ޚަބަރު / މިޝްކާގެ މަރު

މިޝްކާއަށް ފަރުވާ ދިނުމުގައި ހުރިހާ ކަމެއް ލަސްވި: ހެލްތު މިނިސްޓްރީ

"އެމްބިއުލާންސް ފޮނުވި ކަމަށް ބުނެ ދިން މައުލޫމާތުން ކުއްޖާގެ ބައްޕައަށް ގަބޫލުކުރެވިފައި އޮތީ އެމްބިއުލާންސް ދާނެ ކަމަށް"

ރަށްރަށަށް ފޮނުވަން ރާއްޖެ ގެނެސްފައިވާ އެމްބިއުލާންސްތަކެއް: ފޮޓޯ: ނިޝާން އަލީ/މިހާރު

ކޮވިޑް-19 ގައި ހާލު ދެރަވެ، މި މަހުގެ ކުރީކޮޅު ނިއާވި މިޝްކާ މުހައްމަދަށް ފަރުވާ ދިނުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ހުރިހާ މަރުހަލާއެއްގައި ވަރަށް ބޮޑަށް ލަސްވި ކަމަށް އެ މައްސަލާގައި ހެލްތު މިނިސްޓްރީން ހެދި ކޭސް ރިވިއު ރިޕޯޓުގައި ބުނެފި އެވެ.

ކޮވިޑަށް ޕޮޒިޓިވްކަން މިދިޔަ މަހުގެ 28 ގައި އެނގުނު މިޝްކާގެ ހާލު ސީރިއަސްވީ މި މަހުގެ ކުރީކޮޅު އެވެ. އެކަމަކު އެމްބިއުލާންސް ފޮނުވައިދޭން އެދުމުން އެކަން ކޮށްދީފައިވަނީ ދެ ގަޑިއިރާއި 26 މިނެޓު ފަހުންނެވެ. ރިޕޯޓްގައި ބުނީ މިޝްކާ އަށް އެޓެންޑްވުން އަވަސްކުރި ނަމަ މި ހާދިސާ ހިނގުން ނާދިރު ކަމަށެވެ.

މިޝްކާ ބަލައި އެމްބިއުލާންސް ދާނެ ކަމަށް ބުނެ މައުލޫމާތު ދީފައި ވަނީ އެމްބިއުލާންސް ޑިސްޕެޗް ނުކޮށް ކަމަށް ވާއިރު ރިޕޯޓްގައި ބުނެފައި ވަނީ ފަރުވާ ދިނުން ލަސްވުމުގައި އެއް ސަބަބަކީ މިޝްކާ ބަލައި އެމްބިއުލާންސް ދާ ކަމަށް ބުނެ މައުލޫމާތު ދީފައި ވުމުންކަން ކުއްޖާގެ ބައްޕަ ކޯލް ސެންޓަރާ ދައްކާފައިވާ ވާހަކަތަކުން އެނގޭ ކަމަށެވެ.

އެ މައްސަލައިގައި އާއްމުންގެ ފަރާތުން އަމާޒުވި ބޮޑެތި ފާޑުކިޔުންތަކަށް ހެލްތު މިނިސްޓްރީން ވަނީ ރިވިއުއެއް ހަދައިފަ އެވެ. އެ ރިވިއު، މި މަހުގެ 4 ވަނަ ދުވަހުގެ ރޭ އާއްމުކޮށްފައި ވެ އެވެ. މިއީ، އެ ރިވިއުގެ މައްޗަށް ނެރެފައިވާ ރިޕޯޓެވެ. ރިޕޯޓްގައި ވެސް މައިގަނޑު ގޮތެއްގައި ހުރީ ކުރިން ނެރުނު ރިވިއުއިން ވެސް ހާމަވެފައިވާ ކަންކަމެވެ.

އެޗްއީއޯސީން ސިއްހީ ހިދުމަތް ދިނުމުގައި އާއްމުކޮށް ގެންގުޅޭ އުސޫލުތައް ބެލުމުގެ އިތުރުން އެ ހާދިސާއާ ގުޅުންހުރި ފަރާތްތަކާއި އެޗްއީއޯސީގެ ކްލަސްޓާތަކާ ހަވާލުވެ ތިބި މީހުންގެ އިތުރުން މިޝްކާގެ ބެލެނިވެރިންނާ އިންޓަވިއުކޮށްފައިވާނެ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.

އެ ރިވިއު ހެދުމަށް 28 މީހަކާ އިންޓަވިއުކޮށް ގިނަ ލިޔުންތަކެއް ބަލައި ދިރާސާކޮށްފައި ވެ އެވެ.

ރިޕޯޓުގައި ބުނީ މިޝްކާގެ ހާލަތު ގޯސްވުމުން އެއީ އެއީ އިމަޖެންސީ ހާލަތެއްކަން ކޯލް ސެންޓަރާއި އެޗްއީއޯސީގައި މަސައްކަތްކުރާ މެޑިކަލް ރެސްޕޮންސް ޓީމް (ޑީއެމްއާރުޓީ) އިން ބެލިފައި ނެތް ކަމަށެވެ. އެހެންވެ، މިޝްކާ ހޮސްޕިޓަލަށް ގެންދިއުމާއި ފަރުވާ ދިނުމުގައި ލަސްތަކެއް ވެފައިވާ ކަމަށް ބުންޏެވެ. އެކަމާ ގުޅިގެން ލިބުނު ކޯލް ލޮގުތަކަށް ބެލިއިރު، ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި އެހީއަށް ބޭނުންވެފައިވާ އަވަސް މިންވަރު ވެސް ކޯލް ސެންޓަރުން ދެނެގަނެފައި ނުވެ އެވެ. "އާއްމު އުސޫލެއްގެ ގޮތުން، ލިޔެފައި ނުވިނަމަ ވެސް އިމަޖެންސީ ހާލަތްތަކުގައި އަންގަންޖެހޭ ކްލަސްޓާތަކަށް ފޯނުން ގުޅައި ނުވަތަ އެ ކްލަސްޓާއަކަށް ގޮސް އެ މައުލޫމާތު ދެވޭ. ނަމަވެސް މި ހާދިސާގައި އެ ގޮތަށް އަމަލުކުރެވިފައި ނެތް،" ރިވިއުގައި ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ހިމަނާފައިވެ އެވެ.

މައްސަލައާ ގުޅިގެން އެޗްއީއޯސީން ފާހަގަކުރި ކަންކަން

އެ ރިޕޯޓުގައި ބުނީ އެޗްއީއޯސީގެ ކްލަސްޓާތަކުގެ މެދުގައި ކޯޑިނޭޓް ކުރާ ޕްރޮސެސް ފްލޯތަކާއި އެސްއޯޕީތަކާއި އެކިއެކި އުސޫލުތަކުގަި މައްސަލަ އެބަހުރި ކަމަށެވެ. އޭގެ ސަބަބުން އެކަށީގެންވާ ވަގުތުގައި ފިޔަވަޅު އެޅުން ލަސްވާ ކަމަށް ބުންޏެވެ.

"އެޗްއީއޯސީގައި ކޮވިޑު-19 ބަލީގެ މައުލޫމާތު ބެލެހެއްޓުމަށް ބޭނުންކުރާ ސޮފްޓްވެއާ "އައުޓް ބްރޭކް ސިސްޓަމް" އަކީ އެޗްއީއޯސީގެ ތަފާތު އޮޕަރޭޝަންސްތަކަށް ބޭނުންކުރުމަށް ތައްޔާރުކުރެވިފައިވާ ސިސްޓަމެއް ކަމުގައިވީ ނަމަވެސް މި ސިސްޓަމްގެ ބަދަލުގައި މައުލޫމާތު ބެލެހެއްޓުމަށް ތަފާތު އެހެން ގޮތްތައް ބޭނުންކުރަމުން ގެންދޭ،"

"މީގެ ސަބަބުން މައުލޫމާތުތައް އެއްތަނަކުން ފެންނަން ނެތުމުން އެންމެ އަވަހަށް ހިދުމަތް ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް އެ މައުލޫމާތު ނުލިބުމުގެ ސަބަބުން އެ ހިދުމަތް ފޯރުކޮށް ނުދެވުނު ނުވަތަ ހިދުމަތް ފޯރުކޮށްދިނުން ލަސްވޭ،" ރިޕޯޓުގައި ބުންޏެވެ.

އެ ކަންކަމުގެ އިތުރުން ކޯލް ސެންޓަރަށް އަންނަ ކޯލުތަަކަށް ސައްހަ މައުލޫމާތު ނެތި ޖަވާބުދާރީވާ ކަމާއި އެ ސެންޓަރަށް އަންނަ ކޯލުތަކުގައި މަޑުކުރުމަށް އެދި، މާ ގިނަ ވަގުތު ފޯނުގައި ހޭދަވުމާއި އަދި ހުރިހާ ކޯލެއްގައި ވެސް ތަކުރާރުކޮށް އެއް މައުލޫމާތެއް ހޯދާތީ ހިދުމަތް ދޭން ލަސްވާ ކަމަށް ވެސް ބުނެފައި ވެ އެވެ.

ހުރިހާ ދިމާލެއްގައި ބޮޑެތި ލަސްތަކެއް، މައްސަލައަކީ ސިސްޓަމް

މިޝްކާއަށް ފަރުވާ ދިނުމުގައި އެޗްއީއޯސީގެ ހުރިހާ މަރުހަލާއެއްގައި ބޮޑެތި ލަސްތަކެއް އުޅުނުއިރު، ޑީއެމްއާރުޓީން އޮންލައިން ކޮންސަލްޓޭޝަން ހެދިއިރު ބެއްލެވި ޑޮކްޓަރުން ވެސް އެ ކުއްޖާގެ ހާލަތު އެންމެ ރަނގަޅަށް ދެނެގަނެފައި ނުވާކަން ރިވިއު ރިޕޯޓުގައި ބުންޏެވެ.

ކޯލް ސެންޓަރުން މިޝްކާގެ އާއިލާއާ ކޮށްފައިވާ މުއާމަލާތްތަކުން ކުއްޖާ ބަލައި އެމްބިއުލާންސް ފޮނުވާކަމަށް ތަކުރާރުކޮށް ބުނާފަދަ އިބާރާތުން މުއާމަލާތް ކޮށްފައިވިޔަސް އެ ރޭ 11:32 އާ ހަމައަށް ވެސް އެމްބިއުލާންސް ޓްރިގާކޮށްފައި ނުވެ އެވެ. އެ މައްސަލައިގައި ކޯލު ސެންޓަރުން ޖަވާބު ދެއްވި މުވައްޒަފުން، ކުއްޖާގެ ސީރިއަސްކަމާއި ހާލަތަށް އައި ބަދަލު ދެނެގަނެވިފައި ނެތްކަމާއި އަދި އެ މައުލޫމާތު ފުރިހަމައަށް ލޮގުކޮށް ހުރިހާ ކޯލެއް ހިއްސާކުރަން ހަމަޖެހިފައިވާ ގޮތަށް ފުރިހަމަކޮށްފައި ނުވެ އެވެ.

"މި ހާދިސާގައި އެޓެންޑު ވާންޖެހޭ ފަރާތްތަކުން ފަރުވާތެރިކަމާއެކު އެކަށީގެންވާ ވަގުތުގެ ތެރޭގައި އެޓެންޑުވެފައި ވާނަމަ މި ހާދިސާ ހިނގުމަކީ ނާދިރު ކަމެކެވެ. އެހެންކަމުން، މި ފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ރިވިއުއިން ފާހަގަކޮށްފައިވާ ކަންކަން އިސްލާހުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ،" ރިވިއު ރިޕޯޓުގައި ވެ އެވެ.

އެ ރިޕޯޓުގައި ބުނިގޮތުގައި މިޝްކާއަށް އެހެން ދިމާވުމަށް މެދުވެރިވި އެކި ކަންކަމަކީ ފެށުނީއްސުރެ ސިސްޓަމުގައި ހުރި މައްސަލަތެކެވެ. ނަމަވެސް މީގެ ކުރިން ކޮވިޑުގެ ކޭސްތައް ހިފެހެއްޓިފައި ހުރުމުން އެ މައްސަލަތައް ފެންމަތިނުވީ ކަމަށް ބުންޏެވެ.

"ސިސްޓަމުގައި އެކުލެވިގެންވާ އެކިއެކި ބައިތަކާއި މަރުހަލާތަކުގައި ހުރި މައްސަލަތައް ވަކިން ހާއްސަ ގޮތެއްގައި އާދަޔާ ހިލާފަށް ކޭސްތައް އިތުރުވެގެން އަންނައިރު ދިމާވާ ނިޒާމީ މައްސަލަތައް މިހާރު ވަނީ ދެނެގަނެވި އެކަންކަން ރަނގަޅު ކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ،" ހަތަރު ސޮފްހާގެ ރިޕޯޓު ނިންމާލަމުން ބުނެފައި ވެ އެވެ.

24 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 15%
icon angry icon angry 77%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިވެހިންނ

21 June 2021

ލަސްވީއޭ އިހުމާލު ވީއޭ ކިޔާފަ ނިންމާލާ. ދެންމިވާހަކަ ދަށްކާނެކަމެއްވެސް ނެތް. ނަސީމު ނުނަގާނެ މީގެ ޒިންމާއެއް

The name is already taken The name is available. Register?

އާދަމްބެގެ

21 June 2021

މީގަ ކުއްވެރިވަނީ ކޯލްސެންޓަރ އެއްނޫން. ބިރުވެރިކަމަކަށް މުޖްތަމަޢްވައްޓާލާ އިންސާނީ ވަސީލަތްތަކަށް ހުރި ދޮރުތައް ބަންދުކުރުމުގެ މުލުގަ ތިބިމީހުން...

The name is already taken The name is available. Register?

އައިސްތު

21 June 2021

ހާދަ އީޒީއޭދޯ؟ އިހުމާލުވީ ފަރާތްތަކަށް ފިޔަވަޅު އަޅާކަށް ނުޖެހޭތަ؟ ނަސީމް އާއި މައިމޫނާ އިސްތިއުފާ ދޭކަށް ނުޖެހޭތަ؟ ޔާމީން ނުވަތަ މައުމޫނު ވީމާ ގެއެއްތެރޭ ކުއްޖަކު ރޭޕް ކުރިޔަސް އެމީހުން އިސްތިއުފާ ދޭންޖެހޭ. ؟ ދެން ރަގަޅުތާ ދިވެހިން ބޭނުންވިގޮތްމީ ދޯ؟

The name is already taken The name is available. Register?

ޥަށަ

21 June 2021

މި ރިޕޯޓް ކިޔާފައި އަޅުގަނޑަކަށް ނުފެނޭ ނިޒާމުގެ މާބޮޑު މަޢްސަލައެއް. ޙުރިހާ ދިމާއެއްގައި ޒިންމާދަރުކަން ކުޑަ މައްސަލަ ފެންނަން ތިއޮތީ

The name is already taken The name is available. Register?

އިސްތިއުުފާ

21 June 2021

1/2 ކެރަފާ ނަސީމު އެވެ. ތަހުޒީބު ގައުމުތަކުގައި މިނިސްޓަރުން އިސްތިއުފާ ދެނީ އެ މިނިސްޓަރުންގެ އަތުން ނުބައެއް ހެދުނީމައެއް ނޫނެވެ. ނަސީމުއެއް އެޗްއީއޯސީގެ ކޯލް ސެންޓަރުގައި ފޯނު ނަގާކަށް ނީންނާނެއެވެ. އަދި ޒިންމާ ނަގަންޖެހޭ އެހެން މަސައްކަތެއްވެސް ކުރާކަށް ނުޖެހޭނެއެވެ. ހަމައެކަނި ޖެހޭނީ މިހެން ހަދާ އެހެން ހަދާ ކިޔަކިޔާ ހުންނާށެވެ. އެކަމަކު ހެލްތް މިނިސްޓްރީ އިމާރާތުގައި މޮޕްލާ މީހާގެ ފަރުވާ ކުޑަކަމުން ތެތް ތަޅުންގަޑަށް މީހަކު ވެއްޓުނަސް

The name is already taken The name is available. Register?

އިސްތިއުފާ

21 June 2021

2/2 އެކަމުގެ ޒިންމާ ނަގަންޖެހޭނީ ނަސީމުއެވެ. ސަބަބަކީ މޮޕްލާން ގާބިލު މީހަކު ހޯދާ އެމީހަކަށް އެވަޒީފާ ނަސީމަށް ނުދެވުނީމައެވެ. އަނެއް ސަބަބަކީ އޭނައަށް އެކަމުގައި ދޭންޖެހޭ ތަމްރީނުތައް ނަސީމަށް ނުދެވުމެވެ. އަނެއް ސަބަބަކީ އޭނަގެ ވަޒީފާ އަދާކުރަނީ އެކަން ކުރަން ޖެހޭ ގޮތަށްތޯ މޮނީޓަރ ނުކުރެވުމެވެ. މިހުރިހާ ކަމަކީ އެކަންކަމަށް ޚާއްޞަ ޑިޕާޓްމަންޓްތަކުން ކުރަން ޖެހޭ ކަންކަމެވެ. މިހުރިހާ ޑިޕާޓްމަންޓެއްގެ އިހުމާލަކީ ހަމަ ނަސީމު ނަގަންޖެހޭ ކަމެކެވެ.

The name is already taken The name is available. Register?

އިސްތިއުފާ

21 June 2021

"ނަމަވެސް މީގެ ކުރިން ކޮވިޑުގެ ކޭސްތައް ހިފެހެއްޓިފައި ހުރުމުން އެ މައްސަލަތައް ފެންމަތިނުވީ ކަމަށް ބުންޏެވެ." މިއީ މައިމޫނާ އިސްތިއުފާ ދޭންޖެހޭ ސަބަބަކީ. އޭނަގެ ސަބަބުން މިތަނުގަ ކޮވިޑް ކޮންޓްރޯލުން ނެއްޓިގެން އެތައް މައުސޫމް ބައެއް މިދުނިޔެއާ ވަކިވެގެން މިދިޔައީ. ކުރިންވެސް މިގޮތަށް ފިޔަވަޅުތައް ހަރުކަށި ކުރިނަމަ، މިއަދު އެ ތުއްތު މައުސޫމް މިޝްކާ ދުނިޔޭގަ ހުރީސް. މިފަދަ އެތައް މައުސޫމް ބައެއްގެ މަރުގެ ޒިންމާ މައިމޫނާ ނަގަން ޖެހޭނެ.

The name is already taken The name is available. Register?

ރައްޔެތު.

21 June 2021

މައިމޫނެއް ނޫން މިތާގަ ފަހުބަސް ބުނަނީ. ބީރުބޮލުވަޒީރު އެއީ ފަހުބަސް ބުނާމީހާ. ޑިގްރީއެއްވެސް ނޯންނަ ސިޔާސީ މީހާ އެއީ ފަހުބަސް ބުނާމީހާ.

The name is already taken The name is available. Register?

ދަހަނާ

21 June 2021

ތިޔަ ބުނާ ބީރުބޮލު ބުނާގޮތް ހަދަންޖެހޭ މަގާމެއް ނޫން މައިމޫނާގެ މަގާމަކީ. ބީރުބޮޑޭ ބުނާހާގޮތް ގަދަންޖެހޭ ވަރަށް މައިމޫނާ ފިތިފަ ހުރިއްޔާ ނުވަތަ އޭނާ ބުނާ ހާ ކަމަކަށް ރައްޔިތުންގެ ހައްގުގައި ނޫނެކޭ ބުނަން ނުކެރޭނަމަ އިސްތިއުފާ ދޭން ކެރެން ޖެހޭނެ ކިރިޔާ ވެސް އިންސާނިއްޔަތް ކަމެއް ހުރިނަމަ. މައުސޫމް ރައްޔިތުންތަކެއް މަރުގެ ތުންފަތް މައްޗަށް ވައްޓާލާކަށް މުސާރައިގެ ދަހިވެތިކަމުގަ ނުހުންނާނެ.

The name is already taken The name is available. Register?

ކޮމަންމޭން

21 June 2021

ކޮބައިހޭ އަސްލު ސުވާލުގެ ޖަވާބު؟ ކީއްވެހޭ އެންބިއުލާންސް ނުފޮނުވާ ފޮނުވައިފީމޭ ތަކުރާރުކޮށް އެބުނީ؟ އެއީކީ ސިސްޓަމް މައްސަލައެއް ނޫނެއްނު. އެއީ ދޮގުހެދުމެއްނު. ސިސްޓަމްގަ އުޅޭ މައްސަލައަކުން އެމްބިއުލާންސް ފޮނުވިޔަސް ނުފޮނުވާކަމަށް ދައްކަފާނެ. އެކަމަކު ނުފޮނުވާ އެމްބިއުލޭންސްއެއް ފޮނުވިކަމަށް ސިސްޓަމުން ދައްކާނީ ކޮންމެވެސްމީހަކު އެގޮތަށް ފީޑްކުރީމަ. އަނެއްގޮތަކީ ސިސްޓަމް ނުދޭމައުލޫމާތެެއް ކޯލްސެންޓަރުން ދިނުން. މިއީ ދޮގުހެދުން. ކީއްވެހޭ ދޮގުހެދީ؟

The name is already taken The name is available. Register?

ބޮޑުމީހާ

20 June 2021

އިބްރާހިމް މުހައްމަދު ސޯލިހު ގައުމާއި ހަވާލުވިފަހުން ލަސްނުވާ އެއްކަމެއް ވެސް ނެތް. މި ދިވެހި ގައުމުގަ މި ފަސް އަހަރު ލިޔެވޭނީ ކަޅު ސަފްހާތަކެއްގަ ގޮތުގަ. ހެލްތު ރަގަޅުކުރަން 70 އަހަރުން މަތީ މީޙަކު ލާނީ ގައިމު.....

The name is already taken The name is available. Register?

ސިސްޓަމް ގޯސް

20 June 2021

ބަރުލަމާނީ ސިސްޓަމައް އަވަހައް ބަދަލުކުރޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454