ޚަބަރު / މަނީ ލޯންޑްރިން

ޖަމާވީ އެމްއެމްޕީއާރްސީގެ ފައިސާކަން ބުނި ނަމަ އޭގައި އަތެއް ނުލާނަން: ޔާމީން

"އެއްވެސް ކަހަލަ ކޯޝަނެއް، އެއްވެސް ކަމެއް ނުކުރާކަމަށް ވަންޏާ އަތުގައި ހުރި ފައިސާއަށް ރަނގަޅު ރިޓާން އެއް ހޯދަން އަޅުގަނޑު މަސައްކަތް ނުކުރަންވީ ސަބަބެއް އޮންނަންވާނެ ކަމަކަށް އަޅުގަނޑަކަށް ނުވިސްނޭ،"

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިފާއުގައި މިއަދު ސުޕްރީމް ކޯޓުގައި ވާހަކަ ދައްކަވަނީ --

އެކައުންޓަށް ޖަމާވި ފައިސާ އަކީ އެމްއެމްޕީއާރްސީގެ ފައިސާ ނުވަތަ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް އެންގި ނަމަ އެ ފައިސާއިން އެއްވެސް މުއާމަލާތެއް ނުކުރެއްވީސް ކަމަށް، މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ ޖަލަށް ލުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް ޝަރީއަތް ސުޕްރީމް ކޯޓުގައި ކުރިއަށް ދާއިރު މިއަދުގެ އަޑުއެހުމުގައި ޔާމީން ވިދާޅުވީ އެކައުންޓަށް ޖަމާވި ފައިސާ އަކީ އެމްއެމްޕީއާރްސީގެ ފައިސާ ކަމަކަށް އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ދަންނަވާފައި ނެތް ކަމަށެވެ.

މަނީ ލޯންޑަރިންގެ ގާނޫނުގައިވާ ގޮތުން ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން އެނގި ހުރެ ނުވަތަ ކުށް ކޮށްގެން ހޯދާފައިވާކަން އެކަށީގެންވާ ވަރަށް ޝައްކު ކުރެވޭ ހާލަތުގައި އެ ފައިސާ އަތުގައި ބެހެއްޓުމަކީ ކުށެކެވެ. ދައުލަތުން ބުނާ ގޮތުގައި ޔާމީންގެ ކަރަންޓް އެކައުންޓަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާކުރުމުން، އެ ފައިސާ އެ މަނިކުފާނުގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާކުރެއްވީ އެވެ. އަދި އެ ފައިސާ އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެންގުމުން، ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަށް ޖަމާކުރި ފައިސާގެ ބަދަލުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މެދުވެރިކޮށް ހޯއްދެވި އެހެން އެއް މިލިއަން ޑޮލަރެއް އެސްކްރޯ އެކައުންޓަށް ޖަމާ ކުރުމަކީ ފައިސާގެ އަސްލު އޮޅުވާލައި މަނީ ލޯންޑާ ކުރުން ކަމަށް ދައުލަތުން ދެކެ އެވެ. ކްރިމިނަލް ކޯޓުން ސާބިތުވެ ހައި ކޯޓުން ތާއީދުކޮށްފައި ވަނީ ވެސް މިގޮތަށެވެ.

އަމިއްލަ ދިފާއުގައި ވިއްސަކަށް މިނެޓު ވަންދެން ދެއްކެވި ވާހަކާގައި ޔާމީން ވިދާޅުވީ މަނީ ލޯންޑަރިން އަށް ވަނީ ވަކި ބާވަތްތަކެއްގެ ކުށްތަކެއް ކޮށްގެން ހޯދާ ފައިސާ ކަމެވެ. އެ މަނިކުފާނުގެ ވަކީލުން ވިދާޅުވާ ގޮތުގައި މި މައްސަލައިގައި ހިމެނޭ ކުށަކީ ކޮބައިކަން ދައުލަތަށް ބުނެ ނުދެވޭ ކަމަށެވެ.

އެސްއޯއެފަކީ ސައްހަ ބޮޑެތި ވިޔަފާރިތަކެއް ވެސް ކުރާ ކުންފުންޏެއް ކަމަށާއި އެ ކުންފުނިން ޖަމާވީ ކުށެއް ކޮށްގެން ހޯދާފައިވާ، ސައްހަ ނޫން ފައިސާކަން އެނގޭނެ ގޮތެއް ނޯންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. ފައިސާ ދޭން އެދިވަޑައިގަތީ އެސްއޯއެފްގައި ކަމަށް ބުނާނެ އެއްވެސް ހެއްކެއް ވެސް ނޯންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. ފައިސާ ދޭން އެދިވަޑައިގަތީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ކިބައިން ކަމަށާއި އެއް މިލިއަން ޑޮލަރު ފޮނުވަން އެސްއޯއެފްގެ އެއް ހިއްސާދާރު މުހައްމަދު އައްލާމް ލަތީފަށް އަދީބު އެންގެވިކަން އައްލާމްގެ ބަޔާނުން ވެސް އެނގޭ ކަމަށް ވިދާޅުވި އެވެ.

އޭސީސީގެ އޭރުގެ ރައީސް ހަސަން ލުތުފީ އާއި އޭރުގެ ނައިބު ރައީސް މުއައްވިޒު ރަޝީދުގެ ބަޔާނުން ވެސް އެ ބޭފުޅުންގެ ބޭނުމަކީ ދައުލަތަށް ގެއްލުނު އެއް މިލިއަން ޑޮލަރު ހޯދުންކަން އެނގޭ ކަމަށާއި ސީދާ ވަކި އެކައުންޓަކަށް ޖަމާވި ވަކި ފަައިސާއެއް ހޯއްދެވުން ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ. ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓްގައި ބަހައްޓާފައިވާ ފައިސާ އަކީ ވެސް ދައުލަތުން ބުނާ އެއް މިލިއަން ޑޮލަރަށް ނުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އެއީ އެ ފައިސާއިން ބޭންކުން މުއާމަލާތްކުރާނެތީ އެވެ.

ސީދާ ވަކި ފައިސާއެއް ހޯދަން މަސައްކަތް ކުރާނީ ހަމައެކަނި ސައްހަ ނޫން ފައިސާގެ ނޫޓުތަކުގެ މައްސަލަތަކުގައި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެންމެ ހާލަތެއް އޮންނަނީ މަނީ ލޯންޑަރިންގެ ފައިސާގެ ތެރެއިން ވަކި ފައިސާއެއް ދައުލަތުން އިމްޕައުންޑް ކުރަން ޖެހޭ. އެއީ ކައުންޓަފީޓް މަނީ،" ޔާމީން ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ސުޕްރީމް ކޯޓުގެ ޝަރީއަތުގައި ވާހަކަ ދައްކަވަނީ.

ރާއްޖޭގެ ހުރިހާ ބޭންކުތަކެއް ހުންނަނީ މާލޭގައިކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި މަނީ ލޯންޑާކުރަނީ އެއް ގައުމުގެ ބޭންކުން އަނެއް ގައުމުގެ ބޭންކަށް ޓްރާންސްފާކޮށް އޮޅުވާލައިގެން ކަމަށެވެ. އެހެންވެ، ރާއްޖޭގައި ފައިސާ ޓްރެކް ކުރެވޭނެ ކަމަށާއި އޮޅުވާނުލެވޭނެ ކަމަށް ވިދާޅުވި އެވެ.

ތަހުގީގީ އިދާރާތަކުން އެ ފައިސާއާ މެދު ސުވާލު އުފައްދަމުންދާއިރު، އެ ފައިސާ އެ ދުވަސްވަރު އިންވެސްޓުކުރެއްވީ ކީއްވެތޯ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ސުވާލު ކުރެއްވުމުން ޔާމީން ވިދާޅުވީ، އެ ދުވަސްވަރު އިންވެސްޓްކޮށްގެން ލިބެން އޮތް ފައިދާ ބޮޑީ ކަމަށެވެ. އިންވެސްޓް ކުރުމުން ފައިދާގެ ގޮތުގައި ވަކި ރޭޓުތަކެއް ކަނޑައެޅިފައި ނޯންނަ ކަމަށާއި އެއީ ނެގޯޝިއޭޓްކޮށްގެން ކަނޑައަޅާ އެއްޗެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެއް މިލިއަން ޑޮލަރާ ބެހޭގޮތުން ލުތުފީ ގުޅުއްވި އިރު ވެސް އެ ފައިސާގައި އަތް ނުލާން އެދިވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އެއީ އެމްއެމްޕީއާރްސީގެ ފައިސާ ކަމަކަށް އެއްވެސް ވަރަކަށް ލުތުފީ ވިދާޅުނުވާ ކަމަށާއި އެމްއެމްޕީއާރްސީގެ ލަފްޒު ލުތުފީ ވިދާޅުވި ނަމަވެސް އެ ފައިސާގައި އަތް ނުލައްވަން އެނގިވަޑައިގަތީސް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް އެއްވެސް ކަހަލަ ކޯޝަނެއް، އެއްވެސް ކަމެއް ނުކުރާ ކަމަށް ވަންޏާ އަޅުގަނޑު އަތުގައި ހުރި ފައިސާ އެއަށް ރަނގަޅު ރިޓާން އެއް ހޯދަން އަޅުގަނޑު މަސައްކަތް ނުކުރަންވީ ސަބަބެއް އޮންނަންވާނެ ކަމަކަށް އަޅުގަނޑަކަށް ނުވިސްނޭ،" ޔާމީން ވިދާޅުވި އެވެ. "އެއްވެސް ވަރަކަށް ކޯޝަން ކުރެއްވި ނަމަ އެހެނެއް ނުވީސް."

ދައުލަތުން މަނީ ލޯންޑަރިން އޮޅުވާލާއިވާ ކަމުގެ ތުހުމަތު

މިއަދު ޔާމީންގެ ފަރާތުން ވަނީ މިއީ ބައިނަލްއަގުވާމީ ގޮތުން މަނީ ލޯންޑަރިން ސާބިތުކުރާ ގޮތް ނޫން ކަމަށް ބުނެ ހުށަހެޅި އިސްތިއުނާފީ ނުކުތާއާ ބެހޭގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކައިފަ އެވެ. މިއަދުގެ އަޑުއެހުމުގައި، ޔާމީންގެ ވެރިކަމުގައި ފުރަތަމަ ނައިބު ރައީސް އަދި މިހާރު އެ މަނިކުފާނުގެ ވަކީލު ޑރ. މުހައްމަދު ޖަމީލް ގަޑިއެއްހާއިރު ވާހަކަ ދެއްކެވީ ވެސް މި ނުކުތާއާ ބެހޭގޮތުންނެވެ.

ލޯންޑާ ކުރެވޭނީ ކުށް ކޮށްގެން ހޯދާ ފައިސާ ކަމަށް ގާނޫނުގައި ބަޔާންކުރި ނަމަވެސް، ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ އަކީ ކޮރަޕްޝަންގެ ކޮން ކުށެއްކޮށްގެން ހޯދި ފައިސާއެއް ކަމެއް ދައުލަތަށް ބުނެނުދެވޭ ކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި ކުށްކޮށްގެން ހޯދި ފައިސާއެއް ކަމަށް ސާބިތުކުރަން ވެސް މަސައްކަތެއް ނުކުރާ ކަމަށް ވިދާޅުވި އެވެ. ޖަމީލް ވިދާޅުވި ގޮތުގައި ރާއްޖެ ބައިވެރިވާ ކަމާގުޅޭ މުއާހަދާތަކުގައި ބައިވެރިވާ އެހެން ގައުމުތަކުގައި ވެސް މަނީ ލޯންޑަރިންގެ ގާނޫނުތަކުގައި އޮންނަނީ ރާއްޖޭގައި ވެސް އޮންނަ ފަދައިން ވަކި ބާވަތެއްގެ ކުށްތަކެއްގެ ތެރެއިން ހޯދާ މުދަލުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރުން ކަމަށެވެ.

އެ މީހަކަށް އެ މުދަލުގެ ހަގީގަތް ނޭނގި އެ މުދަލެއް މީހެއްގެ އަތުގައި އޮތުމަކީ ކުށެއް ކަމަށް ބެލިދާނެތޯ ޖަމީލް ސުވާލު އުފެއްދެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޔާމީނަށް ވެސް އެކައުންޓަށް ޖަމާވީ ކޮން ފައިސާއެއްކަން އެނގިވަޑައެއް ނުގަންނަވަ އެވެ. ޔާމީން ކުރިން ވިދާޅުވެފައިވާ ގޮތުގައި އެ މަނިކުފާނަށް ގަބޫލު ކުރެއްވުނީ އެ ފައިސާ އަކީ ސިޔާސީ ބޭނުމަށް އެކި ފަރާތްތަކުން ދީފައި ހުރި ފައިސާގެ ތެރެއިން އަދީބު އަތުގައި ހުރި ފައިސާ ދޭން އެދިވަޑައިގަތުމުން އަދީބު ޓްރާންސްފާކުރި ފައިސާ ކަމަށެވެ.

އޭގެ އިތުރުން ޔާމީންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މަނީ ލޯންޑަރިންގެ ގާނޫނު ތަސައްވުރުކުރާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ދައުލަތުން އުޅެނީ ގާނޫނު ވަރަށް ހަނިކޮށް މާނަކޮށް، ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންގަނޑު އެއްފަރާތް ކުރުމަށް ފަހު މީހަކު ކުށްވެރި ކުރަން ކަމަށް ވިދާޅުވި އެވެ.

ލިބިވަޑައިގެންނެވި ފައިސާ އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް އެކަށީގެންވާ ޝައްކު އުފެދުނު ގޮތެއް ވެސް ދައުލަތަށް ބުނެނުދެވޭ ކަމަށް ޖަމީލް ވިދާޅުވި އެވެ. ޝައްކެއް އުފެދޭނީ ވެސް ކުށެއް ހިނގިކަން އެނގިގެން ކަމަށްވާއިރު، އެފަދަ ކަމެއް އޮތްކަން ޔާމީނަށް އެނގޭނެ ގޮތެއް ނެތް ކަމަށް ޖަމީލް ވިދާޅުވި އެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި މަނީ ލޯންޑަަރިންގެ ކުށް ކުރާ މީހުން ފައިސާ ލޭޔާކުރަން ކުރާ ކަންކަން ފާހަގަކުރައްވައި ޖަމީލް ވިދާޅުވީ، ޔާމީން އެއް އެކައުންޓުން ހަމަ އަމިއްލަފުޅު އެހެން އެކައުންޓަކަަށް ޖަމާ ކުރުމުން އެއީ ލޭޔާކުރުން ކަމަށް ދައުލަތުން ބުނާ ބުނުން ހަމަނުޖެހޭ ކަމަށެވެ. އެކަމަކު، ޔާމީން އެދިވަޑައިގެން އުފެއްދި އެސްކްރޯ އެކައުންޓެއްގައި އެ ބުނާ އެއް މިލިއަން ޑޮލަރު ދައުލަތަށް ނެގޭނެ ގޮތަށް އަދިވެސް ބަހައްޓާފައި ހުރިކަން ފާހަގަކުރެއްވި އެވެ.

ލޯންޑާ ކުރުމުގެ މާނައިގެ ތެރޭގައި ހިމެނޭ ކަމެއް ޔާމީން ކުރެއްވި ކަމަށް ދައުލަތަށް ސާބިތު ނުކުރެވޭ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. ވަކި ފައިސާއެއް ބަހައްޓަން އެންގުމުން އެ ފައިސާ ނޫން، ހަމަ އެ އަދަދުގެ އެހެން ފައިސާއެއް އެކައުންޓުގައި ބެހެއްޓުމަކީ މަނީ ލޯންޑަރިން ކަމަށް ދައުލަތުން ބުންޏަސް އެގޮތަށް ގާނޫނު މާނަކުރުން ސައްހައެއް ނުވާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.

"ނަތީޖާ، ކޮންމެ ގޮތަކަށް ހެދިޔަސް ނުކުންނަނީ އެއް ނަތީޖާއެއް ކަމަށް ވާ ނަމަ ގާނޫނު ނުދަނޭ އެ ފައިސާ މި ފައިސާ ކިޔާ އެއްޗެއް،" ޖަމީލް ވިދާޅުވި އެވެ.

"މިސާލަކަށް ކާރަކަށް އަޅާ ޕެޓްރޯލް. މީހަކު އެ ޕެޓްރޯލް ނެގީމާ ތިމަންނަ ބޭނުންވަނީ އެ ޕެޓްރޯލޭ ނަގަން. އެކަމަކު ކިހިނެއްތޯ އެ ޕެޓްރޯލް ދެވޭނީ. ޕެޓްރޯލްގެ ބަދަލުގައި އެ ޕެޓްރޯލް ދެވޭނީ. އެހެނެއް ނޫން ކާރެއްގެ ބަދަލުގައި ކާރެއް ދެވިދާނެ."

ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް ދައުލަތުން ބުނާއިރު އެއިން ލިޔުމަކުން އެކަން ސާބިތު ނުވާ ކަމަށް ބުނެ ހުށަހެޅި އިސްތިއުނާފީ ނުކުތާއާ ބެހޭގޮތުން ވެސް މިއަދު ވަކީލުން ދިގުކޮށް ވާހަކަ ދެއްކެވި އެވެ.

އެސްއޯއެފްގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާ ކުރި އިރު އެ އެކައުންޓުގައި އަށް ލައްކަ ޑޮލަރު ހުރިކަން ޔާމީންގެ ފަރާތުން މިއަދު ވެސް ފާހަގަ ކުރެއްވި އެވެ. އެހެންވެ، ޔާމީންގެ އެކައުންޓަށް ޖަމާ ކުރީ ސީދާ ވޮޑަމުލާގެ އެއް މިލިއަން ޑޮލަރު ކަމަށް ބުނާނީ ކިހިނެއްތޯ ސުވާލު އުފެއްދެވި އެވެ. އޭގެ އިތުރުން ޔާމީންގެ އެކައުންޓަށް ފުރަތަމަ ޗެކު ޖަމާވި ފަހުން ވެސް އެސްއޯއެފްގެ އެކައުންޓުން އެތައް ޓްރާންސެކްޝަނެއް ކޮށްފައިވާއިރު، ޔާމީންގެ އެކައުންޓަށް ޖަމާވީ ސީދާ ވޮޑަމުލާގެ އެއް މިލިއަން ޑޮލަރު ކަމަށް ބުނާނެ ގޮތެއް ނޯންނާ ކަމަށް ވިދާޅުވި އެވެ.

"އެހެންކަމުން މި ދަންނަވަނީ ގއ. ވޮޑަމުލާގެ އިކިއުޒިޝަން ކޮސްޓުގެ ގޮތުގައި ލިބެން ޖެހޭ ފައިސާކަން ކަނޑައެޅީ ކޮން ގާނޫނީ ހަމައަކަށް ބަލައިގެންތޯ. އެއްވެސް ގާނޫނީ ހަމައެއް މީގައި ނެތް. ހަމައެކަނި ދައުލަތުން ވިދާޅުވާ ވިދާޅުވުމަކަށް މިކަން ކަނޑައެޅިފައި އޮތީ،" ވަކީލު އަބްދުﷲ ސިޔާޒު ވިދާޅުވި އެވެ.

މިއަދު ވެސް އިސްތިއުނާފީ ނުކުތާތައް ހުށަހެޅި އިރު އެކަމަށް ދެ އަޑުއެހުމެއް ބޭއްވި އެވެ. އެއީ ހެނދުނު 9:00 އިން 12:00 އަށް އަދި މެންދުރު ފަހު 1:30 އިން 3:00 އަށެވެ. ދެން އޮންނަ އަޑުއެހުމެއްގައި ވެސް އޮންނާނީ ބާކީ ހުރި އިސްތިއުނާފީ ނުކުތާތަކާ ބެހޭގޮތުން ވާހަކަ ދެއްކުމެވެ.

މަހާޒް ރިޔާސަތު ބަލަހައްޓަވާ މި މައްސަލައިގެ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

80 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 5%
icon angry icon angry 78%
icon wow icon wow 3%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިމާ

18 September 2021

ތިމާއަށް ހައްގުނޫން ފައިސަ ކޮންމެ ބަޔަކު ޖަމާކުރިކަމުގައިވިޔަސް އެކަން އެފާރަތަކަށް އަންގާ އެބޭނުންކޮށްގެންނުވާނެ. ކަށީގަ ހިފައިފައިވާ ކަންތައްކުރިޔަށް ދަނީ

The name is already taken The name is available. Register?

ނަޒީރު- ބޮރިސް

18 September 2021

މިމައސަލއިގެ ކުށަކީ ފައިސާގެ ހަގާިގަތް އޮޅުވާލައި ޝައްކު އުފެދިފައިވާ ފައިސާއަކުން ނަފާހޯދުން. ކުރުކޮށް ސާފުކޮށް. ނަފާ ހޯދިކަމަށް އެއްބަސް ވޭ! އެކްސްކްޜޯ އެއްބަސްވުމުގައިވާ އެކައުނޓްގައި ހުރި ފައިސާނޫން އެހެހެން ފައިސާއެއް އެކްސްރޯ އެކައުންޓަށް ޖަމާކުރުމަކީ އޮޅުވާލުމެއް! ހަގީގަތް އޮޅުވާލި

The name is already taken The name is available. Register?

ލުތުފީ

18 September 2021

ޑިއަރު ރ.ޔާމީނެވެ. އެމްއެމްޕީ އާރުސީ ޚިޔާނާތުގެ މޭސްތިރިއަކީ ޔާމީން ކަން ނުދަންނަ މީހަކު މަދު ޖާހިލަކު ފިޔަވައި، މިގައުމުގައި ނޫޅެއެވެ. ދައުލަތަށް ވަންނަފައިސާ މީރާ މެދުވެރިކޮށް ބަލައިގަންނަން ދައުލަތުގެ މާލީސިޔާސަތު ރޭވިގެން އެގޮތަށް އެކަން ހިގަމުން އަންނަނިކޮށް، އެމްއެމްޕީއާސީ އަށް ލީސްރެންޓް ބަލައިގަންނަ ގޮތަށް ނިންމީ ޚުދު މަނިކުފާނެވެ. އެއީ ސީދާ އެފައިސާއިން ވައްކަން ކުރަންވެގެންނެވެ. މަނިކުފާނަށް ލިބުނީ އެފައިސާކަން މުތުލަގަށް އެގޭނެއެވެ.

The name is already taken The name is available. Register?

ވަޑިޔައްތޮކިނަބާ

17 September 2021

ފައިސާއެއް ލިބިއްޖެއްނަމަ ނުހޯދާނީކާކު، އަނބިމީހާވެސް ނާހާނެ އެއީ ކިހިނެއްލިބުނު ފައިސާއެއްތޯ.

The name is already taken The name is available. Register?

މަސްވެރިޔާ

17 September 2021

މިހާރު މިލިޔަން ޑޮލަރ މިއީ ކޮންމެމީހެއްގެ ޕޮކެޓްމަނީ އަދަދަށް ވެއްޖެ. ރައްތެއްސަކު މަގޭ އެކައުންޓަށްވެސް ވައްޓާލަދޭނަނަމަ ހާދަ އުހައުވީސް.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

18 September 2021

އެންމެ އެއްމިލިޔަން ޑޮލަރ1؟؟ މިހެންބުނާއިރު ހީވަނީ އެއީ ފަސްރުފިޔާއޭ! އެހެން ވީމާ ކިތައް އެެއްމިލިޔަން ޑޮލަރ އަތުގައި ހުންނާނެ! ވިޔަފާރި ކުރި މީހެއް ނޫން! ބޭންކުން ލޯނެއް ނެގި މީހެއް ނޫން. އުމުރު ދުވަހު ލިބުނު 21 ބުރީގެ ބޮޑު ގެއެއް ޢިމާރާތް ކުރެވޭނީ ކިހިނެތް!

The name is already taken The name is available. Register?

ޙުސައިންބޭ

17 September 2021

އެއީ އެފައިސާމިފައިސާ، ފައިސާފައިސާ....

The name is already taken The name is available. Register?

ކޮޔާ

17 September 2021

ޔާނު ގެ ކުށަކީ ނުހައްގުން ގިނަ ރައްޔިތުންނައް ވަޒީފާ ދީ ނުހައްގުން ނިކަމެތިންނަށް 7 ހާސް ފުލެޓް އަޅާދީ ނުހައްގުން 25 ބުރީގެ އެއްމެ ޒަމާނީ ވަސީލަތާ އެއްކޮށް ހޮސްޕިޓަލް އަދިނުހައްގުން އެއްްމެހާ ރައްޔިތުން ގެ ފަސޭއަކަށް ބްރިޖު އަޅާދީ ނުހައްގުން އެއާޕޯޓް ތަރައްގީކޮއް ނުހައްގުން ކޮއްމެ އަތޮޅެއްގަ އެއާޕޯޓް އަދި ކޮއްމެ ރަށެއްގަ އެތައް ބައިބަރު ޕްރޮޖެކްޓު ހިންގާ ހުރިހާ ރައްޔިތުން ނަށް ވަޒީފާ ނުހައްގުން ދީ ރާއްޖޭގެ އިކޮނޮމީ ބޮޑު ތަނުން ކުރިޔަށް ޖައްސާ

The name is already taken The name is available. Register?

އަސްތާ

17 September 2021

ދެކޮޅުނުޖެހޭ ބަހަނާ. މަގޭ އެކައުންޓަށް މީހަކު ފައިސާޖަމާކޮށްފިއްޔާ އެކުރިމީހެއްއެނގޭ. ނޭނގޭމީހަކު ޖަމާކޮށްފިނަމަ، ބޭންކުން އެއީ ކޮންގޮތަކަށް ކާކު ޖަމާކުރިއެއްޗެއްތޯ އެހެންޖެހޭނެ. ޖަމާކުރިމީހާ ބުނަންދެން ހުންނާކަށްވެސް ނުޖެހޭނެ. ބޭނުންކުރަންޖެހޭނީ އެއީ ކާކުޖަމާކުރި ކޮންފައިސާއެއްތޯ ބަލާފަ. ރައީސް ޔާމީންގެ ވިސްނުންފުޅު ތިވަރުވާނެކަމެއް ދުވަހަކުވެސް ހިތަކަށްނުއަރާ!

The name is already taken The name is available. Register?

އަރިީފުއަލީ

17 September 2021

ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ކެމްޕޭނަށް އެކިމީހުން އަދީބާއި ހަވާލު ކުރިފައިސާ ޖަމާކޮއްދޭން ...ދެން ޔާމީނު ބުއްދި ގޯސްވީސަބަބެއްނެތް ހެން ހީވަނީ ..ޔާމީނަށް ކިހިނެތްތޯ އެގޭނީ އެއީ ހިޔާނާތުގެ ފައިސާކަމެއް ..އަދީބު އަސްލު ކެންޕޭނު ފައިސާ ބޭނުން ކޮއްފައި އެހެން ފައިސާއެއް ކަން އެދިނީ އެގޭނެބާ ބުނީމާ ނޫނީ.

The name is already taken The name is available. Register?

އަލީ ދިއްދޫ

17 September 2021

މިހާްރު އެނގޭކަމަކީ ފައިސާގައި އަތްލެވިފަ ހުރިކަން

The name is already taken The name is available. Register?

އަލީ ދިއްދޫ

17 September 2021

އެމީހަކަށް ލިބެން ނުޖިހޭ ފައިސާ އެއްގައި އަތްލަން ޖެހޭތޯ ޔާމިނުގެ ބިލަކަށްްްްްްް ލިބުނު ފައިސާތޯ އަތްލީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454