ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ވާޗުއަލް ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަނީ. އެމަނިކުފާނު މިއަދު ވިދާޅުވީ އިސްލާމްދީނާ ގުޅުމެއް ނެތް ފިކުރުތަކަކީ އެންމެ ބޮޑު ގޮންޖެހުން ކަމަށް. ފޮޓޯ: ރައީސް އޮފީސް
06 ނޮވެމްބަރ 2021 - 19:37
ދިވެހި އިސްލާމީ މުޖުތަމައަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އިސްލާމްދީނާ އެއްވެސް ގުޅުމެތް ނެތް ފިކުރުތަކަކާއި އަމަލުތަކެއް، ދީނީ ކަންތަކެއްގެ ގޮތުގައި ފަތުރަން ބަޔަކުކުރާ މަސައްކަތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބާގައި މިއަދު ފޮނުއްވި ޚިތާބެއްގައި ވިދާޅުވީ އިސްލާމްދީނާ އެއްވެސް ގުޅުމެއް ނެތް އެ ފިކުރުތައް ގަބޫލުކުރާ މަދު ބަޔަކު މީހުންގެ ފުރާނަ އާއި މުދަަލަށް ގެއްލުން ދިނުމުގެ އަމަލުތައް ހިންގާ ކަމަށެވެ. އިސްލާމީ ސައްްހަ އަގީދާ ދަރިންނަށް ފޯރުކޮށްދޭން އިލްމުވެރިންނާއި މުދައްރިސުން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"...މިފަދަ މުހިންމު މުނާސަބަތެއް ފާހަގަކުރާއިރު، އަޅުގަނޑުމެންގެ އިސްލާމީ ދިވެހި މުޖުތަމައަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އިސްލާމްދީނާ އެއްވެސް ގުޅުމެއް ނެތް ފިކުރުތަކާއި އަމަލުތަކެއް، ދީނީ ކަންތަކެއްގެ ގޮތުގައި އަޅުގަނޑުމެންގެ ތެރޭގައި ފެތުރުމަށް ބަޔަކު ކުރަމުންދާ މަސައްކަތެވެ،" ޚިތާބުގައި ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރާ އިރު ވިސްނަންވީ އެންމެ މުހިންމު ކަމަކީ ލޯތްބާއި ކުލުނާއި އޯގާތެރިކަމުގެ ވަރުގަދަ ގުޅުމުން ހިތްތައް ގުޅުވައިލަ ދިން އިސްލާމީ ރިވެތި އަހުލާގުގެ މަތީގައި ސާބިތުވެ ތިބުމަށެވެ. މީހުންގެ ފުރާނަ އާއި މުދަލާއި އަބުރަށް ހުރުމަތްތެރިކޮށް ހިތައި ރައްކާތެރިވުމުގައި ނަބިއްޔާ ދެއްކެވި މަތިވެރި ނަމޫނާ އަމަލީ ގޮތުން ތަންފީޒު ކުރަން ވިސްނުމަށް ވެސް އެމަނިކުފާނު ގޮވައިލެއްވި އެވެ.
ހަސަދަވެރި ނުވުމަށާއި ބަދަލުނުހިފުމަށް ނަބިއްޔާ ތަކުރާރުކޮށް ދެއްވާފައިވާ އިރުޝާދުތައް ސިކުނޑީގައި ހަރުލައްވަން ވެސް ގޮވައިލެއްވި އެވެ.
ކާބަފައިން ބިނާކޮށްދިން ދިވެހި ގައުމިއްޔަތު ބިނާކޮށްފައި ވަނީ ވެސް އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި ކަމަށާއި ﷲ ދެއްވި މި ނިއުމަތަށް ތާއަބަދު ޝުކުުރުވެރިވާން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"...އެ މަތިވެރި ނިއުމަތުގެ މަތީގައި ތާއަބަދަށް ދެމިތިބެވޭތޯ ގަދައަޅައި މަސައްކަތް ކުރުމަކީ، ކޮންމެ ދިވެހި ފަރުދެއްގެ ބޮލުގައި އެޅިފައިވާ، ދީނީ އަދި ގައުމީ ވާޖިބެއްކަން ޔަގީނެވެ،" ހިތާބުގައި ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
07 November 2021
ހަރުކަށި ފިކުރާއި އެއްވަރަށް މަޑުކަށިފިކުރުވެސް ގޯސް. ރައީސް އޮފީސްތެރެއަށް މަޑުކަށިފިކުރު މީހުން ވައްދައިގެން ވެރިކަމެއް އެބަކުރެވޭ. 2023 ގަ ރައްޔިތުން ޖަވާބުދޭނެ
ޕެންޑޯރާގެ ބޮޑުފަޮށި ހުޅުވާލުން
07 November 2021
“ދީނާ ގުޅުމެއްނެތް” މިކަނޑައަޅަން ވަރައް އުދަކޫ ކަމަކައް ވާނެ. އެއީ އެކިއެކި ހިލާފަތުގައި ކަންކަން ވެފަ ހުރިގޮތައް ބަލާފަ ކަމަކައް އިލްމްވެރިން ބަހެއް ބުނީމަ އެވާނީ އެއްބަޔަކު ދެކޭގޮތުގައި ދީނީ ކަމެއްކަމައް. އަނެއްބަޔަކު ސީދާ ދެކޮޅު. މިސާލަކައް މީހުންނާ އިނދެވޭ އުމުރު. 300 ރިޔާލައް ވުރެ ބޮޑު އަދަދެއް ވަގައް ނެގުނުގެ ހުކުމް. ޖެހިގެން އޮތް ގައުމައް ހަނދު ފެނިފަ މި ގައުމައް ނުފެނި ރޯދަ ފެށުން. މެދުއިރުމަތީގެ ސުލްހަ އައް ވިސްނާލީމަ އެކަން ސާބިތުވޭ!
ނުހުޅުވާ
07 November 2021
ހަސަދަވެރިކަމާ ބަދަލުހިފުން އެއްކިބާ ކޮށްލާފަ އެހެންވީމަ ސަލްމާން މިސްކިތް ހުޅުވަދީބަލަ.
ޑޮކްޓާރ. ބަނާނާ
07 November 2021
"ދީނާ ގުޅުމެއް ނެތް ފިކުރު ފެތުރުމަކީ އެންމެ ބޮޑު ގޮންޖެހުން:" ރައީސް. "ދީނާ އެއްވެސް ގުޅު މެއްނެތް ދީނަށް ފުރައްސާ ކުރާ ސިޔާސީ ފިކުރު ތައް ފެތުރުމަކީ ވެސް ހަމަ އެހާމެ ނުރައްކާތެރިކަމެއް" ޑރ. ބަނާނާ
ކޮރަލް
07 November 2021
އަހަރީ ދުވަސް ، ދަނޑުވެރީންގެ ދުވަސް މަސްވެރީންގެ ދުވަސް ފާހަގަ ކުރާ އިރު ވައުދު ގިނަ ވާނެ އެވެ. ދައްކާ ވާހަކަ މޮޅުވާނެ އެވެ. އަހަރަކު އެންމެ ދުަހަކު އެވެ. ޖަލްސާ ބާއްވާ މީހުން އެއްވެ އަތް ޖަހާނެ އެވެ. މިކަމާ ރައްޔިތުން ވާހަކަ ދައްކަ ބަލާށެވެ.
އެލެކުސް
07 November 2021
މަތިފަންތިގަ ތިއްބެވި ބޭފުޅުން ކުރަންބޭނުން ކޮންމެ ޖަމެއް މިކުރަނީ ފަހަށްވިސްނާނުލާ. އެވަރިހަމަ ދީންކަމުގާ ވިޔަސް ދީނަށް ހަޖޫޖަހާފަވެސް ކުރާނެ މަނިކުފާނަށް ވަރަށްގިނަ ކަންކަން އިގޭނެ ފަހުންއަދި ބުނަންވެސް ބުނާނެ މިވެނި ކަމެއް ނުކުރެވުން ނަމައޭ ދެންވެސް އިސްލާހު ކޮއްބަލަ ކަންކަން
ފަރީސް
07 November 2021
"ޢަހުމަދު އަދީބަކީ އަޅުގަނޑު އެޅުވި ފަންޏެއް" . ހަރުދަނާ އުސޫލެއް ނެތް މީހުންނަކީ ފިރިހެންވަންތަ ކަން ބަލިކަށި ބައެއް
އީސަލްމުލަކީ
07 November 2021
ޝުކުރިއްޔާ ރައީސް !!! އަގުހުރި ބަސްކޮޅެއް.
ދެރަ
07 November 2021
ދީނުގެ ދެފަޅިން ގޮސް ނައްޓާލާފަ ތިބި ދެބައިމީހުންނަކީވެސް މި މުޖްތަމަޢަށް ދިމާވެފައިވާ ނުރައްކަލެއް. ޢަދި ދީނޭވެސް ދުނިޔެއޭވެސް މިނިވަންކަމޭވެސް ނުކިޔާ، އެހެން ޚިޔާލެއްނެތި، ކޮންމެފަދަ ގޮތަކުންނަމަވެސް "އޭތިކޮޅު" ބޭނުން ކުރަން، ހަމަ އެކަނި ޑްރަގަށް އަޅުވެތިވެފަ ތިބި މިހުންގެ ހާލު، އެމީހުންނަށް އެނޫން ގޮތެއް ފެނޭތޯ ޑްރަގު އެތެރެ ކުރާމީހުންނާ، ޑީލަރުންނަށް މަރުގެ އަދަބު ދޭން ނުވިސްނަވަންތޯ، މިޤައުމުއެދެނީ މިޙާލަތު ބަދަލުކުރެވޭނެ ފަދަ ވެރިކަމަކަށޭ.
ޖުއްބާ
06 November 2021
އިބޫ ސޯލިހުއައް އިގޭތޯ ރާއްޖެއިން އިސްރާފުވެގެން މިދަނީ ބޭކާރު 5 އަހަރުކަން؟؟! ތިވާހަކަ ކެނެރީގޭ ނަޝީދުކައިރީ ދައްކަން ކެރިދާނެތޯ؟؟!