ޚަބަރު / އަބްދުﷲ ޝާހިދު، ފޮރިން މިނިސްޓަރު

ޒިޔާންގެ ސިޓީ އދ.އަށް: ދުނިޔެ ހޫނުވުން ހުއްޓުވަން އެންމެން މަސައްކަތްކޮށްދީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ)، ދިވެހި ދަރިވަރުންތަކެއް ފޮނުވި ސިޓީއެއް އދ. ގެ އާއްމު މަޖިލީހުގެ ރައީސް ޝާހިދަށް ހަވާލުކުރައްވަނީ. ޝާހިދު ވަނީ އުލިގަމު ސްކޫލުގައި ކިޔަވަމުން އަންނަ ޒިޔާންގެ ސިޓީގެ ތަންކޮޅެއް ޓްވީޓުކުރައްވާފައި.--

22 ސެޕްޓެމްބަރ 2021 - 13:29

8 comments

ދުނިޔެ ހޫނުވުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާ ބަޔާންކޮށް އެކަމުގެ ކަންބޮޑުންތައް އދ.ގެ ސަމާލުކަމަށް ގެނައުމަށް ދިވެހި ދަރިވަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މެދުވެރިކޮށް ފޮނުވި ސިޓީތައް އެ މަނިކުފާނު އދ.ގައި ތަގުރީރުކުރައްވަމުން ދައްކަވައި އެ ސިޓީތަކުގެ މައިގަނޑު ވާހަކަތައް ސަމާލުކަމަށް ގެނެސްދެއްވި އެވެ. އޭގެ ފަހުން ރައީސް އެ ސިޓީތައް އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ހަވާލުކުރެއްވުމުން ޝާހިދު ވަނީ އޭގެ ތެރެއިން އެއް ސިޓީ ހާމަކުރައްވައިފަ އެވެ.

ހއ. އުލިގަމު ސްކޫލްގެ، އުމުރުން 11 އަހަރުގެ ދަރިވަރެއް ކަމަށްވާ ޒިޔާން ސައުދުﷲ ގެ އެ ސިޓީގައި، ދުނިޔެ ހޫނުވުމާ ދެކޮޅަށް، އެންމެން ގުޅިގެން އަވަހަށް ފިޔަވަޅު އެޅުން މުހިންމުކަން ފާހަގަކޮށް އެކަމާ ގުޅޭ ކަންބޮޑުވުންތައް ލިޔެފައިވެ އެވެ.

އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމާ ދިމާކޮށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެކި މައްސަލަތަކާ ގުޅޭގޮތުން ދަރިވަރުން ސިޓީ ލިޔެމުމަށް ހުރިހާ ސްކޫލަކަށް ވެެސް ފުރުސަތު ހުޅުވާލައިފަ އެވެ. އެއަށް ފަހު، އެ ސްކޫލަކުން އެންމެ ރަނގަޅު ފަސް ސިޓީއެއް ފޮނުވާފައިވަނީ މިނިސްޓްރީއަށެވެ.

އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ ރަސްމީ ޓްވިޓާގައި އާންމުކުރި ޒިޔާންގެ ތިމާވެށީގެ އެކި މައްސަލަތަކުގެ ވާހަކަ ކަންބޮޑުވުންތަކާ އެކު ކިޔައިދީފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އދ. ގެ 76 ވަނަ އާންމު ޖަލްސާގައި ރޭ ތަގުރީރު ކުރައްވަމުން، ދިވެހި ދަރިވަރުންތަކެއް ފޮނުވި ސިޓީތަކެއް ދައްކާލައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ޒިޔާންގެ ބައްޕަ ސައުދުﷲ އިދުރީސް "މިހާރު" އަށް ބުނީ، އދ. ގެ އާއްމު މަޖިލީހުގައި ރޭ ރައީސް ތަގުރީރުކުރައްވަމުން ދަރިވަރުން ފޮނުވި ސިޓީތައް ދައްކަވާލެއްވުމުން ޒިޔާން ވަރަށް އުފާވި ކަމަށެވެ.

"އެ ކުދިންގެ ސިޓީތައް ރައީސަށް ލިބުނީއެ ބުނެލި. ވަރަށް އުފާވެފައި ހުރީ."

އެ ސިޓީތައް ދައްކަވަމުން ރައީސް ވިދާޅުވީ ކުދި ޖަޒީރާތައް ނެތި ދަނީ ތިމާވެށީގެ ސަބަބުން ކަމުގައިވާ ނަމަ ބޮޑެތި ބައްރުތަކުގެ ފަހަތުން އެ ސަބަބު މާދަމާ ދާނެ ކަމަށެވެ. ދިވެއްސަކަށް ދިރިނޫޅެވި، ދިވެހިރާއްޖެއަށް ދެމިނޯވެވުނު ދުނިޔެއަކު، އެހެން ގައުމަކަށް ވަކި އޮވެވޭނެ ކަމުގެ ޔަގީންކަމެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ. އެ ހަގީގަތްތައް ކިޔައިދީފައިވާ މާ ސާފު، ސާދާ މައުސޫމު ކަރުދާސްތަކެއް އެބަހުރި ކަމަށް ވިދާޅުވެ، ގައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ރައީސް ވަނީ ދަރިވަރުންގެ ސިޓީތައް ދައްކާލައްވައިފަ އެވެ.

"މިއީ މި ވާހަކަތަކުގެ ކަންބޮޑުވުމައިގެން ދިވެހި ތުއްތުކުދިން އަޅުގަނޑަށް ލިޔެފައި ހުރި ސިޓީ. އެ ކުދިން ވެސް ހެދި ބޮޑުވެ ހަޔާތުގެ އުއްމީދުތައް ފުރިހަމަކުރަން އެދޭ ގައުމުގެ ނާޒުކު ތިމާވެށްޓާ ގުޅޭގޮތުން މި މަޖިލިހަށް ހުށަހަޅައިދިނުން އެދި އަޅުގަނޑަށް ލިޔެފައި ހުރި ސިޓީ. މިއީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ އަންނަން އޮތް ޖީލުގެ ނިދާ. އަޅުގަނޑުމެން އެންމެންވެސް މިއަދު މި އަޑުއަހަންޖެހޭ،" ރައީސް ވިދާޅުވި އެވެ.

ޝާހިދު ޓްވީޓްކުރެއްވި ސިޓީ ލިޔުނު ޒިޔާނަކީ ތިމާވެއްޓާއި ސައިންސާ ގުޅުން ހުރި ކަންކަމަށް ބޮޑު ޝައުގުވެރިކަމެއް ހުންނަ ކުއްޖެކެވެ. ސްޕޭސް ސައިންސަށް ވަކިން ބޮޑަށް ޝައުގުވެރިވާ ޒިޔާން ބޭނުންވަނީ އެސްޓްރޮނޯޓަކަށްވާށެވެ.

8 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 6%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަހަަ

24 September 2021

ލޮލް

The name is already taken The name is available. Register?

ޒިންމާ

22 September 2021

އދ އަށްތަ ދުނިޔެ ފިނި ކުރެވޭނީ . ޢަޖައިބު ވެދާނެ. ކުޑަކުދިން ކުޅޭކަހަލަ ޑްރާމާ ކުޅުން ހުއްޓާލުމަށް ރައީސަށް ގޮވާލަން .

The name is already taken The name is available. Register?

ޖަމީލުބެ

22 September 2021

އަހަރެމެންގެ ތިމާވެށި ރައްކައުތެރިކޮށް ދެމެހެއްޓެނިވި ގޮތަކަށް އެތިމާވެށިން ފައިދާ ލިބިގަތުމަށް ކުދިންނަށް ދަސްކޮށްދޭންޖެހޭ! އަހަރެމެންގެ އަތް ނުފޯރާ ފަށުގަ ހުންނަ ކަންތައް ހިންމަވާ ދެއްވުމަށް ﷲ ގެ ޙަޟްރަތުގަ ދުޢާކުރަން ދަސްކޮށްދޭން ޖެހޭ!

The name is already taken The name is available. Register?

އައްބެ

22 September 2021

ހައްތާވެސް ޕީއަރ ސްޓަންޓު.

The name is already taken The name is available. Register?

ލައްބެ

22 September 2021

މިމީހުން ޖޭވާނެކަން އިނގޭ. އެކަމަކު މިމީހުންގެ ރައީސަށް ނުކެރުނު އެހިސާބަށް ދާންވެސް.

The name is already taken The name is available. Register?

ކައްބެ

23 September 2021

ލައްބެ ތި ބުނާ ރައީސް އެތަނަށް ގޮސް ދޮގުތަކެއް ހަދާ ސްޓަންޓް ޖައްސާކަށް ބޭނުމެއްނުވޭ. އަމިއްލަ ގައުމުގައި ތިމާވެށީގެ ކަންކަން ބޮއްސުންލައިގެން ގޮއްސަ އޮތްވަރު ބީޗުން ނަގާ ޕްލާސްޓިކު ޓަނުތަކުން އެކަނިވެސް ފެންނާނެ. ސަރުކާރު ލެވެލްގަ ފަރުތައް ހަލާކުކުރަމުން ހިއްކަން ނިންމާ ބިންތަކުގެ ވާހަކަ ނުދައްކާ ދުނިޔެއަށް އެހެން މޫނެއް ދެއްކުމުގެ ބޭނުމެއް ނެތް.

The name is already taken The name is available. Register?

ތާއީދު

22 September 2021

ކުޑަކުޑަ ޒިނާންގެ ގޮވާލުމަށް އެންމެންވެސް އިޖާބަދޭން ޖެހޭ. އަހަރެމެންގެ އަތްތަކުން އަހަރެމެން ހަލާކުވެގެން ނުވާނެ. ދުނިޔެ ނެތިދާނެ ދުވަހެއް އަންނާނެ. އެހެނަސް، ދުނިޔޭގައި ލެއްވި ކޮންމެ އެއްޗަކީ ވަކި މިންވަރަކަށް ލެއްވި އެއްޗެއްކަމާއި، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށްގެން ނޫނީ އެންމެ ރަނގަޅު ގޮތުގައި ބޭނުން ނުކުރެވޭނެ. އަހަރެމެންގެ ފަރުވާކުޑަ އަމަލުތަކުގެ ސަބަބުން ވާންނުޖެހޭ ދުވަހަށް އެއަށްވުރެ މާ ކުރިން މާހައުލުތައް ނެތިކޮށްލައިގެން ނުވާނެ.

The name is already taken The name is available. Register?

ފފފފ

22 September 2021

ދަރިޔާ، ބިލްގޭޓް އެބައުޅޭ އިރުމަތީ ތެތްގޯންޏެއް އަޅަން. ޝާހިދު އެގޯނީގެ ކަނެއްގަ ހިފާލީމަ އެކަން އޮންނާނީ ވެފައި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454