ކުއްޖާ މަރާލާފައި އޮތް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ: އެ މައްސަލާގަައި ދައުވާލިބޭ ކުއްޖާ ގޭ ބަންދަށް ވަނީ ބަދަލު ކޮށްފައި --- ފޮޓޯ/މިހާރު
11 ނޮވެމްބަރ 2021 - 14:01
ހުޅުމާލޭގައި ކުޑަކުއްޖަކު ރަހީނުކޮށް މަރާލި މައްސަލާގައި ދައުވާލިބޭ 17 އަހަރުގެ ކުއްޖާ ޖުވެނައިލް ކޯޓުން ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
މިދިޔަ ޖޫން މަހު އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް، މަރާލުމަށްފަހު ފޮއްޓަކަށް ލާފައި އެއްލާލާފައި އޮއްވާ ފެނުނު މައްސަލާގައި ޖުވެނައިލް ކޯޓުގައި ދައުލަތުން ދައުވާކުރާ 17 އަހަރުގެ ކުއްޖާގެ ޝަރީއަތް ދަނީ ކުރިއަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ދައުވާ ލިބޭ ކުއްޖާ ގޭ ބަންދަށް ބަދަލުކުރަން ޖުވެނައިލް ކޯޓުން މިދިޔަ ހަަފުތާގައި އަމުރުކުރީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ޖަލެއް ނެތް ކަމަށް މިވަގުތު ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައިވާތީ އެކަމަށް ރިއާޔަތްކޮށް ކަމަށެވެ.
އެހެންވެ، ކުޑަކުދިން ބޭތިއްބޭނެ އެކަށީގެންވާ ޖަލެއް ގާއިމް ކުރެވޭނެ މުއްދަތެއް އަންގައިދޭން ހޯމް މިނިސްޓްރީގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިހާރު އެދިފައިވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
އެ މައްސަލާގައި ދައުވާލިބޭ ކުއްޖާ ގޭ ބަންދަށް ބަދަލު ކުރިއިރު، ގއ. މާމެންދޫގައި އަހުމަދު އުދައްޔު މަރާލި މައްސަލާގައި ދައުވާލިބޭ ކުއްޖާ ވެސް މިދިޔަ ހަފުތާގައި ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންޓޭ
13 November 2021
ހިއުމަން ރައިޓްސް ކޮމިޝަން އަކީ ބޮޑު ޖޯކެއް..ޑްރަގް ޑީލަރުންނާއި އަދި މާޑަރުން ދިފާއުގަ އުޅޭ ބައެއް ތީ..މާލޭގަ ޑަސްބިން ހާވާ އަދި މަގުމަތީގައި ނިދާ މީހުންގެ ހައްގެއް ނެތް ދޯ..މި ގައުމު ދެވަނަ މެކްސިކޯ އަށް ވާނެ މިވަރުން ދާނަމަ..
ޓައުބަތުލް ތައުނަެިން
12 November 2021
100% މުސްލިމް ގައުމެކޫ ކިޔައިގެން ލަވަބާޒީ ހަދަން ފެނޭ! އަރަބި ބަހުން ކިޔަންވާނީ!