07 އޮކްޓޯބަރ

October 07, 2016 35
ކާޑުގެ އަގާ ގުޅޭނީ ރޮއްޓާއި ރިހަޔާއި ސަޔަކާ ނޫން

ދިވެހިންގެ އަސާސީ ކާނާގެ ބާވަތްތައް ކަމަށްވާ ހަނޑޫ، ހަކުރު އަދި ފުށް އަގު ހެޔޮކޮށް ވިއްކަން ސަރުކާރުން ދެމުން އައި ސަބްސިޑީ ކަނޑާލުމާ އެކު އެ ބާވަތްތަކުގެ އަގުތައް ވަނީ ދެ ގުނަ ބޮޑުވެފަ އެވެ. އެކަމަކު އެ ބޮޑުވި މިންވަރަކީ ދިވެހިންގެ މިހާރުގެ ހާލަތަށް ބަލާއިރު ނުފޯރާ ވަރެއް ހެއްޔެވެ؟

21 އޯގަސްޓް

August 21, 2016 7
އަބުރު ހިމާޔަތްކުރަން ނިކުންނަ، ގޮތް ނޭނގޭ މީހާ

ކުރީގެ ރައީސް މުހައްމަދު ނަޝީގެ އަބުރަށް އަރައިގެންފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ފުލުހުން ބަލަމުން އަންނައިރު، ނަޝީދަކަށް އަދި އެމަނިކުފާނުގެ ޕާޓީއަކަށް ވެސް އެ މައްސަލަ ހުށަހެޅި ކަމެއް އެނގިފައެއް ނުވެ އެވެ. އަބުރު ހިމާޔަތްކުރުމުގެ ނަމުގައި ހެދި ގާނޫނުގެ ދަށުން "އަމިއްލަ ފަރާތަކުން" ފުލުހުންނަށް މައްސަލަ...

12 އޯގަސްޓް

August 12, 2016 27
ކޮލަމް: އަބުރު ހިމާޔަތްކުރާ ގޮތުގެ ފުރަތަމަ ފިލާވަޅު

އަބުރު ހިމާޔަތްކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ގާނޫނަކީ ހިޔާލު ފާޅުކުރުން ހުއްޓުވައި އެތައް ބަޔަކަށް ނުހައްގުން ބޮޑެތި އަދަބުތަކެއް ލިބޭ ގޮތަށް އޮތް ގާނޫނެއް ކަމަށް ނޫސްވެރިންނާއި ސިޔާސީ އެކި ފަރާތްތަކުން އަދި ބައިނަލްއަގުވާމީ މުޖުތަމައުން ދެއްކި ވާހަކަ ދިފާއުކުރަން އައްޑަނަ ހިފައިގެން ނިކުތީ ދައުލަތުގެ...

05 އޯގަސްޓް

August 05, 2016 71
ކޮލަމް: ހިޓްލަރުގެ ގާނޫނީ ވެރިކަން

ޖަރުމަނުގައި ވެރިކަންކުރި އެޑޮލްފް ހިޓްލަރުގެ އަނިޔާވެރިކަމުގެ ވާހަކަ މުޅި ދުނިޔެ ވެސް ދަނެ އެވެ. އޭނާގެ ނަމާއި ނިޝާންތަކާއި އިޝާރާތްތައް ވެސް އިންސާނިއްޔަތާ ދެކޮޅު މުޑުދާރު އެއްޗެހީގެ ގޮތުގައި ސިފަކުރެވެނީ ހިޓްލަރުގެ އަނިޔާވެރިކަމުގެ ރަމްޒުތަކަށް ވާތީ އެވެ. ހިތު ހުރިހާ ގޮތަކަށް ކަންތައް ކުރަން ހިޓްލަރަށް ބާރު ލިބުނެވެ....

29 ޖުލައި

July 29, 2016 54
ކޮލަމް: ސަރުކާރު ބަންދުކުރުމުގެ ރެކޯޑް ރާއްޖެއަށް

ކަލަންޑަރުގައި އޮތީ ރަސްމީ ބަންދުގެ ގޮތުގައި 20 ދުވަހެވެ. އެއީ ދީނީ އެކި މުނާސަބުތަކާއި ގައުމީ އަދި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މޭ ޑޭ ވެސް ހިމަނައިގެންނެވެ. އެކަމަކު ބަންދު ދުވަސްތައް ކޮންމެ ފަދަ ގޮތަކަށް ވެސް ބަދަލުވެގެން ހިނގައިދާނެ ކަމަށް މިހާރު ތިބެން މި ޖެހެނީ ވިސްނައިގެންނެވެ. ކޮންމެވެސް ދޭތެރެއަކުން ދުވަހެއް ނުވަތަ...

22 ޖުލައި

July 22, 2016 82
ކޮލަމް: އެސްކޮބާ ހެދިގެން އަބަދަކު ނޫޅެވޭނެ

ކޮލަމްބިއާގެ ޑްރަގް ވިޔަފާރީގައި އިންތިހާ ދަރަޖައިގެ މުއްސަނދިކަން ހޯދި ޕަބްލޯ އެސްކޮބާ މުޅި ގައުމަށް ނުފޫޒު ފޯރުވި އެވެ. ގައުމުގެ ހުރިހާ ނުބައިކަމެއްގެ ފަހަތުގައި ހުރީ އެސްކޮބާކަން އެނގޭއިރު ވެސް އޭނާ ސިޔާސީ މައިދާނަށް ނިކުމެ މަގާމުތަކާ ހިސާބަށް ދިޔައީ ކޯޓަކުން ކުށެއް ސާބިތު ނުވާތީ އެވެ. ސަލާމަތީ ބާރުތަކުގެ ހާއްސަ...

15 ޖުލައި

July 15, 2016 7
ގައުމު އިސްލާހުކުރަން އެންމެ ފަސޭހަ ގޮތް

ގައުމުގައި ބޮޑެތި ސީރިއަސް މައްސަލަތަކެއް ހުރި ވާހަކަ އެއްބަޔަކު އެބަ ދައްކަ އެވެ. އަނެއް ބަޔަކު ބުނަނީ އެއީ ވެރިކަމުގެ ބޭނުމުގައި ކުރާ ހަގީގަތެއް ނެތް ތުހުމަތު ކަމަށާއި ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށެވެ. ގައުމު ހިންގުމާ ހަވާލުވެ ތިއްބެވި ބޭފުޅުން އެ ޔަގީންކަން އެބަ ދެއްވަ އެވެ. އެ ބޭފުޅުން އެ ވިދާޅުވަނީ ހުރިހާ ވިސްނުމެއް...

01 ޖުލައި

July 01, 2016 30
ކޮލަމް: ޓިކެޓަކާ ހެދި ޕީޕީއެމަށް މިވަރު ވަނީ ކީއްވެ؟

ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ރައީސް އަބްދުﷲ ޔާމީނަށް ދޭން މަސައްކަތް ފެށި ހިސާބުން އެ ޕާޓީގެ އެތެރޭގެ ކޯޅުންގަނޑުގެ ހުޅުގަނޑު ފަޅައިގެން ހިނގައްޖެ އެވެ. ކޮންމެ ޕާޓީއެއްގައި ވެސް އޮންނާނެހެން، ޕާޓީގެ އެކި ލީޑަރުންނަށް ތަބާވާ ފެކްޝަންތައް ޕީޕީއެމްގައި ވެސް އޮވެ އެވެ. އެކަމަކު...

24 ޖޫން

June 24, 2016
ނިޒާމް ފުނޑިގެން ދިއުމަކީ މައްސަލައެއް

ތަނެއްގެ ނުވަތަ ކަމެއްގެ ވެރިކަމަށް އަންނަން ހިތުއަޅަންވާނީ ވެސް ފާޑުކިޔުމާއި ޚިޔާލު ތަފާތުވާ މީހުންނާއި އުނދަގޫކުރާ މީހުން ވެސް އުޅޭނެކަން ގަބޫލުކޮށްގެންނެވެ. އަދި އަމުދުން ޑިމޮކްރަސީއޭ ކިޔައިގެން އުޅޭ ނަމަ މި ބުނި ހުރިހާ ކަމެއް ހުންނާނީ އެތައް ގުނައެއް މަތީގަ އެވެ. މޮޅު ވެރިޔަކަށް ވާނީ މި ހުރިހާ ކަމަކުން ސަލާމަތްވަމުން،...

17 ޖޫން

June 17, 2016 47
އުމަރަކީ ރާއްޖޭގެ ސިރިސޭނާ އަށް ވެދާނެތަ؟

ރާއްޖޭގެ ވެރިކަންކުރާ ޕާޓީގެ ރިޔާސީ ޓިކެޓް ދިނުމުގެ މައްސަލާގައި އުޅޭ ޚިލާފުގެ ވާހަކަ ފަށާނީ އަވަށްޓެރި ސްރީ ލަންކާއާ ހިސާބުންނެވެ. އެ ގައުމުގެ އެންމެ ފަހުގެ ރިޔާސީ އިންތިޚާބުގައި މަހިންދަ ރާޖަޕަކްސަ އަށް ވެރިކަން ގެއްލުނީ ވަފާތެރި ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި މައިތިރްޕަލާ ސިރިސޭނާ ކުއްލިއަކަށް އިސްތިއުފާ ދެއްވައި...

03 ޖޫން

June 03, 2016 36
ކޯލިޝަނުގައި އަދީބު ހިމެނޭ ސަބަބު އެނގެން ޖެހޭ

ސިޔާސީ މައިދާނުން އެންމެ ގިނައިން ފެނި ގެއްލެނީ ކޯލިޝަންތައް ކަމަށް ވެދާނެ އެވެ. ސިޔާސީ ބާރުވެރިކަން ހޯދަން އޮންނަ އެންމެ ފަސޭހަ ގޮތަކީ އެންމެން އެއްވެ އެއް މިސްރާބަކަށް ދަތުރު ފެށުން ކަމަށް ވިޔަސް ވަކި ހިސާބަކުން އެކި މީހުން އެކި ދިމާލަށް ދާން ބޭނުންވެ އެންމެ ފަހުން އެއްބަޔަކު ކަނޑަށް ފުންމާލައިގެން ސަލާމަތްވަނީ އެވެ. އަނެއް...

27 މެއި

May 27, 2016 27
އެމްޑީޕީ އަށް ގޮތް ހުސްވީތަ؟

އެމްޑީޕީ އުފެދިގެން އައީ ވަރުގަދަ ރޫހަކާ އެކުގަ އެވެ. ސިޔާސީ ހަރަކާތްތަކުގައި އެއީ އެހެން ޕާޓީތަކަށް ނަމޫނާއެކެވެ. އެކަމަކު އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލައި ސިޔާސީ މައިދާނުން އެކަހެރިވުމާ އެކު ޕާޓީގެ ރޫހު މަރުވެއްޖެ އެވެ. ގޮތް ހުސްވީހެއްޔެވެ؟