ކުރީގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާ: އދ. ގެ އޯޝަން ޑެކޭޑްގެ އެޑްވައިޒަރީ ބޯޑަށް އޭނާ ވަނީ އައްޔަންކޮށްފައި.-- ފޮޓޯ: މިހާރު
18 ޑިސެމްބަރ 2025 - 17:26
ދެމެހެއްޓެނިވި ތަރައްގީ ހާސިލްކުރުމުގައި ކަނޑުގެ އިލްމުގެ ބޭނުން ހިފުމަށް އުފައްދާފައިވާ އދ. ގެ ޑެކޭޑް އޮފް އޯޝަން ސައެންސް ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމެންޓްގެ އެޑްވައިޒަރީ ބޯޑަށް ކުރީގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާ އައްޔަންކޮށްފި އެވެ.
ޝައުނާ "މިހާރު" އަށް މިއަދު ވިދާޅުވީ އެ މަގާމަށް އޭނާ އައްޔަންކުރީ މިދިޔަ ހަފުތާގައި ކަމަށެވެ. އެ މަގާމުގައި އަދާކުރައްވާނެ ދެ އަހަރުގެ ދައުރު ފެށޭނީ އަންނަ މަހު އެކަކުން ފެށިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އދ. ގެ ޔުނެސްކޯގެ ދަށުން ހިންގާ "އޯޝަން ޑެކޭޑް"އަކީ ރާއްޖެ ކަހަލަ ކަނޑުގެ މައްޗަށް ބަރޯސާވެފައިވާ ގައުމަކަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ އިނީޝިއޭޓިވް އެކެވެ.
ޔުނެސްކޯ އައިއޯސީން މިދިޔަ ހޯމަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ އަންނަ އަހަރުން ފެށިގެން 2027 ގެ ނިޔަލަށް "އޯޝަން ޑެކޭޑް"ގެ އެޑްވައިޒަރީ ބޯޑުގައި ތިއްބަވާނެ މުޅިން އާ 10 ބޭފުޅަކު މިދިޔަ ހަފުތާގައި އައްޔަން ކޮށްފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 200 ނޮމިނޭޝަންގެ ތެރެއިން ހޮވުނު 10 ބޭފުޅުން ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ކަނޑުގެ ދާއިރާއާ ގުޅޭ ތަޖުރިބާކާރުގެ މައްޗަށް އެކުލެވޭ އެ ބޯޑުގައި 15 މެމްބަރުން ތިއްބަވަ އެވެ. ކުރިއަށް އޮތް ދެ އަހަރަށް އައްޔަންކުރި އިތުރު ފަސް މެމްބަރުންނަކީ މިހާރު ވެސް އެ ބޯޑުގައި ތިއްބެވި ބޭފުޅުންނެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައީސްގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީކަން ވެސް ކުރެއްވި ޝައުނާއަކީ މޫސުމީ ސިޔާސަތުތަކާއި ދެމެހެއްޓެނިވި ތަރައްގީ އަދި ޑިމޮކްރެޓިކް ގަވަނަންސްގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ސަރުކާރާއި ދައުލަތުގެ ސިޔާސަތުތައް އެކުލަވާލުމުގެ އިސް މަގާމުތަކުގައި އޭނާ ވަނީ 15 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފަ އެވެ.
ޝައުނާ މިނިސްޓަރަކަށް ހުންނެވި އިރު، މޫސުމީ ބަދަލުތަކާއި ހަކަތަ އާއި ތިމާވެށި އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ގައުމީ އެޖެންޑާތައް ކުރިއެރުވުމުގައި އިސް ދައުރެއް އަދާކުރެއްވި އެވެ. ރާއްޖޭގެ ސޯލާ ހަކަތައިގެ އިންވެސްޓްމަންޓް ތިންގުނަ އިތުރުކުރުމަށާއި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަނާކުރުމުގެ ސިޔާސަތެއް ވެސް ތައާރަފުކުރުމުގައި މަސައްކަތް ކުރެއްވި އެވެ.
ކުރީގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ.-- ފޮޓޯ: ނެކްޓަން
ތިމާވެށީގެ ގޮތުން މުއްސަނދި ސަރަހައްދުތައް ހިމާޔަތް ކުރުމަށް ގައުމީ ފެންވަރުގެ ކޮންޒަވޭޝަން ޕްރޮގްރާމެއް ޝައުނާގެ މިނިސްޓަރު ކަމުގައި ފެއްޓެވި އެވެ. އިއާދަކުރަނިވި ހަކަތަ އާއި ކުނި މެނޭޖްކުރުމާއި ތިމާވެށި ހިމާޔަތްކުރުމާއި ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ކުރިއެރުން ހޯދުމަށް ތަރައްގީގެ ބައިވެރިންނާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކާ އެކުގައި ވެސް އޭނާ މަސައްކަތް ކުރެއްވި އެވެ.
ރާއްޖޭގައި މިހާތަނަށް ކުރި ކަނޑުގެ އެންމެ ބޮޑު ދިރާސާ ކަމަށްވާ "ނެކްޓަން މިޝަން" ވެސް ކުރިއަށް ގެންދިޔައީ ޝައުނާ މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު އެވެ.
ދުނިޔޭގެ ތިމާވެށީގެ އެންމެ ބޮޑު ކޮންފަރެންސް ކޮޕްގެ 26 އަދި 27 ވަނަ ސަމިޓުގައި ޝައުނާ ވަނީ ރާއްޖެ ތަމްސީލު ކުރައްވައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފަ އެވެ. އަދި ލޮސް އެންޑް ޑެމޭޖް ފަންޑް ހޯދުމަށް ވެސް މުހިންމު ދައުރެއް އަދާކުރެއްވި އެވެ.
ޝައުނާ މިހާރު ހުންނެވީ ސޮނެވާ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބިލިޓީ މޯލްޑިވްސްގެ ސަސްޓެއިނަބިލިޓީ އެޑްވައިޒަރުގެ މަގާމުގަ އެވެ. އޭގެ އިތުރުން، އޯޝަން ރިސްކު އެންޑް ރިސިލިއަންސް އެކްޝަން އެލަޔަންސްގެ ބޯޑު މެންބަރެއްގެ ގޮތުގައި ވެސް އޭނާ ހިދުމަތް ކުރައްވަ އެވެ.
ޝައުނާ ވަނީ ޕޮލިޓިކަލް ސައިންސް އެންޑް ގަވަމެންޓް، އިކޮނޮމިކްސް، އެންވަޔަރަމެންޓަލް ސައިންސްގެ ދާއިރާއިން އެމެރިކާގެ ވެސްޓްމިންސްޓާ ކޮލެޖުން 2008 ވަނަ އަހަރު ޑިގްރީ ހާސިލް ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހަންމާކަލޯ
19 December 2025
މަރުހަބާ! ވަރަށް އުފާވެއްޖެ ދިވެއްސަކަށް ތިމަގާމު ލިބުނީމަ... އެކަމަކު މަސްތަކަށް އަވި ނުލިބޭނެން ހެން މުޅި ކަނޑުގައި ސޯލާޕެނެލް ޖައްސަވަން ނޫޅުއްވައްޗޭ!
ކަނޑޫފާ
18 December 2025
އިބޫ ސޯލިހު ސަރުކާރުގަ ހިމެނުނު އެންމެ ހިންގުންތެރި ވަޒީރު، ފާޑުކިޔާ ބަޔަކު ފާޑުކިޔަސް މީ ވަރަށް ހިންގުންތެރި ދުވަހަށް ކަންކަން ނިންމަން ޓާގެޓްކުރި ބޭފުޅެއް. ތިމާވެށީގެ އެކި އެކި ދާއިރާތަކާއި ރާއްޖެ މިދެކޭ އީފާސް އަދި މޯބައިލް ޑޭޓާ ތްރޮޓްލް ސްޕީޑަށް ގެނައި ބަދަލުތައް ފާހަގަކުރަން.
ޟމމމ
18 December 2025
މަރުޙަބާ! ޝައުނާ.
ހަސަންމަނިކުބޭ
18 December 2025
ދިވެއްސެއްގެ ސްޓޭޓަސް އަޕްގްރޭޑުވުން އެއީ ނުހަނު އުފާވާކަމެއް. އެކަމަކު ތިޔަ ފާޑުފާޑުގެ ޖަމުއިއްޔާތަކަކީ އިތުބާރުކުރެވޭ އަހަރުމެނަކަށް ބޭނުން ތަންތަނެއްނޫން. އެއީ އަލިފުތާގެ ތެރެއިންވިއަސް.ވަކިބަޔަކު ދިފާއު ކުރަން ވަކިބައެއްގެ ބޭނުންތައް ނަގަހައްޓަން ހަދައިގެން އުޅޭތަންތަން
ދުރުމި
18 December 2025
މީނަ ތިމާވެއްޓޭ ކިޔާފައި ވާހަކަ ދައްކާއިރު މޑޕ ގެ އަންނި އައްޑުގައި އޮތް އެންމެ ރިީތި އެއް ކުޅި ހިއްކާފައި ސެންޓަރު އެޅި ހުރީ އަތްޖަހާ ފޯރިދޭން
ދަރުމެންދުރާ
18 December 2025
މި ރާއްޖެ ދުއް އެންމެ ރީތީ އަންހެން މިނިސްޓްރީ
ޕްރޭމްޗޯޕްޅާ
18 December 2025
އަސްލުވެސް. ރިވެތި ކަމުގެ ނަމޫނާއެއް. ފިޒިކް އާ ތައުލިމާއި ތަރުބިއްޔަތު ހުރިހާ ކަމެއް ބެލެންސް ވެފަ
ޫުުުު
18 December 2025
މިނިސްޓްރީގެ އޮނިގަނޑުތަ ނޫނީ ފުރާޅުތަ އަންހެންވެފަ ރީތީ؟