މި އަހަރުގެ ކުރީކޮޅު އިއުލާންކޮށް، ބަތަލާ ކަރީނާ ކަޕޫރަށް ހުށަހެޅި ބޮޑު ފިލްމު "ސީތާ: ދި އިންކާނޭޝަން" އަށް އޭނާ ބޮޑު ފީއަކަށް ޑިމާންޑްކުރުމުން ބަތަލާ ކަންނަގާ ރަނާތަވަށް ފިލްމު ދީފި އެވެ.

އެކަން ފިލްމުގެ ޑައިރެކްޓަރު އަލޯކީކް ދެސާއީ އާއި ޕްރޮޑިއުސަރު ސަލޯމީ ޝަރުމާ ވެސް ކަށަވަރުކޮށް ދީފައިވެ އެވެ. ކަންގަނާ އަށް "ސީތާ" ކުޅެން ލިބުނީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އޭނާގެ އެންމެ ފަހުގެ ފިލްމު "ތަލައިވީ" ގައި ދެއްކި އެކްޓިން އަށް ގިނަ ބައެއްގެ ތައުރީފު ވެސް އޮހެމުން އަންނަނިކޮށެވެ.

ކަންގަނާއާ އެކީ ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށް ޑައިރެކްޓަރު އަލޯކީކް ބުނީ ފިލްމަކަށް ކަންގަނާ ގެނެވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އެއްވެސް ސަބަބަކާ ހުރެ ފިލްމަށް ކަރީނާ އެއްބަސްނުވެއްޖެ ނަމަ، ބަަތަލާއަކަށް ދެން ނަގާނީ އާލިއާ ބަޓް ކަމަށް ބައެއް މީޑިއާތަކުން ކުރިން ބުނެފައިވެ އެވެ. ނަމަވެސް ކަންގަނާ އަށް ފިލްމު ދިނީ "ތަލައިވީ" އިން އޭނާގެ މޮޅުކަން އިތުރަށް ނުފެނުމުންނެވެ.

ކަންގަނާ އަކީ ބޮލީވުޑް ބަތަލާއިންގެ ތެރެއިން އެންމެ އަގު ބޮޑުކޮށް ފިލްމު ކުޅޭ އެކަކެވެ. އެހެންވެ "ސީތާ" އަށް އޭނާ އެއްބަސްވާނީ ވެސް ޑިމާންޑްކުރި ވަރުގެ އަގެއް ފިލްމުން ޓީމުން ދެން އެއްބަސްވުމުން ކަމަށް ގަބޫލުކުރެވެ އެވެ.

މި ފިލްމު ހަދާ އެސްއެސް ސްޓޫޑިއޯ އިން ޕްރޮޑިއުސަރު ސަލޯނީ ބުނީ އޭނާ އަކީ ވެސް އަންހެނަކަށްވެފައި، އަންހެން ކެރެކްޓާއަކަށް ހަދާ ފިލްމަކަށް ކަންގަނާ ވަރުގެ މޮޅު ބަތަލާއަކު ގެނައުމަށް ވުރެ ބޮޑު އުފަލެއް ނެތް ކަމަށެވެ.

ސީތާ" އަކީ "ތަލައިވީ" ގެ އިތުރުން ކަންގަނާގެ 2019 ގެ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ވެސް ލިޔުނު ކޭވީ ވިޖެންދުރަ ޕްރަސާދުގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ.

ކަންގަނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދާކަޅް" އާއި "ތޭޖާސް" އާއި "އިމަޖެންސީ" އަދި "މަނިކަރްނިކާ: ދަ ލެޖެންޑް އޮފް ޑިއްޑާ" ހިމެނެ އެވެ.