ދ. އަތޮޅުގައި އޮންނަ ނިޔާމަ ރިސޯޓުގެ ވޯޓާ ވިލާގައި މިއަދު އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ.
ނިޔާމަ ރިސޯޓުގައި އަލިފާން ރޯވި ކަމުގެ ރިޕޯޓު ލިބިފައި ވަނީ ލިބިފައި ވަނީ މިއަދު ފަތިހު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައި ވަނީ ހެނދުނު ހަތެއް ޖަހާކަން ހާއިރެވެ.
އެ ހާދިސާއާ ގުޅޭ ގޮތުން ނިޔާމަ ރިސޯޓުގެ ބަހެއް އަދިއެއް ނުލިބެ އެވެ.
ވޯޓާ ވިލާގައި ރޯވެފައިވާ މަންޒަރު ފެންނަ ފޮޓޯތަކުން އެނގޭ ގޮތުގައި، އެ ތަންތަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.