އައްޑޫ ހިތަދޫ ޕޮލިސް ސްޓޭޝަން.-- ފައިލް ފޮޓޯ
29 ސެޕްޓެމްބަރ 2021 - 14:41
އައްޑޫ ޕޮލިސް ސްޓޭޝަނުގައި ފުލުސް އޮފިސަރުންނާއި ވަސީލަތްތަކުގެ ދަތިކަން ވަރަށް ބޮޑުވެފައިވާ ކަން ހޯމް މިނިސްޓްރީގެ ސަމާލުކަމަށް ގެނައިތާ މަހަކަށް ވުރެ ގިނަ ދުވަސްވީ އިރު ވެސް، އެ މައްސަލަ އަށް ހައްލެއް ނުލިބުނު ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
މި މަހުގެ 17 ގައި އައްޑޫ ހިތަދޫގައި ހިންގި މާރާމާރީތަކާ ގުޅިގެން، ޖެހިގެން އައި ދުވަހު ސިޓީ ކައުންސިލުން ބޭއްވި ކުއްލި ބައްދަލުވުމުގައި ބުނެފައި ވަނީ އެ ސިޓީގައި ފުލުހުންނާއި ފުލުހުންގެ ވެހިކަލްތަކުގެ އަދަދު މަދުވުމުން ހިދުމަތް ދޭން އުނދަގޫ ވެފައިވާ މައްސަލަ މިދިޔަ މަހުގެ ހަތަރެއްގައި ހޯމް މިނިސްޓްރީ އަށް ލިޔުމަކުން އަންގާފައިވާ ކަމަށެވެ.
އެ ސިޓީގެ ޖަވާބު ހޯމް މިނިސްޓްރީން މިދިޔަ މަހުގެ 22 ގައި ސިޓީ ކައުންސިލަށް ފޮނުވާފައިވާއިރު، އެކަން ހައްލު ކޮށްދޭނެ ކަމަށް ބުންޏެވެ.
މި މައްސަލައިގައި އައްޑޫގެ ޑެޕިއުޓީ މޭޔަރު އިބްރާހިމް ޝުއާއު "މިހާރު" އަށް ވިދާޅުވީ، އޭގެ ފަހުން އެ މައްސަލައިގެ އެއްވެސް "އަޕްޑޭޓެއް" ހޯމް މިނިސްޓްރީގެ ފަރާތުން ނުލިބޭ ކަމަށެވެ.
އައްޑޫ މަރަދޫގެ ބޮޑުމަގު.-- ފައިލް ފޮޓޯ
"އައްޑޫގައި މިހާރު ކުށްކުރުން ގިނަވެފައި ވުމާއި އަދި އެހާ ގިނަ އަވަށްތައް ދުރުދުރުގައި ހުރިއިރު ފުލުހުންނާއި ވެހިކަލްގެ ދަތިކަން ހުރުމުން ހިދުމަތް ދޭން ވަރަށް އުނދަގޫވޭ،" އޭނާ ވިދާޅުވި އެވެ.
"މިހާރު ވެސް ހުރި ލިމިޑެޓް ރިސޯސަސްތަކާ އެކު އައްޑޫގެ ފުލުހުން ވަރަށް ބުރަ މަސައްކަތެއް އެބަކުރޭ."
ގާތްގަނޑަކަށް 34،000 މީހުންގެ އާބާދީއެއް ދިރިއުޅޭ އައްޑޫގައި އިޖުތިމާއީ މައްސަލަތައް އިންތިހާ އަށް އިތުރުވެފައި ވާތީ، ތަކުރާރުކޮށް ފުލުހުންގެ އިސް ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރި ކަމަށާއި އައްޑޫގައި މަސައްކަތް ކުރާ ފުލުހުންގެ އަދަދުގެ އެނަލަސިސްއެއް ހަދައި، އެ ވެސް ހޯމް މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލައާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.
ހިތަދޫގައި މި މަހުގެ 17 ގައި ހިންގި ދެ މާރާމާރީގައި އެކަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. އެ ދުވަހު ފުރަތަމަ މާރާމާރީ ހިންގީ ހެނދުނު ހިތަދޫ ފުލެޓް ސަރަހައްދުގަ އެވެ. ފްލެޓެއްގެ ތެރޭގައި ހުއްޓައި، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ.
ހަމަ އެ ދުވަހުގެ ރޭ ހިތަދޫގައި ވަނީ ސައިކަލަކުން ދިޔަ ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފަ އެވެ. އެ މާރާމާރީގައި ޒަހަމްވެފައި ވަނީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނެކެވެ. އެ ތަނުން ފިރިހެން މީހާގެ ކަނާތު ކޮނޑު ވަނީ ތޫނު އެއްޗަކުން ހަމަލާދީ ކަފާލައިފަ އެވެ. އަންހެން މީހާ އަށް މާ ބޮޑު އަނިޔާއެއް ނުވެ އެވެ.
މި ދެ މައްސަލައާ ގުޅިގެން ވެސް މިހާރު ވަނީ ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިސް ކޯ
30 September 2021
އެއްހާލަތުން އަނެއް ހާލަތަށް ބަދަލުވަނީ! ފަހުގެ އާލާތާއި އެކީ
ކުރުކޮށް
30 September 2021
އިބުރޙީމް ފުޅުގެ ކޮށި ވިސްނުން އެހެން ނޫންތޯ!
މުންޖިޗޭ
30 September 2021
ތިކަން ނުވެގެން އުޅެނީ އިންޑިޔާގެ ކޮންސިއުލޭޓެއް ނެތިގެން، އެމީހުންނަށް ތިކަންވާންއޮތީ، އިންޑިޔާގެ ސްޓޭޓަކަށް ތިތަން ހެދިގެންނޫނީ ކަންކަން ފުރިހަމައެއް ނުކުރެވޭނެ، ހުރިހާވެސް މައްސަލައަކީ މޯދީޖީގެ ބާރު ތިތަނަށް ނުހިގުން.
ޒަރީޜޫ
30 September 2021
އަޖައިބެއް ކަހަލަ ސަރުކާރެއް. އެތަނުގެ ކޮމާންޑަރުން ކުރަންޖެހޭ ޝަކުވާ މި ކުރަނީ އެތަނުގެ ކައުންސިލުން.
ހަސަނުބޭބެ
29 September 2021
ފުޅުހުންނަށް ލިބޭހުރިހާކާރެއް ސާވިސްކުރަނ ބުރަޔަކައް އޮންނަނީ ތިލަފުޓަށް އުކާލާފަ. މިހާރުވެސް 30 ހަކަށް ފުލުހުންގެ ވެހިކަލް އެބަ އޮތް އެތާގަ.
ކުއްޅަފިލާފަތް
30 September 2021
ހަސަނުބޭ، ވާނުވާ ބަލާފަ ކިޔާ އެއްޗެއް ކިޔާތި. އައްޑޫގަވެސް މާލޭގަވެސް ފުލުހުންގެ ވެހިކަލް މަރާމާތު ކުރޭ.
ފުލުސް
29 September 2021
މަދިއްޔާ އިންޑިއާއިން ސިފައިން ގެނޭ
ރޮއީސް
30 September 2021
މިއީ ޖޯކެއްތަ؟
ތަކައިފީލު
29 September 2021
ޖަޕާނު ސަރުކާރުން އައްޑޫގައި ކަރަންޓް ޚިދުމަތް ދިނުމަށްޓައި ގެނައި ކޭބަލްތަކާއި ޓްރާންސް ފޯމަރުތައްވެސް ދިޔައީ ގްރާޓާ ސަރަހައްދަށެވެ. އައްޑޫގެ ބައެއްސަރަހައްދުތަކުގައި ވަޅުލާފައި މިހާރުވެސް ހުންނާނީ އާދައިގެ ސަޕްލައިއެވެ. އަދި ބާވެފައިހުރު ޓްރާންސްފޯމަރުތަކެވެ. ވީއިރު އިންޑިއާއިން ދިން ވެހިކަލްތަކަށްވާނެގޮތް އަފީފުދީދީ ނުބުންޏަސް އެންމެނަށްވެސް އެނގެއެވެ.
ޙަބީބު
30 September 2021
ކޮއްކޯ ޖަޕާނު ސަރުކަރަކުން ނުދޭނެ ވަކި ރަށެއްގެ ނަންޖަހަފަކާ ދިވެހިރައްޖެޔަކައް އެކައްޗެއްވެސް ދޭނީ ގިނަބަޔަކައް ބައިބޯ ތަަނަކައް ހިދުމަތްދިނުމައް ސަރުކާރައް ލުއިވާނެ ގޮތަކައް މަސަތްކަތް ކުރުމައް ދެއްވާ އެއްޗެއްދޭނީ އެހެންނޫނަސް ކުއްމަދުކުރެވެނީ ޖަޕަނުންދިން ކަރަންޓު ކެބަލެއް އައްޑޫގަ ނެތީމަ ކަމައްވަންޏާ ފުރަތަމަކަމަކައް ޑޮކްޓަރައް ދައްކަން ތިޔަބެފުޅުން ގެންދަންވީ އުންސުރު ދިމާނުވާ ވާހަކަތިޔައީ
އިއްސެ - ފޭދޫ އައްޑޫ
30 September 2021
ޙަބީބު ކަލޭ ހަދާން އެބަހުރިތަ އައްޑޫގައި ފްލެތް އަޅާން އެގްޒިމްބެންކުން ދީފައިހުރި ލޯނު ފައިސާ ޔާމީނުގެ ސަރުކާރުން ހުށަހަޅައިގެން މާލެއަށް ބަދަލު ކުރަން މަޖިލީހުން ނިންމިކަން. މިފަދަ އެތައް ފައިސާއެއް މުދަލެއް ވަކިވަކި ރަށްރަށަށް ދިނުމުން މާލެއަށް ބޭނުންކޮށްފައި އެބަހުރި.
އެކުވެރި ސުވާދީބު ޖަމާހިރިއްޔާ
29 September 2021
ސުވާދީބު ދައުލަތުގެ ދުވަސްވަރު އައްޑޫއަށް ވާވަރަށް ފުލުހުންވެސް ތިބި. މިހާރު ބޮޑެތި އަދަދުތަކުން މާލޭމީހުންގެ ކަންކަމަށް ޖިޒީދައްކާފަ މާލޭގަ ތިބޭ ފުލުހުންގެ ހަބަރުތައް ޓީވީއިން ބަލަންތިބެފަ ނިދާފަ ހޭލާއިރު ޓީވީ ވަގަށް ގެންގޮއްސަ އޮންނަނީ.
ޚިޔާލީ ފޮލާ
29 September 2021
ސުވާދީބެއް އަނބުރާ ރުޖޫޢައެއް ނުކުރެވޭނެ
1828
30 September 2021
އަނެއްކާ ގިނަ ފުލުހުން އުޅެންވެސް ބޭނުންވަނީ މާލޭގައޖ
ޙަބީބު
30 September 2021
އައްޑޫއަކީ އެއްއިރަކުވެސް މާތަހުޒީބު ބަޔަކު އުޅުނު ތަނެއްނޫން ހަަމައަޑެއް އަރުވަނީ ވަރައްނަތަހުޒީބު ދިވެހިންގެ އެއްވެސް ސަގަފަތަކާ އާދައެއްވެސް ނުހުންނަނެ އީދުކުޅިވަރެއް މަޖާ އެއްވެސް ހަރަކަތެއްވެސްނުދަންނާނެ ވަރައް ކިބުރުވެރި ހަސަދަވެރި ބަޔަކު އުޅޭނީ
ހުސެންދީ
29 September 2021
ކަލޯ ހާލަތު ގޯސްވާނެ، 2012 ފެބުރުއަރީ 8 ގައި ކަލޭމެން ނިކުމެ ވެހިކަލްތައް ތޯކޮށް ފުލުހުންގެ ތަންތަނުގައި ހުޅުޖެހީމާ. އެމް.ޑީ.ޕީ ކައުންސިލަކުން ތިވާހަކަ ދައްކައް ރީއްޗެއްނޫން
އޭކުސަވާލް
29 September 2021
ކޮންތަނެއްދައިތޯ ފުލުހުންގެ ޙާލަތު ރަނގަޅީ؟ ވިލިމާލެއާއި ހުޅުމާލެގައި މިހާރު މިއުޅޭ ފުލުހުންނަކީ ވަރަށް ކަންނެއްބައެއް. ރައްޔިތުންނާ އެއްވެސް މިނަވަރަކަށް އަޅާލާ ބައެއްނޫން. ވަގުތުން ވަގުތަށް މިތާ މިހާރު ތިބި ހުރިހާ ފުލުހުން އެހެން ތަކަކަށް ބަދަލު ކުރަން ގޮވާލަން!!!!!!!!!!
1828
30 September 2021
ހެހެހެހޭ. ތިކަން ތިހެންނެއް ނުވާނެ. ރާޒުވާ ކުޅިބައެއްހެން އަނބުރާނީ ރާއްޖެތެރޭގައި މަސައްކަތްކުރާ ފުލުހުން. މާލޭ ފުލުހުން ބަދަލުކުރާނީ މާލޭގެ އެކި ޑިޕާރޓްމަންޓްތަކަށް. މާލޭގައި މަސައްކަތްކުރާ ފުލުހުންނަށް މަރުވަންދެންވެސް މަސައްކަތްކުރާނީ މާލޭގައި. އެކަމަކު ރާއްޖެތެރޭ ފުލުހުންނަކަށް އެފުރުސަތެއް މާލޭ ސަރުކާރަކުންނެއް ނުދޭ