"މިގޮތަށް އިންތިޒާމްކޮށްގެން ނޫނިއްޔާ މިކަމެއް ނުވާނެ. އަސްލު ހަގީގަތުގައި އެމްބިއުލާންސް ހިދުމަތާ ބެހޭ ވަކި މުއައްސަސާއެއް އުފެދެން ޖެހޭ"
މާލެ- 12 އޮކްޓޯބަރ 2019: ގައުމީ އެމްބިއުލާންސް ވިއުގައެެއް ގާއިމްކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން 25 ރަށަކަށް އެމްބިއުލާންސް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، މިއަދު ހަވާލުކުރި 25 އެމްބިއުލާންސްގެ ތެރެއިން 21 އެމްބިއުލާންސަކީ ޖަޕާނުން ހަދިޔާކުރި ޕެރަމެޑިކް ގޮތަށް ހުންނަ އެމްބިއުލާންސްތަކެއް--. ފޮޓޯ: ނިޝާން އަލީ/މިހާރު
21 ޖޫން 2021 - 19:44
ރާއްޖޭގައި ބޭނުންކުރާ އެމްބިއުލާންސްތައް ދުއްވައި ބެލެހެއްޓުމަކީ ހެލްތު މިނިސްޓްރީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަށް ހާއްސަ ވަކި މުއައްސަސާ އުފައްދަންޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި، މެމްބަރެއްގެ ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އެމްބިއުލާންސް ރަނގަޅަށް މެއިންޓެއިން ކުރެވޭނެ އިންތިޒާމެއް ނެތް ކަމަށެވެ. އެ ވެހިކަލްތައް ސާވިސްކުރާ އިރެއް އަދި ތެޔޮ ބަދަލުކުރާއިރެއް ނޭނގޭ ކަމަށާއި އެ މައުލޫމާތުތައް އެނގޭނެ ފައިލެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.
އެކަމަކު ނަސީމް ވިދާޅުވީ މާލޭގައި ބޭނުންކުރާ ހުރިހާ އެމްބިއުލާންސެއްގެ މައުލޫމާތު އެނގޭނެ ގޮތަށް ފައިލް ހަދާފައިވާ ކަމަށެވެ.
ރައީސް އޮފީހުގައި މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރު ނަސީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
"މިގޮތަށް އިންތިޒާމްކޮށްގެން ނޫނިއްޔާ މިކަމެއް ނުވާނެ. އަސްލު ހަގީގަތުގައި އެމްބިއުލާންސް ހިދުމަތާ ބެހޭ ވަކި މުއައްސަސާއެއް އުފެދެން ޖެހޭ. ހެލްތު މިނިސްޓްރީއަކުންނެއް އެކަމެއް ނުކުރެވޭނެ. އެ މުއައްސަސާ އުފެއްދުމަށް ވެސް އަޅުގަނޑު މިހާރު މި ދަނީ މަސައްކަތްކުރަމުން،" ނަސީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްބިއުލާންސަށް ހާއްސަ މުއައްސަސާއެއް އުފެއްދުމަށް ފިނޭންސް މިނިސްޓްރީގެ އިސްވެރިންނާ އެކު މިއަދު މަޝްވަރާކޮށްފައިވާ ކަމަށެވެ.
ނަސީމް ވިދާޅުވި ގޮތުގައި އެމްބިއުލާންސް ދުއްވައި ބެލެހެއްޓުމަކީ އެ މިނިސްޓްރީން ކުރަންޖެހޭ ކަމެއް ވެސް ނޫނެވެ. އެކަމަށް އުފައްދަންޖެހޭނީ މިނިވަން އިދާރާއެއް ކަމަށް ވެސް ވިދާޅުވި އެވެ.
މިގޮތަށް އިންތިޒާމްކޮށްގެން ނޫނިއްޔާ މިކަމެއް ނުވާނެ. އަސްލު ހަގީގަތުގައި އެމްބިއުލާންސް ހިދުމަތާ ބެހޭ ވަކި މުއައްސަސާއެއް އުފެދެން ޖެހޭ: ނަސީމް
ރަށްރަށުގައި ބޭނުންކުރާ އެމްބިއުލާންސްތައް ސާވިސްކުރަން ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މި ވަގުތު ވެސް ސާވިސްކުރުމަށް މާލެއަށް 13 އެމްބިއުލާންސް ގެނެސްފައިވާ ކަމަށެވެ. އެއީ، އޭގެ ކުރިން އެކަން ކުރާ ގޮތެއް ނޫންކަމަށް ނަސީމް ވިދާޅުވި އެވެ.
"އެ އެއްޗެހި ހަދާފައި މި ފޮނުވަނީ. އެއީ ވެސް ހައްލެއް ނޫން، މެއިންޓެއިންކޮށް ބެލެހެއްޓޭނެ އިންތިޒާމުތަކެއް ހަމަޖައްސަންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އެމްބިއުލާންސް ހިދުމަތުގެ ވާހަކަ އަލުން ދެކެވެން ފަށާފައި މި ވަނީ ކޮވިޑް ޕޮޒިޓިވް ވެގެން ގޭގައި ކަރަންޓީނުކޮށްފައި ހުރި 10 އަހަރުގެ ކުއްޖެއްގެ ހާލު ބޮޑުވެ ފަރުވާ ދޭން ހޮސްޕިޓަލަށް ގެންދިއުން ލަސްވެ މަރުވި މައްސަލައާ އެކުގަ އެވެ. އެ ކުއްޖާ ހޮސްޕިޓަލަށް ގެންދަން އެމްބިއުލާން ހޯދަން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ކޯލް ސެންޓަރަށް ގުޅައިގެން ދެ ގަޑިއިރު ވެގެން ދިޔައިރު ވެސް އެމްބިއުލާންސް ނުފޮނުވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުޕަރ
22 June 2021
ގޭ ކުއްޖަކަށް ކޮންމެވެސް ވަޒީފާއެއް ހަމަޖައްސާލާ. މިއީ ލެޕްޓޮޕަކާއެކު ސަރުކާރު ހިންގަން ބުނި މީހުނަށް ވާވަރަކީ. އިސްތިއުފާދީފަ ގެއަށްދޭ. ނަފްރަތު ބިލުގަ އެބައޮތްތޯ މިވެސް ނަފްރަތު އުފެއްދުމޭ.
ކަކުނިބޯ
22 June 2021
ޥުޒާރަޒަތުލް.އެމްބިޔުލާން އުފެދުނީ 2021 ޥުޒާރަޒަތުލް. ޙޮސްޕިޓަލް އުފެދުނީ 2021 ޥުޒާރަޒަތުލް.އެމްބިޔުލާންސް ގެ ސަޕޯޓްސްޓާފް ހެލްތް އުފެދުނީ 2022 ޥުޒާރަޒަތުލް.އެމްބިޔުލާންސް ގެ ސަޕޯޓްސްޓާފް ސްޓްރެޗަރ އުފެދުނީ 2023 ޥުޒާރަޒަތުލް.ޑޮކްޓަރ އުފެދުނީ 2024 ޥުޒާރަޒަތުލް.ނަރުސް އުފެދުނީ 2024 ޥުޒާރަޒަތުލް.އެޓެންޑެންޓް އުފެދުނީ 2024 ޥުޒާރަޒަތުލް.ހޮސްޕިޓަލް ކްލިނިންގ އުފެދުނީ 2024 ޥުޒާރަޒަތުލް.އެތެރެހަށިއަށް ހާއްސަ ޑރ އުފެދުނީ 2024 މިގޮތަށް ކުރިޔަށް ހަހަހަހަ
ސަރުކާނު
22 June 2021
މިނިސްޓްރީ އޮފް އެމްބިއލޭންސް މިނިސްޓްރީ އޮފް ޑްރައިވަރު މިނިސްޓްރީ އޮފް ހޮސްޕިޓަލް މިނިސްޓްރީ އޮފް އޮޕަރޭޝަން ތިއޭޓަރ މިނިސްޓްރީ އޮފް ނަރުސް މިނިސްޓްރީ އޮފް ހެލްތްސެންޓަރ މިނިސްޓްރީ އޮފް ހޮސްޕިތަލް ލޯންޑްރި މިނިސްޓްރީ އޮފް އެކްސްރޭ މިނިސްޓްރީ އޮފް ސީޓީ ސްކެން މިނިސްޓްރީ އޮފް އިހްމާލް ބަލާ މިނިސްޓްރީ އޮފް ހެލްތް އެންޑް ޑްރާމާ
މަވޯޓާ
22 June 2021
ވަކި މިނިސްޓްރީ އެއްހަދަންވީ.މިނިސްޓްރީ އޮފް އެމްބިއުލާންސް.އެއިރުން ރަނގަޅުވާނެ.އަދި އެތަނަށް 3 ނައިބުން،06 ޑެޕިއުޓީ މިނިސްޓަރުން 6 ކޯޑިނޭޓަރުން ވެސް ލާން ފެނޭ.އެއިރުން ކުޑަކޮށްވެސް ރަނގަޅުވާނީ...
ކީކޭ ބުނާނީ
21 June 2021
ވަކި އދާރާއެކޯ ނޫން, ބޭނުމީ ވަކި މިނިސްޓްރީއެއް.
ހަރުދުވެލި
21 June 2021
ރާއްޖޭގައި މިވަގުތު އުފައްދަން ޖެހެނީ އިންޖެކްޝަން ސަޕްލައި ޑިޕާރޓްމެންޓެއް ދެން ކޮންމެހެން ބޭނުންވަންޏާ ދަތުރު ފަތުރުގެ ނުވަތަ ޓްރާންސްޕޯރޓް ސެކްޝަނެއް އުފައްދާ ދިވެހި ރައްޔިތިންގެ ކާބޯތަކެތީގެ ކަށަވަރު ކަމަށް އެގްރިކަލްޗަރ މިނިސްޓަރީއެއް އުފައްދަން ޖެހޭ އަދި އުފައްދަން ޖެހޭ ވަރަށް މުހިންމު ބޯޑެއް ނުއުފައްދާ އެބަވޭ އަލް ފަޚާމަތުއްރައީސް އިބްރާހީމް ހުރިހާ ބޯޑެއް އެބަ އުފައްދާ ތަކެތީގެ އަގު ކޮންޓްރޯލް ކުރާ ބޯޑު ނޫނެންޏާ
ޞިތާރު
21 June 2021
މީގެ ކުރިންވެސް މިގައުމުގަ އެމްބިއުލާންސް ދުއްވި. ޥވަކި މުއައްސަސާއެއް އޮތްތަނެއް ނުފެނޭ. އެމްބިއުލާންސް ދުއްވަންވަކި މިނިސްޓްރީއެއް. އޮޕަރޭޝަން ތިއޭޓަރަށް ވަކި މިނިސްޓްރީއެއް. މީހުން ވިއްސަން ވަކި މިނިސްޓްރީއެއް. ދެން ކަލޭކުރާނީ ކޮންކަމެއް އޭރުން
އޮއިލްޗޭންޖު މިނިސްޓަރ
21 June 2021
މިނިސްޓަރ އޮފް އެންބިއުލޭންސް އެންޑް މެއިންޓެނެންސް އެންޑް އޮއިލްޗޭންޖު ދޯ ތިބުނާ އިދާރާގެ ވެރިއަކަށް ކިޔުއްވާނީ؟
މަސްވެރިޔާ
21 June 2021
ހެލްތު މިނިސްޓްރީއަށް މިނިސްޓަރަކު ގެންގުޅެވިދާނެހެން ހީއެއްނުވޭ. އެކަމަށްވެސް މުއައްސަސާއެއް ބޭނުންވާނެ. ނޫނީ ފެވަރުހުރި ކަންކުރެވޭ މިނިސްޓަރެއް.
ސަރުދާރުު
21 June 2021
އެބުނާހެން ނަސީމަށް މިނިސްޓްރީ އޮފް އެންބިއުލެންސް ހަދާފަ އެންބިއުލެންސް މިނިސްޓަރ ކަންދީ. ހެލްތުގެ ސްކޯޕް މާބޮޑު ނަސީމުގެ އުމުރާ ހެލްތަށް ބަލާފަ މިހާރު