ހަތަރު ފަޅުވެރިން.
08 ނޮވެމްބަރ 2021 - 06:26
އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި މިހާރު ތިބި ފަޅުވެރިންތަކެއް އާދީއްތަ ދުވަހު ދުނިޔެ އަށް އެނބުރި އައުމުގެ ދަތުރުފެށި އިރު، އެ މީހުން ދަތުރުކުރާ އުޅަނދު ސްޕޭސް އެކްސްގެ ޑްރެގަން ކެޕްސޫލްގެ ފާހާނާ ހަލާކުވެ، ފަޅުވެރިން ހާއްސަ ނެޕީއެއް ޖަހައިގެން ތިބެން މަޖުބޫރުވެއްޖެ އެވެ.
އަންހެން ފަޅުވެރިޔަކާ އެކު ޖުމްލަ ހަތަރު ފަޅުވެރިން ހިމެނޭ މި ޓީމަކީ އައިއެސްއެސްގައި މިރުސް ހައްދައިގެން އެ ކެއި ޓީމް ވެސް މެ އެވެ. މީގެ ތެރޭގައި ހިމެނެނީ ނާސާގެ ދެ ފަޅުވެރިން ކަމަށްވާ އަންހެން އެސްޓްރޮނޯޓް މެގަން މެކްއާތާ އާއި ޝޭން ކިމްބަރޯގެ އިތުރުން ފްރާންސްގެ އެސްޓްރޮނޯޓް ތޯމަސް ޕެސްކްއެޓާއި ޖަޕާނުގެ އެސްޓްރޮނޯޓް އަކިހީކޯ ހޮޝައިޑެސް އެވެ.
މޭގަން ހުކުރު ދުވަހު ބުނީ ފާހާނާ ހަލާކުވުމާ ގުޅިގެން، ދުނިޔެ އަށް އެނބުރި އަންނަން ކުރާ 20 ގަޑިއިރުގެ ދަތުރުގައި ނެޕީ ޖަހައިގެން ތިބެން ޖެހުން ނޫން ގޮތެއް ނެތް ކަމަށެވެ.
"މިކަހަލަ ދަތުރުތަކަކީ އަބަދު ވެސް ތަފާތު ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމެއް. އެހެންވީމާ ފާހާނާ ހަލާކުވެ، ނެޕީ ޖަހައިގެން ތިބެން ޖެހުމަކީ މާ ބޮޑު ކަންބޮޑުވުމަކަށް ހަދާކަށް އަހަރެމެން ބޭނުމެއް ނޫން،" ޖައްވުގައި ތިބެގެން ހުކުރު ދުވަހު ބޭއްވި ނޫސް ކޮންފަރެންސްގައި އޭނާ ބުންޏެވެ.
Getting ready to come home and these last few nights of aurora viewing from @Space_Station have felt like a gift. Hopefully some of you are enjoying the view from the other side too! pic.twitter.com/bUKGNi180J
— Megan McArthur (@Astro_Megan) November 6, 2021
މޭގަން ވިދާޅުވި ގޮތުގައި ދުނިޔެ އަށް ދެވެންދެން ނެޕީގައި ކެތްކޮށްލެވޭނެ އެވެ.
ޑްރެގެން ކެޕްސޫލްގެ ފާހާނާ އިން ލީކްވެ މައްސަލަ ހައްލު ނުކުރެވި، ދުނިޔެ އަށް އެނބުރި ދިއުމުގެ ދަތުރު ފެށި އިރު، މި މައްސަލަ އެ އުޅަނދަށް ފުރަތަމަ ދިމާވީ ސެޕްޓެމްބަރު ސްޕޭސް އެކްސް އިން ބޭއްވި ޕްރައިވެޓް ދަތުރެއްގެ ތެރޭގަ އެވެ.
އެގޮތުން ތަށީގެ ހޮޅިއެއް ނެއްޓި، އުޅަނދުގެ ތެރެއަށް ކުޑަކަމުދާ ތަކެތި ބޭރުވެފައިވެ އެވެ.
ނާސާ އިން ބުނީ އުޅަނދަށް މިހާރު ދިމާވެފައި އޮތް ފާހާނާގެ މައްސަލަ މާ ބޮޑު ކަމަކަށް ނުވެ، ފަޅުވެރިންނަށް ރައްކާތެރިކަމާ އެކު އެނބުރި އާދެވޭނެ ކަމަށެވެ.
ފަޅުވެރިންގެ މި ދަތުރަކީ ހަ މަސް ފަހުން ނިންމާލާ ދަތުރެކެވެ. މި ޓީމުން ހެއްދި މިރުހުގެ މަސައްކަތް އައިއެސްއެސް ދެން ފުރާ ފަޅުވެރިންގެ ޓީމުން ވެސް ކުރާ ގޮތަށް ހަމަޖެހިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޖައިބެއް
08 November 2021
މިލިއަންޑޮލަރު ހަރަދުކޮށްގެން ޖައްވައްދަނީ މިރުސްހައްދަންތަ. މަހީކުރީ ޖައްވުގައި ފުލެޓްއެޅޭތޯ ބަލަންކަމަށް.
ނަޓު
08 November 2021
މާ ގިނައިން މިރުސް ކައިގެން އެހެން ގޮތެއްވަނީ ކަމަށް ބެލެވެނީ.
ތުނބުޅި
08 November 2021
ދުނިޔޭގަ ތިޔަ ތިބީ . ދެން އަންނަން ތި އުޅެނީ ބިމަށް