަން. މިފަދަ ވެރިކަމެއް ދިވެހިންނަށް ދެން އިރާދަނުކުރައްވާދޭ. އާމީން

The name is already taken The name is available. Register?

ނޮދަންއޭރިޔާ އުތުރު ހޭރިޔާ

05 June 2021

ތިމާވެށި އެބަ ފެނޭ ހޯރަފުށީގެ އުތުރުން ރަށާ ގުޅުވައިގެން މާފިނޮޅުގައި ކާމިނީގެ ހުޅަނގުބައި ޔާމީނު އަޅަން ނިންމާފައި އޮތް އެއްރޕޯރޓް ޔާމީނު ނިންމާފައޮތްތާ ނާޅަން ވެގެނެް ހުވަރަފުށީގަ ތަން އޮއްވާމެ މައިތޮށިމަތީ އެއަރޕޯރޓް އަޅާފަ އައްޑޫ އީކޯ ސެންޓަރު އެމްޑީޕީ ވެރިކަމިގަ ހެދި ތަނެއްވެ ޔާމީނު އެހުރީ ހޮސްޕިޓަލަކަށް ބަދަލް ކޮށްފަ މިހެން ގައުމު ހިންގަންޏާ ދެން ވާނެ އެއަކމެއްވެސް ނެތް ފަހުޖީލޭ މީ ނުބުނެވޭނެ އެއީ އެނގޭ ކަމެއް ނޫން ކަހީނުކަން ވަނީ އުވިފަ

The name is already taken The name is available. Register?

ފޮސް

05 June 2021

ތިހެން ތިބުނީ މީހަކު ބުނީތަތިހެން ހާދަ އެކޮޔާ ނުވައްތަރު ވާހަކަޔެއްދޯ

The name is already taken The name is available. Register?

ވިންދު

05 June 2021

ތީތެދަކަށް ވެދާނެ އެކަމަކު ތިބޭޅާއަކަށް ތިކަމެއްވެސްނުވާނެ. ވެރީ ސޭޑް.

The name is already taken The name is available. Register?

އިސްމީހާ

05 June 2021

ކޮވިޑްގަ އިހުމާލުވާ ފަހު ސަރުކާރު މީ

The name is already taken The name is available. Register?

ޖަނަމްޖނމ

05 June 2021

ތިމާވެށީ ބެލެހެއްޓޭނީ މިނިވަންކަން ދެމެހެއްޓިގެން.

The name is already taken The name is available. Register?

އަލީީދު

05 June 2021

މި ޖީލުގަ ރާއްޖޭގެ ވެރިކަމަށް އައި އެންމެ ފޮލޮޕް ރައީސް

The name is already taken The name is available. Register?

ރިއަލީ

05 June 2021

އެހެންވެގެންތަ ދުނިޔޭގައިވެސް ނުހިއްކާވަރުގެ އެންމެ ފުން ފަޅު މިގައުމުގައި ހިއްކައިގެން ގުޅިފަޅު ތިޔަ ހައްދަވަނީ؟ މިހިސާބުގެ ތިމާވެއްޓަށް ދޭނެ އެންމެ ބޮޑެ އެއް ގެއްލުން މިވެރިކަމުގައި ދޭއިރު ތިމާވެށި ސަލާމަތްކުރަން މި ޖީލަށް ތިޔަ ގޮވާލަނީ އެމީހުންނަށް އިތުރު ކޮންކަމެއް ކުރެވޭނެތީ؟ ޕްލާސްޓިކްކޮޅެއް ކަނޑަށް އެޅިއަ ނުދިނުމަށްވުރެ އެތައް ގުނަ ބޮޑު ގެއްލުމެއް ދޭން އުޅޭއިރު ކިޔޭ އެއްޗަކާ އަމަލާ އެބަ ދިމާވޭތަ؟

The name is already taken The name is available. Register?

މޯޑް

05 June 2021

ހޯރަފުށީ އެއާރފޯޓްވެސް ހުޅަގުފަރާތުން އެއޮށް ވަރަށް އުދައަރާ މުޅި އެއާރފޯޓް ފެނުތެރޭ އޮތް އިރުވެސް. އެނެއްކާ ވެސް އެއްވެސް ހައްލެއް ނުގެނެސް އޮތްގޮތަށް ބާންވައިފަ މިހާރު އެނެއްކާ ހުޅުވަން އެ ތަށްޔާރުވަނި. ވަށައިގެން ބޮނޑް ހިލަ ނުޖަހާ އެއާރފޯޓް ނުހިފެހެންޓޭނޭ ކަމާބެހޭ ފަރާތް ތަކުން ބުނާއިރުވެސް މީ ތޯ ކަން ކުރަށް ޖެހޭގޮތަކީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454