ޚަބަރު / ކޮވިޑް-19

ސިއްހީ ހިދުމަތްދޭ ކޮންމެ ތާކުން ވެސް ކޮވިޑުގެ އިމަޖެންސީ ކޭސްތަކުގައި އެމްބިއުލާންސް ފޮނުވަނީ

ރަށްރަށަށް ފޮނުވަން ރާއްޖެ ގެނެސްފައިވާ އެމްބިއުލާންސްތަކެއް: ފޮޓޯ: ނިޝާން އަލީ/މިހާރު

ކޮވިޑު-19ގެ އިމަޖެންސީ ހާލަތެއްގައި އެމްބިއުލާންސް ހޯދަން ސިއްހީ ހިދުމަތްދޭ އެއްވެސް ތަނަކަށް މީހަކު ގުޅައިފި ނަމަ އެ ވެހިކަލް ފޮނުވަންޖެހޭ ޖެހޭގޮތަށް އުސޫލު ބަދަލުކުރަން ނިންމައިފި އެވެ.

ދިހަ އަހަރުގެ މިޝްކާ މުހައްމަދަށް ފަރުވާ ދިނުން ލަސްވެ މިދިޔަ ބުދަ ދުވަހުގެ ރޭ ނިޔާވި މައްސަލައިގައި ހެލްތު މިނިސްޓްރީއަށް އަމާޒުވި ބޮޑެތި ފާޑުކިޔުންތަކަށްފަހު އެކަން ހިނގައިދިޔަ ގޮތުގެ ރިވިއުއެއް ހަދައި ރޭ އާއްމުކޮށްފައި ވެ އެވެ. އޭގައި، އެ ފަދަ ދެ ވަނަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާކަން ހާމަކޮށްފައި ވެ އެވެ.

އެ ރިވިއުގައި ބުނިގޮތުގައި، ކޮވިޑުގެ ބަލި މީހަކު އިމަޖެންސީ ހާލަތުގައި އެމްބިއުލާންސް ހޯދަން ސިއްހީ ހިދުމަތްދޭ އެއްވެސް ތަނަކަށް ގުޅައިފިނަމަ އެ ތަނަކުން އެމްބިއުލާންސް ފޮނުވަންޖެހޭނެ ގޮތަށް އުސޫލުތައް ކަނޑައެޅައި އެކަން ސިއްހީ ހިދުމަތްދޭ ފަރާތްތަކަށް އެންގުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މިހާރު އޮންނަގޮތުން، ކޮވިޑުގެ ބަލި މީހަކު އިމަޖެންސީ ހާލަތުގައި ސިއްހީ ފަރުވާ ބޭނުންވެއްޖެ ނަމަ އެކަން އަންގަންޖެހޭނީ އެޗްއީއޯސީއަށެވެ. އެމްބިއުލާންސް ފޮނުވައި ހޮސްޕިޓަލާ ހަމައަށް ފޮނުވުމުގެ ހުރިހާ ކަމެއް ކުރާނީ އެ ސެންޓަރުންނެވެ. ނަމަވެސް އޭޑީކޭ ހޮސްޕިޓަލަށް ގުޅުމުން އެ ހޮސްޕިޓަލުން ވެސް ފާއިތުވި ދުވަސްތަކުގައި ކޮވިޑް ބަލީގެ 45 ވަރަކަށް މީހުން އެކި ތަންތަނަށް ގެންގޮސްދީފައި ވެ އެވެ.

އިމަޖެންސީ ހާލަތުގައި އެމްބިއުލާންސްގެ ހިދުމަތްދޭ ގޮތަށް ބަދަލުތަކެއް ގެންނައިރު، މިޝްކާގެ ހާލަތު ސީރިއަސްވެ އެކަން އެޗްއީއޯސީގެ ކޯލް ސެންޓަރަށް އެންގިއަސް އެމްބިއުލާންސް ފޮނުވާފައިވަނީ ދެ ގަޑިއިރާއި 26 މިނެޓު ފަހުންނެވެ.

އެ ގޭ ދޮށަށް އެމްބިއުލާންސް ދިއުން މާބޮޑަށް ލަސްވާތީ އެންމެ ފަހުން އެ ރޭ 11:27 ގައި، އެޗްއީއޯސީ ހިންގާ، ދަރުބާރުގެ އަށް އާއިލާގެ ފަރާތުން މީހަކު ފޮނުވި އެވެ. އެމްބިއުލާންސަށް ގޭދޮށަށް ދެވުނީ އޭގެ 11 މިނެޓު ފަހުންނެވެ. އޭރު ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް ރިވިއުގައި ބުނެ އެވެ.

މިޝްކާ އަށް ދިމާވި ފަދަ ދެރަ ގޮތެއް ތަކުރާރުވިޔަ ނުދޭން އެޗްއީއޯސީގެ މެޑިކަލް ރެސްޕޮންސް މިހާރު ހިނގަމުންދާ ގޮތް ބަދަލުކުރަން ނިންމައި އިމަޖެންސީ ކޯލްތައް ކެޓަގަރައިޒްކޮށް އެ ކޯލްތަކާ މެދު އަމަލުކުރާ ގޮތް މޮނިޓަކުރަމުން ގެންދަން މިހާރު ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން އިމަޖެންސީ ކޭސްތަކުގެ މައުލޫމާތު ކަމާބެހޭ ކްލަސްޓާ އަށް ވަގުތުން ލިބޭނެ ގޮތް ހަދައި އަދި އެ ކަންކަމަށް ޑޮކްޓަރުން ވަގުތުން އެޓެންޑްވާކަން ކަށަވަރުކުރާނެ އެވެ.

23 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 10%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާދަންކޮއެ

05 June 2021

ރާއްޖޭގެ ޞިއްޙީ ނިޒާމް ފެއިލްވެ ފުނޑިއްޖެ

The name is already taken The name is available. Register?

އަރުތަ

05 June 2021

ރާއްޖޭގެ ސިއްޙީ ނިޒާމު ފެއިލްވެ ފުނޑިއްޖެ ކަމަށް ބުނީމަ ހީވަނީ، ފުނޑުނީ މިއަދުހެން، އެކަމަކު ޙަޤީޤަތަކީ ރާއްޖޭގެ ސިއްޙީ ނިޒާމު ނުފުނޑޭ އެއްވެސް އިރެއް އަހަރުމެން ނުދެކެން، ބޮޑު ބަލިމަޑުކަމެއް ދިމާވެ މުޅި ދުނިޔެ އެބަލީގަ ކުޑަކަކޫމައްޗަށް ތިރިވީމަ ތިޔަބުނާ "ފުނޑުން" އޮތްމިންވަރު އިހުސާސު ކުރެވޭ މިންވަރު ވަރަށް ބޮޑުވާނެ އެއީ މިވާގޮތަކީ، ސިއްޙީ ނިޒާމު ނުފުނޑޭ އެއްވެސް އިރެއް ބުނެބަލަ.

The name is already taken The name is available. Register?

ފައިވް

05 June 2021

މިއޮތް ހުރިހާ ދުވަހު ކޮވިޑްގެ ކަންކަމުގައި ހަދާފައިވާ އެސްއޯޕީތަކަކީ ބަދަލުނުވެ އޮތް އެއްޗެއް ކަމަށް ބެލެވެނީ. އެތައް ކަމެއް ގޯސްކޮށް ވަމުންދިޔައިރު އެކަންކަން ބަލާނެ ބަޔަކު ނެތި ބެލިފައި ނެތްކަން ތިކަމުން އެނގެނީ. ޚާއްސަކޮށް މީހުން މަރުވާ ރޭޓް މިދިޔަ މަހު ގިނަވިއިރުވެސް ސަބަބުތައް ބަލާ ދިރާސާ ނުކުރާކަން އެއެނގެނީ. ކުރީގެ މިނިސްޓަރު ހަދާފަ ހުރި ގަވައިދުތަކެއް މިހާރުގެ މިނިސްޓަރު އައިސް އެއްވެސް ވަރަކަށް ނުބަލާ އެ ބަދަލުނުކުރާކަން އެނގިގެންދިއައީ

The name is already taken The name is available. Register?

ނޫޅެން

05 June 2021

ރިޕޯޓް ނެރެފަ މަތި އޮމާންކުރަން މިކަން ބަދަކުލުރީ އެކަން ބަދަލުކުރީ ކިޔާފަ ދޮގުހަދާ އޮޅުވާލީމަ ތި ނިމުނީ. އެންމެ ދަށުން މަސައްކަތް ކުރަން ތިބި މީހުން ބޮލަށް ކަނޑާލާފަ ތިބޭ. ގަވާއިދުތަކާ ޕްރޮސީޖަރތައް ހަދާ އެކަންކަން ދަނީ ރަނގަޅަށްތޯ ބަލަން ބޮޑުމުސާރަދީފަ މަޤާމުތަކުގަ ތިބި އެއްވެސް މީހެއްގެ ޒިންމާއެއް އޮތްކަމަކަށް ނުވާނެ ދުވަހަކުވެސް

The name is already taken The name is available. Register?

ބޮޑުމީހާ

05 June 2021

މައްސަލައަކީ އަހަރުމެން ރައްޔިތުން. ގާބިލު މީހާ ބަހައްޓާފަ ވޯޓު ދޭނީ ޕާޓީ މީހާއަށް، ރައްޓެއްސަށް، އާއިލާ މީހާްަށް، އެންމެ ގިނަ ފައިސާ ދޭ މީހާއަށް. މިހާރުގެ ރައީސަކީ އޭގެ މިސާލެއް. ޕާޓީއަކުން ދެއްކީތީ އިލްމެއް، ހިލްމެއް، ތަޖުރިބާއެއް ނުބަލާ ވޯޓު ދީފަ ހޮވާފަ އެހުރީ. އެގޮތަށް މެމްބަރުންވެސް

The name is already taken The name is available. Register?

އަރުތަ

05 June 2021

ތީއަބަދުވެސް ތިކަން އޮންނަގޮތް، އަދި ކުރިއަށް އޮތްތަނުގަވެސް ތިކަން ހިނގާނީ ހަމަ ތިމޭރުމުން، ޝައްކެއްވެސް ކުރާނެކަމެއްނެތް. އެނެޖީޑްރިންކް ދަޅަކާ ސިގިރެޓް ފޮށްޓަކަށް ވިކޭ ބަޔަކު އުޅޭތަނެއްގަ އެއީ ވަރަށް ފަސޭހަ ކަމެއް.

The name is already taken The name is available. Register?

ރަދުން999

05 June 2021

ހާދަ ހިތާވެރި ހާދިސާއެއް. ހާދަ ބޮޑު އިހްމާލެއްތީ. ފެންނަފެނުމަށް ކޮންމެ ރައްތިތަކަށް އެމްބިއުލަންސެއް އޮވޭ. ނިސްބަތުން ރާއްޖޭގައި އެމްބިއލަންސް ގިނަވާނެކަމަށް ބެލެވޭ. ފަރުވާ ކުޑަކަމުން ތިކުއްޖާ ތިޔަ މަރުވީކަމަށް ބެލެވެނީ. ތިޔައީ ގެއްލުމުގެ ބަދަލަކުން ހަމަޖެހޭވަރުގެ ކަމެއްނޫން، އިހްމާލިވި ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަލާންފެނޭ. ކޮވިޑްއޭކިޔާފަ ތިކަހަލަ ކިތައްމަރު ހިނގައިފިތޯ. އަދިވެސް ލޮކްޑައުން ހިފައްޓާނަމަ ތިކަހަލ ކަންތައް ރިޕީޓްވާނެ.

The name is already taken The name is available. Register?

އާދެ

05 June 2021

ލޮކްޑައުންގެ ސައިޑްއިފެކްޓްސްގަ މަރުވާ މީހުންގެ މަރުތައްވެސް ދިރާސާކުރެވުނީމަ އެކަންކަން ފެންނާނީ. ނަފްސާނީ ބަލީގެ ކިތައް ކޭސް އުފެދިއްޖެތޯ ބަލައިފިއްޔާ ހައިރާންވާހާ ގިނަވާނެ ކަމަށް ލަފާކުރެވޭ.

The name is already taken The name is available. Register?

އަރުތަ

05 June 2021

ލޮކްޑައުން ނުހިފައްޓާ އެމީހަކު ބޭނުން ގޮތަކަށް އުޅެން ދޫކޮށްލީމަ ހައްލުވާނެބާ! އޭރުންވެސް ގޯސްވާނީ.............

The name is already taken The name is available. Register?

އަރުތަ

06 June 2021

"ފެންނަފެނުމަށް ކޮންމެ ރައްތިތަކަށް އެމްބިއުލަންސެއް އޮވޭ". ތިބުނީ ރަށުގެ ކޮންމެ ފެމިލީއަކަށް "ފެމިލީޑޮކްޓަރ" އެއް ފޮނުވިގޮތަށް އުތަ، އަދުރޭ ބުނީ މައުނަވީ ގޮތެއްގަ ކޮންމެ ފެމިލީއަކަށް ޑޮކްޓަރެއް ހުންނާނީ ފޮނުވާފަ ކަމަށް.

The name is already taken The name is available. Register?

ރައްޔިތުސޮރު

05 June 2021

ކޮބާ ތުއްތުކުއްޖާގެ މަރުގެ ޒިންމާވާންޖެހޭ މީހަކު ނުވާގޮތަށް ކޭސް ފައިލްކޮށް މައްސަލަ ނިމުނީދޯ! އެހެންދޯވާނީވެސް. ދިވެހިރާއްޖޭގެ ރަސްގެފާނު ލާދީނީ ބިލާބެހޭގޮތުން ނެރުއްވި ޚުތުބާ ފައްޓަވަމުންވެސް "ކެރެފާ" މި މާތް ބަސްފުޅު ވަނީ ބޭނުން ކުރައްވާފަ. މި ޤަޢުމުގެ އަދުލު އިންސާފަކީ "އޯލް އެނިމަލްސް އާރ އީކްއަލް ބަޓް ސަމް އެނިމަލްސް އާރ މޯރ އީކްއަލް ދެން އަދާރސް" ގެ ޤާނޫނު!

The name is already taken The name is available. Register?

ދިވެހީން

05 June 2021

ތިކަން ކުރެވިދާނެ ކަމަކަށް ނުފެނޭ ނަމަވެސް ސިޔާސީ މީހަކު ބަލިވެއްޖިއްޔާ ތިއެމްބިއުލާންސް ދާނެ ނުގުޅިޔަސް އަދި ޑޮކުޓަރުންވެސް ދާނެ އޮފްޑިއުޓީގަ ތިއްބަސް އާންމު ރަތްޔިތުން ނަށް އޮންނާނީ ތިކަމާބެހޭ މީހުނަށް އަންގައިފިން ، ކުރިޔަށް ދަނީ އޮންނަ އުސޫލުން ދާނެ މިކަހަލަ އަޑުއަހަން ތިބުން !!!!!!!!!!!!!

The name is already taken The name is available. Register?

ޢާދީ

05 June 2021

އުސޫލު ބަދަލުކުރަން ކިތައް މަސް ނަގާނެ

The name is already taken The name is available. Register?

އުދުހޭ

05 June 2021

އެހައްދުވަހަކު މީހަކު ޖަރުމަނަށް ފުރަންދިޔައިރު އޭނާ ދަތުރުކުރިކާރާއެކު ދިޔަ 2 އެމްބިއުލަންސް. އެއީ އެމެޖެންސީއެއްވެސް ނޫން. އެކަމަކު އެމެޖެންސީގަ ބަލިމީހުން ގެންދާނެ އެމްބިއުލެންސެއް ނެތޯ. ތާހިރެއްނުން

The name is already taken The name is available. Register?

އިމާޖެންސީ

05 June 2021

މައްސަލައަކީ މިހާރު އެންބިއުލާންސް ބޭނުންކުރަނީ ބަލި މީހުން އުފުލާކަށްނޫން ގިނަފަހަރު. މިދިޔަ އަހަރުގެ ރޯދަމަހު ސައިރެން އަޅުވާފަ މިގޭ މަގުން އައި އެންބިއުލާންސް ހުއްޓާލާފަ އޭގެން ފޭބީ ދަރުބާރުގޭގަ މަސައްކަތް ކުރާމީހެއް. އޭނަ ފައިބައިގެން ގެއަށްވަދެ ދެން އައީ ރޯދަ ވީއްލާ ޕެކެޖު ހިފައިގެން. މީތޯ އެންބިއުލާންސްގެ ބޭނުމަކީ. މުވައްޒަފުން ތަންތަނަށް ގެންދަން ޓެކުސީ ހިފާފަ ބާއްވަންވީނުން. ސާންޕަލް ނަގަން ދާންޖެހެނީވެސް އެންބިއުލާންސްގަ ތަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454