ޚަބަރު / ކްރިމިނަލް ކޯޓް

އާގިލްގެ މަރު: މިއަދުވެސް ހެކިބަހެއް ނުނެގުނު؛ މި އަހަރު ނިމުމުގެ ކުރިން މައްސަލަ ނިންމަނީ

އާގިލްގެ މަރުގެ މައްސަލައިގައި ދައުވާ ކުރާ ހަމްދޫން ހަމްޒަތު، އަލީ މިޖުވާދު މާލިކު އަދި އިބްރާހިމް ވިޝާމް (ވ-ކ) --

އެމްއެމްއޭ ކައިރީގައި، އުމުރުން 19 އަހަރުގެ އިބްރާހިމް އާގިލް މަރާލި މައްސަލައިގެ ޝަރީއަތް ނިންމައި މި އަހަރު ނިމުމުގެ ކުރިން ހުކުމް ކުރައްވާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވެއްޖެ އެވެ.

ގދ. ފަރެސްމާތޮޑާ، އާގިލް އަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލީ އޮގަސްޓް 31، 2018 ގައި، އޭނާ ވ. ފެލިދޫން މާލެ އައި ލޯންޗަކުން އެއް ނަމްބަރު ފާލަން ސަރަހައްދަށް ފޭބިތަނާ އެތަނުގައި ތިބި ބަޔަކު އޭނާއަށް ވަޅިން ހަމަލާ ދީގެންނެވެ.

އެ މައްސަލާގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން ކުރަނީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި، އައްޑޫ ހިތަދޫ، ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކްގެ މައްޗަށެވެ. އަދި އެކަމަށް އެހީތެރިވިކަމުގެ ދައުވާ، ހއ. ދިއްދޫ، ސްނޯބޯޑް އިބްރާހިމް ވިޝާމްގެ މައްޗަށް ކުރެ އެވެ.

މިއަދުގެ އަޑުއެހުމަކީ ދައުލަތުގެ ސިއްރު ހެކިވެރިންގެ ހެކިބަސް ނަގަން ތާވަލު ކުރި އަޑުއެހުމެކެވެ. ނަމަވެސް، ކުރީގެ ދިފާއީ ވަކީލެއްގެ ބަދަލުގައި އެހެން ވަކީލަކު ހަމަޖައްސަން ދިން މުއްދަތުގައި ވަކީލަކު ހަމަޖައްސާފައިވާކަން ދައުލަތަށް އަންގާފައި ނުވާތީ ދައުލަތުގެ ސިއްރު ހެކިވެރިން މިއަދު ހާޒިރެއް ނުކުރެ އެވެ. އެހެންވެ، ޝަރީއަތުގެ ބައި ކުރިއަށްނުގެންދެވުނެވެ.

މީގެ ކުރިން ވެސް ހެކިބަސް ނަގަން އެކި ފަހަރު އަޑުއެހުންތައް ތާވަލުކުރި ނަމަވެސް، އެކި ސަބަބުތަކާ ހެދި އެކަން ކުރިއަށްގެންދެވޭ ގޮތް ވަނީ ނުވެފަ އެވެ. މިހާތަނަށް މައްސަލައިގައި ނެގިފައި ވަނީ ތިން ހެކިވެރިއެއްގެ ހެކިބަހެވެ. އެހެންވެ މިއަދު ދައުލަތުން ވަނީ މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލުމަށް އެދިފަ އެވެ.

ހެކިބަސް ނެގުމުގެ ހަތަރު އަޑުއެހުމެއް މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް މިއަދު ތާވަލުކުރެއްވި އެވެ. އެއީ ސެޕްޓޭމްބަރު 20، އޮކްޓޯބަރު 3، އޮކްޓޯބަރު 17 އަދި ނޮވެމްބަރު 4 އަށެވެ. އަދި ހުލާސާ ބަޔާން 25 ނޮވެމްބަރުގައި އިއްވައި، 13 ޑިސެމްބަރު ހުކުމް ކުރާ ގޮތަށް ވެސް ތާވަލު ކުރި އެވެ.

އެމްއެމްއޭ ކައިރިން ތޫނު އެއްޗެހިން ހަމަލާދީ މަރާލި އިބްރާހިމް އާގިލް --

މިގޮތަށް ތާވަލު އެކުލަވާލި ނަމަވެސް، ފަހުން ދިމާވާ ސަބަބަކާ ހެދި އަޑުއެހުމެއް ފަސްކުރަން ވެސް ޖެހިދާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ދިފާއީ ވަކީލުން ވެސް ވަނީ މިއަދު އެކުލަވާލި ތާވަލާއި އެހެން މައްސަލަތަކުގެ ތާވަލު ފުށުއަރާ ނަމަ ކޯޓަށް އަންގާނެ ކަމަށް ވިދާޅުވެފަ އެވެ.

މައްސަލަ ދިގުލައިގެންދާ ކަމުގެ ކަންބޮޑުވުންތައް ހުރުމުން ގާޒީ އަލީ އާދަމް ވިދާޅުވީ، މައްސަލަ ވީހާ ވެސް އަވަހަށް ނިންމަން މަސައްކަތް ކުރައްވާ ކަމަށެވެ. ބައެއް އަޑުއެހުންތައް ފަސް ކުރަން ޖެހިދާނެ ކަމަށް ވިދާޅުވި ނަމަވެސް، މި އަހަރު ނިމުމުގެ ކުރިން ހުކުމް ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މައްސަލަ ދިގުލައިގެންދާތީ ވިޝާމްގެ ބަންދަށް ލުޔެއް ދޭން އޭނާގެ ވަކީލު މިއަދު އެދިވަޑައިގަތެވެ. ވިޝާމްގެ ތިން ދަރިން ތިބޭ ކަމަށާއި، އާއިލާގެ އިސް ބެލެނެވެރިއާ އަކީ އޭނާ ކަމަށް ވަކީލު ވިދާޅުވި އެވެ. އޭނާ ބަންދުކޮށްފައި ހުރުމުން އާމްދަނީގެ ދަތިކަން ދިމާވެ، އާއިލާ އުޅެނީ ހާލުގައި ކަމަށް ވެސް ވިދާޅުވި އެވެ. ވާހަކަ ދައްކަން ވިޝާމަށް ދިން ފުރުސަތުގައި އޭނާ ވެސް ވަނީ ކިތަންމެ ބޮޑު ޝަރުތެއް ކޮށްފައި ނަމަވެސް ބަންދަށް ލުޔެއް ދޭން އެދިފަ އެވެ.

ނަމަވެސް، ގާޒީ އާދަމް ވިދާޅުވީ މައްސަލައިގެ ބާވަތައް ބަލައި ބަންދަށް ލުޔެއް ދޭންޖެހޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ތުހުމަތު ކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ވިޝާމް ދޫށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮވެދާނެ ކަމަށެވެ.

އާގިލް މަރާލިތާ ދެ މަސް ފަހުން މާލޭގައި އޮޓޯ ގަރާޖު ކައިރީގައި އުމުރުން 14 އަހަރުގެ އިސްމާއިލް ޝައްފާން މަރާލި އެވެ. ފުލުހުން ބުނެފައި ވަނީ މި ދެ މީހުން ވެސް މަރާލީ މާލޭގައި ހިންގި ސިލްސިލާ ގޭންގު މާރާމާރީތަކެއްގައި ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޓަކިޔާ ގެންޖީ

19 August 2021

ދަރިންނާއި އަނބިމީހާއާ މެދު ކުރިން ނުވިސްނާލީ ކީއްވެ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454