މުނިފޫހިފިލުވުން / ކުށްކުރުން

ޝާހްރުކްގެ ދަރިފުޅު ފްރޭމްކުރީ ކަމަށް ހެކިބަސް ދިން މީހަކު ބުނެފި

މަސްތުވާތަކެތީގެ މައްސަލައެެއްގައި މިދިޔަ މަހު ހައްޔަރުކުރި ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން، ބަޔަކު ދުރާލައި ރާވައިގެން އޭނާ ފްރޭމްކުރީ ކަމަށާއި އެކަން ކުރީ ފައިސާތަކެއް ހޯދުމުގެ ބޭނުމުގައި ކަމަށް އެ މައްސަލައާ ގުޅިގެން ނެޝަނަލް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ހެކިބަސް ދީން މީހަކު ބުނެފި އެވެ.

މި މަހުގެ 3 އާއި 4 ގައި އެންސީބީގެ ސްޕެޝަލް އިންވެސްޓިގޭޝަން ޓީމް (ސިޓް) އަށް ބަޔާންދިން ވިޖޭ ޕަގާޅޭ ކިޔާ މީހަކު ޓައިމްސް އޮފް އިންޑިއާ އަށް ކިޔައިދިން ގޮތުގައި އަރިއަން ފްރޭމް ކުރުމުގެ މަސައްކަތަކީ ދުރާލައި ރާވައިގެން ހިންގާފައިވާ ޖަރީމާއެކެވެ. އަދި އެކަމާ ގުޅުން ހުރި ހެކިތައް އެބަހުރި ކަމަށާއި އެކަން ކުރި ބަޔަކު އެކަމުގެ މަޝްވަރާތައް ކުރީ ސެޕްޓެމްބަރު މަހުގެ 27 ގައި ކަމަށާއި އެކަމާ ގުޅޭ ގޮތުން ލިބިފައި ހުރި ހުރިހާ މައުލޫމާތެއް އެންސީބީއާ ހިއްސާކޮށްފައިވާ ކަމަށް ވިޖޭ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެކަން ރޭވީ އަރިއަން އާއި އާއި އެކުވެރިންތަކަކަށް މުމްބާއީގެ ފަޅު ތެރޭގައި އޮތް ކްރޫޒް ލައިނާއެއްގައި ޕާޓީއަކަށް ދައުވަތު ދިނުމަށް ފަހު، މަސްތުވާތަކެތީގެ މައްސަލަގަނޑެއްގެ ތެރެއަށް އެ މީހުން ވައްޓާލައި، ވަކިން ހާއްސަކޮށް އަރިއަން ފްރޭމް ކުރުމެވެ. ބޭނުމަކީ އޭނާގެ ބައްޕަގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދުން ކަަމަށް ވެސް ވިޖޭ ބުނެފައިވެ އެވެ.

ކްރޫޒް ލައިނާއެއްގައި މަސްތުވާތަކެއްޗާ އެކު ޕާޓީކުރާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން، އަރިއަން އާއި އޭނާގެ ހަތް އެކުވެރިޔަކު ހައްޔަރުކުރީ މިދިޔަ މަހުގެ 2 ވަނަ ދުވަހުގެ ރެ އެވެ. އެ މައްސަލާފައި އޭނާ ބަންދުގައި 28 ދުވަސް ވަންދެން ބެހެއްޓުމަށް ފަހު ކަފާލާތުގެ ދަށުން ދޫކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.

ވިޖޭ ކިޔައި ދީފައިވާ ގޮތުގައި އަރިއަން ފްރޭމް ކުރަން ރޭވި ކުޅިގަނޑުގެ ތެރޭގައި އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީ އަށް ނިސްބަތްވާ މަނީޝް ބަނުޝާލީ ކިޔާ މީހަކު ވަރަށް އިސް ދައުރެއް އަދާކޮށްފައިވެ އެވެ. އަދި ކްރޫ ލައިނާގެ ކުޅިގަނޑު ރޭވުމުގައި އޭނާ އަށް އެންމެ ބޮޑަށް އެހީތެރިވެދިން މީހުންގެ ތެރޭގައި ހިމެނެނީ މި މައްސަލާގައި މިހާރު ހައްޔަރު ކޮށްފައިވާ ކޭޕީ ގޮސާވީ އާއި ސުނިލް ޕަޓިލް ކިޔާ މީހެކެވެ. ވިޖޭ ބުނި ގޮތުގައި ކްރޫޒް ލައިނާގެ ހާދިސާގެ ކުރިން އެ މީހުން ބަނުޝާލީއާ ހޮޓަލެއް ހޮޓަލެއްގައި ބައްދަލުކޮށް ރޭވުންތައް ރާވާފައިވެ އެވެ.

އަރިއަން، 23، ކަފާލާތުގެ ދަށުން ޝަރުތުތަކަކާ އެކީ ދޫކޮށްލި ނަމަވެސް، މައްސަލައިގެ ތަހުގީގު ބާރަށް ކުރިއަށް ދެ އެވެ. އަދި މިދިޔަ ހުކުރު ދުވަހު ވެސް އޭނާ އެންސީބީ އަށް ހާޒިރުކޮށްފައިވެ އެވެ. އެތަނުގެ އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ކުރިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އަރިއަން އަކީ މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރި ވެސް ފުޅާކޮށް ކުރާ ކަމަށް ބެލެވޭ މީހެކެވެ. އަދި އެކަމުގައި އޭނާއާ ބޭރުގެ ނެޓްވޯކަކާ ގުޅުން އޮތްކަމާއި މަސްތުވަކެތި ހޯދުމާ ގުޅޭ މުއާމަލާތްތައް އަރިއަންގެ ވަޓްސްއެޕް ޗެޓުން ވެސް ހޯދިފައިވާ ކަމަށް ބުނެފައިވެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން އަރިއަންގެ މައްސަލަނޑު ފެންމަތިި އިރު އެންސީބީގެ ޒޯނަލް ޑިރެކްޓަރެއްގެ މަގާމުގައި ހުރި ސަމީރު ވަންކެޅެ މިހާރު ވަނީ މަގާމުން ވަކިކޮށްފަ އެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުން އޭނާ މަގާމުން ވަކިކޮށްފައެއް ނުވެ އެވެ. އެކަމަކު އަރިއަންގެ ތަހުގީގާ ގުޅުން ހުރި އެއްވެސް ކަމެއްގައި ސަމީރު ބައިވެރި ނުކުރާ ގޮތަށް ނިންމާފައިވެ އެވެ.

އޭނާ އަށް ދާދި ފަހުން ރިޝްވަތުގެ ތުހުމަތުތަކެއް ވެސް ކޮށްފައިވެ އެވެ. ނަމަވެސް ސަމީރު ވަނީ އޭނާގެ ބޮލުގައި ދޮގު ތުހުމަތު އަޅުވައި އަގު ވައްޓާލަން ބަޔަކު މަސައްކަތްކުރާ ކަމަށް ވިދާޅުވެފަ އެވެ.

1 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 17%
icon angry icon angry 17%
icon wow icon wow 17%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގެދާނޯމޮސް

08 November 2021

ތިހުރިހާ ކަމެއްހިނގާއިރުވެސް އަރިއަން ހިމެއިނުން ހުންނަނީ ބޮޑުބައި ނެޓްވާރކުން ފަޅާއަރާފާނެ ކަމުގެ ބިރަށެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454