އުރީދޫގެ މަގޭ ޕްލޭން ބޭނުންކުރާ ކަސްޓަމަރުންނަށް އެކްސްކްލޫސިވް އޮފާތަކެއް އެ ކުންފުނިން ތައާރަފުކޮށްފި އެވެ.

އަންނަ މަހުގެ ނިޔަލަށް ދޭ މި އޮފާގެ ދަށުން މަގޭ ޕްލޭނުގެ ކަސްޓަަމަރުންނަށް 125ރ. އަށް ހަތަރު ޖީބީގެ ޑޭޓާ 30 ދުވަހުގެ މުއްދަތަށް ލިބޭނެ އެވެ. އަދިި 15 ދުވަހަށް ދެ ޖީބީގެ ޑޭޓާ 75ރ. އަށް ލިބޭއިރު 24 ގަޑިއިރަށް ހަތަރު ޖީބީގެ ޑޭޓާ 50ރ. އަށް ލިބޭނެ އެވެ.

އުރީދޫ މަގޭ ޕްލޭނަކީ ކަސްޓަމަރުން އަމިއްލަ އަށް މޯބައިލް ޕްލޭން ހެދުމުގެ ފުރުސަތު ދިނުމަށް ތައާރަފުކުރި ޕްލޭނެކެވެ. މި ޕްލޭންގެ ދަށުން ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެ މީހަކު ބޭނުންވާ ވަރަކަށް ޑޭޓާ އާއި ކޯލް އަދި އެސްއެމްއެސް އާއި އައިޑީޑީ ޕްލޭން ނެގޭނެ އެވެ.

މި ޕްލޭން އުރީދޫގެ އެޕްލިކޭޝަން މެދުވެރިކޮށް ބޭނުން ކުރެވޭނެ އެވެ.