09 ނޮވެމްބަރ 2021 - 06:14
އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި، ޑޭވިޑް ބެކަމްގެ ދޮށީ ފިރިގެން ދަރިފުޅު ބްރުކްލިން ބެކަމަށް މަޝްހޫރު ފެޝަން ކުންފުންޏަކުން މިލިއަން ޕައުންޑްގެ އަގަކާ އެކު އެމްބެސެޑަރުކަން ދިނުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
މީޑިއާތަކުން ބުނި ގޮތުގައި ސްޓްރީޓްވެއާ ބްރޭންޑެއްގެ ގޮތުގައި މަޝްހޫރު ކުންފުނި، "ސުޕަޑްރައި" ގެ އުފެއްފުންތައް ބްރުކްލިން، 22، އާ އެކު ރަސްމީކޮށް ލޯންޗް ކުރާނީ މިއަދު އޮކްސްފޯޑް ސްޓްރީޓްގައި ބާއްވާ ހާއްސަ ހަރަކާތަކުންނެވެ. އޭނާ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖެއްސީ އެ ކުންފުނިން ނެރެން ނިންމާފައިވާ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ކަލެކްޝަންތައް ޕްރޮމޯޓް ކުރުމުގެ ގޮތުންނެވެ.
މިލިއަން ޕައުންޑް (1.35 މިލިއަން ޑޮލަރު) ގެ މި ޑީލް ބްރޫކްލިން އަށް ދިނުމާ ގުޅިގެން ބައެއް މީހުން ބުނީ އޭނާ އަކީ ބަޔަކު ބަލައިގަންނަ ފަދަ ޒުވާނެއް ނޫން ކަމަށެވެ. އެހެންވެ "ސުޕަޑްރައި" އިން ބްރުކްލިންއާ އެކު ޕްރޮމޯޝަނަލް ކެމްޕޭންތަކެއް ހިންގިޔަސް، އޭނާ ޕްރޮމޯޓް ކޮށްދޭ އެއްޗެހި ގަންނަން ގިނަ ބަޔަކު ޝައުގުވެރި ނުވާނެ ކަމަށް ބުންޏެވެ.
Brooklyn Beckham for Superdry is an odd choice considering the brand seems to be for older men who aren’t ready for Blue Harbour.
— Rachael Parkman (@RachaelParkman) November 7, 2021
މީގެ އިތުރުން ބައެއް މީހުން ބުނީ ބްރުކްލިން އަށް "ހައްގު ނޫން" އެ ފުރުސަތު ލިބުނީ މަޝްހޫރު ބައްޕައަކާއި މަޝްހޫރު މަންމައަކާ ހެދި، އެ މީހުންގެ ނުފޫޒު ސަބަބުން ކަމަށެވެ. ބްރުކްލިންގެ މަންމަ އަކީ ކުރީގެ މަޝްހޫރު އަންހެން ބޭންޑް "ސްޕައިސް ގާލްސް" ގެ މެމްބަރު ވިކްޓޯރިއާ ބެކަމް (ޕޯޝް) އެވެ. އޭނާ އަކީ އަމިއްލަ ބިއުޓީ ލައިނެއް ވަރަށް ފުޅާކޮށް ހިންގާ މީހެކެވެ.
It's all in the name, Beckham. You can be whatever they want you to be. Maybe they want to appeal to a younger group but you are right!
— Dee.Hastings (@DeeHastings3) November 7, 2021
ބައެއް މީހުން ބުނެފައި ވަނީ ބްރުކްލިން އަކީ ބަޔަކު ބަލައިގަންނަ މީހެއް ނޫންކަން އެނގުނީ މިދިޔަ މަހު އޭނާ "ޓުޑޭ" ގައި ޝޯގައި ކައްކަން ވަރަށް ލޯބިކުރާ ކަމަށް ބުނެ، ހެނދުނުގެ ނާސްތާއަކަށް ބޭނުންކުރާ "ތާކުންތާކު ނުޖެހޭ" ރެސިޕީއެއް ވެސް ހިއްސާ ކުރުމުން ކަމަށެވެ.
އަމިއްލަ "އިންގްލިޝް ބްރޭކްފާސްޓް" ރެސިޕީއަކީ ދެ ފޮތި ޕާނާއި ކައްފާފައި ހުރި ބޭކަން އާއި ސޮސެޖާ އެކު ބިހެއް ކަމަށް ބްރުކްލިން ބުނެފައިވެ އެވެ. އޭނާގެ މި ރެސިޕީ އަށް އެތައް ބަޔަކު ޖޯކް ޖަހައި، "ކަލިނަރީ ހުނަރުން ލަދުން ހަލާކުވެއްޖެ" ކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި މަލާމާތް ކޮށްފައިވެ އެވެ.
Huh. I thought "kids these days" love their Superdry? I guess I'm old.
— Ben (@Benxander) November 8, 2021
މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ލޯބިވެރިޔާ ނިކޮލާ ޕެލްޒާއާ އެންގޭޖްވި، ބްރުކްލިން ބުނެފައިވާ ގޮތުގައި އޭނާ ކައްކަން ދަސްކުރީ މިދިޔަ އަހަރުގެ ލޮކްޑައުންގެ ތެރޭގަ އެވެ.
ބްރުކްލިންގެ އިތުރުން ބެކަމް އާއި ވިކްޓޯރިއާގެ ދެން ތިބެނީ ރޯމިއޯ ޖޭމްސް ބެކަމް، 18، އާއި ކްރޫޒް ބެކަމް، 16، ގެ އިތުރުން އަންހެން ދަރިފުޅު ހާޕާ ސެވެން ބެކަމް، 10، އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy