ހައި ކޯޓު: ހުކުމް ތަންފީޒު ކުރުމަށް އާ ބާވަތުގެ އަމުރެއް އެ ކޯޓުން ފުރަތަމަ ފަހަރަށް ވަނީ ނެރެފައި --- ފޮޓޯ/މިހާރު
14 ނޮވެމްބަރ 2021 - 12:43
ހުކުމް ތަންފީޒު ކުރުން ފަސް ކުރިޔަސް، ހުކުމާ އެއްގޮތަށް ކޯޓަށް ފައިސާ ދައްކަންޖެހޭ ގޮތަށް ފުރަތަމަ ފަހަރަށް ހައި ކޯޓުން އަމުރެއް ނެރެފި އެވެ.
މަދަނީ މައްސަލަތަކުގައި ކުރިން އަމަލު ކުރަމުން އައި ގޮތަކީ ފައިިސާ ދައްކަން ކުރާ ހުކުމްތައް އިސްތިއުނާފު ކޮށްފި ނަމަ، އިސްތިއުނާފުގެ މައްސަލަ ނިމެންދެން އެ ހުކުމަކަށް އަމަލު ކުރުން ފަސްކުރުމެވެ. އެހެންވެ، އެ މުއްދަތުގައި ފައިސާ ވެސް ދައްކާކަށް ނުޖެހެ އެވެ. އެކަމަކު ދާދި ފަހުން ސުޕްރީމް ކޯޓުން ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައި ހަމަޖައްސާފައި ވަނީ ފައިސާ ދައްކަން ކުރާ ހުކުމްތައް ތަންފީޒު ކުރުން ފަސް ކުރިޔަސް، ހުކުމާ އެއްގޮތަށް ކޯޓަށް ފައިސާ ދައްކަން އެންގިދާނެ ކަމަށެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ހަމަޖެއްސި ފަހުން ފުރަތަމަ ފަހަރަށް އެފަދަ އަމުރެއް ހައި ކޯޓުން ނެރުނީ ކުންފުންޏަކަށް މީހަކު ދައްކަންޖެހޭ ފައިސާތަކެއްގެ މައްސަލައިގަ އެވެ.
ދަށު ކޯޓުގެ ހުކުމް އެ މީހާ އިސްތިއުނާފު ކުރުމަށް ފަހު، ހުކުމް ތަންފީޒު ފަސްކުރުމުގެ އަމުރަކަށް އެދުމުން ހައި ކޯޓުން މިދިޔަ ބުދަ ދުވަހު ނިންމީ ދަށު ކޯޓުގެ ހުކުމާ އެއްގޮތަށް އެ މީހާގެ ފަރާތުން ދަށު ކޯޓަށް ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ. އެކަމަކު އިސްތިއުނާފުގެ މައްސަލަ ހައި ކޯޓުން ނިމެންދެން ނުވަތަ ވަކި ގޮތެއް އަންގަންދެން އެ ފައިސާ ދޫނުކޮށް ހިފަހައްޓަން ދަށު ކޯޓަށް އަންގާ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އެ އަމުރުގައިވެ އެވެ.
ސުޕްރީމް ކޯޓުން ހަމަޖައްސާފައިވާ ގޮތުން ހުކުމް ތަންފީޒު ކުރުން ފަސް ކުރާއިރު، ހުކުމާ އެއްގޮތަށް އަމަލު ކުރާނެ ކަމުގެ ޔަގީން ކަމެއްގެ ގޮތުން ސެކިއުރިޓީ ޑިޕޮސިޓެއް ބަހައްޓަން ވެސް އެންގިދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަފީރު
15 November 2021
ބޭއިންސާފްޙުކުމެއް. އަނިޔާވެރިކަމެއް. މީވަކިމީހަކަށް އަމާޒުކޮށްގެން ނެރެފައިވާ އަމުރެއް. ޢިންސާފުން އެއްކިބާވެ ހުރެ ނެރެފައިވާ އަމުރެއް.
ދޮހޮއްކޮބެ
14 November 2021
ކޮއްކޯ ތިއީ އާކަމެއް ނޫން. ސިވިލް ކޯޓުން ތިކަން ކުރޭ ހައިކޯޓުގެ ތި ހުކުމުގެ ކުރިންވެސް.
އޮނަރަބްލް އަފީފު ދީދީ
14 November 2021
ސްޕްރީމް ކޯޓްގެ މިނިންމުމަކީވެސް މިހާރުގެ ބެންޗް އެކުލަވާލިފަހުން ނިންމި އިސްލާޙީ ރަނގަޅު ބަދަލެއް. # މީގެ ސަބަބުން ބައެއްފަހަރު ދަށުކޯޓް މަރުޙަލާގައި "ގުޅިގެން އަޅާ ކަތިފިޔަވަޅުތަކަށް" އުދަގޫ ހުރަސްތަކެއް ކުރިމަތިވާނެ. މިއީ މިހާރު ސްޕްރީމް ކޯޓް ފަނޑިޔާރުންނަށް ތިއްބެވި ބޭފުޅުންގެ ތެރެއިން "ތަޖުރިބާގެ ގޮތުން މާކުރީގައި ތިއްބެވި ފަނޑިޔާރުން ތަކެއްގެ ފަރާތުން އަންނަ ރަނގަޅު ބަދަލުތަކެއް" ކަމުގައި ވެދާނެ.
ނަސީމް
14 November 2021
އެހެންވީމަ ދެން ޔާމިން ސޮރުވެސް ކޯޓް އަށް ދައްކަން އަމުރުކުރި ފައިސާ ދައްކަން ޖެހޭނެތާ؟ ހައްތާ ރުޅި ގަދަވާގޮތް ތިޔަވީ. ހެހެ ހެހެ