ކޮވިޑްގެ ކުރިން ސްކޫލްތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ސްކައި ލައިޓް އެޑްވަޓައިޒްއިން އިންތިޒާމްކޮށްގެން ރަސްފަންނުގައި މިދިޔަ އަހަރު ބޭއްވި ނައިޓް މާކެޓް--. ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު
10 ނޮވެމްބަރ 2021 - 10:23
މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ނައިޓް މާކެޓާއި މަގުމަތީ ބާޒާރު އަދި ފެއާތައް ބޭއްވުމުގެ ހުއްދަ ދޫކުރަން މާލޭ ސިޓީ ކައުންސިލުން އިއްޔެ ފަށައިފި އެވެ.
އެ އިދާރާ އިން ކުރި އިއުލާނެއްގައި ބުނީ، ނައިޓް މާކެޓާއި މަގުމަތީ ބާޒާރު އަދި ފެއާތައް ބޭއްވުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ބޭއްވުމުގެ ހުއްދަ އަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މި ހުއްދަ އަށް އެދޭ ފޯމާއެކު ނައިޓް މާކެޓާއި މަގުމަތީގެ ބާޒާރު އަދި ފެއާތައް ހިންގުމުގެ ހުއްދަ ދޫކުރުމުގައި އަމަލުކުރަން ޖެހޭ އުސޫލަށް ތަބާވާނެ ކަން ބަޔާންކޮށް، ސޮއިކޮށްފައިވާ އިގުރާރެއް ވެސް ހުށަހަޅަން ޖެހެ އެވެ.
ކޮވިޑާ ގުޅިގެން މާލޭގައި މަގުމަތީ ބާޒާރުތައް ބޭއްވުމުގެ ހުއްދަ ދިނުން އޮތީ މެދުކަނޑާލައިފަ އެވެ.
މާލެ- ޖެނުއަރީ 6، 2020: ސްކޫލްތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ސްކައި ލައިޓް އެޑްވަޓައިޒްއިން އިންތިޒާމްކޮށްގެން ރަސްފަންނު ސަރަހައްދުގައި ކުރިޔަށްގެންދާ މާލެ ސިޓީ ބޮޑު ޗުއްޓީ ނައިޓް މާކެޓްގެ ތެރެއިން--. ފޮޓޯ: ނިޝާން އަލީ/މިހާރު
އިކޮނޮމިކް މިނިސްޓްރީން 2019 ގައި އާންމުކުރި، މަގުމަތީގެ ބާޒާރުތަކާއި ނައިޓް މާކެޓު އަދި ފެއާތަކުގައި އަމަލުކުރަން ޖެހޭ އުސޫލުގައި އޮންނަ ގޮތުން، މި ގޮތަށް ވިޔަފާރި ކުރެވޭނީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިއެއް ނުވަތަ ޖަމިއްޔާއަކަށެވެ.
ކެއުމުގެ ބާވަތްތައް ވިއްކާ ނަމަ، ރަޖިސްޓަރީ ކުރާ ކުންފުނި ނުވަތަ ޖަމިއްޔާ އިން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ނަގަން ޖެހޭ ހުއްދަ ނަގާފައިވޭތޯ ކަށަވަރު ކުރަން ޖެހެ އެވެ. އަދި ވިއްކާ ހުރިހާ މުދަލެއްގައި ވެސް އާންމުންނަށް ފެންނާނެހެން އަގު ޖަހައިފައި ހުންނަން ޖެހޭނެ އެވެ.
މަގުމަތީގެ ބާޒާރުތަކުގައި އިމްޕޯޓު މުދާ ވިއްކާ ނަމަ، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީ ވާން ޖެހޭ ގޮތަށް ވެސް އުސޫލުގައި ކަނޑައަޅާފައިވެ އެވެ. މަގުމަތީ ބާޒާރުތައް ބޭއްވުމުގެ ހުއްދަ ދޫކުރަނީ ރަށެއްގައި ނަމަ، ރަށު ކައުންސިލުންނެވެ. އަދި ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނުވާ.
10 November 2021
ޢަދިވެސް މާލޭގަ ޖާގަ ބޮޑީ ދޯ!
2021
10 November 2021
ތި ހަމައެކަނި ބިދޭސީންނަށް ބާއްވަދޭ އެއްޗަކަށް ހަދާދޭންވީނު.....
ކޮރަލް
10 November 2021
ވިޔަފާރި ވެރީންގެ ޖަމްއިއްޔާ އިން ދޫކޮށް ފަ ހުރި ތަނަތަން ނަގަން ވީ އެވެ. ޓީވީ ކައިރި ހުރި ލޯކަލް މާރުކޭޓްގަ ވެސް އެއްޗެހީގެ އަގު މާ ބޮޑެވެ. ހުރިހާ ގޮޅިއަކު ބިދޭސީންނެވެ. ސިޓީ ކައުންސިލް ގެ ބާ ރެއް ނުހިގަ އެވެ.
ރަދީފު ބިން ރަފައިދާ
10 November 2021
މައުމޫނުދައުރުގާ ޗާންދަނީމަގުގާ މަގުމަތީ ބާޒާރު ބޭއްވިގޮތަށް ބާއްވައިގެންނޫނީ ހަގީގީ މާނައިގާ މަގުމަތީ ބާޒާރުގެ ރޫހު އާލަައެއްނުވާނެ.
އަސަރުކުރޭ
10 November 2021
ފަށަން އުޅޭ 34 ވަނަ ޤައުމީ ޤުރްއާން މުބާރާތް އޮންލައިންކޮށް. ފުޓްބޯޅަ މުބާރާތް ބާއްވަން ވީމަ ކޮވިޑެއް ނެތް. މަގުމަތީ ބާޒާރު (އުނގުޅޭ ބާޒާރު) ބާއްވަން ވީމަ ކޮވިޑެއް ނެތް. ނަޝީދު އުޅުއްވަނީ ދީން ހިމާޔަތް ކުރުމަށްވުރެ ބޮޑަށް ތިމާވެށި ހިމާޔަތް ނުވެގެން.
މުއީ
10 November 2021
އަސްލުވެސް، މާލޭ މޭޔަރު މުހަންމަދު ނަޝީދު އިސްތިރިއުފާ!
ޫފޫހި
10 November 2021
އަދި ބިދޭސީންނަށް މަގުމަތީ ބާޒާރުތަކުގައި ދިވެއްސަކު ނެތި ވިޔަފާރި ނުކުރެވޭގޮތް ހަދަންޖެހޭ. މިހާރުވެސް ދިވެހިންގެ ނަމުގައި އެކަންކުރަނީ ބިދޭސީން.