ޚަބަރު / ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓު ބޮޑުކުރަން 853،937 އަކަފޫޓުގެ ބޮޑު ބިމެއް!

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރަން ބޭނުންވާ ބިމުގެ ލޭންޑު ޔޫސް ޕްލޭނުގެ ޗާޓު.

ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރާ ބިމުގެ ސަރަހައްދަށް 853،937 އަކަފޫޓު އިތުރުކުރަން ޕްލޭނިން މިނިސްޓްރީން ހުށަހަޅައިފި އެވެ.

އެ މިނިސްޓްރީން މިދިޔަ މާޗު މަހު ފޮނުވި ސިޓީއެއްގައި ބުނީ، އެއާޕޯޓު ތަރައްގީކުރަން ބޭނުންވާ ބިމުގެ ތެރެއިން އެމްއެންޑީއެފްގެ ނޯދާން އޭރިޔާ ހެޑްކުއާޓާސް އަޅާނެ ބިން ވެސް އެ ސަރަހައްދުގެ ތެރެއިން ކަނޑައަޅަން ކަމާބެހޭ އިދާރާތަކުން ނިންމާފައިވާ ކަމަށެވެ. އެހެންވެ، އެ ލޭންޑް ޔޫސް ޕްލޭނާ މެދު ހަނިމާދޫ ކައުންސިލަށް ފެންނަ ގޮތެއް އަންގައި ދިނުމަށް، މާޗު 23 ގައި ފޮނުވި ސިޓީގައި އެދިފައި ވެ އެވެ.

"ނަމަވެސް ދަންނަވަމެވެ. އެއާޕޯޓު އެކްސްޓެންޝަނަށް ޒޯން ކޮށްފައިވާ ބިމުގެ ތެރެއަށް ރަށުގެ ޕިކްނިކް ސަރަހައްދު ގޮތުގައި ފާހަގަކުރެވިފައިވާ ބިން ހިމެނޭކަން ފާހަގަކުރެވިފައިވާތީ މި ބިން ރަށުގެ އެހެން ސަރަހައްދަކުން ފާހަގަކުރުމަށް ފަހު ރަށުގެ ލޭންޑު ޔޫސް ޕްލޭނުގައި ހިމެނުމަށް ފަހު މި މިނިސްޓްރީއަށް ހުށަހެޅުމަށް ދަންނަވަމެވެ،" އެސިސްޓެންޓް ޑިރެކްޓަރު ނިހާޒާ އަނީސް ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ވެ އެވެ.

އެ ސިޓީއާ ގުޅޭގޮތުން ހަނިމާދޫގެ އޭރުގެ ކައުންސިލުން އޮތީ ޖަވާބު ފޮނުވައިފަ އެވެ.

އެ ޖަވާބުގައި ބުނީ، ވަގުތީ ކައުންސިލަކަށް ވުމުން ބިމާ ގުޅޭގޮތުން ގޮތެއް ނިންމުމުގެ ބާރެއް ނެތް ކަމަށެވެ. އޭގެ ފަހުން ވެސް ޕްލޭނިން މިނިސްޓްރީން ވަނީ އެއާޕޯޓު އެކްސްޓެންޝަނާ ގުޅޭ ސިޓީއެއް ފޮނުވައިފަ އެވެ. އެކަމާ ގުޅޭގޮތުން ކައުންސިލުން ދިން ޖަވާބެއް ނޭނގެ އެވެ.

ކައުންސިލްގެ ރައީސްކަމާ މިދިޔަ މަހުގެ 17 ގައި ހަވާލުވެވަޑައިގެންނެވި އަބްދުއްސައްތާރު ހަސަން މިއަދު ވިދާޅުވީ މަސައްކަތަށް ހުރަސް އެޅޭތީ އެއާޕޯޓު ބިމާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރެވެން ނެތް ކަމަށެވެ.

ނަމަވެސް ބިން އިތުރުކުރުމާ ގުޅޭގޮތުން ގޮތެއް ނިންމަން ކައުންސިލުން މިދިޔަ ބުދަ ދުވަހު ބައްދަލުވުމެއް ބޭއްވިކަން އެނގިފައި ވެ އެވެ. އެ ބައްދަލުވުމުގައި ނިންމީ، ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ފަހު ޕްލޭނިން މިނިސްޓްރީގެ ސިޓީ އަށް ޖަވާބު ދިނުމަށެވެ.

އިންޑިއާގެ އެހީގައި އެއާޕޯޓު ތަރައްގީކުރަން ނިންމުމުން އިދިކޮޅު ކޯލިޝަނުން މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ އެކި ނަންނަމުގައި މި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ބޭނުމަކީ ބޭރުގެ ސިފައިން ރާއްޖޭގައި ވަޒަންވެރިކުރުވުމުގެ މަސައްކަތް ކަމަށެވެ. ރަށަކުން 400 ގޯތިދެވޭ ވަރުގެ ބޮޑު ބިމެއް ހަމަޖެއްސުމުގައި ބޮޑެތި ކަންބޮޑުވުންތައް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

"މުސްތަގުބަލުގައި ގޯތި ދެވި، ރަށުގެ ރައްޔިތުންނަށް ބޭނުންކުރެވޭނެ ސަރަހައްދެއް އެއީ،" ހަނިމާދޫން ބޮޑު ސަރަހައްދެއް ދޫކުރަން ނިންމި މައްސަލައިގައި ޝިޔާމް ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމަށް އަންނަ މަހު އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފައި ވެ އެވެ. އެ ކޮމިޝަނުން މިދިޔަ މަހު އާންމުކުރު ލިޔުމުގައި ބުނީ މި ޕްރޮޖެކްޓްގެ މިހާރު ކުރިއަށް ގެންދަނީ ޕްރީ-ކޮލިފިކޭޝަން މަރުހަލާގެ މަސައްކަތެވެ. އެ މަރުހަލާގައި މި ފަދަ މަޝްރޫއުއެއް ފުރިހަމަކުރުމުގެ ތަޖުރިބާ އާއި ޓެކްނިކަލް ގާބިލްކަމާއި މާލީ ތަނަވަސްކަން ލިބިފައިވާ އިންޑިއާގެ ކުންފުނިތަކުން ބައިވެރިވާ ކަމަށް ބުންޏެވެ.

22 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 0%
icon angry icon angry 96%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮބްޖެކްޝަން

08 June 2021

ކީއްވެތަ ޗާޓުގަ އެތަންގަނޑު ޕީޕީއެމް ކުލައިގަ އެއޮތީ؟ ތިކަމާ ދިމާ އިދިކޮޅަށް ތިބި ބައެއްގެ ކުލަ ބޭނުންކުރުމަކީ މަޖްލިހުގެ ކޮމިޓީއަކަށް ތިކަން ހުށަހަޅަންޖެހޭ ވަރުގެ ކަމެއް.

The name is already taken The name is available. Register?

އަލް އުސްތާޒު

08 June 2021

މޑޕ އާއި ހެދި މޮޔަވެފައި ތިބި ކުދިންކޮޅަށް މިއިން ފެންނާނީ ތަރައްގީއެވެ. ދުރު ވިސްނާ ބަޔަކަށް ފެންނާނީ ދަންތުރައެކެވެ. ހިލޭ އެހީއާއި ލޯނު އޯކޭއެވެ. ނަމަވެސް ހިލޭ އެހީގެ ބަދަލުގައި ޤައުމުގައި ބޭރު ސިފައިންނަށް ތިބެވޭ ގޮތް ހެދުން އެއްގޮތަކަށްވެސް ކަމަކު ނުދެއެވެ. ސޯލިހު ވޯޓް ބޭނުންނަމަ މިކަމާ ވިސްނާނެ ކަމަށް އުންމީދު ކުރަމެވެ. ޔާމީން ދައުރުގައި ޗައިނާއާއި ސައޫދީން އެވަރަށް ލާރި ހޯދި އިރުގައިވެސް އެއިން ޤައުމެއްގެ މިލިޓަރީ މިތާކަށް ނުގެނެއެވެ.

The name is already taken The name is available. Register?

ކުދުބެއްޔާ

07 June 2021

ވިސްނާ ފިކުރު ކުރާށެވެ. މިއީ 30ފޫޓް 40ފޫޓުގެ 700 ގޯތި ކަޑާލެވޭ ވަރުގެ ބޮޑު ބިމެކެވެ. ބިމަކީ މިރާއްޖޭގަ ތަދު އެއްޗެއް ހެއްޔެވެ؟

The name is already taken The name is available. Register?

ތިލަދުންމަތި

07 June 2021

އައްޑޫ މީހުން ކުރިން ސްޓާލިންގ ޕައުންޑު ފަހަތުން ދުވެދުވެ ތިއްބާ، އެކަން ހުއްޓުމަށް ފަހު އަހަރުތަކެއް ފަހުން އިންޑިޔައަން ރުޕީސް އޮއްސަން ފަށާނެކަމަށް އަނގަމައްޗަށް ޖަހައިގެންތިބޭ! އެކަމަކު ބޮޑުތިލަދުންމަތީގެ ހިތްކަމުގައިވާ ހަނިމައިދޫ އަހަރުމެންގެ ބާރު ކެނޑޭގޮތަށް ހަދަން މަސައްކަތް ކުރުން ބުއްދިވެރި ވާނެކަމަށް ހީނުކުރާށެވެ. މީ ބޮޑުތަކުރުފާނު، ކުޅުދުއްފުށީ ބޮޑު މުޙަންމަދު، އަދި ޝަހީދު ހުސެން އާދަމް ފަދަ އަބުތާލުންގެ ކާބަފައިންނާ ދަރިން ނިސްބަތްވާ ބޮޑުތިލަދުންމައްޗެވެ. ވީމާ، އަހަރުމެންގެ ވެރިންނަށް ހެޔޮ ވިސްނުންދެއްވާ، މަކަރުވެރިންގެ ރޭވުންތަކުން މުޅި ރާއްޖެ މިނިވަންކަމާ، ރައްކާތެރިކަމާ އަދި އުފާ ފާގަތިކަންމަތީގައި އަބަދަށް ލައްވާފާނދޭވެ.

The name is already taken The name is available. Register?

ވިސްނާލުމަށް އެދެމޭ

08 June 2021

ބޮޑުތިލަދުންމަތީގެ ބަތަލުންގެ އިހްލާސްތެރިކަމެ މިއަދު ބޮޑުތިލަދުންގަނެތް އެކަކުގެވެސް...ފައިސާއަށް ވޯޓުވިއްކާ އުގުވިޔަފާރިކުރާ ބޮޑުވަރިހަމަ ބައެއް މިއަދު ބޮޑުތިލަދުންގަ ތިބީ...ގަބޫލުނުކުރިޔަސް މިއީ މިއަދު ވޯޓުން ބޮޑުތިލަދުންމަތި ބުނެދޭ ހަގީގަތް...ހަނިމާދޫ މީހުންނަކީ ދިވެހިަންތަ ދިވެހިންނަމަ އިންޑިޔާގެ ޑޯނިޔާ ބޯޓު ހަނިމާދޫ އެއާރޕޯޓުގަ ޕާކެނުކުރެވޭނެ..

The name is already taken The name is available. Register?

ވިސްނާލުމަށް އެދެމޭ

07 June 2021

ހަނިމާދޫމީހުން ހޭލާނީ ކިހާވަރެވީމަތަ.ދަރިންގެ ދަރިންނަ ގޯތިން މަހުރޫމު ތިވަނީ..ދާއިރާގެ މެމްބަރުގެ ބަހަށް ހެއްލި ރަށަށް ވަމުންދާގޮތެ ބެލުމެނެތި ބަނދަރުމަތީގަ ހުސްއަނގަތަޅަން ތިއްބާ ތިމާމެން އަދަގެންހުރި މުންޑުވެސް މޯގޭޖްކޮއްގެން އިންޑިޔާމީހުންލައްވާ ތަރައްގީއޭކިޔާ ދަޅަދައްކައިގެން މޑޕސަރުކާރުން މިއުޅެނީ.އިންޑިޔާމީހުންނަ ގެ ކުއްޔަށްދީގެންތިބި މަދުބަޔަކަށް ވަގުތީ ފައިދާލިބޭތީ ރަށުއެއްމެން ހިނިއައްސަތިބެނީ.ޒަމާނާ އެއްވަރަށް ސިކުނޑިތައް ހޭލައްވަބަލަ

The name is already taken The name is available. Register?

ގައިމީލޯބި

07 June 2021

އެމް އެން ޑީ ގެ ނަމުގައި ހަދާތަނުގައި ތިބޭނީ އިންޑިއާ މީހުންހެންހީވަނީ 2 ރިސޯޓާ ލެފްޓޮޕަކުން ގައުމު ހިންގަން އައިމީހުން ބިންކޮޅެއް ވެލި ފުކެއް ގިރި އެއް ހަަލެއް ނުބާއްވާ ބޭރުމީހުންނައް ވިއްކާލާ މަންޒްރ މިފެން ނަނީ ކެންޕޭނުގަ މީހަކު ބުނިހެން ހީވޭ ތިމަންނަގެ ވެރިކަމެއްގައިި އަކަ އިންޗިއެއްވެސް ބޭރުގެބަޔަކައް ނުދޭނަމޭ އެބަހުގެ މާނަ މިހާރު މިއިނގެނީ އެންމެ އަކައިންޗިއެއްވެސް ނުބާއްވާނަމޭ ސަލާމަތުން ވިއްކާނުލާ ވެދުން

The name is already taken The name is available. Register?

މޮރުޒާ

07 June 2021

ހީއެއް ނޫން. ޔަޤީން

The name is already taken The name is available. Register?

ރައްޔިތެއްގެ ހިތުގެ ރިހުން

07 June 2021

ގައުމެއްވާ ނެތް. 800މ. ޑޮލަރުގެ ލޯނު ބޮޑު އިންޓަރެސްޓް ރޭޓުގައި. ބޮޑުކުރާބައި އެކަނި 853،937 އަކަފޫޓު. އިންޑިއާއިން އިންޑިއާ މީހުން އައިސް ހަދަނީ. އެގްރީމެންޓް ދައްކަބަލަ ކިހާދުވަހެއް ވަންދެން އިންޑިއާ މީހުން ތިބޭނެތޯ ބަލަން. ހުވާ ނުދައްކާނެ. ފަޅާއަރާނީ މަދުކަމެއް. އައްޑޫގައި ހެލިކޮޕްޓަރެއް ދުއްވަން 24 މީހުންގެ މިލިޓަރީ ފައުޖެއް؟ ބޯހަލާކު.

The name is already taken The name is available. Register?

ބާއުކަލޯ

07 June 2021

މިވެސް ދެން އަޖައިބަކަށް ވެއްޖެ ކަމެއް، ހުރިހާ ސިފައިންނަކާ ދުއްވާއެއްޗިއްސާ ހަތިޔާރުލާފަހުންނަ މައި ހެޑްކުއާޓަރު ހުންނަނީ މާލޭގަ، އެތަނަށް ކުޑަކުޑަ ގޯއްޗަކުން އެބަފުދޭ، އެކަމަކު މާލެއިން ބޭރުގަ ހައެއްކަ ސިފައިން ތިބޭތަންތަން ހަދަންވެސް މިލިއަނެއްހާ އަކަފޫޓުގެ ބިމުންނޫނީ ވާކަމަކަށްނުވޭ. އެވަރުން ނުވެގެން މުޅިއެހިސާބުގަނޑު ފަރުމަތިން ބޯވައެއް ހިފަން ފޭބުންވެސް މަނާ، އެކަމަކު މާލޭ ބޮޑު ހެޑުކުއާޓަރު ވަށައިގެން އެނބުރުނަސް އޯކޭ.

The name is already taken The name is available. Register?

ކުރޮކުޑައިލު

07 June 2021

ކ.ހުޅުމާލޭގަ އެންބަސީ އަޅަން ކުޑަ ބިންކޮޅެއް ބޭނުންވީމަ ހުޅުމާލެހަދާ ގުރޫޕަށް 500 މިލިއަން ދީފަ ބިންކޮޅެއް ގަތީ ސަރުކާރުން. ހަމަ އެސަރުކާރުން ހަނިމާދޫއަށް ސިޓީއެއް ފޮނުވާފަ މިބުނަނީ 9 ލައްކަ އަކަފޫޓުގެ ބިމެއްކަނޑާށޭ. ބައި އިންޗިވެސް ހިލޭނުދޭތި، 50 ބިލިއަނުން ކޯޓޭޝަން ހަދާފަ ފޮނުވާ، ހުޅުމާލެއަކީވެސް ދައުލަތުގެ ބިން ތިވެސް ދައުލަތުގެ ބިން. އެއްރަށްކުމާރު ސިޔާސަތު އުވެން އޮތީ އެހެން ހަދައިގެން.

The name is already taken The name is available. Register?

ހށނ

07 June 2021

މިންތައް މިލިމީޓަރުން ލިޔެލިނަމަ މާފުރިހަމަވީސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454