ކުޑަކުދިންގެ ހިޔާގެ ބޭރުން ނަގާފައިވާ ފޮޓޯއެއް: ކުޑަ ކުއްޖާއަށް އަނިޔާ ކުރި މައްސަލަ ޖެންޑާ މިނިސްޓްރީ އިން ވެސް އަންނަނީ ބަލަމުން -- ފޮޓޯ / ކުޑަކުދިންގެ ހިޔާ
08 ޖޫން 2021 - 12:19
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ދޮޅު މަސް ދުވަހުގެ ތެރޭ އަލިފާނުގެ ތިން ހާދިސާއެއް ހިނގާފައިވާތީ އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްރަން (އާކް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އާކުން ނެރުނު ބަޔާނުގައި، ހިޔާގައި ދިރިއުޅޭ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ދައުލަތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައިވެ އެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ އުމުރުން 13 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިން ބެލެހެއްޓުމަށް ހާއްސަ މި މަރުކަޒުގައި މި ހަފްތާގައި ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފަ އެވެ.
މި ހާދިސާގެ އިތުރުން މިދިޔަ މަހު ހިނގި އަލިފާނުގެ ދެ ހާދިސާ ވެސް ހިނގާފައިވަނީ ހިޔާގައި ދިރިއުޅެމުން އަންނަ ކުދިން އެކި ރަށްރަށަށް ބަދަލުކޮށް، މިހާރު ހިޔާގައި ދިރިއުޅޭ ކުދިންގެ އަދަދު 10 އަށް ވުރެ މަދުވެފައި ވަނިކޮށް ކަމަށް އާކުން ބުންޏެވެ.
އާކުން ބުނީ މި ވަގުތަކީ އެތަނުގައި ދިރިއުޅޭ ކުދިން މަދުވުމުން ހިޔާ ބެލެހެއްޓުން ފަސޭހަވާންޖެހޭ ދަނޑިވަޅެއް ކަމަށެވެ. އަދި މި ފަދަ ދަނޑިވަޅެއްގައި މި ފަދަ ހާދިސާތައް ތަކުރާރުވުމުން އެކަމާ އާކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އާކުން ވަނީ ހިޔާގައި ދިރިއުޅޭ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވާލައިފަ އެވެ. އަދި އެފަދަ ހާދިސާތައް ތަކުރާރުވެ، ކުއްޖަކަށް ބޮޑު އަނިޔާއެއް ވުމުގެ ކުރިން އެފަދަ ހާދިސާތައް ހުއްޓުވުމަށް އެ ހާދިސާތަކުގެ ފުރިހަމަ ތަހުގީގެއް ކުރުމަށް އާކްގެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.
މީގެ އިތުރުން ހިޔާގެ އަލިފާނާ ގުޅުން ހުރި ސަލާމަތީ ކަންކަމުގެ އޮޑިޓެއް ހެދުމަށް އާކުން ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާކް
08 June 2021
2 ކުދިން ތިއްބަސް އެންމެ ކުއްޖަކު ހުއްޓަސް ހިންގަން ނޭގޭ ވެރިއަކު ލައިގެން ކުރެވޭނެ ކަމެއް ނޯއްނާނެ. ރޭޑިއޯ ދަށުގައި އަޑުގަދަވިޔަސް ނުކިޔަވާ ކޮލިފިކޭޝަން ނެތް މީހަކަށް ސީއީއޯ ކަން ލިބުނަސް ހިންގާކަން ނޭގޭނެ. މިކަން މިނިސްޓަރު އައިޝާ އަށްވެސް ވިސްނޭ މިހާރު. އެކަން ތި ފެންނަނީ ?
މަޑާކޮ
08 June 2021
ކޮބާހޭ އިބޫއުފެއްދި ޗިލްޑްރަން އޮމްބަޑްސް ޕަރސަން