އައިޖީއެމްއެޗްގެ މައި ކައުންޓަރު: މެޝިންތަކަށް ދިމާވި މައްސަލަ ހައްލުވަންދެން ލޭގެ ޓެސްޓު ހެދުމަށް ދޫކުރާނީ ދުވާލަކު 300 އެޕޮއިންޓްމަންޓު -- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
09 ނޮވެމްބަރ 2021 - 20:05
ލޭގެ ޓެސްޓުތައް ހަދަން ބޭނުންކުރާ މެޝިންތަކަށް ދިމާވި މައްސަލަ އެއްކޮށް ހައްލު ނުވި ނަމަވެސް، މާދަމާއިން ފެށިގެން ވަކި އަދަދަކަށް ލިމިޓްކޮށްގެން އެޕޮއިންޓަމަންޓް ދޫކުރަން އައިޖީއެމްއެޗުން ނިންމައިފި އެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ލެބޯޓަރީގައި ލޭގެ ޓެސްޓު ހައްދަން ބޭނުންކުރާ މެޝިންތަކަށް "ކުރިން ލަފާކޮށްފައި ނުވާ ޓެކްނިކަލް މައްސަލައެއް" ދިމާވެގެން އެ ޓެސްޓުތައް ހެދުން އައިޖީއެމްއެޗުން މެދުކަނޑައިލީ އިއްޔެ އެވެ. އެނގިފައިވާ ގޮތުގައި މެޝިންތަކުގައި މައްސަލަ ޖެހުނީ އެތަނުގެ ކޫލިން ސިސްޓަމަށް ދިމާވި މައްސަލައެއްގެ ސަބަބުންނެވެ.
އައިޖީއެމްއެޗުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ލޭގެ ޓެސްޓު ހަދަން ބޭނުންކުރާ އެލިނިޓީ ސީއެލްގެ މެޝިންތަކަށް ދިމާވި މައްސަލަ ހައްލު ކުރުމަށްޓަކައި އެ ހޮސްޕިޓަލުގެ ޓެކްނިކަލް ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެކަމަކު އެ މައްސަލަ އަދި މުޅިން ހައްލު ނުވާތީ މާދަމާ ހެނދުނު 8 އިން ފެށިގެން އައުޓްޕޭޝަންޓް ލޭގެ ޓެސްޓުތައް ހެދުމަށް ލިމިޓުކޮށްގެން 300 ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
"... އަދި މި މައްސަލަ މުޅިން ހައްލުވެ، މެޝިންތަކުގެ ފުލް ކެޕޭސިޓިގައި ބޭނުންކުރެވެން ފެށުމުން، ކުރިއެކޭ އެއްފަދައިން އައުޓްޕޭޝަންޓް ލޭގެ ޓެސްޓުތައް ހެދުމަށް ނަންބަރު ނަންގަވާ ހުރިހާ ބޭފުޅުންނަށް ހިދުމަތްދޭން ފަށާނެ ވާހަކަ ދަންނަވަން،" އައިޖީއެމްއެޗްގެ ބަޔާނުގައި ބުނެފައި ވެ އެވެ.
އެ ޓެސްޓުތައް "ވިނަވި" ހިދުމަތް ފޯރުކޮށްދޭ އެހެން ކޮންމެ ލެބޯޓްރީއަކުން ވެސް ހެދޭނެ ކަމަށް އައިޖީއެޗުން ބުނެ އެވެ.
އެކި ޓެސްޓްތައް ހަދަން އައިޖީއެމްއެޗްގެ ލެބަށް ދުވާލެއްގެ މައްޗަށް ހާހަކަށް ވުރެ ގިނަ މީހުން ދެ އެވެ. އަދި ލެބް ނުހުންނަ ހެލްތު ސެންޓަރުތަކުން ވެސް ޓެސްޓުތައް ހަދަން ފޮނުވަނީ އައިޖީއެމްއެޗަށެވެ.
އެނގިފައިވާ ގޮތުގައި، ލޭގެ ޓެސްޓު ހެދުން ހުއްޓާލަން ޖެހުނީ އެ ޓެސްޓު ހަދަން ބޭނުންކުރާ އެލިނިޓީ ސީއެލް މެޝިންތައް އަމިއްލަ އަށް ނިވޭތީ އެވެ. އެ މައްސަލަ އިތުރަށް ބެލުމުން އެނގުނީ އެ މެޝިންތައް އަމިއްލަ އަށް ނިވެނީ ކޫލިން ސިސްޓަމްތައް ވެސް ހަލާކުވެގެން ނުޖައްސާ ހުންނާތީ ހޫނު ބޮޑުވެގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހހހހހތ
10 November 2021
މެށިނަކަށް މައްސަލައެއް ނުޖެހޭ. މައްސަލަ ޖެހުނީ ސެންޓްރަލް އޭސީ ސިސްޓަމް ނުބަލަހައްޓައިގެން އެއަށް. ވަކިވަރަކަށް ފިނިހޫނުމިން ނުބެލެހެއްޓެންޏާ ޓެސްޓެއް ނެހެދޭނެ.
ދެން ދޯ
10 November 2021
ދެން ލޭ ފުޅިތައް ގަނޑުވީމަ ނުބުނާތި ފުރިޖު ސަޕްލައި ކުރި ކުންފުނި ކަޑައީއޭ.
ބޮޑުމީހާ
09 November 2021
އެހެންވީމަ ލެބް މެސިނުތައް ރަނގަޅުތާ. ކޮވިޑް އައިސީޔޫ ހާލު ކިހިނެއް؟ މިހާރުން މިކަން ބަލާދީ. އަނެއްރާޅު ނާންނަނީސް
ޑޮކްޓާރ. ބަނާނާ
09 November 2021
ދުވާލަކަށް ހާހެއްހާ ރައްޔިތުން ހިދުމަތް ހޯދާ މިލިޔަން ޑޮލަރު ހޭދަކޮށްފައި ބަހައްޓާފައިވާ ރޮބޮޓިކް މެޝިންތަށް ފިނިކުރާ ކޫލިން ޔުނިޓްތައް ފެއިލްވެ އެކަންނޭގި މެޝީން ތައް ހަލާކުވެ ތަންބަންދުކުރުމީ ހޮސްޕިޓަލް މެނޭޖް ނުކުރޭވޭކަމުގެ ރަގަޅު މިސާލެއް ! ކީއްވެތޯ މެޝިން ނުވަތަ ކޫލިން ޔުނިޓު ތަކުގެ ޕްރިވެންޓިވް މެއިންޓެނެންސް ނިޒާމެއް ގާއިމުނުކުރީ! ޢަދިވެސް ގޭދޮށު ކުދިންކޮޅެއް ހޯދާ ހޮސްޕިޓަލް ހިންގަން ހަވާލުކުރޭ... ހިންގަން ތިބި މީހުން ލަދު ކޮބާތޯ؟؟؟؟
ޙަކީމް ދީދީ
10 November 2021
ލެބޯޓްރީގެ އޭސީ ސިސްޓަމް ސާވިސް ނުކޮށް އެތައް ހާސް ރަޔިތުން ނަށް ލިބުނުގެއްލުމުގެ ޒިއްމާ ނުނެގޭނަމަ ތިތަން ހިންގަން ތިބިވެރިން އިސްތިއުފާ ދީފަ ގެއަށްދޭ
އަޖައިބެއް
09 November 2021
ކޫލިންގ ސިސްޓަމް ހަލާކުވީމަ މެޝިންތައް ދޮންބޮޑުވަންދެން ބަލަންނުތިބެ ސޯޝަލްސެންޓަރުގައި ކޮވިޑްސާމްޕަލް ނަގާތަނުގައި ހުރި ބޮޑެތި ފަންކާތަކާ ޕޯޓަބަލް އޭސީތައް ގެންގޮސް ދިއްކޮށްގެން ތިބިނަމަ ކޮންމެސްވަރެއް ވީހެއްނު.
ހަހަ
09 November 2021
މީގަ މިއުޅެނީ މެޝިންތަކުގެ މައްސަލައެއް ނޫނެއްނު! ސެންޓްރަލް އޭސީ ސިސްޓަމް ސާވިސް ކޮށްލީމަ ރަނގަޅުވާނެ.
ހެހެހެ
09 November 2021
އެކަންވެސް ކުރަން ނޭގެންޏާ ކީއްތަ ކުރާނީ.