"އެއާ ޗެލެންޖު" ގެ ފުރަތަމަ މަރުހަލާ ކާމިޔާބުކުރި ކެޔޮދޫ ސްކޫލުގެ ދަރިވަރުންނަށް އިނާމު ހަވާލުކުރުން.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
13 ސެޕްޓެމްބަރ 2021 - 12:42
ޕްލާސްޓިކް ބޭނުންކުރުން ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ސްކޫލުތަކަށް އަމާޒުކޮށްގެން ޕާލޭ މޯލްޑިވްސް އާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ "އެއާ ޗެލެންޖު" ގެ ފުރަތަމަ މަރުހަލާ ވ. ކެޔޮދޫ ސްކޫލުން ކާމިޔާބުކޮށްފި އެވެ.
އެ ސްކޫލްގެ ދަރިވަރުން އިއްޔެ ވަނީ 12،000 ކިލޯ އަށް ވުރެ ގިނަ ޕްލާސްޓިކު ކިރައި އެ ޗެލެންޖް ފުރިހަމަކޮށްގެން ހަދިޔާއަކަށް އައުޓްޑޯ ސައުންޑް ސިސްޓަމެއް ހޯދައިފަ އެވެ.
ތިން މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޗެލެންޖުގައި ބަލަނީ އުކާލާ ޕްލާސްޓިކް އެއްކޮށް، ސިންގަލް ޔޫސް ޕްލާސްޓިކްގެ ބަދަލުގައި އެހެން ތަކެތި ބޭނުންކޮށް އަދި ތިމާވެއްޓަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގުމަށެވެ. މި ޗެލެންޖުގެ ކޮންމެ މަރުހަލާއެއްގައި ޕޮއިންޓް ދޭ ގޮތަށް ވަކި ޓާގެޓެއް ވަނީ ކަނޑައަޅައިފަ އެވެ. އަދި އެންމެ ފުރަތަމަ އެ ޓާގެޓް ހާސިލުކުރާ ސުކޫލަކަށް، އެ މަރުހަލާއަކުން އެއް ވަނަ ލިބޭނެ އެވެ.
މި ޗެލެންޖުގެ ދަށުން ފުރަތަމަ މަރުހަލާގައި ކެޔޮދޫ ސްކޫލްގެ ދަރިވަރުން ވަނީ 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް 12،795 ކިލޯގެ ޕްލާސްޓިކު އެއްކޮށްފަ އެވެ. އެ ސްކޫލަށް ޕޮއިންޓް ގިނައިން ލިބުނު އިތުރު ކަންކަމުގެ ތެރޭގައި ޕްލާސްޓިކާ ދެކޮޅަށް ކޮށްފައިވާ ގިނަ މަސައްކަތްތައް ވެސް ހިމެނެ އެވެ.
ޖެނުއަރީގައި ފެށި މި ޗެލެންޖުގެ މަގުސަދަކީ ޕްލާސްޓިކް ބޭނުންކުރުން ހުއްޓުވުމާއި ކުނީގެ ގޮތުގައި ވެއްޓަށް ޕްލާސްޓިކް ދިޔަނުދީ ހިފެހެއްޓުމުގެ އިތުރުން ޕްލާސްޓިކާ ނުލައި ކަންކަން ކުރެވޭނެ ގޮތަކަށް ދަރިވަރުންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމަށް ހިތްވަރުދިނުމެވެ.
ޕްލާސްޓިކު ބޭނުންކުރުން ހުއްޓުވުމަށް ރާއްޖޭގެ ސްކޫލްތަކުގައި, ޕަރލޭ މޯލްޑިވްސް އިން ހިންގާ "އެއަރ ޗެލެންޖް" ޙަރަކާތުގެ ފުރަތަމަ މަރުހަލާ އެންމެ ފުރަތަމަ ކާމިޔާބު ކުރީ އަޅުގަނޑުމެން ސްކޫލުން، @aisthly @parleymv @MoEdumv pic.twitter.com/fbIhqbwzRh
— Keyodhoo School ކެޔޮދޫ ސްކޫލް (@keyodhuschool) September 12, 2021
މި އިނާމު ދަރިވަރުންނާ ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.
ކެޔޮދޫ އަށް ކުރެއްވި ދަތުރުގައި މިނިސްޓަރު ވަނީ އެ ރަށުގެ ސްކޫލާއި މުއައްސަސާތަކާއި ޖަމިއްޔާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ.
ޕާލޭ އިން އިންތިޒާމުކޮށްގެން އިއްޔެ ވަނީ ކެޔޮދޫ ސްކޫލްގެ ދަރިވަރުންނަށް ސްނޯކްލިން އިވެންޓެއް ވެސް ބާއްވައިފަ އެވެ. މިނިސްޓަރު ވެސް ބައިވެރިވެވަޑައިގެންނެވި މި އިވެންޓުގައި ސްނޯކްލިން އަށް ދިޔައީ މިހާރު ވަރަށް މަޝްހޫރު ސައިޓެއް ކަމަށްވާ ކެޔޮދޫ ކައިރިން އަޑިއަށް ގޮސްފައި އޮންނަ ބޯޓު ކައިރިއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާހް
13 September 2021
މަރުހަބާ..
އޮނަރަބްލް އަފީފު ދީދީ
13 September 2021
ކިޔެވުމުގެތެރެއިން ކުދިން ތަރުބީއްޔަތުކުރުމަށް އިޖްތިމާއީ މަސައްކަތްކުރުވަން ތާއީދުކުރަން. # އެހެންނަމަވެސް "ރަށެއްގެސުކޫލަކަށް ބޭނުންވާ ސައުންޑްސިސްޓަމް ހޯދަން" ނުރައްކާތެރި ކުނިބުނި ޖަމާކުރުމަށް ތުއްތުކުދިން ނެރުމަކީ ކޮށްގެންވާނެ ކަމެއްނޫން. # ތައުލީމީ ވަޒީރު މިފަދަކަންކަން ފާހަގަކުރައްވާއިރު ކީއްވެގެންތޯ ކެބިނެޓްގައި އިންނަވައިގެން ރާއްޖޭގައި ޕެޓްބޮޓަލް އުފައްދާފަރާތްތަކުން ޕްލާސްޓިކް ރިސައިކަލް ޕްލާންޓް ބަހައްޓާން ވަކާލާތު ނުކުރައްވަނީ؟!
ގުދުގުދާބެއްޔާ
13 September 2021
ތިޔައީ އައުޓްޑޯ ސައުންޑް ސިސްޓަމްއެއް ނޫން! ތިޔައީ ކަރޯކޭ ސިސްޓަމްއެއް ތިޔަ ސިސްޓަމްގައި ފެންނަން އެހެރީ ކަރޯކޭ އެލްސީޑީ ސްކްރީން އެއް!
ޙަސަނަ
13 September 2021
ޕްލާސްޓިކް އަޅާކަށްނު ވީ، އަޅާފަ އެ ހޮވައިގެން ބޮޑެތި އިނާމުތައްް. ބޯހަލާކު
ހަސީނާ
13 September 2021
ޗެލެންޖޭ ކިޔާފައި ސުކޫލު ކުދިން ލައްވާ ގޮނޑު ހޮވަނީ ތިޔާ.
އައިސީއައިސީ
13 September 2021
ބާރަހާއް ކިލޯގެ ޕްލާސްޓިކް ހިލޭ އަމިއްލަ ކުންފުންނަކަށް ދީގެން 5 ހާސް ރުފިޔާގެ ސައުންޑް ސިސްޓަމެއް ދިނުން އެއީ ދެން ކެޔޮދޫ މީހުންނަށް އޮޅުވާލެވޭނެ ތިޔާ ކަން ވަރަށް ރަނގަޅަށް އެކަމަކު ޕްލާސްޓިކް ހިލޭ ހޯދަނީ ތިޔާ ކުންފުނިން ވިޔަފާރި އުސޫލުން އެކްސްޕޯރޓް ކޮށްގެން ހިންގާ ބޮޑު ވިޔަފާރި ގަނޑެއް ނޫންތޭއެއީ ބޮޑު ފައިދާ އެއް އެއިން ވެއޭ ކޮންމެ ޓަނަކަށް 5 ހާސް ޑޮލަރު ލިބެއޭ އެކްސްޕޯރޓް ކުރުމުން މީ މަމެން ނުދަންނަ ކުޅި އެއް ނޫނޭ އިނގޭތޭ...