ޚަބަރު / މަނީ ލޯންޑްރިން

ދައުލަތާއި ޔާމީނަށް ވެސް ފަނޑިޔާރުންގެ އުނދަގޫ ސުވާލުތަކެއް

ޔާމީނަށް ދައުވާކުރި ގޮތާ މެދު ދައުލަތަށް ކުރި ސުވާލުތަކުގެ އިތުރުން ޔާމީނަށް ފައިސާއާ މެދު ޝައްކު ނުވާ ކަމަށް ވިދާޅުވާ ވާހަކައަށް ފަނޑިޔާރުން ސުވާލުތައް ކުރިމަތިކުރި

މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީން ވާހަކަ ދައްކަވަނީ --

މަނީ ލޯންޑަރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ފަސް އަހަރުގެ ހުކުމުގެ އިސްތިއުނާފީ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދައުލަތުގެ ވަކީލުންނަށާއި ޔާމީނަށް އުނދަގޫ ސުވާލުތަކެއް ކުރިމަތިކުރައްވައިފި އެވެ.

ޔާމީން ވިދާޅުވެފައިވާ ގޮތުގައި އެ މަނިކުފާނުގެ އެކައުންޓަށް ފައިސާ ޖަމާކުރީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަތުގައި ހުރި، ސިޔާސީ ބޭނުމަަށް އެކި ފަރާތްތަކުން ދީފައިވާ އެ މަނިކުފާނުގެ ފައިސާ ހޯދަން އެދުމުން އަދީބު ކަމަށެވެ. އަދި އެއީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަމުގެ ޝައްކެއް ވެސް ނުކުރެވޭ ކަމަށް ވިދާޅުވެ އެވެ.

މިއަދުގެ އަޑުއެހުމުގައި، މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ފާހަަގަ ކުރެއްވީ، ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓު ހުޅުވި ތާރީހު ކަމަށް ލިޔެކިޔުންތަކުން އެނގެން އޮތީ އޮކްޓޯބަރު 6، 2015 ގައި ކަމެވެ. އަދި އޮކްޓޯބަރު 8، 2015 ގައި ވޮޑަމުލާގެ އެއްބަސްވުމުގައި ސޮއިކުރި ކަމަށެވެ. އެ ދުވަސްވަރު އެ އެކައުންޓު ހުޅުވި ސަބަބާ ބެހޭ ގޮތުން މަހާޒު ސުވާލުކުރެއްވި އެވެ.

"މި ތާރީހުތަކަށް ބަލާއިރު ގާތްގަނޑަކަށް މެދަށް އެއް ދުވަސް އަންނަ ގޮތަށް އެކައުންޓު ހުޅުވިގެން މި ދިޔައީ. މިއީ ކޮން ބޭނުމެއްގައި ހުޅުވި އެކައުންޓެއްތޯ؟" މަހާޒު ސުވާލު ކުރެއްވި އެވެ.

ޔާމީނާއި އެ މަނިކުފާނުގެ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވީ، ހަގީގަތުގައި އެކައުންޓު ހުޅުވީ 2012 ވަނަ އަހަރުގައި ކަމަށެވެ. އެކަމަކު، އެކައުންޓު ޑީއެކްޓިވޭޓު ކޮށްފައި އޮވެފައި އަލުން އެކްޓިވޭޓު ކުރީ 2015 ވަނަ އަހަރު ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެކައުންޓް އަލުން އެކްޓިވޭޓު ކުރީ އަދީބު ދޭން ޖެހޭ ޔާމީންގެ ފައިސާ ޖަމާކުރުމަށް ކަމަށެވެ.

"އަޅުގަނޑަށް ވެސް ލަފާ ކުރެވެނީ މިއީ އެކްޓިވޭޓު ކުރެވުނު ތާރީހު ކަމަށް މި އައިސްގެން މި އުޅެނީ،" ޔާމީން ވިދާޅުވި އެވެ

އަދީބު އަތުން އެ ފައިސާ ހޯދަން އުޅުނު ކަމުގެ އެއްވެސް ހެއްކެއް އޮތްތޯ ވެސް މަހާޒު ސުވާލު ކުރެއްވި އެވެ.

އެ ސުވާލަށް ޔާމީން ވިދާޅުވީ، މީހެއްގެ އަތުން އަމިއްލަ ފައިސާ ހޯދަން އުޅޭ އުޅުމުގެ ރެކޯޑެއް އާންމު ގޮތެއްގައި ލިޔުންތަކެއްގައި ނުހުންނާނެ ކަމަށެވެ. އަދީބަކީ އޭރު ނައިބު ރައީސް އަދި ޕީޕީއެމްގެ ނައިބު ރައީސްކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ، ފައިސާ ލިބެނީ ވެސް ލިޔެކިޔުމުން އެނގޭ ގޮތަކަށް ނޫން ކަމަށެވެ. އަދި ފައިސާ ދެނީ ވެސް އެނގޭ ގޮތަކަށް ނޫން ކަމަށް ވިދާޅުވި އެވެ.

އޭނާ އަތުން ފައިސާ ހޯދަން އެދިވަޑައިގަތް ކަމެއް ރެކޯޑުތަކުގައި ނޯވެދާނެ ކަމަށާއި ނަމަވެސް، އެކަން އެނގޭނެ ބައެއް ކަންކަން އެބަހުރި ކަމަށް ވިދާޅުވި އެވެ. އެގޮތުން އަދީބުގެ އަތުގައި ޔާމީންގެ ފައިސާ ހުރިކަން އެސްއޯއެފްގެ އައްލާމް ލަތީފްގެ ބަޔާނުން އެނގޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"މިހެން ދައްކާ ކޮންމެ ވާހަަކައަކީ ލިޔެކިޔުމުން އެސްއެމްއެސް އިން ދެއްކި ވާހަކަ މިއީ. ފޯނުން ދެއްކި ވާހަކަ މިއީ."

އެސްއޯއެފްގެ ދެ ޗެކެއް ޖަމާވުމުން އެ ކުންފުނީގެ ފަރާތްތަކާ އެކަމާ ބެހޭގޮތުން ސުވާލު ނުކުރީ ކީއްވެތޯ ވެސް މަހާޒު ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ޔާމީން ވިދާޅުވީ، އެސްއޯއެފްގެ ފަރާތްތަކާ އެއްވެސް އިރަކު އޭނާ މުއާމަލާތް ނުކުރައްވާ ކަމަށެވެ. އަދި ފިނިފެންމާ ލޯންޗު ގޮއްވާލި ފަހުން އެ މީހުން ރާއްޖެއަށް ނާންނާތީ އެ މީހުން ގާތުން އެކަން ސާފު ކުރެވޭނެ ގޮތެއް ވެސް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

އެ ފައިސާ އަކީ ދައުލަތުގެ ފައިސާކަން އެއްވެސް ވަރަކަށް ޝައްކު ނުކުރެވޭތޯ ސުވާލު ކުރުމުން ވެސް ޔާމީން ކުރިން ވިދާޅުވެފައިވާ ފަދައިން ވިދާޅުވީ، އެފަދަ އެއްވެސް ހިޔާލެއް އޭރަކު ނެތް ކަމަށެވެ.

އެކަމަކު ޔާމީންގެ މާލީ ބަޔާނުގައި އެއީ "އެމްއެމްޕީއާރްސީއިން ދިން ކަމަށް އަދީބު ބުނާ ފައިސާ" ކަމަށް ލިޔެފައި އޮވެ އެވެ. އެކަމާ ގުޅިގެން މަހާޒު ސުވާލު ކުރެއްވުމުން ޔާމީން ވިދާޅުވީ، އެހެން ޖެހީ ފަހުން އެ ފައިސާ އަކީ އެމްއެމްޕީއާރްސީގެ ފައިސާ ކަމަށް އަދީބުގެ ވަކީލު ބުނަން ފެށުމުން ކަމަށެވެ.

ފަނޑިޔާރުގެ ގިނަ، އުނދަގޫ ސުވާލުތަކެއް

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރު މަހާޒުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވެސް ގިނަ ސުވާލުތަކެއް ކުރެއްވި އެވެ. ބެންޗުގައި ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އެއްވެސް ސުވާލެއް ނުކުރައްވަ އެވެ.

ޔާމީންގެ ފަރާތުން ފާހަގަކުރައްވާ އެއް ކަމަކީ ޔާމީންގެ އެކައުންޓަށް ޖަމާކޮށް ލޯންޑާކުރީ ކުށް ކޮށްގެން ހޯދާ ފައިސާ ކަމަށް ދައުލަތުން ބުނާ އިރު، އެ ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމެއް ދައުލަތަށް ސާބިތުކޮށް ނުދެވުމެވެ. މިއަދު ފަނޑިޔާރު ޑރ. އަޒްމިރަލްދާ އެންމެ ފުރަތަމަ ވެސް ސުވާލު ކުރެއްވީ މިކަމާ ގުޅޭ ގޮތުންނެވެ. އޭނާ އެންމެ ފުރަތަމަ ދައުލަތުގެ ވަކީލުންގެ ގާތުގައި އެއްސެވީ، ކުށް ތަރުތީބުވެގެން އައި ގޮތް ކިޔައިދިނުމަށެވެ. އަދި ކުށުގެ ކުރިއަށް އެހެން ކުށެއް އައިސްފައިވާ ކަމަށް ބުނާ އިރު، އެކަން ސާފުކޮށްދެއްވަން އޭނާ އެދިވަޑައިގަތެވެ.

"ފަހުން ކުރެވޭ ކުށް ކިހިނެއްތޯ ސާބިތުކުރެވޭނީ ކުރިން ކުރި ސާބިތުކުރުމެއް ނެތި. އަޅުގަނޑަކަށް ނޭނގެ ކުރިން ކުރި ކުށާ މެދު ތިބޭފުޅުން މިހާތަނަށް އަޅުއްވާފައި ހުރި ފިޔަވަޅުތަކެއް. އެ މައުލޫމާތެއް ނެތް މި މައްސަލައިގައި ހިއްސާކޮށްފައެއް. އެ ދެ ކަންތައް ކިހިނެއްތޯ ގުޅެނީ،" އަޒްމިރަލްދާ އެއްސެވި އެވެ.

ދައުލަތުން ބުނީ ރާއްޖޭގެ މަނީ ލޯންޑަރިންގެ ގާނޫނު އޮތީ ލޯންޑާ ކުރި ފައިސާގެ ހޯދަން ކުރި ކުށް ސާބިތު ނުކޮށް ވެސް މަނީ ލޯންޑަރިން ސާބިތު ކުރެވޭ ގޮތަށް ކަމަށެވެ. ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާކަން ޝައްކުވާ ހާލަތުގައި މުއާމަލާތްކުރިކަން އެކަނި ސާބިތުވުމުން ފުދޭނެ ކަމަށް ވިދާޅުވި އެވެ. އަދި ދައުލަތުން ބުނީ މި މައްސަލައިގައި މަނީ ލޯންޑަރިންގެ ކުށް އުފަންވަނީ ޔާމީންގެ އެކައުންޓަށް އެސްއޯއެފުން ފައިސާ ވަދެ، ޔާމީނަށް ޝައްކު ކުރެވޭ ހާލަތު އޮވެ، އެ ފައިސާއިން މުއާމަލާތް ކުރުމުން ކަމަށެވެ.

އެސްއޯއެފްގެ އެކައުންޓުގައި ހުރީ ހަމައެކަނި ކުށްކޮށްގެން ހޯދާފައިވާ ފައިސާތޯ ވެސް އަޒްމިރަލްދާ ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ އެސްއޯއެފަކީ ފައިސާ ލޯންޑާ ކުރަން ބޭނުން ކުރި "ފްރަންޓެއް" ކަމަށެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ކުރިން އެސްއޯއެފްގެ އެކައުންޓަށް އެހާ ގިނަ އަދަދެއްގެ ފައިސާ ޖަމާ ނުވާ ކަމަށާއި، އެކަމަކު އެ ހިޔާނާތުގެ ދުވަސްވަރު ގިނަ އަދަދެއްގެ ފައިސާ ޖަމާވި ކަމަށް ވިދާޅުވި އެވެ.

އެސްއޯއެފްއަށް ފިޔަވަޅު އަޅާފައިވޭތޯ ފަނޑިޔާރު އަޒްމިރަލްދާ ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ އެސްއޯއެފްގެ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާތީ އެ މީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ.

މައްސަލައިގައި ޝާމިލުވާ އެހެން ފަރާތްތައް ވެސް ހިމެނޭއިރު އެހެން ފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރާ ކަމަށް ޔާމީންގެ ފަރާތުން ބުނާތީ އެކަމާ ގުޅިގެން އަޒްމިރަލްދާ ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ، ކުރީގެ ނައިބު ރައީސް އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި އޭސީސީގެ ތަހުގީގީ އޮފިޝަލެއްގެ ގޮތުގައި ހުރި އަބްދުﷲ އާޒިމަށް ދައުލަތުން ދައުވާކޮށްފައިވާނެ ކަމަށެވެ.

ދައުލަތުން ބުނާ ގޮތުގައި ރައީސް އޮފީހުން އަންގައިގެން ހެދި އެމްއެމްޕީއާރްސީގެ މައްސަލައިގެ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ރިޕޯޓުން ވެސް އެއް މިލިއަން ޑޮލަރަކީ ކުށް ކޮށްގެން ހޯދި ފައިސާ ކަމަށް ޔާމީނަށް ޝައްކު ކުރެވޭނެ އެވެ. އަދި އެ ރިޕޯޓު ހެދީ ވެސް ރައީސް އޮފީހުން އެދިގެންކަން ހާއްސަކޮށް ފާހަގަކުރެ އެވެ. އެކަމާ ގުޅޭ ގޮތުން މިއަދު އަޒްމިރަލްދާ ސުވާލު ކުރެއްވީ ސީދާ ޔާމީނަށެވެ.

ޔާމީން ވިދާޅުވީ، ރައީސް އޮފީހުން ފޮނުވާ ހުރިހާ ސިޓީ އަކީ ރައީސަށް އެނގިގެން ފޮނުވާ އެއްޗެއް ނޫން ކަމަށެވެ. ބައެއް ސިޓީތައް ފޮނުވަނީ ރައީސް އޮފީހުގެ ކަމާބެހޭ ސެކްޝަނަކުން އަމިއްލައަށް ފެންނަ ގޮތަށް އޮޓޯއިން ކަމަށް ވިދާޅުވި އެވެ. އަދި އޮޑިޓްކުރަން ރައީސް އޮފީހުން އެންގިޔަސް، އެއީ ކޮންމެހެން ރައީސްއަށް އެނގިގެން ރައީސް އަންގައިގެން ކުރި ކަމަކަށް ވާކަށް ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މިއަދު ފަނޑިޔާރު މަހާޒު ކުރެއްވި ފުރަތަމަ ސުވާލަކީ އެއް މިލިއަން ޑޮލަރުގެ ބަދަލުގައި އަށް ލައްކަ ޑޮލަރު ނުވަތަ 100 އެއްހާ ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާވި ނަމަ މި ދައުވާ ކުރެވިދާނެތޯ އެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ، އެއީ ދައުލަތުގެ ފައިސާ ނަމަ، އަދި އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްކު ކުރެވޭ ހާލަތު އޮވެ، އެ ބެހެއްޓުމުން ވެސް ދައުވާ ކުރެވިދާނެ ކަމަށެވެ. އަދި ވަކި އަދަދެއް މުހިންމު ނޫން ކަމަށެވެ.

އެސްއޯއެފްގައި ހުރި ކޮން ފައިސާއެއް ކަމާ މެދު ދައުވާ ކުރުމުގެ ކުރިން ވަކިން ބަލަން ޖެހޭނެތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ. އެކަމަށް ދައުލަތުން ބުނީ، އެސްއޯއެފްގައި ހުރި ހުރިހާ ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ސާބިތުކޮށް ނުދެވުނަސް، އެސްއޯއެފަކީ މަނީ ލޯންޑަރިންގެ ފްރަންޓެއް ކަމަށް އެނގޭތީ އެ ކުންފުންޏަށް ލިބޭ ކުށްކޮށްގެން ހޯދާ ފައިސާއިން ވިޔަފާރިކުރާ ނަމަ ހުރިހާ ފައިސާއެއް ވެސް ބެލެވޭނީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށެވެ.

ޝައްކު ކުރެވޭ ހާލަތެއް އޮންނަން ޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކުރާ އިރު އެ ޝައްކު ދައުލަތުގެ މަސްލަހަތާ އިދިކޮޅަށް ފުރޮޅިއްޖެ ނަމަ ދެން ވާނީ ކިހިނެއްތޯ ވެސް ފަނޑިޔާރު މަހާޒު ސުވާލު ކުރެއްވި އެވެ. ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ އަކީ ސައްހަ މުއާމަލާތެއްގެ ފައިސާ ކަމަށް މާދަމާ އެސްއޯއެފުން ބުނެފި ނަމަ ދެން ވާނީ ކިހިނެއްތޯ ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ އެ ހާލަތުގައި ވެސް ދައުވާ ކުރެވިދާނެ ކަމަށެވެ. އަދި އެ ހާލަތުގައި ވެސް ތުހުމަތު ކުރެވޭ މީހާއަށް ޝައްކު އޮންނާނެ ކަމަށް ބުންޏެވެ. އަދި ޔާމީންގެ މައްސަލައިގައި އެ ފައިސާ އަކީ ސައްހަ ފައިސާ ކަމަށް ޝައްކު ކުރެވޭ ހާލަތެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

ޔާމީންގެ ތަހުގީގު ބަޔާނުން އެއްވެސް ކުށަކާ ގުޅިގެން އޭނާއަށް ޝައްކު އުފެދޭ ކަމުގެ ހެކި އެއްވެސް ވަރަކަށް ލިބޭތޯ މަހާޒު ސުވާލު ކުރެއްވުމުން، ދައުލަތުން ބުނީ، ތަހުގީގުން ސުވާލު ކުރެވުނު ގޮތުން އެ ފައިސާ އަކީ އެސްއޯއެފް މެދުވެރިކޮށް ފޮނުވި ފައިސާ ކަމާއި އެއީ ދައުލަތަށް ލިބެން ޖެހޭ ފައިސާކަން އެނގޭނެ ކަމަށެވެ.

"މި މައްސަލައިގައި އިސްތިއުނާފުކުރައްވާ ފަރާތުން ފާހަގަކުރާ ކަމެއް ވޮޑަމުލާގެ ފައިސާ ކަމަށް ދައުލަތަށް އެސްޓެބްލިޝްކޮށްދެވެން ނުޖެހޭނެއޭ. ކީއްވެގެންތޯ އެސްޓެބްލިޝް ކޮށްދެވެން ނުޖެހެންވީ، ސާބިތުކޮށްދޭން ނުޖެހެނީ."

ދައުލަތުގެ ވަކީލު ވިދާޅުވީ، ވަކި ރަށެއްގެ ފައިސާކަން ސާބިތުކޮށްދޭން ނުޖެހޭނެ ކަމަށާއި ސާބިތުކޮށްދޭން ޖެހޭނީ އެއީ ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާކަން ކަމަށެވެ. ދެން މަހާޒު ސުވާލު ކުރެއްވީ، ވޮޑަމުލާގެ ފައިސާއެއްކަން ނޭނގި ކޮރަޕްޝަންގެ ކުށަކަށް ވަނީ ކިހިނެއްތޯ އެވެ. ދައުލަތުން ބުނީ ސީދާ ވަކި ކޮރަޕްޝަންގެ ކުށެއް ކަމެއް ވެސް ސާބިތުކޮށްދޭން ނުޖެހޭނެ ކަމަށެވެ.

އެ ފައިސާ އަކީ ވޮޑަމުލާގެ ފައިސާކަން އެނގެނީ ކިހިނެއްތޯ މަހާޒު ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ އަދީބާއި ޒިޔަތުގެ ހެކިބަހުން އަދި ކިތާބީ ހެކިތަކުން ވެސް އެކަން އެނގޭ ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ ޔާމީންގެ އިސްތިއުނާފް މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން އެ މަނިކުފާނު މިނިވަން ކުރުމާ މެދު އަންނަ ހޯމަ ދުވަހު ގޮތެއް ނިންމާނެކަން އިއުލާނުކުރައްވަމުންނެވެ.

50 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލުތުފީ

28 September 2021

ޔާމީން ހޯދާފައިވާ މުއްސަދިކަން ހޯދާފައިވަނީ މުޅިންވެސް ނަހަމަ ނުޢާމަލާތުންކަން ނޭގިގެންތަ މިއުޅެނީ. ވަގުން ސަލާމަތްވާގޮތަށް ރޭވިފައޮތް ޖުޑިޝަލް ސިސްޓަމެއްގެ ތެރޭން ފުރިހަމަ މަންފާނަނީ.

The name is already taken The name is available. Register?

އުތުފީ

28 September 2021

ބަޔަކު އެހެން ކިޔާފަ އަޑު އެރުވިއަކަސް އެކަން ހަގީގަތަކަށްނުވާނެ. އަހާބަލަ ޔާމީންގެ 800މިލިއަންގެ ވާހަކަ އެމްޑީޕީމީހުން ނުދައްކަނީ މިހާރު ކީއްވެތޯ. އެއީވެސް ހަގީގަތެއް ނެތް ވާހަކައެއް. މާކުރިއްސުރެ ޔާމީނަކީ ވަކި ކަހަލަ މީހެއްކަމަށް ލޭބަލްކޮށްގެން އުޅެނީ.

The name is already taken The name is available. Register?

ޥަކީލު

28 September 2021

މައްސަލަތައް ލައިވްކުރުކީ ސަރިއަތްތައް ޓީވީ ސޯއަކަށްވެ ފަނޑިޔާރުން ކާސްޓުންނަށް ވާންޖެހޭ ސަބަބެއްނޫނެވެ. ރައްޔިތުން ސޯބަލަން ތިބޭނެތީ ޗަރުކޭސް ދައްކާ ފާޑަށް ތާކުންނުޖެހޭ ސުވާލުތައްކޮށް ހީރޯއިންނަށާއި ހެރޮއިންނަށް ފަނޑިޔާރުން ވާން އުޅުމަކީ ބަލައިގަނެވޭ ކަމެއް ނޫނެވެ. މިމައްސަލައިގަ ޔާމީންގެ ފުރިހަމަ ދިފާއުއަކަށްވީހީ އެއީ ސަމާސާއަކަށް ކުޅޭކުޅޭ ކަމެއްގެ ގޮތުގައި ކޮށްލި ކަމެއްކަމަށް ބުނުމެވެ. ބޯޓެއް ހައިޖެކްކޮށްފަވެސް ސަމާސައޭ ބުނީ ސަލާމަތްވޭވިއްޔަ.

The name is already taken The name is available. Register?

ނަރުދޫ

28 September 2021

ޔާމީނުގެ ވާހަކަ ދައްކަން ވާނީ އަނދިރީގަ ތިބެ

The name is already taken The name is available. Register?

ރަންލައިޓް

28 September 2021

ތިމާގެ ގެޔަށް ވަންނަ ފައިސާ ހަލާލުނޫންކަމަށް ބުނީ ތިޔަގޮލާގެ އަނގައިން! މިއަދު ބަޔަކުލައްވާ ހަރާމް ހުކްމް ކިޔުއްވިޔަސް ތިމާގެ އަމިއްލަދުލުން ހަލާލުނޫންފައިސާގެޔަށް ވެއްދިކަމަށް އިއުތިރާފުވެފަ މިހާރު ކޮންހާސަރެއްތަ ތިޔަދަމަނީ؟ ދުނިޔޭގެ ނުފުޫޒުތަކުގެ ނިވަލުގައި ހުރެވިދާނެ އެކަމަކު މަހުޝަރުދުވަހު ޕީޕީއެމް ޕީއެންސީ ޗެނަލްތާރޓީ ނޯންނާނެކަން ހަނދާނޮކުރާތި! ތިޔައީ 1ނަންބަރު މުޖުރިމެއް! ބޮޑާކަމާ ކިބުރުވެރިކަމާއި އަނިޔާވެރި ކަމަކީ ތިސޮރުގެ ރަސްމީ ފޭރާން!

The name is already taken The name is available. Register?

ރިހިލައިޓް

28 September 2021

ޔާމީން އަމިއްލަ އަނބިމީހާއާ ބެހޭ ގޮތުން އެހެން ބުނާ ކަމަށް މާނަ ނެގޭނަމަ ތިއޮތީ ބޮލަށް ބޭސްކުރަންޖެހިފަ. ކާކުގެ އަންބެއްގެ ވާހަކަކަން އެއިރު ޔާމީން ދެއްކީ ނޭނގޭނަމަ އަމިއްލަ ސޯޓް ތިހެން ނުބާލާ ހުރިއްޔާ މަންޒަރު ރީތިވާނެ.

The name is already taken The name is available. Register?

ބަޑިތަކުރު

28 September 2021

ދައުލަތަށް ލިބުނު ފައިސާގެ ޗެކްތަކެއް އެހެން އަމިއްލަ ފަރާތެއްގެ އެކައުންޓަކަށް ޖަމާވެ އެފައިސާ އެފަރާތުން އެހެން މީސްމީހުންގެ އެކައުންޓުތަކަށް ޖަމާވީމާ ލިޔުންތަކުން ސާބިތުނުކުރެވޭނެބާވައެވެ. ގާނޫނީ ވަކީލުންގެ ފައުޖެއްގެ އެހީގައި ހަދާހާ ދޮގެއްގެ މައްޗަށް ހުރިހާކަމެއް ނިމިގެންދާނީބާވައެވެ. ހުރިހާ ކަމެއް ހުއްޓާލާފައި ތިޔަ މީސްމީހުންނަށް އެހާވަރުގެ ޢަދަދެއް އެކައުންޓަށް ވަންނަންޖެހުނު ގޮތެއް އެމީސްމީހުން ސާބިތުކޮށްދޭންވީ ނޫންހެއްޔެވެ.

The name is already taken The name is available. Register?

ހެހެހެ

28 September 2021

ތި ދެން ޝަރީއަތެއްތަ؟ ބޮޑަށް ވައްތަރީ ހޮޅޮއަށި ބަހުސަކާ ނޫންތަ؟

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

28 September 2021

މަހްޝަރު ދުވަހު ކުރެވޭނެ ސުވާލުތައް އަދި ވަކިން އުނދަގޫވާނެ.އެދުވަސް އެއީ ދޮގެއް ހެދޭނެ ދުވަހެއް ނޫން.

The name is already taken The name is available. Register?

މަންޑޭލާ

28 September 2021

މިޝަރީއަތް ނިމޭއިރު ރައްޔިތުންނަށް ކޮއްމެވެސް ވަރެއްގެ އިހްސާސްވާނެ މިހާރުގެ ފަޑިޔާރުންގެ އިންސާފް ލިބޭނެކަން. ޔާމީން ވެރިކަމުގައި ޝަރީއަތް ހިންގެވި ގޮތް އަދިވެސް ހަދާން އެބަހުރި.

The name is already taken The name is available. Register?

ޥަކީލު

28 September 2021

އިންސޯފަކީ ޔާމީނު ދޫވުމަށް ކިޔާ ނަމެއްނަމަ ޔާމީނު ދޫނުވަނީސް އިންސޯފެއް ލިބުނު ކަމަށް ނުވާނެ. ވީމާ ވަގުން ވައްކަން ކުރާ ކޮންމެ ފަހަރަކު އިންސޯފަކީ އެވަގު ކޯޓުތަކުގެ ތެރެއިން ދޫވެގެން ދިއުން ނޫން އެހެން ގޮތަކަށް ވެގެންވެސް ނުވާނެ.

The name is already taken The name is available. Register?

އަލީރާޖާ

28 September 2021

ވައްކަންކޮށްފަ އެކަން ފޮރުވަން ދޮގުހަދަންޖެހުނީމަ ނިކަން އުނދަގޫވާނެދޯ؟

The name is already taken The name is available. Register?

ރާޖާބޭބެ

28 September 2021

ދެން ދައުލަތުން ތެދުހަދައިގެން ދޯ އުނދަގޫވެގެން އެ އުޅެނީ؟ ކޮސްނުގޮވަބަލަ!!!

The name is already taken The name is available. Register?

ބަލީރާޖާ

28 September 2021

ބޮޑަށް އުނދަގޫވެގެން އުޅެނީ ދައުލަތުގެ ވަކީލުންނަށް. އެއްފަހަރު ވާނެ ވޮަޑަމުލާގެ ފައިސާއަށް. އަނެއް ފަހަރު ބުނާނެ ވޮޑަމުލާގެ ފައިސާކަން ސާބިތުކޮށްދޭކަށްނުޖެހެއޭ. މިއީ އިސްތިއުނާފް ނުކުރެވޭނެ ކަމެކޭވެސް ބުނެފިވިއްޔަ. ސުޕްރީމްކޯޓާ ހަމައަށް ދިއައިމަ ލައްކަ ގިނަ ކަންކަން ފަޅާއަރާނެތީ އިސްތިއުނާފް ނުކުރެވޭނެއޭ ގޮވޭނީ.

The name is already taken The name is available. Register?

ހަސަނު1

28 September 2021

ހޫން ހޫން.. ތިކުޅޭ ޑްރާމާ މިހާރު ސާފުވެއްޖެ! ތިކަމުގެ އަލިތައް ރައީސް ނަޝީދު ޔާމީނު ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާނޭ ބުނި ހިސާބުން ފެންނަން ފަށައިފި. ތިޔަ ކޯޓް ތަކަކީ ކުޅޭކުޅޭ ތަނެއް. އޭރަކު ސަރުކާރަށް ފެންނަ ގޮތަކަށް ތިކަން ކުރާނީ. މިގައުމަކީ ޓެރަރިޒަމްގެ ކުށަށް 25 އަހަރަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވެސް ދައުރު ބަދަލުވީމައި ހުރިހާ ހުކުމްތަކެެއް ކެންސަލްވާ ގައުމެއް.. ގޮތެއް ނެތިފައި ގޮޅީގައި އޮންނަންޖެހޭނީ ނިކަމެތި ރައްޔިތުމީހާ،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454