ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގި ގަތުލު އާންމާ ގުޅިގެން، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އައިސީ) ގެ ސަމިޓުގައި ވެސް ރާއްޖެ އިން އިޒްރޭލްގެ އަމަލުތައް ކުށްވެރިކޮށްފި އެވެ.
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގި ގަތުލު އާންމާ ގުޅިގެން، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އައިސީ) ގެ ސަމިޓުގައި ވެސް ރާއްޖެ އިން އިޒްރޭލްގެ އަމަލުތައް ކުށްވެރިކޮށްފި އެވެ.
ޔުނައިޓެޑް ނޭޝަންސް (މެއި 16) - ގާޒާގައި ފަލަސްތީން މީހުންނާ ދެކޮޅަށް އިޒްރޭލުން ހަމަލާދީ އެތައް ބަޔަކު ޝަހީދު ކުރަމުންދާ މައްސަލާގައި ބޭއްވި އދ.ގެ ސަލާމަތީ މަޖިލީހުގެ...
ގާޒާ (މެއި 16) - އިޒްރޭލް ސިފައިންގެ ހަމަލާތަކުގައި ޒަޚަމްވެގެން ފަރުވާ ދޭން ގެންނަ މީހުންގެ އަދަދު އިތުރުވެ ގާޒާގެ އަލް ޝިފާ ހޮސްޕިޓަލް ފުރި ބާރުވެއްޖެ އެވެ.
އަންކާރާ (މެއި 15) - ގުދުސްގައި އެމެރިކާ އެމްބަސީ ހުޅުވުމާ ދިމާކޮށް އިޒްރޭލުން އިއްޔެ ހިންގި އުދުވާނާ ދެކޮޅު ހެދުމުގެ ގޮތުން އެމެރިކާ އާއި އިޒްރޭލުގައި ތިބި ތުރުކީ ސިފައިން އަނބުރާ ގެންގޮސްފި އެވެ.
ގާޒާ (މެއި 15) - ތެލް އަވީވުގައި ހުރި އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމުން އިޒްރޭލުގެ ވެރިން ދަނީ އުފާ ފާޅު ކުރަމުންނެވެ. ފަލަސްތީން މީހުން އިހްތިޖާޖުގަ އެވެ.
ގާޒާ (މެއި 15) - ގުދުސްގައި އެމެރިކާ އެމްބަސީ ހުޅުވުމާ ގުޅިގެން ފަލަސްތީނުން ކުރަމުންދާ އިހްތިޖާޖް މިއަދު އިތުރަށް ފުޅާ ކުރާނެ ކަމަށް ބުނެފި އެވެ.
ގާޒާ (މެއި 14) - އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމާ ދެކޮޅަށް އިހްތިޖާޖް ކުރަމުން ދިޔަ ފަލަސްތީން މީހުން ގަޔަށް ބަޑި ޖަހާ 41 މީހުން މިއަދު ޝަހީދު ކޮށްލައިފި އެވެ.
ގުދުސް (މެއި 14) - ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންނެއް އިހްތިޖާޖް ކުރަމުން ދަނިކޮށް އެމެރިކާ އެމްބަސީ ތެލް އަވީވުން ގުދުސް އަށް މިއަދު ބަދަލުކޮށްފި އެވެ.
ގާޒާ (މެއި 14) - އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމާ ދެކޮޅަށް އިހްތިޖާޖް ކުރުމަށް ގާޒާ ބޯޑަރަށް ޖަމާވި މީހުންގެ ގަޔަށް އިޒްރޭލް ސިފައިން ބަޑި ޖަހާ 16 މީހުން ޝަހީދު ކޮށްލައިފި...
ގުދުސް (މެއި 7) - އެމެރިކާ އެމްބަސީ އަށް ދާ މަގުތައް އަންގައިދިނުމުގެ ބޯޑުތައް ގުދުސްގައި މިއަދު ހަރުކުރަން ފަށައިފި އެވެ.
ރިޔާޒް (އެޕްރީލް 30) - މެދުއިރުމަތީގެ ސުލްހައާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާ ޕްރޮޕޯޒަލް ފަލަސްތީނުން ގަބޫލް ކުރަން ޖެހޭ ކަމަށާއި ނޫނީ "އަނގަމަޑުންލައިގެން ތިބުމަށް" ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެފައިވާ ކަމަށް ޓީވީ ޗެނަލަކުން ބުނެފި އެވެ.
ރާމުﷲ (އެޕްރީލް 29) - އިޒްރޭލާ ގުޅުން ކަނޑާޅުމާ ގުޅޭ ގޮތުން ޕަލަސްތީން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) ގެ ނޭޝަނަލް ކައުންސިލް (ޕީއެންސީ) ގައި މަޝްވަރާ ކުރަން ހަމަޖައްސައިފި އެވެ.
ތެލް އަވީވް (އެޕްރީލް 26) - މީގެ ހަތަރު އަހަރު ކުރިން ފަލަސްތީނުގެ ކުޑަކުއްޖާ ޝަހީދުކޮށްލި އިޒްރޭލް ސިފައިންގެ މީހާ އަށް ނުވަ މަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
ކުއާލަ ލަމްޕޫރު (އެޕްރީލް 23) - މެލޭޝިއާގައި ބަޑި ޖަހާ މަރާލި ފަލަސްތީނުގެ އިލްމުވެރިޔާ އަދި އިމާމް ފާދީ މުހައްމަދު އަލް ބަތަޝްގެ މަރުގެ ތުހުމަތު ކުރެވޭ ދެ މީހުން ހުންނާނެ ގޮތަށް...
ކުއާލަ ލަމްޕޫރު (އެޕްރީލް 23) - މެލޭޝިއާގައި ފަލަސްތީނުގެ އިމާމް އަދި ލެކްޗަރާ ފާދީ މުހައްމަދު އަލް ބަތަޝް މަރާލުމުގެ ފަހަތުގައި ބޭރު ބަޔަކުވާ ކަމަށާއި އެކަން ތަހުގީގު ކުރަން ޖެހޭނީ...
ތެލް އަވީވް (އެޕްރީލް 22) - ފަލަސްތީނުގެ އިމާމަކު މެލޭޝިއާގައި މަރާލުމުގެ ފަހަތުގައި ވަނީ އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާދު ކަމަށް ދެކެވޭ ވާހަކަތައް އެ ގައުމުގެ ޑިފެންސް މިނިސްޓަރު...
ކުއާލަ ލަމްޕޫރު (އެޕްރީލް 22) - މެލޭޝިއާގައި ދިރިއުޅޭ ފަލަސްތީނުގެ އިމާމެއްގެ ގަޔަށް ބަޑިޖަހާ އިއްޔެ މަރާލައިފި އެވެ.
ގާޒާ (އެޕްރީލް 21) - ގާޒާ ބޯޑަރުގައި އިޖްތިޖާޖް ކުރަމުންގެންދާ ފަލަސްތީން މީހުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ޖަރީމާތައް ބެލުމަށް ސަލާތީ މަޖިލީހުން ކޮމިޝަނެއް އުފެއްދުމަށް ފަލަސްތީނުގެ ސަފީރު ރިޔާޒް މަންސޫރު ގޮވާލައްވައިފި އެވެ.
ގާޒާ (އެޕްރީލް 20) - ގާޒާ ބޯޑަރުގައި ފަލަސްތީނުން ކުރިއަށް ގެންދާ "ގްރޭޓް މާޗް އޮފް ރިޓާން" ގައި ފަލަސްތީނުގެ އެތައް ހާސް ބަޔަކު ބޯޑަރަށް މިއަދު ޖަމާވާން ފަށާފައިވާ އިރު އިޒްރޭލުން އިންޒާރު ދީފި އެވެ.
ގާޒާ (އެޕްރީލް 16) - ގާޒާ ސްޓްރިޕްގައި ބިމު އަޑިން ކޮނެފައިވާ އެންމެ ދިގު އަދި އެންމެ ފުން މަގު އިޒްރޭލުން ހަލާކުކޮށްލައިފި އެވެ.
ގާޒާ (އެޕްރީލް 8) - ގާޒާ ބޯޑަރު ކައިރީ ހުކުރު ދުވަހު ކުރި އިހްތިޖާޖް ކަވަރު ކުރުމުގައި އުޅުނު ފަލަސްތީނުގެ ނޫސްވެރިޔާ ގަޔަށް ބަޑިޖަހާ ޝަހީދުކޮށްލި މައްސަލަ ބަލާނެ ކަމަށް އިޒްރޭލް ސިފައިން ބުނެފި އެވެ.
ގާޒާ (އެޕްރީލް 7) - ގާޒާ ބޯޑަރުގައި އިހްތިޖާޖް ކުރަމުން ދިޔަ ފަލަސްތީނު މީހުންނަށް އަމާޒުކޮށް އިޒްރޭލުން ބަޑިޖެހުމުން ވަޒަން އެރި ނޫސްވެރިޔާ ޝަހީދުވެއްޖެ އެވެ.
ވޮޝިންޓަން (އެޕްރީލް 3) - ފަލަސްތީނެކޭ އެއްގޮތަށް އިޒްރޭލަށް ވެސް އަމިއްލަ ބިމެއް އޮތުމުގެ ހައްގު ލިބިގެންވާ ކަމަށް ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.
ޔުނައިޓެޑް ނޭޝަންސް (އެޕްރީލް 1) - ގާޒާގެ ބޯޑަރަށް ޖަމާވެފައިވާ ފަލަސްތީން މީހުންނަށް އަމާޒުކޮށް އިޒްރޭލުން ދޭ ހަމަލާތައް ހުއްޓުވުމާއި އެކަން ތަހްގީގު ކުރަން ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ގަރާރު އިޒްރޭލުން ހުއްޓުވައިފި އެވެ.
ފަލަސްތީނުގެ ގާޒޯ ބޯޑަރު ސަރަހައްދުގައި އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ ބަޔަކު ޝަހީދު ކޮށްލި ހާދިސާ ރާއްޖެ އިން މިރޭ ކުށްވެރިކޮށްފި އެވެ.
ޔުނައިޓެޑް ނޭޝަންސް (މާޗް 31) - ގާޒާ ބޯޑަރުގައި ފަލަސްތީނުން އިއްޔެ ފެށި އިހްތިޖާޖްގައި އިޒްރޭލް ސިފައިން ބަޑިޖަހާ ފަލަސްތީނުގެ 16 މީހުން ޝަހީދުކޮށްލި މައްސަލައިގެ މިނިވަން ތަހުގީގެއް...
ގާޒާ ސިޓީ (މާޗް 30) - ހަ ހަފުތާ އަށް ދިގުދެމިގެންދާ އިހްތިޖާޖުގައި ފަލަސްތީނުގެ އެތައް ބަޔަކު ގާޒާގެ ބޯޑަރަށް މިއަދު ޖަމާވިއިރު ހިންގި ހަމަނުޖެހުންތަކުގައި މިހާތަނަށް ވަނީ ފަލަސްތީނުގެ ހަތް މީހުން ޝަހީދުވެފަ އެވެ.
ގާޒާ (މާޗް 13) - ފަލަސްތީނުގެ ބޮޑު ވަޒީރު ރާމީ ހަމަދުﷲ ގާޒާ އަށް މިއަދު ދަތުރު ކުރެއްވި މޮޓޯކޭޑަށް އަމާޒުކޮށް ހަމަލާއެއް ދީފި އެވެ.