އައްޑޫގައި ހިންގި މާރާމާރީއެއްގައި ޒަހަމްވި މީހެއްގެ ގައިން ބިން މައްޗަށް ލޭ އެޅިފައި --
25 ސެޕްޓެމްބަރ 2021 - 19:20
މިދިޔަ ހަފުތާގެ ހުކުރު ދުވަހުގެ ރޭ އައްޑޫ ހިތަދޫގައި ސައިކަލެއްގައި ދިޔަ ދެ މީހަކަށް ވަޅިން ހަމަލާދިން މައްސަލައިގެ ތުހުމަތަށް ދެ މީހަކު ހައްޔަރުކޮށްފި އެވެ.
އެ ހަމަލާގައި އުމުރުން 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނަކު ޒަހަމްވި އެވެ. އަނިޔާވި އަންހެން މީހާ އަކީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ މަސައްކަތްކުރާ ނަރުހެކެވެ. އެއީ މާބަނޑު މީހެއް ކަމަށް މައުލޫމާތު އެނގޭ ބައެއް މީހުން ބުނެ އެވެ. އަދި ސައިކަލު ދުއްވަން އިނީ އޭނާގެ ފިރިމީހާ އެވެ.
އެ މާރާމާރީއާ ގުޅިގެން ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުންނަށް ވެސް 27 އަހަރެވެ.
އެ މާރާމާރީގެ ކުރިން އެ ދުވަހުގެ ހެނދުނު އައްޑޫގައި އެންމެ ފުރަތަމަ ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްލީ ހިތަދޫ ފްލެޓުތައް ސަރަހައްދުގަ އެވެ. އެ ދުވަހު މެންދުރު 12 ޖަހާކަންހާ އިރު ހިންގި އެ މާރާމާރީގައި ޒަހަމްކޮށްލާފައި ވަނީ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބޮލާއި ކަރަށް ހަމަލާދިނެވެ.
އެ މާރާމާރީއާ ގުޅިގެން ވެސް ކޯޓު އަމުރެއްގެ ދަށުން 31 އަހަރުގެ ފިރިހެނަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.
މި ދެ މާރާމާރީ ވެސް ގުޅެނީ ހިތަދޫގެ ދެ ގޭންގެއްގެ ދެމެދުގައި ޖެހުނު މައްސަލައަކާ އެވެ. އެކަމަކު ޖެހުނީ ކޮން މައްސަލައެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު
25 September 2021
ތިފަދަ ޝަރީއަތްތަކައް ހަރުކަށި އަދަބުދީ އުމުރުދުވަހު ޖަލުގަ ބާއްވަންޖެހޭ އަދި ތިޔަޝަރީއަތްތައް ލައިވްވެސްކުރަންޖެހޭ ސިއްރުސިއްރުން ވާހަކަ ދައްކާލާފަ ނިންމާލުމަކުން ޒުވާނުންނައް ތިކަމުގެ އަދަބާ ކޯޓުތަކުގަ ޖަވާބު ދާރީވާންޖެހޭކަމާ ހަރުކަށި އަދަބު އޮންނަކަމެއްނޭނގެ އެމީހުންނައް ހީވަނީ އަފީފުއްދީނުގޭގަ އިންނަ ކުކުޅެއް މަރާލީމަ ދޭކަހަލަ އަދަބެއް ކަމައް އޮންނަނީ ވީމާ މިގޮތައް މިކަންކުރައްވާ