ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް ހުޅުމާލޭގައި: ރާއްޖެ އަންނަ ބައެއް ބިދޭސީންނަށް ފޭކް މެޑިކަލް ރިޕޯޓު ހައްދައިދޭ މައްސަލަ އަންނަނީ ތަހުގީގު ކުރަމުން.-- ފައިލް ފޮޓޯ: ނިއުމަތުﷲ އިދުރީސް
07 ޑިސެމްބަރ 2016 - 18:01
މާލޭގެ ބައެއް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ދޫކުރާ ބިދޭސީންގެ މެޑިކަލް ރިޕޯޓު ބަލައިގަތުން ވަގުތީ ގޮތުން ހުއްޓާލީ، ގައިން ގަޔަށް އަރާ ނުރައްކާތެރި ބަލި ހުންނަ މީހުންނަށް، ސައްހަ ނޫން މެޑިިކަލް ރިޕޯޓު ހެއްދި މައްސަލަތަކެއް ބަލަމުން އަންނާތީ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
ބިދޭސީންގެ ވިސާ އާކުރުމަށާއި އަލަށް ވިސާއަށް އެދި ހުށަހަޅާ މީހުންންނަށް އޭޑީކޭ ހޮސްޕިޓަލުންނާއި އޭއެމްޑީސީން ހަދައިދޭ މެޑިކަލް ރިޕޯޓް ބަލައިގަތުން އިމިގްރޭޝަނުން ވަނީ މިވަގުތަށް ހުއްޓާލައިފަ އެވެ.
އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ބިދޭސީންގެ ވިސާ އަށް އެދި ސައްހަ ނޫން މެޑިކަލް ރިޕޯޓު ހުށަހަޅަމުންދާތީ، އެ ފަދަ ބައެއް މައްސަލަތައް ފުލުހުންނާ ގުޅިގެން، ސީރިއަސް ކަމެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ. އެހެންވެ، މި ތަހުގީގު ނިމެންދެން، ބައެއް ފަރާތްތަކުން ދޫކުރަމުން އަންނަ މެޑިކަލް ރިޕޯޓު ބަލައިގަތުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
"މި އިދާރާ އިން ބެލިބެލުމުގައި މިފަދަ ސައްހަ ނޫން ރިޕޯޓްތަކުގައިވާ ބިދޭސީންނަކީ، އެ ބިދޭސީންގެ ގައިގައި ނުރައްކާތެރި ބަލި ހުރި ކަމަށް، އެ ބިދޭސީން ކުރިން ހަދާފައިވާ މެޑިކަލް ރިޕޯޓުތަކުން ފާހަގަވެފައިވާ ބިދޭސީންނެވެ،" އިމިގްރޭޝަނުން ބުންޏެވެ.
"މިއީ އެއްވެސް ފަރާތަކަށް ފައިދާއެއް ނުވަތަ ގެއްލުމެއް ދިނުމުގެ ގޮތުން ކުރި ކަމެއް ނޫނެވެ. އަދި އެއީ އިމިގްރޭޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ވަގުތީ ގޮތުން އެޅި ފިޔަވަޅެކެވެ."
މި ފަދަ ކަންކަމަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމަކަށް ވާތީ، މިކަމާ ގުޅިގެން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް ވެސް އަޅާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުއްތުމަނިކެ
12 December 2016
ޑޮކްޓަރުންނަނަށް ތިބޭ ބިދޭސީން ވިސާހެއްދުމަށްޓަކައި ހަދާ މެޑިކަލް ރިޕޯޓުތަކުގެ ފެންވަރަކީ ކޮބާބާއެވެ؟ މިކަމާމެދު ވެސް ސުވާލު އުފެދޭ!
ހެކި
10 December 2016
ތިޔަތަނަތަން ބުޑު އަދަދަކުން ޖުރުމާނާކުރަންފެނޭ
1234
08 December 2016
މިފަދަ ކަންކަންކުރާ މީހުންނަށް ހަރުކަށި އަދަބާއި ބޮޑެތި ޖޫރިމަނާ ކުރީމަ އެކަން ހުއްޓޭނެ.
އިހުސާން
08 December 2016
ތިޔަކަމުގައި ޝާމިލު ވި ހުރިހާމީ ހުނާއި މެދު ހަރުކަޝި ފިޔަވަޅުތައް އެޅުމައް އިމިގުރޭޝަންގެ އިތުރުން ފުލުހުންގެ އިދާރާއައް ގޮވާލަން.. މިއިއީ މުޅިދުނިޔޭގައި ވެސް އެއްމެބޮޑު އަދަބުދޭ އެއްމެ ނުރައްކާމުޅިގައުމޢަި ގުޅިފައިވާ ނުރައްކަލެކެވެ.އަޅުގަނޑު ގިވައިލަން މިފަދަ ނުރައްކާތެރި އަމަލުތައް ކުރާފަރާތްތަކައް ލުއި ގޮތަކައް ނުނިންމުމައް... މިއީ ޚޮދު ގައުމެއްގެ ރައްޔަތުންގެ އިތުރުން މުޅި މުސްތަގުބަލާއި ގުޅިފައިވާނުރައްކަލެއް..
އުމަރު
08 December 2016
އައިޖީއެޗްއިން މީހެއްގެ ގަަޔަށް އެއިޑްސް ލޭވެސްއެޅި އެކަމަކު އަދިވެސް އައިޖީއެޗުގެ ރިޕޯޓްތަށް ސަރުކާރަށް ބަލައިގަނޭ، ނުރައްކާތެރި ބަލިތަކަށް ފޭކް ރިޕޯޓް ހުށަހަޅައިފިއްޔާ އެހުށެހެޅި ބަޔަކާއި އެރިޕޯޓް ހެދިމީހުންގެ މައްސަލަބަލާނީ އެތަނެއްނޫން ސަސްޕެންޑްކުރާނީ، އެއީ އެތަނެއްގެ ސަބަބެއްނޫން މީހަކު ފޭކް ރިޕޯޓެއް ހެދުމަކީ، އެއީ ހެދިބައެއްގެ މައްސަލައެއް،
މާކު
08 December 2016
ބޭރުމީހުން އޮޅުވާލަނީ ބޭރު ލެބްޓެކުނީޝަނުންނާ ގުޅިގެން، އެމީހުން އެމީހުންނާ ގުޅޭނެ. މިކަން ހައްލުވާނީ ބޭރުމީހުން މަދުކުރުމުގެ ސިޔާސަތެއް އޮވެގެން.
ވިސްނަވާ
08 December 2016
މަށަކީ މި ސަރުކާރަށް ތާއީދު ކުރާ މީހެއް ނޫން. އެހެން ނަމަވެސް މި ނިންމު މަކީ ރަނގަޅު ނިނމުމެއް. އަމިއްލަ ކުލިނިކުތަކުން ފައިސާ ނަގާފަ ފޭކް ރިޕޯޓް ވަރަށް ގިނައިން ހަދާ. އެކަން ކުރަނީ ކޮންމެހެން އެ ކުލިނިކުގެ ވެރިން ކަމަށް ނުވެދާނެ. އެހެން ނަމަވެސް ލެބް ގަ ހުންނަ ބިދޭސީ މީހާ ލާރި ނަގާގެން އެކަން ދަނީ ކުރަމުން. ވިސްނަވާ ލައްވާ. ދަރި ބަލަން ގެންނަ ނޭޕާލް އަންހެން މީހާ އަކީ ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ހުންނަ މީހަކަށް ވެފައި މިފަދަ ފޭކް ރިޕޯޓް އަކުން އޭނަގެ ބައްޔެއް ނެތްކަމަށް ހެދުމުން ދެން ކަންވާނެ ގޮތް. އަދި ވިސްނަވާ. އަމިއްލަ އަށް ސުވާލު ކޮށްލައްވާ. 200 ރުފިޔާ އަށް ކިހިނެއްތޯ މެޑިކަލް އެއް ހަދަނީ. ޑޮކްޓަރަށް ދައްކާލުމަށް ހަދާ މެމޯ ކޮޅަށް އެކަނި 200 ރުފިޔާ އެބަދޭ. ރަނގަޅު މެޑިކަލް ރިޕޯޓެއް ހެދިދާނެތޯ. ސަރުކާރަށް ތާއީދު ނުކުރި ނަމަވެސް ކަންކަމާ ވިސްނާ ފިކުރުކޮށް ރަނގަޅު ކަމެއް ކޮށްަފިޔާ އެކަމެއް ބަލައިގަންނަން އެބަ ދަސްކުރަންޖެހޭ.
ހުސެން
08 December 2016
މަ ވެސް އެމްޑީޕީ... އެކަމް ތިކަމައް ތާއީދު.. މިރާއްޖެޔަކީ ސިއްހީ ގޮތުން އެންމެ ކުރީގަ އުޅޭ ގައުމު އެހެންވީމަ ނުރައްކާތެރި ބަލި ފެތުރެން ފަށާފިޔާ ދުވަސް ދިޔައީ...
ދޮން ބަބުރު ސޮރު
08 December 2016
މަސްސަލައިގެ ޙައްލަކީ ބޭރުން ގެންނަ ބިދޭސީ މަސައްކަތުމީހާ ވަކީން ކަރަންޓީނު ކޮއްފަ، އޭނަގެ މެޑިކަލް އައި.ޖީއެމް.އެޗުން ހެދުމަށްފަހުނޫނީ، ރާއްޖޭގަ މަސަތްކަތް ކުރުމުގެ ހުއްދަ ދިނުން، މިނޫންގޮތަކަށް ތިމަސްސަލަ ހައްލުނުވާނެ!! މިހާރު ދިވެހިރާއްޖެއަކީ ޑަބްލިއު އެޗްއޯގެ މިންގަޑަށް ބަލާއިރު، އަވައްޓެރި ގައޮމުތަކާ ޚިލާފާފަށް، ސިއްހީދާއިރާއިން ވަރައްބޮޑު ކުރިއެރުމެއް ހޯދާފައިވާ ގައޮމަކަށް ވާތީވެ، ގަސްދުގަ އަހަރެމެންގެ ތެރެއަށް ގައިން ގަޔަށްއަރާ ނުރައްކާތެރި ބަލިތައް ފަތުރަން އުޅުމުގަ ފުރުސަތު ވ ބޮޑު ވީމާ ސަމާލު ނުވެއްޖެ ނަމަ މިގައޮމު ހަލާކު ކޮއްލާނެ!!!!
ޕެޕްރިކާ
08 December 2016
ސަރުކާރު އިނދަ ޖެހިގެން ލާރި ހޯދާނެ ގޮތެއް ނޭނގިގެން މީހުންނަށް ކުރާހާ ޖެއްސުން މިހިރީ. އެހެންޔާ 200 ރުފިޔާ އަށް ހެދޭ މެޑިކަލް އައިޖީއެމްއެޗުން 1500 ރުފިޔާއަށް. ކިހާ ލާރިއެއް ލިބޭނެ!
ފިރިމީހާ
08 December 2016
ލާރިލިބުނަސް ނުލިބުނަސް ފޭކް ރިޕޯޓް ހެދިގެން ނުވާނެ. 1500 ރުފިޔާ ދީފައި ބިދޭސިމީހާގެ މެޑިކަލް ހެދޭނެ ފެންވަރެއް ނެތިއްޔާ މީހުން ނުގެންނާނީ. ބޭރުމީހުން ގެންނަ ފެންވަރު ނެތީމާ އަހަރެމެންވެސް ނޯކަރުންނަށް މީހުން ނުގެންނަން. އަހަރެމެންވެސް ބޭނުން އަންހެނުންނަށް މެޑަމޭ ގޮވާލައި އަންހެނުންނަށް އަތްގާތްކޮށްދޭން ބިދޭސިޅަސޮރަކު ގެންގުޅެން.
މުހައްމަދު
08 December 2016
ފޭކް ރިޕޯޓު ހަދައިދިނުމަކީ ގޯހެކެވެ. އެކަމަކު މިގޯހާ އެއްވަރަށް އިމިގްރޭޝަނުގެ އެތެރޭގައިވެސް އެތައް ބައިވަރު ގޯސްތަކެއް އެބަ ހަދައެވެ. ފުރަތަމަ އިމިގްރޭޝަންގެ އެތެރޭގައި ހުރި ގޯސްތަކަކީ ކޮބައިތޯއާއި ގޯސް ހަދަނީ ކާކުތޯއާއި ނާޖާއިޒު ކަންކަން ކުރުމަށް ބިދޭސީ އޭޖެންޓުން ގެންގުޅެނީ ކޮންބައެއްތޯ ފުލުހުންގެ އިންޓެލިޖެންސް މެދުވެރިކޮށް ބަލައި ރަނގަޅުކުރާށެވެ. މިކަންކަން ރަނގަޅު ނުކޮށް ތިޔަ ޒާތުގެ ކިތަންމެ ސަކަރާތެއް ޖެހި ކަމަށްވިޔަސް ހައްލެއް ނެތެވެ. އެތެރެ ފާވެ ގޯސްވެފައި އޮތްވައި ބޭރުން ކިތަންމެ ތޮށްޓެއް ލިޔަސް އެތެރޭގައި ހުރި ޖަރާސީމުތައް މަރެއް ނުވާނެއެވެ. ގިނަދުވަސްވީ ވަރަކަށް ބޮޑުވަމުން ބޮޑުވަމުންގޮސް ކެންސަރަށް ބަދަލުވުން ނޫން ކަމެއް ނުވާނެއެވެ. މިހާލަތަށް ނުދަނީސް މިކަން ރަނގަޅުކުރެވުނިއްޔާ ރަނގަޅުވެދާނެއެވެ. އެހެންނޫނީ ދެން ފެންނާނީ ކެންސަރު ބަލީގެ ފަހު ސްޓޭޖުގައި ދިމާ ގޮތްތައް ގައުމަށް ދިމާވެފައި އޮންނަ ތަނެވެ.