ވިޔަފާރި / އެންމެ ކުޑަ އުޖޫރަ

މިނިމަމް ވޭޖާ މެދު ހިތްހަމަނުޖެހިގެން ބައެއް ރިސޯޓުތަކުގެ މުވައްޒަފުން އިހުތިޖާޖަށް

މިނިމަމް ވޭޖާ މެދު ހިތްހަމަ ނުޖެހިގެން ބައެއް މުވައްޒަފަކު ކަންބޮޑުންތައް ފާޅުކޮށްފައި. މިހާރު ކަނޑައަޅާފައިވާ އަދަދުތަކުން ރިސޯޓު މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރައަކަށް ލިބެނީ 8،000ރ--

09 ނޮވެމްބަރ 2021 - 09:58

30 comments

ސަރުކާރުން ކަނޑައެޅި އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖާ މެދު ހިތްހަމަނުޖެހިގެން ބައެއް ރިސޯޓުތަކުގެ ބައެއް މުވައްޒަފުން އިހުތިޖާޖު ކުރަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި ދެ ރިސޯޓެއްގެ ބައެއް މުވައްޒަފުން ރޭ ހިތްހަމަނުޖެހުމުގެ ޝުއޫރު ފާޅު ކޮށްފައިވާއިރު، އެ މީހުން ހިފައިގެން ތިބި ބައެއް ޕޯސްޓަރުތަކުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިސްތިއުފާއަށް ގޮވާލާފައިވެ އެވެ. އަދި ވޭޖް އެޑްވައިޒަރީ ބޯޑުން ކަނޑައެޅި އަދަދަށް ވުރެ ބޮޑަށް ފައްޔާޒު މިިނިމަމް ވޭޖް ކުޑަކުރެއްވުމުން އެކަމުގެ ކަންބޮޑުވުންތައް ވެސް ފާޅުކޮށްފައިވެ އެވެ.

ރިސޯޓު މުވައްޒަފުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރުން ވައުދުވި ގޮތަށް މިނިމަމް ވޭޖް 10،000ރ. އަށް ބޮޑު ނުވުމެވެ.

ރޭގައި މުޒާހަރާ ކޮށްފައިވަނީ ދުސިތް ތާނީ އާއި މެރިއޮޓްގެ ވެސްޓިންގަ އެވެ. ރިސޯޓު މުވައްޒަފުންގެ ޖަމިއްޔާ ޓީމުން ބުނީ މިރޭ ވެސް އިތުރު ރިސޯޓުތަކުން ހިތްހަމަނުޖެހުން ފާޅުކޮށް މުޒާހަރާ ކުރާނެ ކަމަށެވެ.

ސަރުކާރުން އިއުލާނުކުރި މިނިމަމް ވޭޖުގައިވާ ގޮތުން ކުދި ވިޔަފާރިތަކަށް 4،500ރ. ލިބޭނެ އެވެ. އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ސިވިލް ސާވިސްގެ އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 7،000ރ. ވަނީ ކަނޑައަޅައިފަ އެވެ. އެންމެ ބޮޑެތި ވިޔަފާރިތަކުގެ މިނިމަމް ވޭޖަކީ 8،000ރ. އެވެ.

މިނިމަމް ވޭޖް ކަނޑައަޅާފައިވާ ގޮތުން އެންމެ ބޮޑެތި ވިޔަފާރިތަކުގެ ތެރޭގައި ރިސޯޓުތައް ހިމެނޭނެ އެވެ. އެހެން ކަމުން ގިނަ ރިސޯޓުތަކެއްގެ މިނިމަމް ވޭޖަކަށް 8،000ރ. ލިބޭނެ އެވެ. އެކަމަކު، މިއީ ވޭޖް ބޯޑުން ކަނޑައެޅި ވަރަށް ވުރެ 900ރ. ކުޑަ އަދަދެކެވެ.

30 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 6%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ްްއިންވޮލަންޓަރީ ޕިކެޓަރ

10 November 2021

ދެން މިވަރު މިޙާރަށްއޯކޭދޯ. އަދި މިއުޅެނީ ކޮވިޑުން އަރައިނުގަނެވިގެން.

The name is already taken The name is available. Register?

ޖޯޖް

09 November 2021

ރިސޮޓު ނަމުގަ ކާކު ހަދައިގެން ކާކު ހިންގާ ޖަމިއްޔާއެއްމީ ބަނި އިސްރާއިލް ބާގައިގެ މީހުންނަށް ނުވެ މިންވަރައް ޝުކުރު ކޮއްބަލަ

The name is already taken The name is available. Register?

ހެހެހެ

09 November 2021

ދިވެހީން ބޭނުންވާނީ މަސައްކަތެއް ނުކޮށް ގިނަ ފައިސާ! މިނިމަން ވޭޖްގެ ގޮތުގައި 30،000 ދިނަސް ނުފުދޭނެ. އަދި ބުނާނެ މަސަައްކަތް ކުރާގަޑި ދުވާލަކު 2 ގަޑިއިރަށް ވެސް ހަދަން!

The name is already taken The name is available. Register?

ޙަބީބު

10 November 2021

ދިވެހިން މިހުރިހާދުވަހު ރައްޖެޔައް ރީތިނަން ހޮދައިދިނީ މަސަތްކަތް ނުކޮއްތަ އެނމެރީތިބިޗު އެވޯޑު ލިބެނީ ފަތިހުނިކުމެ ފުލިޔާދަޅުތަކާ ހޮވާ އެމިހުންނައް ނުފެންނާތީކީ ނޫންތަ އެނދުތަުގަ މަޖަހާދިވެހިންގެ ހުނަރު ދެއްކީމަކާނުންތަ އެމިީހުންނަކީ މައިއިންޖީނައް ތެޔޮއަޅާ މިހުން އެމީހުން އަނބިދަރިންދޫކޮއް އެވާ ބޮޑުގުރުބާނީގެ ބަދަލު ދެވިދަނެތަ

The name is already taken The name is available. Register?

މަވާ ސަލާން އެމޑީޕީ އަށް

09 November 2021

ދެން ރަނގަޅުވާނީ ތިކަމާ ނޫޅުން ދެން އަނެއްކާ ބޮޑުކޮށްފަ ސިވިލްސަރވިސް މުވައްޒަފުންނަށް އިތުރުކުރާނީ ގަޑި އެއީ ބޮޑުކުރި ބައި އެމީޙުންގެ އޯޓީން ކަނޑަން ކުރާ ކަމެއް މިކަމުގެ ސަބަބަުން މުޅި ދުވަހު ހުރިހާ މުވައްޒަފުން އޮފީހުގައި އުޅެން ޖެހުމާއި އޮފީހުގެ އޭސީއާއި ފެނުގެ ޚަރަދު މަތިވާނެ އިތުރުން 2 ޖެހީމަ ނިމިގެން ގޮސް އަދާކުރާ ނުރަސްމީ ވަޒީފާ ވެސް ގެއްލުނީ އަނެއްކޮޅުން ލިބޭ ނިކަމެތިކަން ާ ބޮޑު ތަކެތީގެ އަގު އުފުލާ ބޮޑުވި އެތިކޮޅު ފިހާރައަށް ދިނުން

The name is already taken The name is available. Register?

އައްޔަ ބޮޑޭ

09 November 2021

މަގޭދޭވަޒީފާ އަކައް މުސާރަ ކަނޑައެޅުމުގެ ހައްގު އޮންނާނީމަށައް މަސައްކަތް ކުރާމީހާއައް މުސާކުޑަކަމައް ވަންޏާ ކުޑަވާހަކަ ބުނެވިދާނެ އަދިބޮޑުކޮއް ދިނުމައް އެދެވިދާނެ! މިހައްްގު ޓީމަކައް ފައްޔާޒަކައް ނޯންނާނެ, އެހެންވިއްޔާ މަގޭނިދާނެ ވަގުތާ ކާނެވަރުވެސް ޓީމުންނާ ފައްޔާޒު ބުނަންވީނުން!

The name is already taken The name is available. Register?

87643

09 November 2021

ތިޔައީ ރިސޯޓުމުވައައްޡަފުންގެ ދިޔަފެލާ ޖަމުއިއްޔާ.ރާއްޖޭގެ ޓޫރިޒަމްހަލާކުކޮއް މިހާރު ރަޔިތުންނަށް ލިބޭ ވަޒީފާގަނޑުވެސް ގެއްލުވާލަން އެތެޅީ.

The name is already taken The name is available. Register?

ޜެއްކަބޭ

09 November 2021

ދިވެހިންނަށް ރަނގަޅު އެއްގޮތެއްވެސް ނޯންނާނެ. ރޯދަމަހަށް އެންމެން ޗުއްޓީނަގާނެ ނަގައިގެން ހޮޅުއަށީގައި ސިޔަރަތު އަށުއަހަންްއޮވެ ނިދާނީ. ތެދުވާނީ ރޯދަވިއްްލަން ކައިރިވީމާ. މިކަން ބޮށުވެގެން ބަންގާޅީން އެތެރެކުރަންފެށީ ކުޑައުޖޫރައެއްދީފައި. އަނެއްކާ އަނެއްކުޅިވަރު ލައިގަތީ. ދިވެހިންގެ ކަންނެއްކަންންހާބޮޑު. ޢެކަމަކު ހެސްކިޔާފައި ބޮޑުމުސާރަ ބޭނުންވޭ. އަހަރު ދެކޮޅު ޗުއްޓީއަށް ރަށަށް ދާންޖެހޭ.

The name is already taken The name is available. Register?

ބުރުގާ

09 November 2021

ތިޔާގެ ތެރެއިން ކިތައް ކުދިންތޯ އެމްޑީޕީއައް މިދިޔަފަހަރު ވޯޓުދިނީ؟؟! ދެން މިއަންނަ ދައުރު އިބޫ ސޯލިހުއައް ވޯޓުދޭނީ ތިތަނުން ކިތައް މީހުންތޯ؟؟!

The name is already taken The name is available. Register?

ާއުނިމާ

09 November 2021

ވައުދު ފުއްދާ، 10،000 ރ އަށް މިނިމަމް ވޭޖް ހަދަން ގޮވާލަން، ކަޅެއް ދޮނެއް، ސިނާޢަތެއް ނުބަލާ

The name is already taken The name is available. Register?

އިހުތިޖާޖު

09 November 2021

މިކަން އިހުތިޖާޖަކަށްވުރެ ބޮޑަށް ވައްތަރީ ވިޔަފާރި އުސޫލުން ސިޔާސީ ޕާޓީއަކަށް ވިއްކައިފައޮތް ވަގުތުކޮޅަކާއި. ވީޑިއޯ ބަލާލުމުން ޑައިރެކްޝަނުގެ މޮޅުކަން ވަރަށް ރީއްޗަށް އެނގޭ. ޝުކުރިއްޔާ ޑައިރެކްޓަރު. އެކަމަކު އަމިއްލަ ޖީބު ފުރާލަން ނިކަމެތި ރައްޔިތުން ބޭނުންކޮށްގެން ނުވާނެތާ! ތިއީ އޯޑިއޯއާއި ވީޑިއޯ ހެދުމުގެ ތަޖުރިބާކާރު ބަޔަކަށްވާއިރު ކޮންމެވެސް އެހެން ބަޔެއްގެ އަޑާއި މަންޒަރު ބޭނުންކޮށްގެންވެސް ސިޔާސީ މަންފާ ހޯދިދާނެތާ.

The name is already taken The name is available. Register?

ާއުނިމާ

09 November 2021

ބަލަ އަހަރެމެން ބުނެގެންތޯ 10،000 ރ އަށް މިނިމަމްވޭޖް ހަދަން މިސަރުކާރުން ވައުދުވީ

The name is already taken The name is available. Register?

އެންމަސް

09 November 2021

މިކޮމެންޓުގަ މީހަކު ވައުދެއްގެ ވާހަކަ ނުވެސް ދައްކާ. ދެން އުނިމަލޭ އަނެއް މަލޭ ނުކިޔާ ރީއްޗަށް އަސުރުމަލެކޭ ބުނަންވީނު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454