ރައްްޔިތުންގެ މަޖިލީހުގެ އެންވަަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. އީޕީއޭ މިނިވަންކުރަން ބޭނުންނުވާ ކަމަށް ކުރާ ތުހުމަތު ބަލަން އިއްޔެ ފާސްކުރި. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
09 ނޮވެމްބަރ 2021 - 12:03
އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަކީ މިނިވަން މުއައްސަސާއަކަށް ހައްދަވަން އެދިވަަޑައިނުގަންނަވާ ކަމަށް ދޭހަވާ ގޮތަށް އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވާހަކަ ދައްކަވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ބަލަން، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން އިއްޔެ ފާސްކޮށްފި އެވެ.
ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ އީޕީއޭ މިނިވަންކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށާއި އެކަން އެގޮތަށް ކުރަން ސަރުކާރުގެ ސްޓްރެެޓެޖިކް އެކްޝަން ޕްލޭންގައި ވެސް ހިމަނާފައި އެބަ އޮތް ކަަމަށެވެ. ނަމަވެސް އޭނާ ތުހުމަތުކުރެއްވި ގޮތުގައި އީޕީއޭ މިނިވަންކުރުމުގެ ވިސްނުމެއް ނެތް ކަމަށް ޝައުނާ ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.
"އެހެންވީމާ މިއީ އަޅުގަނޑުމެންނަކަށް ގަބޫލުކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުމެން ގަބޫލުކުރަނީ ރާއްޖޭގައި އަޅުގަނޑުމެންނަށް އީޕީއޭ މިނިވަންކުރެވެން ޖެހޭނެ ކަމަށް. އެއީ ރައީސުލް ޖުމްހޫރިއްޔާގެ ވައުދުފުޅެއް،" ވައްޑެ ވިދާޅުވި އެވެ.
އެންވަޔަރްމެންޓް މިނިސްޓަރު އާމިނަތު ޝައުނާ، އެއްބަސްވުމެއްގައި ސޮއިކުރައްވަނީ. އީޕީއޭ މިނިވަންކުރަން އޭނާ ނޫޅުއްވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ބަލަން މަޖިިލީހުގެ އެންވަޔަރްމެންޓް ކޮމިޓީން އިއްޔެ ފާސްކުރި. ފޮޓޯ/އެންވަޔަރުމެންޓް މިނިސްޓްރީ
މައްސަލައެއްގެ ގޮތުގައި އެކަން ކޮމިޓީން ބަލަން ވެސް އޭނާ ހުށަހެޅުއްވި އެވެ.
ވައްޑޭގެ ހުށަހެޅުމަށް ތާއީދުކުރެއްވީ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސައިން ފިރުޝާނެވެ. އެ ހުށަހެޅުން ފާސްކުރީ ކޮމިޓީގެ ބައްދަލުވުުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
އީޕީއޭ މިނިވަންކުރަން ބޭނުން ނުވާ ކަމަށް ދޭހަވާ ގޮތަށް ޝައުނާ ވާހަކަ ދެއްކެވި ކަމަށް ވައްޑެ ތުހުމަތުކުރެއްވި ނަމަވެސް، އެ ވާހަކަ ދެއްކެވީ ކޮންތަނެއްގައި ކަމެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް "މޮހަނަށް އޮޑިދިންހެން" އީޕީއޭ މިނިވަން ކުރަން އެދިވަޑައިނުގަންނަވާ ކަމަށް އިންޓަވިއުއެއްގައި ޝައުނާ ވިދާޅުވި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
އޭނާ ކުރިން ވިދާޅުވެފައި ވަނީ އީޕީއޭ އަށް އޭނާ ނުފޫޒެއް ނުފޯރުވާ ކަމަށާއި މިނިވަންކުރަން ބޭނުންވަނީ ވެސް ހަގީގީ މާނައިގައި ކަމަށެވެ. އީޕީއޭގެ ނިންމުންތައް މިނިސްޓަރަށް އިސްތިއުނާފްކޮށްގެން ބަދަލުކުރެވޭ ގޮތަށް އޮތުން އެންމެ ރަނގަޅު ގޮތް ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.
އިއްޔެގެ ބައްދަލުވުމުގައި ވައްޑެ ވިދާޅުވި ގޮތުގައި އެކި ދާއިރާތަކަށް ހާއްސަކޮށް ރާއްޖޭގައި މިނިވަން މުއައްސަސާތައް އުފައްދާފައި ވާއިރު ރާއްޖޭގެ ތިމާވެށީގެ ކަންތައްތައް ބެލެހެއްޓުން ވެސް އޮންނަން ޖެހޭނީ މިނިވަންކޮށެވެ. އީޕީއޭ އަކީ އަންނަހާ ސިޔާސީ ބަޔަކު ބޭނުން ވާހާ ގޮތަކަށް މަސައްކަތްކުރާ ތަނެއްގެ ގޮތުގައި އޮންނާކަށް ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ވައްޑޭގެ ވާހަކަައަށް ތާއީދުކުރައްްވައި މަޑަވެލި ދާއިރާގެ މެމްބަރު ފިރުޝާން ވެސް ވިދާޅުވީ މިހާރު އޮތް ގޮތުން، އީޕީއޭއިން ބޭނުންނުވިޔަސް، ސަރުކާރުން ވަކިިގޮތަކަށް ކުރަން ބޭނުންވާ ކަންތައްތައް ކުރެވޭ ގޮތަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނުު
09 November 2021
މިނިވަންކޮށްގެން "މިނިވަން" ވާނެބާ؟ މީ ދިވެހިރާއްޖެ. ބާރުގަދަ މީހާ އަބަދުވެސް ބާރު ގަދަވާނެ. ޑިރެކްޓަރ ނައީމަކީވެސް ސިޔާސީ ބޭފުޅެއް. މިހާރުވެސް ފުރުސަތު ދީފިއްޔާ އެމްޑީޕީ ޓިކެޓްގައި ކުރިމަތިލާނެ.
އީޕީއޭ
09 November 2021
އީޕީއޭ މިނިވަންކުރަން އުދަގޫވެގެން އުޅެނީ މިނިސްޓްރީގައި ޒަމާނަށްސުރެ އަތްގަދަކޮށްގެން އުޅޭ ބަޔަކު އެކަމާއި ދެކޮޅަށް މަސައްކަތްކުރާތީކަމަށް އިވޭ.
އުދުހޭ
09 November 2021
ކޮން މިނިވަނެއް ކުރާކަށް. އުވާލަންވީ.