ޕެންޝަން ބޯޑު މެންބަރަކަށް ޓެކްސް އިދާރާ، މީރާގެ އިސް މަގާމުތައް ވެސް ކުރިން ފުރުއްވި އަހުމަދު އަލީ އައްޔަންކޮށްފި އެވެ.
އެކައުންޓިން އާއި ގާނޫނީ ދާއިރާ އިން ކިޔަވާ ވިދާޅުވެފައިވާ އަހުމަދު ވަނީ ސަރުކާރުން އުފެއްދި މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ ބޯޑުގައި ވެސް ކުރިން މަސައްކަތް ކުރައްވައިފަ އެވެ.
ޕެންޝަން ބޯޑުގެ މެމްބަރަކަށް އަހުމަދު އައްޔަންކުރި އިރު މިވަގުތު އެ ބޯޑުގައި ޗެއާޕާސަނާ އެކު ހަތް ބޭފުޅުން އެބަތިއްބެވެ. އެއީ ޕަބްލިކް ސެކްޓަރު ތަމްސީލް ކުރައްވާ ދެ ބޭފުޅަކާއި ޕްރައިވެޓް ސެކްޓަރުގެ ފަރާތުން ހަތަރު ބޭފުޅެކެވެ.
ޕެންޝަން ބޯޑުގައި 8 މެންބަރުން ތިއްބަވަ އެވެ. އެއީ ޗެއާޕާސަންގެ އިތުރުން ސީއެމްޑީއޭ މެންބަރަކާއި ފިނޭންސް މިނިސްޓްރީގެ މެންބަރެއްގެ އިތުރުން ސޯޝަލް ސެކިއުރިޓީ ދާއިރާއިން ސަރުކާރު ތަމްސީލް ކުރާ އެންސްޕާގެ މެންބަރެއް އަދި ޕްރައިވެޓް ސެކްޓަރުގެ ހަތަރު މެންބަރުންނެވެ.
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްކަން ކުރެިން ކުރެއްވި ޔަޒްމީދު މުހައްމަދު ވަނީ މިދިޔަ ހަފުތާގައި އައްޔަންކޮށްފަ އެވެ.