ވާހަކަދައްކާ ގުރައެއް އޭގެ ސާހިބު މީހާ އާއި ގޭގެ ނޯކަރަކާ އޮތް ސިއްރު ގުޅުން ސާހިބު މީހާގެ އަނބިމީހާއަށް ފަޅާ އަރުވާލައިފި އެވެ.

ކުވައިތުގައި ހިނގި މި ހާދިސާގައި، ގުރާ ވަނީ ފިރިހެންމީހާ ގޭގެ ނޯކަރަށް ނިސްބަތްކޮށް ދައްކާ ލޯބީގެ ވާހަކަތައް ދަސްކޮށްގެން އެ ވާހަކަތައް ތަކުރާރުކޮށް ގޮވަން ފަށައިފަ އެވެ.

ގުރާ ފަހަކަށް އައިސް މާ ގިނައިން ލޯބީގެ ވާހަކަތައް ދައްކާތީ އަނބިމީހާ އަށް ޝައްކުވާން ފެށި އެވެ. ގުރައަށް މިފަދަ އަޑުތައް އިވެނީ ގޭތެރެއިންކަން އަންހެންމީހާ އަށް ވިސްނުނެވެ. ސަބަބަކީ އެސޮރު އާއްމުކޮށް ކިޔަނީ އިވޭ ޖުމްލަތައް ކަމަށް ވާތީ އެވެ.

ކުވެއިތުގެ އަލް ޝަހީދު ޑެއިލީގައި ބުނާ ގޮތުން ފިރިހެންމީހާ ކައިވެނީގެ ބޭރުން ގުޅުމެއް ހިންގާ ކަމަށް އަންހެންމީހާ އަށް ޝައްކުވާތާ އޭރު ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ނަމަވެސް ޔަގީންވީ ގުރާ ލޯބީގެ ވާހަކަތައް ދައްކަން ފެށުމުންނެވެ. އެހެންވެ އަންހެންމީހާ ފާރަލައިގެން ބެލިއިރު ހަމަ ހަގީގަތުގައި ވެސް ނޯކަރު މީހާ އާއި ފިރިމީހާ ސިއްރު ގުޅުންތަކެއް ހިންގާކަން އެނގުނެވެ.

އަންހެން މީހާ މައްސަލަ ފުލުހުންނަށް ހުށަހެޅި އެވެ. ހުރިހާ ކަމެއް އަމިއްލަ ލޮލުން ދެކިފައި ވިޔަސް ހެއްކަކީ ގުރަ އެވެ.

ނަމަވެސް ފިރިހެންމީހާ ވަރަށް ފަސޭހައިން މިކަމުން ބޯދަމައިގަތެވެ. ފުލުހުން ގާތު އެމީހާ ބުނީ ގުރައަށް އެ ޖުމްލަތައް ދަސްވީ ޓީވީން ނުވަތަ ރޭޑިއޯއިން ކަމަށް ވެދާނެކަމަށާއި އަންހެނުން އޭނާއާ މެދު ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށެވެ.